ކޮވިޑް-19: އެންމެ ފަހުގެ

29,496,383
  • ކޮރޯނާވައިރަސް މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ ދެކުނު ކޮރެއާގައި!
  • ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ރިކަވަރވެއްޖެ
  • އެެމެރިކާގެ ހަވާއީން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެ
 
Writer Profile Picture
އަމަން ހަލީމް
ކޮރޯނާވައިރަސް މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ ދެކުނު ކޮރެއާގައި!

ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ގައުމަކަށް ދެކުނު ކޮރެއާ ވެއްޖެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަރޗް 6 ވަނަ ދުވަހު ދެކުނު ކޮރެއާގެ 174 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާރު ބަލި ފެތުރޭ މިންވަރު ކުޑަކޮށް މަޑުޖެހިލާފައިވާއިރު، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި މި މަހުގެ ފަހުކޮޅަށް ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްކޮށް މަޑުޖައްސާލެވޭނެއެވެ. ނަމަވެސް، އަދިވެސް އެންމެ ގިނައިން މި ވައިރަސް ޖެހިގެން މީހުން މަރުވަމުން އަންނަނީ ޗައިނާގައެވެ. އެގޮތުން އިއްޔެ އެކަނިވެސް، 28 މީހަކު ވަނީ މަރުވެފައެވެ.

7 މާރޗް 2020 | ހޮނިހިރު 07:55
Writer Profile Picture
އަމަން ހަލީމް
ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ރިކަވަރވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ރިކަވަރވެއްޖެއެވެ. އެގޮތުން ޖުމްލަ 57،611 މީހުން ވަނީ މި ވައިރަސްއިން ސަލާމަތްވެފައެވެ.

މިހާރުގެ އެކްޓިވް ކޭސަސްއަށް ބަލާއިރު، 41،118 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު، އޭގެ ތެރެއިން 6153 މީހުންގެ ހާލު ވަރަށް ސީރިއަސްއެވެ.

7 މާރޗް 2020 | ހޮނިހިރު 07:46
Writer Profile Picture
އަމަން ހަލީމް
އެެމެރިކާގެ ހަވާއީން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެ

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ހަވާއީން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިއްޖެއެވެ. އެ މީހާއަކީ ފެބްރުއަރީ މަހުގެ ފަހުކޮޅު ހަވާއީގެ އޮއާހޫގައި ބަނދަރުކުރި ގްރޭންޑް ޕްރިންސަސް ކުރޫޒް ޝިޕްގެ ފަސިންޖަރެކެވެ. ހަވާއީގެ ޑިޕާޓްމަންޓް އޮފް ހެލްތާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ، އޭނާ އެއްވެސް ބަޔަކާ ކޮންޓެކްޓް ވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް، އިތުރަށް ހުރިހާ ކަމެއް ބެލުމުގެ މަސައްކަތް އެ ޑިޕާޓްމަންޓުން އަންނަނީ ކުރަމުންނެވެ.

7 މާރޗް 2020 | ހޮނިހިރު 07:36
Writer Profile Picture
އަމަން ހަލީމް
ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އެއް ލައްކައަށް ވުރެ މައްޗަށް އަރައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 102،224 އަށް އަރައިފިއެވެ. އަދި މި ވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދު ވަނީ 3495 އަށް އަރާފައެވެ.

7 މާރޗް 2020 | ހޮނިހިރު 07:32
Writer Profile Picture
ސިމާހާ ނަސީމް
ވަޒީރުންގެ ދަތުރުތައް

ވަޒީރުންގެ ދަތުރުތައް ވެސް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި. ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާޑު އެބަހުރި ކަމަށް ވެސް ފާހަގަކުރެއްވި

