ކޮވިޑް-19: އެންމެ ފަހުގެ

20,382,482
  • ވިޔަފާރި ޕާމިޓްތަކުގެ ދަފްތަރެއް ވަރަށް އަވަހަށް އެކުލަވާލާނަން: ރެޖިސްޓްރާ
  • ފުލުހުންގެ ފޮރެންސިކް ލެބަށް ބޭނުންވާ އިތުރު 15 ޓެކްނީޝަން ތަމްރީނުކުރަނީ
  • އެޗްޕީއޭގެ ޚާއްސަ ހުއްދައެއް ނެތި މާލެއިން ބޭރަށް ނުދެވޭނެ: ފުލުހުން
 
Writer Profile Picture
ލައިޝާ އަހްމަދު
ވިޔަފާރި ޕާމިޓްތަކުގެ ދަފްތަރެއް ވަރަށް އަވަހަށް އެކުލަވާލާނަން: ރެޖިސްޓްރާ

ދަފްތަރެއް އެކުލަވާލާފައި ޝާއިއު ކުރާނަން ވަރަށް އަވަހަށް، އޭރުން ރައްޔިތުންނަށް އެނގޭނެ އާންމުކޮށް ގޮސް ވިޔަފާރި ކުރެވޭ ފިހާރަތަކާއި، ޑެލިވަރީ ކޮށްދޭ ފިހާރަތައް

އާދިއްތަ ދުވަހު ނޫނީ ހޯމަ ދުވަހު އެ މައުލޫމާތު ޝާއިއު ކުރާނެ،

-ރެޖިސްޓްރާ އޮފް ކޮމްޕެނީޒް. މަރިޔަމް ވިސާމް-

26 އޭޕްރިލް 2020 | އާދީއްތަ 15:15
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުންގެ ފޮރެންސިކް ލެބަށް ބޭނުންވާ އިތުރު 15 ޓެކްނީޝަން ތަމްރީނުކުރަނީ

ފުލުހުން ބަލަހައްޓަމުންދާ ތަންތަނުގައި (18 ތަނެއް) ޤަވާއިދާ ޚިލާފަށް ތިބި މީހުންނާ ޤަވާއިދާ އެއްގޮތަށް ތިބި މީހުންވެސް އެބަތިބި، އެއިން ކޮންމެ ތަނެއްގައިވެސް ގާތްގަނޑަކަށް 10 އިންސައްތަ ޓެސްޓް ކުރެވޭ ގޮތަށް އެޗްޕީއޭއާ މި މަޝްވަރާ ކުރަމުންދަނީ،

ފުލުހުންގެ ފޮރެންސިކް ލެބްގައި އިތުރު 15 ޓެކްނީޝަންއަށް ސީދާ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ތަމްރީނު ދަނީ ދެމުން، އެކަންކަން ހަމަޖެހުމުން ދުވާލަކަށް 190 ޓެސްޓް ކުރެވޭނެ ކަމަށް ބެލެވޭ

-އޭސީޕީ ނަވީން-

26 އޭޕްރިލް 2020 | އާދީއްތަ 15:04
Writer Profile Picture
ލައިޝާ އަހްމަދު
އެޗްޕީއޭގެ ޚާއްސަ ހުއްދައެއް ނެތި މާލެއިން ބޭރަށް ނުދެވޭނެ: ފުލުހުން

އެއްވެސް ހުއްދައެއް ދޫކުރަނީ އެޗްޕީއޭއިން ރިލީސް ލެޓަރ ލިބުނީމާ، ޚާއްސަކޮށް މާލެއިން ބޭރަށް ނުދެވޭނެ އެޗްޕީއޭގެ ޚާއްސަ ހުއްދައެއް ނެތިއެއް،

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވީން-

26 އޭޕްރިލް 2020 | އާދީއްތަ 14:58
Writer Profile Picture
ލައިޝާ އަހްމަދު
އެލްޖީއޭ ސިސްޓަމުން ހުއްދަ ލިބުމާއެކު އެ ހުއްދައާބެހޭ މައުލޫމާތު ނޯތް ހާބަރަށް ލިބޭނެ

