މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އަށް ބަލި އެރިގޮތް ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފި އެވެ.
މާލެއިން ކޮވިޑް-19 އަށް ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ބަލި ޖެހުނު ފުރަތަމަ މީހާ އަކީ ޓްރެވެލް ހިސްޓްރީ އެއް ނެތް މީހެކެވެ. އެމީހާ އަކީ މ. ޖަރީމާގޭގައި ދިރިއުޅޭ މީހެކެވެ. އެމީހާއާ އެކި ގޮތްގޮތުން ބައްދަލުވި މީހުން ހޯދައި އެމީހުން އެކަހެރި ކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖްނެސީ (އެޗްޕީއޭ) އިން ދަނީ ކުރަމުންނެވެ.
ބުރާސްފަތި ދުވަހު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލެ އިން ޕޮޒިޓިވްވި މީހާ އަށް ބަލިއެރި ގޮތް ނުވަތަ ''އިންޑެކްސް ސޯސް'' ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ ކަމަށެވެ. އެކަމަކު އެއީ ކާކުކަން އަދި މިހާތަނަށް ހޯދިފައި ނުވާކަން އޭނާ ފަހާގަކުރެއްވި އެވެ.
ނައިޖީރިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންނަށްވުރެ، އެ ޤައުމުގައި އިއުލާނުކޮށްފައިވާ ކާފިއުއާ ޚިލާފުވެގެން މަރާލި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ނައިޖީރިއާގައި އިއުލާނުކޮށްފައިވާ ކާފިއު ތަންފީޒު ކުރުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް އެ އަމުރުތަކަށް ބޯނުލެނބި 18 މީހަކު މަރާލާފައިވެއެވެ. އަދި މިއީ އެ ޤައުމުން ކޮވިޑް-19 ވައިރަސް ޖެހިގެން މަރުވާ މީހުންނަށްވުރެ ގިނަ އަދަދެއް ކަމަށް އެ ޤައުމުގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާތަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.
ބުދަ ދުވަހު ނައިޖީރިއާގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ވާގޮތުން މިހާތަނަށް ސަލާމަތީ ބާރުތަކުން ކާފިއު ތަންފީޒު ކުރުމުގައި އިންސާނީ ހައްޤުތަކާ ޚިލާފުވެފައިވާކަމަށް ބުނެ ހުށައަޅާފައިވާ 105 މައްސަލައެއް ހިމެނޭއިރު، ނައިޖީރިއާގެ 24 ސްޓޭޓަކުން މައްސަލަތައް ހުށައެޅިފައިވެއެވެ.
ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި ޔޫރަޕުން ދަނީ ރާއްޖެއިން ފިލާވަޅު ލިބިގަންނަމުން ކަމަށް ވިލާތުގެ އިއްތިހާދުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ ގައި ސަފީރު ޝާއިއު ކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވެފަައި ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް މިހާތަނަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ. ސަފީރު ވިދާޅުވީ ވިލާތުން ރާއްޖެއަކީ މިސާލެއްގެ ގޮތުގައި ބަލާ، ވައިރަސް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ އިން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ޑެލިވަރީގެ ޚިދުމަތް ހުކުރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ކުރިން ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިފައިވާ ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ޑެލިވަރީގެ ޚިދުމަތްދެވެނީ 23:00 ވަންދެންނެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރަން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން ނިންމީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިންޑިއާގައި ލޮކްޑައުންގެ މުއްދަތު މެއި މަހު 3 ވަނަ ދުވަހާއި ހަމަޔަށް އިތުރުކުރަން އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއި ގުޅިގެން އެއްވެސް މައުލޫމާތެއް ކަށަވަރު ނުކޮށް ސޯޝަލް މީޑިއާގައި އެވާހަކަތައް ނުފަތުރާ އެފަދަ މައުލޫމާތެއް އެނގޭނަމަ އެ ކަން އެންއީއޯސީއަށް އެންގުމަށް ވަނީ އެދިފައި
އެޕެއް މެދުވެރިކޮށް ޑެލިވަރީ ކުރާ ފިހާރަތައް އެނގޭނެ ގޮތް ހަދާނެކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ ވިދާޅުވެއްޖެއެވެ. އެގޮތުން ފުލުހުން ހުއްދަދޭވަރަކަށް އެ އެޕަށް ފިހާރަތަކުގެ މައުލޫމާތު ލެވޭނެކަމަށާއި، 2 ދުވަހެއް މިކަމަށް ނަގާނެކަމަށް ޝިފާ ވިދާޅުވި.
ލޮކްޑައިންގައި އާންމުންގެ އެއްބަރުލުން ލިބުނުކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައި. ފުލުުންނަށް ގުޅަން ދީފައި އޮތް ނަންބަރަށް ދިމާވި މައްސަލަތައް ހައްލުކޮށްފި. ކޯލް ސެންޓަރުގައި 10 މީހަކު ތިބޭނެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ކުރެވޭނެ.