7 މާރޗް 2020 | ހޮނިހިރު 00:25
Writer Profile Picture
ސިމާހާ ނަސީމް
ރައީސް ރައްޔިތުންނާއި ވަރަށް އަވަހަށް މުހާތަބު ކުރާނެ
  1. ކޮވިޑް-19 އާ ގުޅިގެން ރައީސް ވަރަށް އަވަހަށް ޤައުމާ މުހާތަބު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި
7 މާރޗް 2020 | ހޮނިހިރު 00:22
Writer Profile Picture
ޙުސައިން މަޚްތޫމް
ފަރުކޮޅުފުށީގައި ތިބީ 6 މީހަކު ކަރަންޓީން ކޮށްފައި

ފަރުކޮޅު ފުށީގައި ތިބީ ދިވެހި އަންހެނަކާއި ކުޑަކުއްޖެއް

ކުރެއްދޫ ޑޮކްޓަރު ކަރަންޓީނަށް ގެންނައުމުގެ މަސައްކަތް ކުރަމުންދަނީ

ތިނަދޫގައި ތިބި 3 މީހަކު

ރިސޯޓް އަދި ތިނަދޫ އަށް ވަގުތީގޮތުން އަރާފޭބުން އޮތީ މަނާކޮށްފައި. އެ ހުއްދަ އަލުން ލިބޭނީ ޓެސްޓް ނަތީޖާ ލިބެފައި. ރާއްޖޭގައި އޮތީ ވައިޓް އެލާޓް.

7 މާރޗް 2020 | ހޮނިހިރު 00:00
Writer Profile Picture
ޙުސައިން މަޚްތޫމް
ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ ރާއްޖެ އައި އިރު ކޮރޯނާގެ އަލާމާތެއް ފެނިފައި ނުވޭ: އަމީން

ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ ރާއްޖެ އައި އިރު ކޮރޯނާގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ.

6 މާރޗް 2020 | ހުކުރު 23:55
Writer Profile Picture
ޙުސައިން މަޚްތޫމް
އަމަލު ކުރަމުން މިދަނީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ ދަށުން

ރާއްޖެއިން ކޮރޯނާ ވައިރަސްގެ އަސަރެއް ފެނިއްޖެނަމަ އަދި މިވަގުތު ވެސް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރަމުން މިދަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި.

6 މާރޗް 2020 | ހުކުރު 23:54
Writer Profile Picture
ޙުސައިން މަޚްތޫމް
ކަރަންޓީން ފެސިލިޓީ ބޮޑުކޮށް ތައްޔާރީ ހާލަތަކަށް

ފަރުކޮޅުފުށީގައި ހަދާފައިވާ ދާއިމީ އައިސޮލޭޝަން ނިޒާމްގެ އިތުރުން އިތުރު 30 އެނދު އިތުރުކުރަން ވަނީ ނިންމާފައި. އަދި އައިސީޔޫ ވެސް ހުރީ ބޭނުންކުރެވޭ ހާލަތުގައި.

6 މާރޗް 2020 | ހުކުރު 23:52
Writer Profile Picture
ޙުސައިން މަޚްތޫމް
ކުރެއްދޫ އިން ދިޔަ ފަތުރުވެރިޔާ ކޮރޯނާއަށް ޕޮޒިޓިވްވިކަން އެންގީ އޭނާ އަމިއްލައަށް: އަލީ ވަހީދު

ކުރެއްދޫ އިން ދިޔަ ފަތުރުވެރިޔާ ކޮރޯނާއަށް ޕޮޒިޓިވްވިކަން އެންގީ އޭނާ އަމިއްލައަށް. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އަނބުރާ އިޓަލީއަށް ދިޔަފަހުން.

6 މާރޗް 2020 | ހުކުރު 23:50
Writer Profile Picture
ޙުސައިން މަޚްތޫމް
ޓެސްޓް ކުރެވުނު މީހުންގެ ނަތީޖާތައް ލިބޭނީ މާދަމާ: އަލީ ވަހީދު

ކަރަންޓީން ކޮށްފައިވާ ފަތުރުވެރިޔާ އަދި ކުރެއްދޭ ރިސޯޓުން ޓެސްޓް ކުރި މީހުންގެ ނަތީޖާ މާދަމާ ލިބޭނެ.

6 މާރޗް 2020 | ހުކުރު 23:49
Writer Profile Picture
ޙުސައިން މަޚްތޫމް
ޔޫރަޕްގެ ގައުމަތަކަށް އެންމެ ގިނައިން ވައިރަސް ފެތުރެނީ އިޓަލީން

އިޓަލީން މީހުން އައުން މަނަކުރީ ޔޫރަޕްގެ ގައުމުތަކަށް އެންމެ ބޮޑަށް ވައިރަސް ފެތުރެމުން ދަނި އިޓަލީން ކަމަށް ވުމުން.

6 މާރޗް 2020 | ހުކުރު 23:48
Writer Profile Picture
ޙުސައިން މަޚްތޫމް
މާދަމާރޭގެ 11:59 އިން ފެށިގެން އިޓަލީން އެއްވެސް މީހަކަށް ނާދެވޭނެ: ސަރުކާރު

މާދަމާރޭގެ 11:59 އިން ފެށިގެން އިޓަލީން އެއްވެސް މީހަކަށް ރާއްޖެ ނާދެވޭނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރު އަލީވަހީދު ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިޓަލީން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައިވާ ކަމަށާއި، ޑައިރެކްޓް އަދި ޓްރާންސިޓް ފުލައިޓެއް ވެސް މާދަމާގެ ފަހުން ނާދެވޭނެ ކަމަށެވެ.

6 މާރޗް 2020 | ހުކުރު 23:46
Writer Profile Picture
ސިމާހާ ނަސީމް
ކޮވިޑް-19 އާ ގުޅިގެން މުހިންމު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ
  1. ކޮވިޑް-19 އާ ގުޅިގެން މުހިންމު ނޫސްވެރިންގެ ބައްދަލުވުމެއް ސަރުކާރުން ބާއްވަން ނިންމައިފި. މި ނޫސްވެރިންގެ ބައްދަލުވުން ފަށާނީ މިރޭ 11:30 ގައި.
6 މާރޗް 2020 | ހުކުރު 23:04
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 97,981 އަށް، މަރުވި މީހުންގެ އަދަދު 3,381 އަށް
ފޮޓޯ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 97,981 އަރައި، މަރުވި މީހުންގެ އަދަދު 3,381 އަށް އަރައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔެގެ 87 ޤައުމަކުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވެއެވެ. އޭގެތެރެއިން ޗައިނާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 80،710 ގައި އުޅޭއިރު، ކޮރެއާގެ 6،248 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.

  • China: 80,710 cases
  • Republic of Korea: 6,284 cases
  • Italy: 3,858 cases
  • Iran (Islamic Republic of): 3,513 cases
  • International conveyance (Diamond Princess): 696 cases
  • France: 420 cases
  • Germany: 400 cases
  • Japan: 349 cases
  • Spain: 261 cases
  • United States of America: 148 cases
  • United Kingdom: 118 cases
  • Singapore: 117 cases
  • Netherlands: 82 cases
  • Australia: 66 cases
  • Sweden: 61 cases
  • Kuwait: 58 cases
  • Norway: 56 cases
  • Switzerland: 56 cases
  • Malaysia: 55 cases
  • Belgium: 50 cases
  • Bahrain: 49 cases
  • Thailand: 47 cases
  • Canada: 45 cases
  • Austria: 37 cases
  • Iraq: 36 cases
  • Greece: 32 cases
  • India: 29 cases
  • United Arab Emirates: 27 cases
  • Iceland: 26 cases
  • San Marino: 21 cases
6 މާރޗް 2020 | ހުކުރު 13:30
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިންޑިއާގެ ނިއުދިއްލީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލްކޮރޯނާވައިރަސް (ކޮވިޑް-19) އަށް އަވައްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރު މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ރަސްމީ އިދާރާތަކާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ހުކުރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް މީހާއަކީ ތައިލޭންޑްއާއި މެލޭޝިއާއަށް ދަތުރުކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާ މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށާއި، އޭނާގެ ހާލު "ސްޓޭބަލް" ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެއާއެކު އަވައްޓެރި އިންޑިއާގައި މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 31 އަށް އަރާފައެވެ. އޭގެ ތެރެއިން 16 މީހުންނަކީ އިޓަލީއަށް ނިސްބަތްވާ މީހުންކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

