ފިޔާ، އަލުވި، ބިހުގެ އަގުކޮށް ކޮންޓްރޯލް ކުރާ ބީދައިން، ގޭގެ ކުލި ވެސް ކޮންޓްރޯލް ކުރެވެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްް ޑައިވަރސް އެސޯސިއޭޝަން އޮފް ދި މޯލްޑިވިސް އިން ހަމަޖައްސައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ސުވާލުކުރަން ފާސްކޮށްފިއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާ ހޮސްޕިޓަލަކަށް ދީލަތި އެހީއެއް ވާން ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަދި ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ނިންމައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޒަވީ އާއި އޭނާގެ އަންހެނުން ވަނީ ބާސެލޯނާ ހޮސްޕިޓަލަށް އެއް މިލިއަން ޔޫރޯ ހަދިޔާކުރަން ނިންމާފައެވެ.
އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓްގެ މުސާރައިން 30 އިންސައްތަ އުނިކުރަން އޭނާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސި ކުޅުންތެރިންގެ ހައްގުގައި އުފައްދައިފައިވާ ޔޫނިއަން، ޕްރެފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން އަންނަ ހަފްތާގައި މިކަން އިއުލާނުކުރާނެ އެވެ.
އިނގިރޭސި ރާނީ އެލިޒަބަތް އާދިއްތަ ދުވަހު ޓީވީ މެދުވެރިކުރައްވާ އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާނެކަމަށް ބަކިންގހަމް ޕެލަސް އިން ބުނެފި އެވެ. އިނގިރޭސިވިލާތުގައާއި މުޅި ދުނިޔޭގައި މިހާރު ހަލުވިމިނުގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސި ރާނީ ވާހަކަދައްކަވާނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި ނޭޝަނަލް ހެލްތު ސަރިވިސް އާއި ސިއްހީ އެހީތެރިންގެ މަސައްކަތްތަކަށް ރާނީ ޝުކުރުއަދާކުރައްވާ އެމީހުންގެ އާއިލާތަކުން މިވަގުތު ތަހައްމަލުކުރަމުންދާ ކަންކަން ފާހަގަކުރައްވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑް-19 އެއް ދުވަހާއި މިހާތަނަށް އެންމެ ގިނައިން ސިންގަޕޯރުގައި ޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން 75 މީހަކަށް ވައިރަސް ހޮނިހިރު ދުވަހު ޖެހިފައިވެއެވެ. މިހާތަނަށް 1,189 މީހުންނަށް އެގައުމުން ވައިރަސް ޖެހިފައިވެއެވެ. އަދި 6 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފިޔަވަޅެއްގެ ގޮތުން ދުބާއީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުން ކުރާނެކަމަށް އެގައުމުން ބުނެފި އެވެ. ހޮނިހިރު ދުވަހުން ފެށިގެން ދުބާއީ ލޮކްޑައުން ކުރާއިރު ޒަރޫރީ ބޭނުންތަކު ނޫން ގޮތަކަށް އެއްވެސް ގޮތަކަށް މަގުމައްޗަށް ނުނިކުމެވޭނެކަމަށް އެގައުމުން ބުނެއެވެ.
ކޮވިޑް-19 އެންމެ ހަލުވި މިނުގައި ފެތުރެމުންދާ އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 3 ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ. އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 301,902 އަށް އަރާފައިވާކަމަށް ރިކޯޑް ތަކުން ދައްކައެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ 8,175 ގައެވެ. ހޮނިހިރު ދުވަހު އެކަނިވެސް އެގައުމުގައި 23,949 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.
ސްޕެއިން ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތައް އިތުރު 15 ދުވަހަށް އިތުރުކޮށް އޭޕްރީލް މަހުގެ 26 އާ ހަމައަށް ދިގުދައްމާލުމަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގަންނަވާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ. ސްޕެއިންގައި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ ރޭޓް ކޮންމެސް ވަރަކަށް މަދުވަމުން އައި ނަމަވެސް މިފިޔަވަޅުތައް ދިގުދައްމާލުން މުހިންމު ކަމަށް ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވި އެވެ. މިހާރު ސްޕެއިންއިން ފެންނަމުންދާ ކަންކަމަކީ ކުރިން އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށާއި ހޮނިހިރު ދުވަހުގެ މިނިންމުމާއެކު އަދިވެސް ފިޔަވަޅުތައް އަޅަމުން ގެންދަވާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ. މީގެއިތުރުން އީސްޓަރ އަށްފަހު އިގްތިޞާދީ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ. އެގޮތުން އިގްތިޞާދީ ބައެއް މަސައްކަތްކަތްތައް ކުރުން މެދުކަނޑާލާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފިހާރަތަކާއި ބަރ އަދި ރެސްޓޯރެންޓްތައް އަދިވެސް ބަންދުކޮށްފައި ހުންނާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ.
ސްޕެއިންގައި މިހާތަނަށް އާއިރު 124,736 މީހުންނަށް ވައިރަސް ޖެހިފައިވާއިރު އިޓަލީއަށްފަހު އެންމެ ގިނަ މީހުން މަރުވަމުން އަންނަ ގައުމަކީ ސްޕެއިންއެވެ. އެގޮތުން އެގައުމުން މިހާތަނަށް 11,744 މީހުން ވަނީ މަރުވެފަ އެވެ. އެހެންނަމަވެސް ފާއިތުވި 24 ގަޑިއިރު އެގައުމުން މަރުވި މީހުންގެ އަދަދުވަނީ އޭގެކުރީ ދުވަހާ އަޅާބަލާއިރު ދަށަށްގޮސްފަ އެވެ. ހުކުރު ދުވަހު 932 މީހުން މަރުވިއިރު ހޮނިހިރު ދުވަހު މަރުވެފައިވަނީ 809 މީހުންނެވެ. އަދި ބުރާސްފަތި ދުވަހު އެގައުމުން ވަނީ 950 މީހުން މަރުވެފަ އެވެ.
