ކޮވިޑް-19: އެންމެ ފަހުގެ

29,499,487
  • ކޮވިޑް-19: މޯދީގެ ބަންގްލަދޭޝްގެ ދަތުރު ފަސްކުރައްވައިފި
  • ކޮވިޑް-19: އިންޑިއާގެ މުންބާއީއިން 15 މީހަކު ވައިރަސްއަށް ޝައްކުވެގެން ޓެސްޓްކޮށްފި
  • ކޮވިޑް-19: އިންޑިއާގެ ކެރަލާ ސްޓޭޓުގެ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތައް ބަންދުކޮށްފި
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މޯދީގެ ބަންގްލަދޭޝްގެ ދަތުރު ފަސްކުރައްވައިފި

ބަންގްލަދޭޝް އިން އިއްޔެ ކޮވިޑް-19 ރިޕޯޓުކުރުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެޤައުމަށް ކުރައްވަން ރާވާފައިވާ ދަތުރު ފަސްކުރައްވައިފިއެވެ.

ބަންގްލަދޭޝުން 3 މީހުން އިއްޔެ ވައިރަސްއަށް ޕޮޒިޓިވްވިކަން އިޢުލާންކުރުމާއި ގުޅިގެން މޯދީގެ ދަތުރުފުޅު ފަސްކުރެއްވި ނަމަވެސް، ފަހުގެ ތާރީޚެއްގައި ދަތުރުފުޅު އަލުން ތާވަލުކުރައްވާނޭކަމުގެ ޔަޤީންކަން މޯދީ ދެއްވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

9 މާރޗް 2020 | ހޯމަ 18:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ މުންބާއީއިން 15 މީހަކު ވައިރަސްއަށް ޝައްކުވެގެން ޓެސްޓްކޮށްފި

އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް މުމްބާއީއިން ކޮވިޑް-19 އަށް ޝައްކުކުރެވިގެން 15 މީހުން ޓެސްޓުކޮށްފިއެވެ. މި މީހުންގެ ލޭގެ ސާމްޕަލްތައް މިހާރުވަނީ ޕޫނާގެ އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީއަށް ފޮނުވާފައެވެ. މިމީހުންގެ ހަޑިގަނޑުން ވައިރަސްގެ އަލާމާތްތައް ފެންނާތީ މަހާރާޝްތްރާ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަރަންޓީންކޮށްގެން މިހާރުދަނީ ފަރުވާ ދެމުންނެވެ.

އިންޑިއާގެ އެކި ސްޓޭޓުތަކުން ކޮރޯނާ ވައިރަސްއަށް ޕޮޒޮޓިވްވީ ނަމަވެސް އަދި މުމްބާއީ އިން އެކަކުވެސް އަދި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ ނުވެއެވެ.

9 މާރޗް 2020 | ހޯމަ 18:35
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ކެރަލާ ސްޓޭޓުގެ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތައް ބަންދުކޮށްފި

އިންޑިއާގެ ކެރަލާ ސްޓޭޓުގެ ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ކުރިޔަށް އޮތް 3 ދުވަހަށް ބަންދުކޮށްފިއެވެ.

މިގޮތައް ނިންމީ އެ ސްޓޭޓުން 5 މީހަކު އިއްޔެ އަލަށް ވައިރަސްއަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ކެރެލާ ސްޓޭޓުން އަަލަށް ފެނުނު 5 މީހުންނާއެކު އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ.

9 މާރޗް 2020 | ހޯމަ 18:32
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިގިރޭސި ވިލާތުން މިއަދު އިތުރު 64 މީހުން ވައިރަސްއަށް ޕޮޒިޓިވް، 1 މަރު

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮގް ހެލްތު އެންޑް ސޯޝަލް ކެއަރ އިން ރިޕޯޓުކުރާގޮތުގައި، މިއަދު އެޤައުމުގައި 273 މީހުން ވަނީ އަލަށް ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 273 އަށް އަރާފައެވެ.

އަދި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ޙާލު ދެރަވެ މިއަދު މަރުވެފައިވާކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ. މިއާއެކު މަރުވީ މީހުންގެ އަދަދު ވަނީ 3އަށް އަރާފައެވެ.

