ކޮވިޑް-19: އެންމެ ފަހުގެ

29,487,962
  • ކޮވިޑް-19: ރައީސް ސޯލިހު ގައުމާ މުހާތަބް ކުރެއްވުން މިއަދު 16:00 އަށް ބަދަލުކޮށްފި
  • ކޮވިޑް-19: މިއަދު 14:00 ގައި ރައީސް ސޯލިހު ގައުމާ މުހާތަބް ކުރައްވަނީ
  • ކޮވިޑް-19 އަށް ބިދޭސީން ހޭލުންތެރިކުުރުމުގެ ކެމްޕޭނެއް މާލެ ސިޓީ ކައުންސިލުން ފަށައިފި
 
Writer Profile Picture
އައިޝަތު ޝާނީ
ކޮވިޑް-19: ރައީސް ސޯލިހު ގައުމާ މުހާތަބް ކުރެއްވުން މިއަދު 16:00 އަށް ބަދަލުކޮށްފި

ރައީސް ސޯލިހް ގައުމާ މުހާތަބު ކުރެއްވުން 16:00 އަށް ވަނީ ލަސްކުރެވިފައެވެ.

12 މާރޗް 2020 | ބުރާސްފަތި 13:37
Writer Profile Picture
ދާނިޝް ނިޡާމް
ކޮވިޑް-19: މިއަދު 14:00 ގައި ރައީސް ސޯލިހު ގައުމާ މުހާތަބް ކުރައްވަނީ

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތު ބަދަލުވަމުންދާ ގޮތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު 14:00 ގައި ގައުމާއި މުހާތަބްކޮށް ވާހަކަދައްކަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

12 މާރޗް 2020 | ބުރާސްފަތި 12:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އަށް ބިދޭސީން ހޭލުންތެރިކުުރުމުގެ ކެމްޕޭނެއް މާލެ ސިޓީ ކައުންސިލުން ފަށައިފި

މާލެ ސިޓީ ކައުންސިލުން ބުނީ މި ކެމްޕޭންގެ ދަށުން ބިދޭސީން ދިރިއުޅޭ ސަރަހައްދުތަކާއި، ހޮޓާތަކަށް ކައުންސިލްގެ މުވައްޒިފުން ގޮސް، ކޮވިޑް-19 އާއިގުޅޭ މައުލޫމާތުދޭނެކަމަށެވެ. އަދި ބަންގްލަދޭޝް ބަހުންނާއި، ދިވެހި ބަހުން ހުންނަ ލިޔުންތައް އެކި ސަރަހައްދުތަކުުގައި ހަރުކުރެވޭނެކަމަށް ކައުންސިލުން ބުންޏެވެ.

12 މާރޗް 2020 | ބުރާސްފަތި 10:21
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސައުދީއަރަބިއްޔާއިން އިތުރު 24 މީހުން ވައިރަސް އަށް ޕޮޒިޓިވްވެއްޖެ

ސަޢުދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިއަދު ހެދުނު އެޤައުމުން ވަނީ އިތުރު 24 ކޭސް އެއް ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ދާދި ފަހުން އަމިއްލަ ބޭނުމަކީ އިރާޤަށް ގޮސް އެނބުރި އައި ސައުދީގެ 2 ރައްޔިތަކާއި، 12 އަަހަރުގެ ސައުދީ ކުއްޖަކާއި، ސައުދީގައި ދިރިއުޅޭ މިޞްރުގެ 21 މީހުންވެ. ސައުދީ ކުއްޑަ ކުއްޖާއަށް ވައިރަސް ޖެހުނީ އޭނާގެ ކާފަގެ ފުށުންނެވެ. އަދި މީޞްރުގެ މީހުންނަށް ވައިރަސް ޖެހުނީ، ކުރިން ވައިރަސް ޖެހިފައި ހުރި މިޞްރުގެ އެހެން ރައްޔިތަކާއި ދިމާވެގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަދު ރިޕޯޓުކުރެވުނު 24 ކޭސްއާއެކު، މިހާރު ސައުދީގައި ވައިރަސްއަށް ޕޮޮޒިޓިވްވެގެން ރިޕޯޓު ކުރެވުނު ކޭސްތަކުގެ ޖުމުލަ އަދަދަކީ، 45 އެވެ.

