ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕާކިސްތާން މީހާ އޭޑީކޭއަށް ގޮސްފައިވާ ކަމަށާއި އެމީހާ އާ ކޮންޓެކްޓް ވި 8 މީހަކު އައިސޮލޭޓް ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. މި ދެ މީހުންގެ ކުރެ އެކަކީ ދިވެއްސެއް އަދި އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ.
މިހާތަނަށް ކުރެވޭ މަސައްކަތުން ޖުމްލަ 1500-1800 އާ ދެމެދުގެ ރޫމް، އަދި 3000 ށް ވުރެ ގިނަ ރޫމް އައިސޮލޭޝަނަށް ވަނީ ހަމަޖެއްސިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ފްލޯޓިންގ ހޮސްޕިޓަލް ގެންނަވަރުގެ ހާލަތެއް އަދި ރާއްޖެއަށް ނާންނަކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަދި މިއޮތް ހާލަތުގައި މިކަންކަން މެނޭޖްކުރެވޭނެކަމަށާއި އަދި ބޭރުގެ އެހީއަށް އެދެން ނުޖެހޭކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި އިތުރު ފެސިލިޓީސްތައް އަވަސް މުއްދަތެއްގައި ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މިވަގުތު ޗައިނާގައި ތިބި މީހުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ. ވިލިވަރު އަދި ގުޅީ ފަޅުގައިވެސް ކަރަންޓީނު ފެސިލިޓީތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މިހާތަނަށް އައިއިރު ސިފައިންގެ ތެރެއިން 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވެއްޖެ އެވެ. އަދި އެކޭސްތަކާއި ގުޅިގެން ކަރަންޓީނު ކުރަންޖެހޭ މީހުން ކަރަންޓީނުކުރަމުންދާ ކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވި އެވެ. މިފަދަ ހާލަތަކަށް އަތުވެދާނެކަމަށް ތައްޔާރަށް އޮތްކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވި އެވެ.
ހާލަތެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް އެސަރަހައްދުގައި ހުރި ރިސޯޓްތަކާއި ވާހަކަ ދައްކާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކަރަންޓީނު ފެސިލިޓީތައް މެނޭޖްކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިހާރުވެސް އިންޓަރނަލް އޮޑިޓިންގ ހެދެމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ތަފާތު އެކި ކަރަންޓީނު ފެސިލިޓީތައް ހެދުމަގައި ސިފައިން ހަރަކާތްތެރިވާ ކަމަށާއި ފެސިލިޓީތައް މެނޭޖްކުރުމުގެ ކަންކަންވެސް ސިފައިން ހަރަކާތްތެރިވާކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ. އެގޮތުން ފެސިލިޓީ ތައް މެނޭޖްކުރުމަށް ސިފައިންނާއި ފުލުހުން އަދި މެޑިކަލް ޓީމު ގުޅިގެން މަސައްކަތްކުރާ ކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ.