ރިސޯޓްތަކުގައި ހުރި ކަރަންޓީނު ފެސިލިޓީތައް ސަރުކާރުން ނަގާފައިވަނީ 750 ރުފިޔާއަށް ކަމަށާއި އެއީ ހަމައެކަނި ކާއެއްޗެހި ފޯރުކޮށްދިނުމަށް ދޭ ފައިސާ ނޫންކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެފައިސާ އަކީ އެހެނިހެން ޚިދުމަތްތައްވެސް ހިމެނޭ ގޮތަށް ދޭ ފައިސާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ރިސޯޓްތަކުގައި ތިބި ސްޓާފުންނަށް އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު މިދަނީ ހަމަޖައްސަމުންދާ ކަމަށާއި އެ މުވައްޒަފުންނަށް ރަށަށްދެވޭތޯ ޔަގީން ކުރައްވާނެކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިވަގުތުވެސް ރާއްޖޭގެ 10 ރިސޯޓެއްގައި ފަތުރުވެރިން އެބަތިބި ކަމަށާއި އެމީހުން ގެ ގައުމަށް ދިއުމަށް ފްލައިޓްތައް އައުމުން އެއިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ 26 ސަރަހައްދަކަށް ބަހާލާފައިވާއިރު، މިއިން ކޮންމެ ޒޯނެއްގައި އެއް ފަހަރާ މަގުމަތީގައި އުޅޭނީ 65 މީހުން ކަމަށް ފުލުހުން ބުނެފި. އަދި ބައެއް ޒޯންތަކުގައި އެއް ފަހަރާ ނިކުމު އުޅޭ އަދަދުތައް މިއަށްވުރެވެސް މަދުވާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވި.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް 25 އޭޕްރީލް ގެ ނިޔަލަށް 560 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