12 މާރޗް 2020 | ބުރާސްފަތި 10:18
Writer Profile Picture
އަމަން ހަލީމް
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީއިން 196 މީހަކު މަރުވެއްޖެ!

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޓަލީއިން އެކަނިވެސް ކޮރޯނާވައިރަސް ޖެހިގެން އިތުރު 196 މީހަކު މަރުވެއްޖެއެވެ.މިއާއެކު އިޓަލީއިން މަރުވީ މީހުންގެ ޖުމްލަ އަދަދު ވަނީ 827 އަށް އަރާފައެވެ. މިއީ މި ވައިރަސް އިޓަލީއިން ފެންނަށް ފެށި ފަހުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވީ ދުވަހެވެ.

މިހާތަނަށް ޖުމްލަ 12,462 ކޭސްއެއް އިޓަލީއިން ފެނިފައިވާއިރު، ބުދަ ދުވަހު އެކަނި 2000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 1،028 މީހަކު ބަލިން އެއްކޮށް ރިކަވަރވެގެން ދޫކޮށްލާފައިވާއިރު، 10،590 އަށް ވުރެ ގިނަ މީހުން އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން 1،028 މީހެއްގެ ހާލު ސީރިއަސް ކަމަށް އިޓަލީގެ ކަމާބެހޭ ވުޒާރާތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

12 މާރޗް 2020 | ބުރާސްފަތި 09:07
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ މުމްބާއީގައި 2 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް މުމްބާއީން 2 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޮޒިޓިވްވެފައެވެ. މިއީ މުމްބާއީން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.

މިއާއެއެކު އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 68 އަށް އަރާފައެވެ.

12 މާރޗް 2020 | ބުރާސްފަތި 08:18
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޓްވިޓަރ ގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ނިންމައިފި

އެމެރިކާގެ މައިކްރޯބްލޮގިންގ އަދި ސޯޝަލް ނެޓްވޯރކިންގ ގެ ޚިދުމަތްދޭ ޓްވިޓަރގައި މަސައްކަތް ކުރާ ހުރިހައި މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރަން އެކުންފުނިން ނިންމައިފިއެވެ. އެކަން ބަޔާންކޮށް ޓްވިޓަރ އިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ނިންމުމެއް ނިންމީ ކޮވިޑް-19 އިން އަރައިގަތުމަށާއި، އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ވައިރަސްއިން ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށެވެ.

12 މާރޗް 2020 | ބުރާސްފަތި 08:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާމަސީއާއި ކާބޯތަކެތި ވިއްކާ ވިޔަފާރިތައް ނޫން އެހެން ހުރިހައި ވިޔަފާރިތައް އިޓަލީން ބަންދުކޮށްފި

އިޓަލީގެ ބޮޑު ވަޒީރު ގިއުސެޕޭ ކޯންޓޭއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ޚަބަުފަތުރާގޮތުގައި، އިޓަލީގެ މައި ހުރިހައި ވިޔަފާރިތައް މިއަދުން ފެށިގެން ވަނީ ބަންދުކޮށްފައެވެ. މީގެ ތެރެއިން ފާމަސީތަކާއި، ކާބޯތަކެތީގެ ވިޔަފާރި އިސްތިސްނާވެއެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް މި ހަފުތާގައި މުޅި އިޓަލީ ލޮކްޑައުން ކުރިނަމަވެސް، އަދިވެސް ހަލުވި މިނެއްގައި ވައިރަސް ދަނީ ފެތުރެމުންނެވެ. ވިޔަފާރިތައް ބަންދުކުރުމުގެ ބޭނުމަކީ، ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތައް ބާރު ދިނުން ކަމަށް ބޮޑު ވަޒީރު ވިދާޅުވެފައިވެއެވެ.

