ކޮވިޑް-19: އެންމެ ފަހުގެ

20,379,272
  • ކޮވިޑް-19 ގެ ހާލަތުގައި ވެސް ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ކުރިއަށްދާނެ: އެމްޑީ ސައީދު
  • ހުޅުމާލެ މެޑިކަލް ފެސިލިޓީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނިމެނޭނެ: އެމްއެންޑީއެފް
  • ކައުންސިލް އިންތިޚާބަށް ސަސްޕެންޑްކުރި ފެނަކަ ކޯޕްރޭޝަންގެ މުއައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 ގެ ހާލަތުގައި ވެސް ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ކުރިއަށްދާނެ: އެމްޑީ ސައީދު
20 އޭޕްރިލް 2020 | ހޯމަ 12:53
Writer Profile Picture
ޙުސައިން މަޚްތޫމް
ހުޅުމާލެ މެޑިކަލް ފެސިލިޓީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނިމެނޭނެ: އެމްއެންޑީއެފް
20 އޭޕްރިލް 2020 | ހޯމަ 12:52
Writer Profile Picture
ޙުސައިން މަޚްތޫމް
ކައުންސިލް އިންތިޚާބަށް ސަސްޕެންޑްކުރި ފެނަކަ ކޯޕްރޭޝަންގެ މުއައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
20 އޭޕްރިލް 2020 | ހޯމަ 12:51
Writer Profile Picture
ޙުސައިން މަޚްތޫމް
ސިއްހީ މާހިރުން ދެއްވާ ލަފަޔާ އެއްގޮތަށް އަމަލުކޮށް، އެއްބައިވަންތަކަންމަތީ ތިބުމަށް ރައީސް މައުމޫން އިލްތިމާސްކުރައްވައިފި
20 އޭޕްރިލް 2020 | ހޯމަ 12:51
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސް މައުމޫން އަބްދުއްޤައްޔޫމް ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއު
20 އޭޕްރިލް 2020 | ހޯމަ 12:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތް ކިޔައިދީފި

އިސްލާމިކް މިނިސްޓްރީން ބުނީ، ކޮވިޑް-19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތް ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ ލަފާގެ މަތިން، އެމް.އެން.ޑީ.އެފް ގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ޢިލްމުވެރިން ކިޔާދެއްވާފައިވާކަމަށެވެ.

20 އޭޕްރިލް 2020 | ހޯމަ 11:31
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2.4 މިލިއަނަށް

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2.4 މިލިއަނަށް އަރައިފި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތާއި ހަމައަށް މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2,407,339 އަށް އަރާފަ އެވެ. އަދި ބަލީގައި 165,069 މަރުވިއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 625,127 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

20 އޭޕްރިލް 2020 | ހޯމަ 08:11
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މައްޔިތުންގެ މޫނު ދެއްކުން އައިޖީއެމްއެޗުން ވަގުތީ ގޮތުން ހުއްޓާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މައްޔިތުންގެ މޫނު ދެއްކުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އާދިއްތަ ދުވަހުގެރޭ އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ބަލީގެ ޢަލާމާތްތައް ނުފެނި ގިނަ ޢަދަދެއްގެ ބަޔަކު ތިބޭނެކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނަމުންދާއިރު، މިފަދަ ހާލަތެއްގައި ހޮސްޕިޓަލު ތެރެއަށް މި ބަލި ވަދެ، ޑޮކްޓަރެއް، ނަރުހެއް ނުވަތަ އެނޫންވެސް މުވައްޒަފަކަށް މި ބަލި ޖެހިއްޖެނަމަ އެއީ މުޅި މުޖުތަމަޢުއަށް ނުރައްކާތެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.

20 އޭޕްރިލް 2020 | ހޯމަ 08:05
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ލޮކްޑައުން ނިމެންދެން ރާއްޖެޓީވީއަށް އާއްމުކޮށް ނުވަދެވޭ ގޮތައް ބަންދުކޮށް، މުވައްޒަފުން ތިބޭނީ ސްޓޭޝަންގައި

ކޮވިޑް-19 އާއި ގުޅިގެން މާލެސިޓީގައި އިއުލާން ކޮށްފައިވާ ލޮކްޑައުން ހާލަތު ނިމެންދެން، ރާއްޖެޓީވީގެ ބައެއް މުވައްޒަފުން ރާއްޖެޓީވީ ހިނގަމުންދާ އިމާރާތުގައި ތިބުމަށް ނިންމައިފިއެވެ.