6 މާރޗް 2020 | ހުކުރު 12:43
Writer Profile Picture
އަތޫފް އާތިފް
ކޮވިޑް-19 ގެ ހިޔަނި ޑެންމާކުގެ ފުޓުބޯޅަ އަށް!

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޑެންމާކްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ތޯމަސް ކަލެންބާގް ޕޮޒިޓިވް ވެއްޖެއެވެ. ޑެންމާކްގެ ގައުމީ ޓީމަށް 47 މެޗު ކުޅެދިން ތޯމަސް ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަން ޑެންމާކްގެ ފުޓުބޯޅަ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ތޯމަސްގެ އިތުރުން ޑެންމާކްގެ ކްލަބެއް ކަމަށްވާ ބޮރޮންޑީގެ އެސިސްޓެންޓް ކޯޗުގެ އިތުރުން އެޓީމުގެ 13 ކުޅުންތެރިން ވަނީ ކަރަންޓީނު ކުރެވިފައެވެ.

މިހާތަނަށް 90 ހާހަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު 88 ޓީމަކުން މި ބަލި ވަނީ ފެނިފައެވެ.

6 މާރޗް 2020 | ހުކުރު 11:29
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކޯވިޑް-19 އިން ރައްކާތެރިކޮށްދޭނެ ކަމެއް ނޫން. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ފުރާނައަށް ނުރައްކާތެރި ކަމެއް އަދި މިކަމުގެ ސަބަބުން އަހަރަކު 8 މިލިއަނަށްވުރެ ގިނަ މީހުން މަރުވޭ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ހިތުގެ ބަލި ފަދަ ޞިއްޙީ މައްސަލަތައްހުންނަ މީހުންގެ ބަލީގެ ހާލަތު އިތުރަށް ގޯސްވޭ. އެހެންކަމުން މިފަދަ މީހުންނަށް ކޮރޯނާވައިރަސް ބަލިޖެހުން އަދި ބަލިން ކުރާ އަސަރު ބޮޑުވުމުގެ ފުރުސަތު އޮވޭ.

5 މާރޗް 2020 | ބުރާސްފަތި 22:39
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަން: އެޗްޕީއޭ

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގައި ކޮރޯނާ ވައިރަހުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދިއުމާއެކު، ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެންކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ލަސްކުރުން ނުވަތަ ނުކުރުމަކީ މިވަގުތު އެންމެ ރައްކާތެރިގޮތް ކަމުގައި ދެކޭކަމަށެވެ.