މިހާތަނަށް އައިއިރު، އިޓަލީން 12،000 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 630 މީހުން ވަނީ ވައިރަސްގައި މަރުވެފައެވެ.

12 މާރޗް 2020 | ބުރާސްފަތި 08:09
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޑެންމާކުގެ ސްކޫލްތަކާއި ޔުނިވަރސިޓީތައް ބަންދުކުރަނީ

ޑެންމާކުގެ ބޮޑު ވަޒީރު މެއްޓޭ ފްރެޑަރ ރިކްސެން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާންކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޤައުމުގެ ހުރިހައި ސްކޫލްތަކާއި ޔުނިވަރސިޓީތައް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތައް ބަންދުކުރާ ކަމަށެވެ. މިގޮތައް ނިންމި ރައްޔިތުންގެ ސަލާމަތާއި ރައްކަލެއްގެ އިތުރުން، ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތއް ބާރު ދިނުމުގެ ގޮތުންކަމަށެވެ.

އަދި ޢާންމު ޚިދުމަންދޭ އިދާރާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެހެން ނިކުންނަން ޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މުސާރައާއިއެކު ގޭގައި މަޑުކުރަން ބޮޑު ވަޒީރު ވަނީ ނިންމަވާފައެވެ.

ޑެންމާކުން 440 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

12 މާރޗް 2020 | ބުރާސްފަތި 08:04
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އަޔަލޭންޑުން އިއްޔެ 9 މީހުން ޕޮޒިޓިވް، 1 މަރު

ބޭރުގެމީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިއްޔެ އެކަނިވެސް އެޤައުމުން 9 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. އަދި އިއްޔެ ވަނީ އެޤައުމުން ފުރަތަމަ ފަހަރަށް ވައިރަސްގައި މީހަކު މަރުވެފައެވެ. ވައިރަސް އަލަށް ޖެހުނު މީހުންނަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ވައިރަސް ފެތުރިފައިވާ ޤައުމުތަކަށް ޒިޔާރަތްކުރުމަށް ފަހު އެނބުރި ޤައުމަށް އައި މީހުންނާއި، ކުރިން ވައިރަސް ޖެހުނު މީހުންނާއި އެކި ގޮތްގޮތުން ދިމާވެފައިވާ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލއަ އަދަދަކީ 43 އެވެ.

12 މާރޗް 2020 | ބުރާސްފަތި 07:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރުން އެމެރިކާއިން މަނާކޮށްފި

އިނގިރޭސި ވިލާތް ފިޔަވައި ޔޫރަޕުގެ ހުރިހައި ޤައުމަކަށް ދަތުރު ކުރުން އެމެރިކާއިން މަނާކޮށްފިއެވެ. ވައިޓްހައުސްގައި ދެއްވި ބަޔާނެއްގައި ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ހުކުރ ދުވަހުގެ ދަންވަރު 12 އިން ފެށިގެން ޔޫރަޕުގެ ޤައުމުތަކަށް އެމެރިކާ ރައްޔިތުން ދަތުރުކުރުން މަނާކުރާ ކަމަށެވެ. ޓްރަމްޕުގެ މި އަމުރު 1 މަސްދުވަހުގެ މުއްދަތައް ދެމިގެންދާނެކަމަށް ވައިޓްހައުސްއިން ބުނެއެވެ.

12 މާރޗް 2020 | ބުރާސްފަތި 07:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޗައިނާއިން ިއއްޔެ 11 މީހުން ވައިރަސްގައި މަރުވެއްޖެ

ޗައިނާގެ ނެޝަނަލް ކޮމިޝަނުން ބުނާގޮތުންނަމަ، އިއްޔެ އެޤައުމުގައި 15 މީހުންނަށް ވައިރަސް ޖެހި، ވައިރަސްއަށް ފަރުވާ ހޯދަމުން ދިޔަ 11 މީހުން ވަނީ މަރުވެފައެވެ. މިއީ، ޑިސެންބަރު މަހަށްފަހު އެޤައުމުން، މިވައިރަސްގައި އެންމެ މަދުން މީހުން މަރުވި ދުވަސްކަމަށް އެކޮމިޝަނުން ބުނެއެވެ.