މި ގޮތުން އާދިއްތަ ދުވަހުގެ ރެއިން ފެށިގެން މުވައްޒަފުން ވަނީ އިމާރާތުގައި ސްޓޭޝަން ވެފައެވެ. މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދު ވިދާޅުވީ، ހާލަތު ބަދަލު ވަމުން ދާލެއް އަވަސް ވުމާއެކު، މި ފިޔަވަޅު އަޅަން ނިންމީ އެކި އެކި ސަރަހައްދުތައް ބަންދު ކުރަމުން ދިއުމާއެކު، އެކަންކަމާ ގުޅިގެން ރާއްޖެޓީވީގެ ނޫސްވެރިން ރައްޔިތުންނަށް މި މުހިންމު ދަނޑިވަޅުގައި ދެމުންދާ ޚިދުމަތައް ބުރުލެއް އެރިޔަ ނުދިނުމާއެކު، މުވައްޒަފުންގެ ސަލާމަތާ ރައްކާތެރި ކަމުގެ ގޮތުން ކަމުގައެވެ.

މިގޮތުން ލޮކްޑައުންގެ މުއްދަތު ނިމެންދެން ސްޓޭޝަންގައި ތިބޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތް ކުރަމުންދާނީ ގޭގައި ތިބެގެންނެވެ.

20 އޭޕްރިލް 2020 | ހޯމަ 08:04
Writer Profile Picture
ލައިޝާ އަހްމަދު
ކޮމިއުނިޓީ ސްޕްރެޑް ފެނުން ފަހުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު

އޭޕްރީލް 19 ގެ 23:00 ގެ ނިޔަލަށް

އޭޕްރީލް 15 - 1 މީހެއް

އޭޕްރީލް 16- 2 މީހުން

އޭޕްރީލް 17- 5 މީހުން

އޭޕްރީލް 18- 7 މީހުން

އޭޕްރީލް 19 - 17 މީހުން

ޖުމުލަ : 32 މީހުން

19 އޭޕްރިލް 2020 | އާދީއްތަ 22:59
Writer Profile Picture
ލައިޝާ އަހްމަދު
މިހާރު މިދާގޮތަށް ދާނަމަ ޑޮކްޓަރުންނާއި ނަރުހުންގެ ޝޯޓޭޖެއް އުޅެދާނެ

މިވަގުތު ތިބީ 905 ޑޮކްޓަރުން އަދި 2907 ނަރުހުން،

އޭގެ އިތުރުން ބޭރު ޤައުމުތަކުން އަދި ދަރިވަރުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ނިމުމަށްފަހު މެޑިކަލް ޓީމްތަކާ ގުޅޭނެ

ޑޮކްޓަރުންނާއި ނަރުހުންގެ ޝޯޓޭޖެއް އުޅެދާނެ މިހާރު މިދާގޮތަށް ދާނަމަ، -މަބްރޫކް-

19 އޭޕްރިލް 2020 | އާދީއްތަ 21:12
Writer Profile Picture
ލައިޝާ އަހްމަދު
އެއްބާރުލުން ނުދިން މީހާ މިހާރު އެއްބާރުލުން ދޭން ފަށައިފި،

މިހާރު އޭނާ އެއްބާރުލުން ދޭން ފަށައިފި، އަދި ހޯދަން ބޭނުންވި ތަފްސީލްތައްވެސް ދަނީ ލިބެމުން،

އޭގެ އިތުރުން، ވަކި މީހަކަށް އަމާޒުވާ ގޮތަށް ހީއެއްގެ މައްޗަށް މީހުންގެ ފޮޓޯ އާންމުކޮށް، ސީދާ ދޮގު މައުލޫމާތު ފަތުރަން ފެށި، އަދި އެ ފަރާތްތަކާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ހާސްކަމުގެ ތެރެއަށް ވައްޓާލަމުންދާ ކަމުގެ މައުލޫމާތު ލިބޭ، ވީމާ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ މައުލޫމާތުގެ އިތުރަށް ހީއެއްގެ މައްޗަށް ބިނާކޮށް، އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރަން، އެއްބާރުލުން ނުދީގެން ނުވަތަ ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫ އަރާ ހިސާބުން އެފަދަ ފަރާތެއްގެ ނަމާއި ފޮޓޯވެސް އާންމު ކުރެވޭނެ.