މިއީ ކުރީ ހަފްތާގައި ރިކޯޑް ކުރަމުން އައި އަދަދުތަކާއި އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. މީގެ ހަފްތާއެއް ކުރިން ސްޕެއިން އިން މަރުވެގެން ރިކޯޑް ކުރަމުން އައި އަދަދުތައް އުޅުނީ 20 އިންސައްތައިން މަތީގަ އެވެ. އެހެންނަމަވެސް މިހާރު އެއަދަދު އުޅެނީ 7 އިންސައްތައިން މަތީގަ އެވެ.
ތުރުކީވިލާތުގައި ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު 76 މީހުން ވަނީ މަރުވެފައެވެ. މިއާއެކު އެޤައުމުގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 501 އަށް އަރާފައެވެ.
އެޤައުމުގައި މިދިޔަ 24 ގަޑީއިރު، 3,013 މީހަކު ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 23,934 އަރާފައެވެ. މިހާތަނަށް އައިއިރު ފަރުވާދީގެން އެޤައުމުގައި 786 މީހުންވަނީ ރަނގަޅުކޮށްފައެވެ.
މިހާރުވެސް ތުރުކީވިލާތުގައި 22,647 މީހުންނަށް ފަރުވާދެމުން އެބަދެއެވެ. މީގެތެރެއިން، 1,311 މީހުންގެ ޙަލަތު ސީރިއަސްކަމަށް ޚަބަރު ލިބެއެވެ.
ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން ދަނީ މިކަމުން އަރައިގަތުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯރސްގައި ހިމެނޭ ޖެންޑަރ މިނިސްޓްރީންވެސް ދަނީ އެ މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކައް މެދު ކެނޑުމެއްނެތި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. އެގޮތުން، ސައިކޯސޯޝަލް ސަޕޯޓް ޚިދުމަތާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންނާއި ކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކުގައި މެދުކެނޑުމެއްނެތި ޚިދުމަތްދެމުންދާކަމަށް ފާހަގަކޮށްލެވެއެވެ.
ރާއްޖެ ޓީވީގެ މިރޭގެ ފަލަ ސުރުޚީ ޕްރޮގުރާމުގައި، އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޔުމްނާ ގެންދަވަނީ އެކަންކަން ތަފުޞީލުކޮށްދެއްވަމުންނެވެ.
ބައިނަލްއަޤުވާމީ ޞައްޙަ މަސްދަރުން މިއަދު ޢާންމުކޮށްފައިވާ ކޮވިޑް-19 ގެ އެންމެ ފަހިގެ ޑޭޓާތަކައް ބަލާއިރު މިއަދު ކޮވިޑް-19 އަށް އެންމެ ގިނަ މީހުން އިންފެކްޓްވީވެސް، އަދި މަރުވީވެސް އެމެރިކާއިންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ދުވަހަކު ކާފިއު ހިންގާ ގަޑީގައި އެއަށް ޢަމަލު ނުކުރެވޭނަމަ އަދި ކުރެވޭ ކަމެއްގެ ސަބަބުން 24 ގަޑި އިރުގެ ކާފިއުއަކަށް ދިއުން އެކަށީގެންވާ ކަމަށް ވިދާޅުވެ ޑރ. މޫސާ މުރާދު އިންޒާރު ދެއްވައިފިއެވެ.
މާލެ ހިމެނޭ ޞަރަޙައްދުގައި ހިންގަން ފަށާފައިވާ ކާފިއުގައި ހޮނިހިރު ދުވަހު ބޭރަށް ނިކުމެ އުޅުނު 141 މީހަކު ފުލުހުން ހުއްޓުވި ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ވަޒީފާއާ ގުޅޭ އެކިއެކި މައްސަލަތަކުގައި ރިޕޯޓުކުރާ މިންވަރު އިތުރު ކަމަށާއި، މިހާތަނަށް 677 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިޔަށްދާ ޕްރެސްގައި، ކޮވިޑް-19 ގެ ތަރުޖަމާނު ވިދާޅުވީ، މިހާރު ކަރަންޓީން މަރުކަޒުގެ ގޮތުގައި ބޭނުންކުރަނުންދާ ރިސޯޓުތައް ފުރިއްޖެ ހާލަތެއްގައި ސްކޫލް ހޯލުތައްވެސް ބޭނުންކުރާނެކަމަށެވެ. މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގަ ތިބި ދިވެހިން އަނބުރާ ޤައުމަށް ނުގެނެވިގެން އުޅެނީ ކަރަންޓީން ފެސިލިޓީސް ތަކުގައި ޖާގަނެތިގެން ނޫންކަމަށެވެ.
މިހާރު ކުރިޔަށްދާ ކޮވިޑް-19 ޕްރެސްގައި މަބްރޫކް ޑރ މުރާދު ވިދާޅުވީ ކަފިއުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެގޮތައް އާންމުން އަމަލުނުކުރާނަމަ 24 ގަޑިއިރުގެ ކާފިއުއަކަށް ދާންޖެހިދާނެކަމަށެވެ.
މިއަދުވެސް 140 މީހުން ކާފިއު ގަޑީގައި ހުއްޓުވާ ސުވާލުކުރަން ޖެހުނު ކަމަށް ޓާސްކްފޯރސްއިން ބުނެއެވެ.