ޗައިނާއިން މިހާތަނަށް އައިއިރު، 80،793 ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 3،169 މީހުން ވަނީ މަރުވެފައެވެ.

ޗައިނާ ސަރުކާރުން ބުނެފައިވަނީ، ވައިރަސް މިހާރު ކޮންޓްރޯލް ކުރެވޭ ޙާލަތަކަށް ގެނެވިފައިވާކަމަށެވެ.

12 މާރޗް 2020 | ބުރާސްފަތި 07:52
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނު ކޮރެއާއިން 114 މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ބުނެފައިވަނީ ފާއިތުވެދިޔަ 24 ގަޑިއިރު އެޤައުމުން 114 މީހުން ވައިރަސްއަށް ޕޮޒިިވްވެފައިވާކަމަށާއި، މިއާއެކު އެޤައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 7،869 އަށް އަރާކަމަށެެވެ.

އަދި އިއްޔެ ވައިރަސްގައި 6 މީހުން މަރުވެފައިވާއިރު، ވައިރަސްގައި މަރުވީ މީހުންގެ އަދަދު މިހާރު 66 އަށް އަރާކަމަށެވެ.

12 މާރޗް 2020 | ބުރާސްފަތި 07:48
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ހޮލީވުޑްގެ ފިލްމީ ތަރި ޓޮމް ހޭންކްސް ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަދި ޕްރޮޑިއުސަރ ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ. ކޮމެޑީ ރޯލުތަކުން މީހުންގެ މަޤުބޫލުކަން ހޯދާފައިވާ ޓޮމް ހޭންކްސް މިކަން ހާމަކޮށްފައިވަނީ އޭނާގެ ޓްވިޓަރގައެވެ. ޓޮމްގެ ދެމަފިރިން އޮސްޓްރޭލިޔާގެ ގޯލްޑް ކޮސްޓްގައި ތިބީ އެލްވިސް ޕްރެސްލީގެ ހަޔާތާ ބެހޭގޮތުން ކުޅެމުން ދިޔަ ފިލްމެއްގެ މަސައްކަތަށެވެ. ހުން އައިސް، ވަރުބަލިވުން އިހުސާސް ކުރެވޭތީ ވައިރަސްއަށް ޓެސްޓު ކުރީކަމަށް އޭނާ ބުނެއެވެ.

ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުން ރިޓާ ވިލްސަން
12 މާރޗް 2020 | ބުރާސްފަތި 07:45
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޭޑީބީގެ ހެޑްކުއާޓަރސް ބަންދުކޮށްފި

ފިލިޕީންސްގެ މެނީލާގައި ހުންނަ އޭޝިއަން ޑެވެލޮޕްމެންޓް ބޭންކުގެ މައި މަރުކަޒު ބަންދުކޮށްފިއެވެ. ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުންނަމަ، ބޭންކުގެ މައި މަރުކަޒު ބަންދުކުރީ، ބޭންކުގެ ދެ އިމާރާތައް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ޚިދުމަތްހޯދުމަށް ވަންކަން ސާބިތުވުމާއި ގުޅިގެންނެވެ.

ދެ އިމާރާތްވެސް މިހާރު ވަނީ ބަންދުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، މުޒައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާގޮތައް މެނޭޖްމެންޓުންވަނީ ނިންމާފައެވެ.

ބޭންކުން ބުނެފައިވަނީ، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާގޮތައް ނިންމީ، އެ ބޭންކުގެ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކުގެ ސަލާމަތާއި ރައްކަލަށް ކަމަށް ކަމަށެވެ. އަދި ބޭންކުން ޚިދުމަތް ހޯދިވައިރަސް ޖެހިފައި ތިބި މީހުންނާއި ދިމާވި ބޭންކުގެ މުވައްޒަފުންނަށް އެހީތެރިވަމުންދާކަމަށްވެސް އެބޭންކުން ބުނެއެވެ.