5 މާރޗް 2020 | ބުރާސްފަތި 22:28
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖޭގެ އެތެރޭގައި ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން
  1. ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން
  2. ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ، ރަނގަޅަށް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން، އަދި ޓިޝޫ ޑަސްބިނަށްލުމަށްފަހު އަތްދޮވުން
  3. މިފަދަ އަލާމާތްތައް ހުރިނަމަ، ރަނގަޅުވަންދެން ގޭގައި މަޑުކުރުން، އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުން
5 މާރޗް 2020 | ބުރާސްފަތި 22:24
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދަތުރުން އެނބުރި އައުމަށްފަހު ސަމާލުކަންދޭންޖެހޭ ކަންކަން
  1. ދަތުރުން އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުންއައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ގޭގައި މަޑުކުރުން އަދި ހޮޓްލައިން 1676 އަށް ގުޅުން
  2. ހޮޓްލައިންއަށް ގުޅުއްވާއިރު ދަތުރުގެ މައުލޫމާތު ހިއްސާ ކުރެއްވުން
5 މާރޗް 2020 | ބުރާސްފަތި 22:23
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދަތުރުމަތީގައި ސަމާލުކަންދޭންޖެހޭ ކަންކަން
  1. ހުމާއި، ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާއި ގާތްވެ ނޫޅުން
  2. ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން، ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން އަދި ދަތުރުމަތީގައި އުޅޭއިރު ހޭންޑް ސެނިޓައިޒަރ ހިފައިގެން އުޅުން
  3. މޫނާއި، ލޮލާއި، އަނގަ އަދި ނޭފަތުގައި އަތްނުލުން
  4. ކާބޯތަކެތި، ޚާއްސަކޮށް އެއްގަމުމަހާއި ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުން
  5. ޖަނަވާރު ގެންގުޅޭ ތަންތަނަށް އަދި އެއްގަމުމަސް ވިއްކާ ބާޒާރު (ވެޓް މާރކެޓް ތަކަށް ނުދިއުން
  6. ކޮންމެހެން ދާން ޖެހިގެން މެނުވީ ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ނުދިއުން
  7. ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުން، އަދި ވަގުތުން ޓިޝޫ ޑަސްބިނަށްލުން އަދި އަތްދޮވުން
  8. ދަތުރުމަތީގައި އުޅޭއިރު ހުންއައިސް ރޯގާ ޖެހިއްޖެނަމަ، މިފަދަ އަލާމާތްތައް ފެންނަ މީހުން ސިއްހީ ފަރުވާހޯދުމަށް ދަތުރު ކުރި ޤައުމަކުން އަންގަވާފައިވާ ގޮތަށް އަމަލު ކުރުން (ބައެއް ޤައުމުތަކުގައި މިފަދަ އަލާމާތްތައް ހުންނަ މީހުން ޑޮކްޓަރަށް ނުވަތަ ހޮސްޕިޓަލަށް ސީދާ ނުގޮސް ގުޅާނެ ނަމްބަރެއް ދީފައިވޭ، އަދި ބައެއް ޤައުމުތަކުގައި މިފަދަ އަލާމާތްތައް ހުންނަ މީހުން ދާނެ ވަކި ސިއްހީ ޚިދުމަތްދޭ ތަންތަން ކަނޑައަޅާފައިވޭ)
  9. ދަރުތުކުރާ ޤައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އަޅަން އަންގަވާފައިވާ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއްދިނުން
5 މާރޗް 2020 | ބުރާސްފަތި 22:14
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސުކޫލު ބަންދުގައި ދަތުރަށް ފުރުމުގެކުރިން ސަމާލުކަންދޭންޖެހޭ ކަންކަން
  1. ދަތުރުކުރާ ޤައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުން
  2. ބަލި ފެތުރޭ ޤައުމުތަކަށް ދަތުރު ނުކުރުން
  3. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތައް ހުންނަ ފަރާތްތަކުން، ކޮންމެހެން ކުރަންޖެހިގެން މެނުވީ މިދުވަސްވަރު ރާއްޖެއިން ބޭރަށް ދަތުރު ނުކުރުން
  4. ދަތުރު ކުރާ ޤައުމުގެ ސަރުކާރުން، ބަލިން ރައްކާތެރިވުމަށް އެޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި، އާއްމުންނަށް ދީފައިވާ އިރުޝާދުތަކަށް އަހުލުވެރިވުން
5 މާރޗް 2020 | ބުރާސްފަތި 22:10
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެތީވެ ކުރަންޖެހޭ މަސައްކަތް މި އަންނަނީ ކުރަމުން: ރައީސް

ދުނިޔެގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެތީވެ ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޮލިހް ވިދާޅުވެއްޖެ އެވެ. ރ. އަތޮޅުގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. ނަމަވެސް މަސައްކަތް ކުރައްވަމުންގެންދަވަނީ އަތޮޅުތަކުގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭނެގޮތަކަށް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

5 މާރޗް 2020 | ބުރާސްފަތި 22:04