-މަބްރޫކް-

19 އޭޕްރިލް 2020 | އާދީއްތަ 21:01
Writer Profile Picture
ލައިޝާ އަހްމަދު
އެއްވެސް ކްލަސްޓަރއެއްގެ ފުރަތަމަ ފެންނަ ކޭސްއަކީ ކޭސްގެ ފެށުމެއް ނޫން

އެއްވެސް ކްލަސްޓަރއެއްގެ ފުރަތަމަ ފެންނަ ކޭސްއަކީ ކޮންމެހެން ކޭސްގެ ފެށުމެއް ނޫން، އެއީ ފުރަތަމަ ދެނެގަނެވޭ ކޭސް،

ކޭސްތަކުގެ ފޮޓޯތައް އަދި ހީވާ މީހުންގެ ފޮޓޯ އާންމުކުރާކަން ފާހަގަވޭ، އޭގަ ނުރަނގަޅު މީހުންގެ ފޮޓޯތައްވެސް ދަނީ ދައުރުވަމުން، އެފަދަ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމާ ގުޅޭ ޤަވާއިދެއް ވާނީ ހަދާފައި، އެ ކުރަނީ ޤާނޫނީ ކުށެއް - ޑރ ނަޒްލާ

19 އޭޕްރިލް 2020 | އާދީއްތަ 20:50
Writer Profile Picture
ލައިޝާ އަހްމަދު
36 ގެ 4 ކޮންޓެކްޓެއް ހޯދިފައި، ތަފްސީލް ހޯދަން ޖެހޭ އިތުރު 200 ކޮންޓެކްޓްސް

ކޭސް 35 އާ ގުޅިގެން 45 ކޮންޓެކްޓް ހޯދިފައި

36 ގެ 4 ކޮންޓެކްޓެއް ހޯދިފައި، ތަފްސީލް ހޯދަން ޖެހޭ އިތުރު 200 ކޮންޓެކްޓްސް

37 އިން 49 އަށް ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން 68 މީހުން ފާހަގަވެފައި

ކޭސް 50 އަދި 51 އާ ގުޅިގެން 50 އެއްހާ ކޮންޓެކްޓެއް ހޯދިފައި

ކޭސް 52 އާ ގުޅިގެން 131 އެއްހާ ކޮންޓެކްޓް ހޯދިފައި

ޑރ ނަޒްލާ

19 އޭޕްރިލް 2020 | އާދީއްތަ 20:45
Writer Profile Picture
ލައިޝާ އަހްމަދު
36 ގެ 4 ކޮންޓެކްޓެއް ހޯދިފައި، ތަފްސީލް ހޯދަން ޖެހޭ އިތުރު 200 ކޮންޓެކްޓްސް

ކޭސް 35 އާ ގުޅިގެން 45 ކޮންޓެކްޓް ހޯދިފައި

36 ގެ 4 ކޮންޓެކްޓެއް ހޯދިފައި، ތަފްސީލް ހޯދަން ޖެހޭ އިތުރު 200 ކޮންޓެކްޓްސް

ކޭސް 50 އަދި 51 އާ ގުޅިގެން 50 އެއްހާ ކޮންޓެކްޓެއް ހޯދިފައި

ކޭސް 52 އާ ގުޅިގެން 100 އެއްހާ ކޮންޓެކްޓް ހޯދިފައި

ޑރ ނަޒްލާ

19 އޭޕްރިލް 2020 | އާދީއްތަ 20:45
Writer Profile Picture
އާއިޝަތު ޝިއުރާ
ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން

ލޮކްޑައުން ހާލަތުގައި ބޭރަށް ދެން ނިކުމެ އުޅޭނަމަ ފުރަތަމަވެސް ކުރާނީ ޖޫރިމަނާކަމަށާއި ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އަދި ދެވަނަ އަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފައިރޫޝް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 18:57
Writer Profile Picture
އާއިޝަތު ޝިއުރާ
ހއ އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ
19 އޭޕްރިލް 2020 | އާދީއްތަ 18:52
Writer Profile Picture
އާއިޝަތު ޝިއުރާ
މިހާރު މިހަމަޖެހުނު ގޮތުން އެއްވަގުތެއްގައި މާލޭގައި އުޅޭނީ 625 މީހުން

މިހާރު މިހަމަޖެހިގެން ދިޔަ ގޮތާއެކު ދެން މާލޭގައި އެއް ވަގުތެއްގައި އުޅޭނީ 625 މީހުންނަށް ކަމަށް ފައިރޫޝް ވިދާޅުވި އެވެ. މާލެ ވަނީ މިހާރު 26 ސަރަހައްދަކަށް ބަހާލާފައެވެ.