12 މާރޗް 2020 | ބުރާސްފަތި 07:37
Writer Profile Picture
އަމްނާ އިމާދު
ކޮވިޑް-19: މޮނިޓަރިން ކޮމެޓީއާ މަޝްވަރާކުރުމަށްފަހު، އިންތިޚާބު ފަސްކުރުމާމެދު ގޮތެއް ނިންމާނެ: އަކްރަމް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ މޮނިޓަރިން ކޮމެޓީއާ މަޝްވާރާކުރުމަށްފަހު، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބު ފަސްކުރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބު ފަސް ކުރުމާ ގުޅޭގޮތުން ވަރަށް އަވަހަށް މޮނިޓަރިން ކޮމިޓީއާ އީސީން ބައްދަލުކުރާނެ ކަމަށެވެ. އަދި މަޝްވަރާތަކަށްފަހު ގޮތެއް ނިންމާނެ އަކްރަމް ވިދާޅުވިއެވެ. ނަމަވެސް މަޝްވަރާ ބައްދަލުވުން އޮތް ދުވަހެއް އަކްރަމް ހާމައެއް ނުކުރައްވައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުން
12 މާރޗް 2020 | ބުރާސްފަތި 05:00
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިޓަލީގެ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ޔުވެންޓަސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރުގާނީ މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ އައިސޮލޭޝަނަށް ލާފައިވާ ކަމަށެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި މިހާރު ވަނީ ޔުވެންޓަސްގެ ފަރިތަކުރުންތައްވެސް ހުއްޓާލާފައެވެ.

12 މާރޗް 2020 | ބުރާސްފަތި 03:36
Writer Profile Picture
ޙުސައިން މަޚްތޫމް
ފަރުކޮޅުފުށީގައި އައިސޮލޭޓް ކުރެވުނު މީހެއްގެ ނަތީޖާ ނެގެޓިވްވެއްޖެ

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ފަރާތެއްގެ ނަތީޖާ "ނެގަޓިވް" ވުމާ ގުޅިގެން، ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ފަރާތެއް ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

12 މާރޗް 2020 | ބުރާސްފަތި 02:49
Writer Profile Picture
ޙުސައިން މަޚްތޫމް
ސަން އަކުއާރ ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރަނީ

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަން އަކުއާރ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

12 މާރޗް 2020 | ބުރާސްފަތި 02:46
Writer Profile Picture
ޙުސައިން މަޚްތޫމް
ކުރެއްދޫ، ބަތަލާ އަދި ކުރަމަތި ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ދީފި

ކުރެއްދޫ، ބަތަލާ އަދި ކުރަމަތި އަރާ ފޭބުމުގެ ހުއްދަ ދީފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ދިން ނަމަވެސް އަދިވެސް ގާތުން އެ ތިން ރިސޯޓް މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

"ކޮވިޑް-19 އާއި ގުޅިގެން އަރާފޭބުން ވަގުތީގޮތުން ހުއްޓުވާފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އަދިކުރަމަތި މޯލްޑިވްސް މިހާރުވަނީ އަރާފޭބުން ހުޅުވާ ލެވިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް މި ބަލިފެނުމުގެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމްއެ ރިސޯޓްތަކުގައި ވަނީ ހަމަޖައްސާފައެވެ. އަދި މިގޮތުން އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުންއެކުލަވާލައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް އެ މީހުން ޢަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރުކުރަމުންދާނެއެވެ. ހަމައެއާއެކު އެރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން 'އެގްޒިޓް ސްކްރީން! ކުރެވޭނެއެވެ. އަދި މީގެ އިތުރުން މިބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށްޓަކާ ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޞިއްޙީމުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެއެވެ. ކޮވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ 'ޕެންޑަމިކް'އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންމިހާރުވަނީ ކަނޑައަޅާފައެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން 'ޕެންޑަމިކް' ކަނޑައެޅި ފުރަތަމަ ފަހަރެވެ،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