9 މާރޗް 2020 | ހޯމަ 18:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވުހާން ސިޓީގެ 11 "މޭކްޝިފްޓް" ހޮސްޕިޓަލް ބަންދުކޮށްފި

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަލަށް ފެތުރުނު އިރު ހޮސްޕިޓަލްތައް ފުރި، ފަރުވާދޭނެ ޖާގައެއް ނެތިގެން، ވަގުތީ 14 ހޮސްޕިޓަލެއް ވުހާން ސިޓީގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކުރި ކަމަށެވެ. އަދި މި ތަންތަން ބޭނުން ކުރަމުން ދިޔައީ އެމަރޖެންސީ ޙާލަތްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށާއި، ވައިރަސް ޖެހުނު މީހުންގެ ތެރެއިން، ޙާލަތު ރަނގަޅު މީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކަމަށެވެ.

އަދި މި ވަގުތު އެ 14 ހޮސްޕިޓަލްތަކުގެ ތެރެއިން 11 ތަނެއް ބަންދުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ. މިގޮތައް ނިންމީ ވައިރަސް ޖެހޭ މީހުންގެ އަދަދު ނިޞްބަތުން މަދުވަމުން އަންނާތީކަމަށްވެސް ބަޔާނުގައި ވެއެވެ.

9 މާރޗް 2020 | ހޯމަ 18:22
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނު ކޮރެއާއިން އިތުރު 69 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން މިއަދު ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، އެ ޤައުމުގައި މިއަދު 69 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7،382އަށް އަރާފައެވެ.

އެޤައުމުގައި ވައިރަސްޖެހިގެން މިހާތަނަށް 51 މީހުން ވަނީ މަރުވެފައެވެ.

9 މާރޗް 2020 | ހޯމަ 18:18
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އަލްބޭނިއާއިން ފުރަތަމަ ފަހަރަށް ވައިރަސް ރިޕޯޓުކޮށްފި

އަލްބޭނިއާގެ މަސްދަރުތަކާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެޤައުމުގައި ދެމީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިދެ މީހުންނަކީ އެއް އާއިލާއަށް ނިޞްބަތްވާ ދެ ފިރިހެނުންކަމަށާއި، މި ދެމީހުންނަކީ ޒަރޫރީ ބޭނުމެއްގައި ދާދި ފަހުން އިޓަލީއަށް ދަތުރުކޮށްފައިވާ ދެމީހުންކަމަށް ރިޕޯޓުތައް ބުނެއެވެ.

9 މާރޗް 2020 | ހޯމަ 18:16
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 43 އަށް އަރައިފި

އިންޑިއާގައި މިއަދު 150 މީހުން ވައިރަސްއަށް ޓެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ވައިރަސްއަށް ޕޮޒިޓިވްވީ، ކެރަލާ މީހަކާއި، ކަޝްމީރުން މީހަކާއި، ދިއްލީ އަދި އުއްތަރް ޕްރަދޭޝުން އެކަކެވެ. މިއާއެކު އިންޑިއާގައި ވައިރަސް ޖެހުނު މީހުން އަދަދު ވަނީ 43 އަށް އަރާފައެވެ.

އިންޑިއާ ސަރުކާރުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވީ މީހުންނާއި އެކި ޙައިޞިއްޔަތުތަކުން ބައްދަލުވެފައިވާ މީހުން ހޯދުމަށް ޚާއްޞަ ސަރވައިލެންސް ޕްރޮގުރާމެއް ފަށާފައެވެ.

9 މާރޗް 2020 | ހޯމަ 18:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފިލިޕީންސްގައި ޞިއްޙީ ކުއްލި ޙާލަތުގެ އަމުރު އިޢުލާންކޮށްފި

ފިލިޕީންސްގައި ޞިއްޙީ ކުއްލި ޙާލަތު އެޤައުމުގެ ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

މިކަން ހާމަކޮށް ޢާއްމުކޮށްފައިވާ ރިޔާސީ ޤަރާރުގައި ވަނީ، މިފަދަ ފިޔަވަޅެއް ތަންފީޒުކުރަން ސަރުކާރުން ނިންމީ، މުޖުތަމަޢުގައި ހިފެހެއްޓުމެއްނެތި ވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތުމާއެކުގައި ކަމަށެވެ.

ފިލިޕީންސްގައި 10 މީހަކު މިހާރު ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

9 މާރޗް 2020 | ހޯމަ 18:11
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޤަތަރުގެ ސްކޫލްތައް މާދަމާއިން ފެށިގެން ބަންދުކުރަނީ

ޤަތަރުގެ މައި ސަރުކާރުން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާރޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހުރިހައި ސްކޫލަކާއި ޔުނިވަރިސިޓީތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ، ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

އަދި ވައިރަސްގެ ފެތުރެމުންދާ ގޮތް ބެލުމަށްފަހު އަލުން ހުޅުވާނެ ތާރީޚެއް ކަނޑައަޅާނެކަމަށެވެ.