ނޯތް ހާބަރ ޕޯޓްގައި ޤާއިމުވެ ތިއްބަވަނީ އިކޮނޮމިކް މިނިސްޓްރީ، އެލްޖީއޭ، ޕޯޓް އަދި ފުލުހުންގެ އޮފިޝަލުން، ކޮންމެ ބޯޓެއްވެސް އަތޮޅު ތެރެއިން ފުރައިގެން އަންނައިރު އެލްޖީއޭ ސިސްޓަމުން ނޯތް ހާބަރާ ހިއްސާކުރަން ޖެހޭ، އަދި އުޅަނދު އަންނަ ބޭނުމާ، މުދާ ބޯޓަށް އަރުވައިގެން އަނބުރާ ދާނަމަ އެ ދަތުރެއްގެ މައުލޫމާތު ހިއްސާކުރަން އެބަޖެހޭ،

އެލްޖީއޭ ސިސްޓަމުން ހުއްދަ ލިބުމާއެކު އެ ހުއްދައާބެހޭ މައުލޫމާތު ނޯތް ހާބަރަށް ލިބޭނެ،

ދަނޑުވެރިކަން ކުރާ ރަށްރަށުންވެސް ކައިރީގައި އޮންނަ ރަށެއްގެ ކައުންސިލުން އެ މައުލޫމާތު ހިއްސާ ކުރެވޭނެ،

ފުރާ ކޮންމެ އުޅަނދަކުން ޔަޤީން ކުރަން ޖެހޭ އެލްޖީއޭ ސިސްޓަމް މެދުވެރިކޮށް ކައުންސިލުން އެ މައުލޫމާތު ހިއްސާކޮށްފައިވާކަން، އަދި އުޅަނދު އަނބުރާ ފުރާއިރު ގެންދާ މުދަލުގެ ތަފްސީލުވެސް ހާމަކުރަންޖެހޭ،

އަތޮޅު ތެރެއިން އަންނަ އުޅަނދުގައި ތިބޭ އެއްވެސް ކްރޫއަކަށް މާލެއަށް ނުފޭބޭނެ، ހަމައެކަނި ދެވޭނީ އޭޓީއެމްއަށް ، އެއީވެސް ފުލުހުންނާއި ގުޅިގެން އެ ހުއްދަވެސް ދެވޭނީ

-މަރިޔަމް ވިސާމް، ރެޖިސްޓްރާ އޮފް ކޮމްޕެނީޒް-

26 އޭޕްރިލް 2020 | އާދީއްތަ 14:50
Writer Profile Picture
ލައިޝާ އަހްމަދު
ޮލޮކްޑައުންއާ ޚިލާފުވެގެން މިހާތަނަށް 49 މީހަކު ހައްޔަރުކޮށްފައިވޭ

އޭގެ ތެރެއިން 47 މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން، އަދި 2 މީހަކު ހުޅުމާލެއިން

ހޮނިހިރު ދުވަހު މާލެއިން އެކަނިވެސް 17 މީހުން، އަދި ހުޅުމާލެއިން އެކަކު ހައްޔަރުކޮށްފައިވޭ.

މިހާތަނަށް މާލެއިން ޖުމުލަ 543 މީހުން ޖޫރިމަނާކޮށްފައިވޭ، 53 މީހުން ހުޅުމާލެއިން އަދި 32 މީހުން ވިލިމާލެއިން

ހޮނިހިރު ދުވަހު އެކަނިވެސް މާލެއިން 139 މީހުން ޖޫރިމަނާކޮށް، ހުޅުމާލެއިން 23 މީހުން އަދި ވިލިމާލެއިން 5 މީހުން ޖޫރިމަނާކޮށްފައިވޭ.

އޭގެ އިތުރުން، 17 ވެހިކަލް ޕާމިޓެއް ކެންސަލްކޮށްފައިވޭ އެއީ ހުއްދަ ދެވިފައިވާ ޤާނޫނީ އިމުން ބޭރުވެފައިވާތީ