12 މާރޗް 2020 | ބުރާސްފަތި 02:43
Writer Profile Picture
އަމްނާ އިމާދު
މެލޭޝިއާއިން އައި ދިވެއްސަކު އަލާމަތްތައް ފެނިގެން ކަރަންޓީން ކުރަނީ

ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި ހުރުމަށްފަހު އެނބުރި ރާއްޖެ އައި ފަހުން ވައިރަސްގެ އަލާމަތްތައް ފެނުނު ދިވެއްސަކު ކަރަންޓީންކުރަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި ހުރުމަށްފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިފައިވާ ކަމަށެވެ. އަދި އެމީހާގެ ޓެސްޓްތައް ހެދުމަށް މިހާރު ފަރުކޮޅުފޮއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ހުރިހާ ބައްރެއްގައި ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް ރާއްޖެއިން 08 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއީ ކުރެއްދޫ ރިސޯޓުން 04 މީހުން، ސޭންޑީޒް ބަތަލާ ރިސޯޓުން 02 މީހުން، ކުރިމަތި އައިލެންޑް ރިސޯޓުން 02 މީހުންނެވެ.

12 މާރޗް 2020 | ބުރާސްފަތި 01:57
Writer Profile Picture
އަމްނާ އިމާދު
ކޮވިޑް-19އާ ގުޅިގެން ގާސިމްގެ ވިލާ ކުންފުނިން ހިންގަމުންދާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ މުސާރަ ކުޑަ ކޮށްފި
ޕެރެޑައިސް އައިލެންޑް ރިސޯޓު

ކޮވިޑް-19އާ ގުޅިގެން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ ހުރިހާ ރިސޯޓެއްގެ މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ނެރިފައިވާ ސާކިއުލަރގައި ބުނީ ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މަދުވެފައިވާ ކަމަށެވެ.

ރާއްޖެއިންވެސް މިބަލި ފެނުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އިތުރަށް ޓޫރިޒަށް ފޯރަމުންދާ ކަމަށާއި، ކުންފުންޏަށް އާމްދަނީ ލިބެނީ ކުންފުނިން ހިންގާ ރިޒޯޓްތަކުން ކަމަށްވެފައި، ރިސޯޓުތަކަށް އަންނަ ގެސްޓުންގެ މަދުވެ އާމްދަނީ ދަށްވަމުންދާ ކަމަށް ވިލާ ކުންފުނިން ބުނެއެވެ.

ވިލާ ކުންފުނިން ބުނީ، ކުންފުނި ދެމެހެއްޓުމަށްޓަކައި ޚަރަދު ކުޑަ ކުރުމުގެ ގޮތުންއަޅާ ފިޔަވަޅު ތަކުގެ ތެރެއިން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިޔަށް އޮތް އެޕްރީލް 2020 އިން ފެށިގެން މުއައްޒަފުންގެ މުސާރަ ކުޑަކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ވިލާއިން ނެރިފައިވާ ސަރކިއުލަރގައި ބުނެފައިވާ ގޮތުން 4،999 ރުފިޔާގެ ދަށުގެ ބައިން 10 އިންސައްތަ، މުސާރައިގެ 5000 ރުފިޔާއިން 9999 ރުފިޔާގެ ބައިން 20 އިންސައްތަ، މުސާރައިގެ 10،000 ރުފިޔާއިން 49،999 ރުފިޔާގެ ބައިން 35 އިންސައްތަ އަދި މުސާރައިގެ 50،000 ރުފިޔާއިން މަތީގެ ބައިން 50 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށެވެ.

މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވާ ނެރިފައިވާ މިސަރކިއުލަރގައި ބުނީ މުސާރަ ކުޑަކުރުމަށް ނިންމި ނިންމުމަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލައިފިނަމަ އެފަރާތަކަށް ލިބޭ ގެއްލުން މާބޮޑުވާނެތީއާ، މިވަގުތަށް މުސާރައަށް ކުރާ ޚަރަދު މިހާވަރަށް ކުޑަ ނުކޮށް ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އަދި ހާލަތު ރަގަޅުވަމުންދާ ވަރަކުން މުސާރަ އަށް ބަދަލު ގެންނަމުންދާނެ ކަމަށް ވެސް މިސަރކިއުލަރގައި ބުނެފައިވެއެވެ.

ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށްވެސް ދަތިވާނެ ކަމެއްކަން ފާހަގަކޮށް އެކަމަށް ހުރިހާ މުވައްޒަފުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި، މިފަދަކޮންމެ ފިޔަވަޅެއްވެސް މިކުންފުނިން މި އަޅަނީ އެންމެ ފަހު ކަމެއްގެ ގޮތުގައި އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވިލާ ކުންފުނީގެ މިސަރކިއުލަރގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓުތައް ހިންގަމުންދާއިރު، މުއައްޒަފުން އެކަށީގެންވާ މުސާރައާއި ސަރވިސް ޗާގު ނުދޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާއިރު، ވިލާ ކުންފުންޏަކީ މިހާތަނަށް މުއައްޒަފުންގެ މުސާރަ ކުޑަކުރި ފުތަރަމަ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

12 މާރޗް 2020 | ބުރާސްފަތި 01:52
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ގުއާޓިމާލާއަށް ޔޫރަޕުގެ ޤައުމުތަކުގެ ރައްޔިތުން އެރުން މަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޔޫރަޕުގެ ހުރިހައި ޤައުމެއްގެ ރައްޔިތުން ގުއާޓިމާލާއަށް އެރުވުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

އެޤައުމުގެ ހެލްތު މިނިސްޓަރ ހޫގޯ މޯންރޯއިއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުރާސްފަތިދުވަހުން ފެށިގެން ޔޫރަޕުގެ ހުރިހައި ޤައުމެއްގެ ރައްޔިތުން އެޤައުމަށް ނާރުވާނެކަމަށެވެ.

ގުއާޓިމާލާއިން އަދި އެެއްވެސް މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

12 މާރޗް 2020 | ބުރާސްފަތި 00:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއާއި ހަނގުރާމަ ކުރުމަށް ކެނެޑާއިން 730 މިލިއަން ޑޮަލަރުގެ ފަންޑެއް ކަނޑައަޅައިފި

ކެނެޑާގައި ކޮވިޑް-19 އިން ސަލާމަތްވުމަށާއި، ވައިރަސް ކޮންޓްރޯލް ކުރުމަށް ޞިއްހީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތައް ހޭދަ ކުރުމަށް ކެނެޑާ ސަރުކާރުން 730 މިލިއަން އެމެރިކާ ޑޮލަރު( 1 ބިލިއަން ކެނެޑާ ޑޮލަރު) ގެ ފަންޑެއް ކަނޑައަޅައިފިއެވެ. މިކަން ރަސްމީ ގޮތުން އިޢުލާންކުރެއްވީ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯއެވެ. މިއީ އެޤައުމުގެ ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގެ ސަރުކާރުން މިގޮތައް ކަނޑައެޅި ފުރަތަމަ ފަންޑެވެ.

ކެނެޑާއިން މިހާތަނަށް އައިއިރު 91 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އެކަކު ވަނީ ވައިރަސްގައި މަރުވެފައެވެ.

12 މާރޗް 2020 | ބުރާސްފަތި 00:02
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިނގިރޭސި ވިލާތުގައި މިއަދު އެކަނި 83 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސި ވިލާތުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއަދު އެކަނި އެޤައުމުގައި 83 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 456އަށް އަރާފައެވެ.

އެޤައުމުގައި މިހާތަނަށް 6 މީހުން ވަނީ މަރުވެފައެވެ.

11 މާރޗް 2020 | ބުދަ 23:57