19 އޭޕްރިލް 2020 | އާދީއްތަ 18:48
Writer Profile Picture
އާއިޝަތު ޝިއުރާ
އެއްވެސް މީހަކު ގަވާއިދާ ޚިލާފުވެގެން ހައްޔަރެއް ނުކުރޭ

މިހާތަނަށް އެއްވެސް މީހަކު ގަވާއިދާ ޚިލާފަށް ބޭރުގައި އުޅެގެން ހައްޔަރުނުކުރާކަމަށް ފައިރޫޝް ވިދާޅުވި އެވެ. ދެން ނަސޭހަތެއް ނުދޭނެކަމަށާއި ފުރަތަމަވެސް ކުރާނީ ޖޫރިމަނާކަމަށް ފައިރޫޝް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 18:46
Writer Profile Picture
އާއިޝަތު ޝިއުރާ
މިހުއްދަ ދެނީ ހަމައެކަނި ގޭގެއަށް ބޭނުންވާ ކާބޯތަކެތި ގަންގަންދާން

މި ހުއްދަ ދެނީ ހަމައެކަނި ގޭގެއަށް ބޭނުންވާ ކާބޯތަކެތި ގަންނަން ދިޔުމަށް ކަމަށް ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ. އެމީހާ ގޮވައިގެންދާ މީހާއަށް ހުއްދަ ދޭގޮތަށް މިހާރު ހަމަޖެހިފައިނުވާކަމަށް ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ. ބަލި މީހަކަށް ބޭސް ހޯދުންކަހަލަ ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ނަންބަރުތަކަށް ގުޅައިގެން އެކަންކަން ކުރުމަށް ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 18:39
Writer Profile Picture
އާއިޝަތު ޝިއުރާ
ފޯމު ޑިޒައިންކޮށްފައި ހުންނާނީ މައިގަނޑު 4 ބަޔަކަށް ބަހާލައިގެން

ބޭރަށް ނިކުމެ އުޅުމަށް ޑިޒައިންކޮށްފައިވާ ފޯމް ހުންނާނީ މައިގަނޑު 4 ބަޔަކަށް ބަހާލައިގެން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ. ފިހާރައަށް ދިޔުމާއި، ބަލި މީހުން ހޮސްޕިޓަލަށް ދިޔުމާއި ޑިޔުޓީތަކަށް ދިޔުން ހިމެނިފައިވާނެ އެވެ. ޑިޔުޓީތަކަށް ދިޔުމަށް ހުއްދަ ހޯދުމަށް ވަޒީފާ އަދާކުރާ ތަނުން އެމީހަކު އެގަޑީގައި ޑިޔުޓީއަށް ދޭތޯ ޔަގީންކުރުމުގެ ކަންކަން ކުރަމުންދާ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 18:36
Writer Profile Picture
އާއިޝަތު ޝިއުރާ
މާލެ ވަނީ 26 ހިސާބަކަށް ބަހާފައި، އެންމެން އެއްފަހަރާ ނުނިކުންނަ ގޮތަކަށް ކަންކަން މިދަނީ ރާވަމުން

އެއް ސަރަހައްދަކުން މީހުން އެއްފަހަރާއި ނިނުކުމެ މީހުން ނިކުމެ އުޅޭ ސަރަހައްދުތައް މަދުކުރުމަށް މިދަނީ މަސައްކަތް ކުރަމުން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 18:33
Writer Profile Picture
އާއިޝަތު ޝިއުރާ
ފާސްތައް ދޫކޮށްފައި ހުރި ކަންކަން ނޫންކަންކަމަށް ބޭނުންކުރާކަން ފާހަގަކުރެވޭ

ބޭރަށް ނިކުތުމަށް ފާސްތައް ދޫކޮށްފައި ހުރި ކަންކަމަށް ނޫން ކަންކަމަށް ފާސްތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެ އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 18:29
Writer Profile Picture
އާއިޝަތު ޝިއުރާ
މިވަގުތު ބަލަންޖެހޭނީ ކޮންމެ މީހަކީވެސް ބަލި ޖެހިފައިވާ މީހެއްކަމަށް

މިވަގުތު ބަލަންޖެހޭނީ ކޮންމެ މީހަކީވެސް ބަލި ޖެހިފައިވާ މީހެއްކަމަށާއި ސަމާލުކަންދީގެން ނޫނީ ނޫޅުމަށް މަބްރޫކް އެދިވަޑައިގެންނެވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:19
Writer Profile Picture
އާއިޝަތު ޝިއުރާ
ޒަރޫރީ ބޭނުން ނޫން އެހެން ގޮތަކަށް މީހަކާ ދިމާވާގޮތަކަށް ނޫޅުމަށް އިލްތިމާސްކޮށްފި

ވީހާވެސް ބޮޑަކަށް މީހުންނާ ދިމާނުވެ ޑެލިވަރީގައި ސަމާލުވެ އޮންލައިންކޮށް ޚިދުމަތްތައް ހޯދުމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ކޮންމެހެން ނިކުންނަން ޖެހޭ ވަގުތުތަކުގައިވެސް ގައި ދުރުކަން ގެންގުޅުމަށް ވަރަށް ބޮޑަށް ވިސްނެވުމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:18