- އެސިސްޓެންޓް ކޮމިޝަނަރ އޮޕް ޕޮލިސް ނަވީން-

26 އޭޕްރިލް 2020 | އާދީއްތަ 14:42
Writer Profile Picture
އާއިޝަތު ޝިއުރާ
ސައުދީގައި ކާފިއުގެ އަމުރު ލުއިކޮށްފި
26 އޭޕްރިލް 2020 | އާދީއްތަ 12:13
Writer Profile Picture
އާއިޝަތު ޝިއުރާ
ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރަށް ގުޅުމަށް އެދެފި
26 އޭޕްރިލް 2020 | އާދީއްތަ 10:59
Writer Profile Picture
އާއިޝަތު ޝިއުރާ
ފްރާންސްގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ޕްލޭން އެގައުމުގެ ބޮޑުވަޒީރު ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަނީ
26 އޭޕްރިލް 2020 | އާދީއްތަ 10:53
Writer Profile Picture
އާއިޝަތު ޝިއުރާ
މަސްދުވަސް ފަހުން އިޓަލީގައި އެންމެ މަދުން ކޮވިޑް-19 ޖެހިގެން އަދި މަރުވެގެން ރިޕޯޓްކުރީ ހޮނިހިރު ދުވަހު
26 އޭޕްރިލް 2020 | އާދީއްތަ 10:52
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ބިދޭސީންގެ އަދަދު 100 އަށް ވުރެ މައްޗަށް
26 އޭޕްރިލް 2020 | އާދީއްތަ 10:52
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސުލްޖުމްހޫރިއްޔާ ޓާސްކް ފޯހުގެ މެމްބަރުންނާއި މަޝްވަރާކުރައްވަނީ
26 އޭޕްރިލް 2020 | އާދީއްތަ 10:26
Writer Profile Picture
އާއިޝަތު ޝިއުރާ
ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ އަދަދު 1000ށް ވުރެ މައްޗަށް!
26 އޭޕްރިލް 2020 | އާދީއްތަ 09:39
Writer Profile Picture
ޙުސައިން މަޚްތޫމް
ބޯހިޔާވަހިކަން ބޭނުންވާ 136 ފަރާތަކަށް ވަގުތީ ހިޔާ ހަމަޖައްސައިދީފި
26 އޭޕްރިލް 2020 | އާދީއްތަ 07:58
Writer Profile Picture
ޙުސައިން މަޚްތޫމް
އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމުން، ގިނަ ކޭސްތަކެއް ފެނިދާނެ ކަމުގެ ބިރު
26 އޭޕްރިލް 2020 | އާދީއްތަ 07:57
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 އިން ފަސޭހަވެވަޑައިގެން، ބޯރިސް ހޯމަ ދުވަހު އޮފީހަށް!
26 އޭޕްރިލް 2020 | އާދީއްތަ 07:56
Writer Profile Picture
ޙުސައިން މަޚްތޫމް
އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 20،000 ވުރެ މައްޗަށް!
26 އޭޕްރިލް 2020 | އާދީއްތަ 07:55
Writer Profile Picture
ޙުސައިން މަޚްތޫމް
މޭ މަހުގެ ތިނަކުން ފެށިގެން ދަމަނަވެށިން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސައިފި
26 އޭޕްރިލް 2020 | އާދީއްތަ 07:54
Writer Profile Picture
ޙުސައިން މަޚްތޫމް
701 ބިދޭސީއަކު ފުރުމުގެ ހުއްދަ ދީފި
26 އޭޕްރިލް 2020 | އާދީއްތަ 07:53
Writer Profile Picture
ޙުސައިން މަޚްތޫމް
އައްޑޫ ސިޓީގައި ހަވީރު ފިންޏަށް ނިކުމެ އުޅޭ މީހުން ޖޫރިމަނާ ކުރަނީ
26 އޭޕްރިލް 2020 | އާދީއްތަ 07:53
Writer Profile Picture
ޙުސައިން މަޚްތޫމް
ލޮކްޑައުންކުރި ނަމަވެސް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރުތަކަށް ގުޅާ، މައްސަލަތައް ހުށަހެޅޭނެ: ޖެންޑަރ
26 އޭޕްރިލް 2020 | އާދީއްތަ 07:52
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19 އަށް އިތުރު 36 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް އިތުރު 36 މީހުން ޕޮޒިޓިވްވެއްޖެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 29 މީހުންނާއި އިންޑިއާ އަށް ނިސްބަތްވާ މީހަކު ހިމެނެއެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 6 ދިވެހިންވެސް ހިމެނެއެވެ. މިއާއި އެކު ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު މިވަނީ 177 އަށް އަރާފައެވެ.

26 އޭޕްރިލް 2020 | އާދީއްތަ 04:56
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓްވްވެއްޖެ
26 އޭޕްރިލް 2020 | އާދީއްތަ 04:54
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް އަރައިފި

ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

ތަފަސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2,891,073 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 201,501 އަށް އަރާފަ އެވެ.

25 އޭޕްރިލް 2020 | ހޮނިހިރު 22:59
Writer Profile Picture
އަމަން ހަލީމް
އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 141 ށް!
25 އޭޕްރިލް 2020 | ހޮނިހިރު 22:33
Writer Profile Picture
އަމަން ހަލީމް
ށ. އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި
25 އޭޕްރިލް 2020 | ހޮނިހިރު 22:31