9 މާރޗް 2020 | ހޯމަ 18:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޤަތަރުން 14 ޤައުމަކަށް ދަތުރުފަތުރުގެ ސަމާލެއް ނެރެފި

ޤަތަރުގައި 15 މީހަކު ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެޤައުމުން ދުނިޔޭގެ 14 ޤައުމަކަށް ދަތުރުފަތުރުގެ ސަމާލު ނެރެފިއެވެ. އެއީ، އިންޑިއާ، ބަންގްލަދޭޝް، ޗައިނާ، މިޞްރު، ނޭޕާލް، ޕާކިސްތާން، ދެކުނު ކޮރެއާ، ލުބްނާން، އިރާޤް، އިރާން، ސްރީލަންކާ، ސީރިއާ، ފިލިޕީންސް އަދި ތައިލޭންޑެވެ. މި ޤައުމުތަކުގެ ފަތުރުވެރިން މިއަދުން ފެށިގެން އެޤައުމަށް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މީގެ ކުރިން ޤަތަރުން ވަނީ އިޓަލީ ފްލައިޓުތައް ވެސް ކެންސަލްކޮށްފައެވެ.

9 މާރޗް 2020 | ހޯމަ 18:07
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް -19: އިންޑިއާގެ ކެރެލާ ސްޓޭޓުގައި އުމުރުން 3 އަހަރުގެ ކުއްޖަކު ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ ނޫސްތަކުން ޚަބަރު ފަތުރާ ގޮތުގައި މިއަދު ވައިރަސްއަށް ޕޮޒިޓިވްވި އުމުރުން 3 އަހަރުގެ ކުއްޖާއަކީ ދާދީ ފަހުން އާއިލާއާއެކު، އިޓަލީއަށް ދަތުރުކޮށްފައިވާ ކުއްޖެކެވެ. މިހާރު މިކުއްޖާ ކެރަލާގެ އެރްނާކުލަމް މެޑިކަލް ކޮލެޖުގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

9 މާރޗް 2020 | ހޯމަ 18:07
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބިދޭސީންނަށާއި، ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފިން: ރެޑް ކްރެސެންޓް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން މިދިއަ ޖެނުއަރީ މަހުން ފެށިގެން ވައިރަސްއާ އަދި އެ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭ ގޮތުން ލިބެންހުރި މަޢުލޫމާތު ޢާންމުންނަށާއި ރާއްޖޭގައި ދިިރިއުޅޭ ބިދޭސީންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ)އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުން ބުނީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 6000 އަށްވުރެ ގިނަ މީހުންނާ ވަކިވަކި ބައްދަލުކޮށްގެން މަޢުލޫމާތު ދީފައިވާ ކަމަށާއި، ބިދޭސީން ގެންގުޅޭ ފަރާތްތަކައް ވެސް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. އެމްއާރްސީން ވަނީ މާލޭ ސިޓީގެ އެކި ޞަރަޙައްދުތަކުގައި ހުރި ޕާކް ފަދަ، ޢަންމު ތަންތާނގައި ބިދޭސީންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްއާރުސީން ބުނީ، އަދިވެސް ކުރަން ހުރި މަސައްކަތް ގިނަކަމަށެވެ. ދިވެހިންނާއި، ބިދޭސީންނަށް އެއްފަހަރު މަޢުލޫމާތު ދިނުމަކުންނުފުދޭކަން ފާހަގަކުރައްވާ، އެމްއާރްސީން ވަނީ ހުރިހާ އެންމެވެސް ވައިރަސްއިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމާއެކު، އެހެން މީހުންނަށް ވެސް މެސެޖް ފޯރިކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.

9 މާރޗް 2020 | ހޯމަ 17:59
Writer Profile Picture
އަތޫފް އާތިފް
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސާރފިންގ ގެ ހުރިހާ ހަރަކާތެއް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސާރފިންގ އެސޯސިއޭޝަނުން ކުރިޔަށް ގެންދާން ނިންމައިފައިވާ ހުރިހާ ހަރަކާތެއް ފަސްކުރުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

ސާރފިންގ އެސޯސިއޭޝަނުން ބުނީ މިގޮތައް ނިންމީ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ކަމަށެވެ.

9 މާރޗް 2020 | ހޯމަ 17:44
Writer Profile Picture
އަތޫފް އާތިފް
ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތައް ފަސްކޮށްފި

ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތައް ފަސްކުރަން ނިންމައިފިއެވެ.

މިގޮތައް ނިންމީ ފީފާ އަދި އޭއެފްސީ އިން މަޝްވަރާކުރުމަށްފަހުގައެވެ.

ޗައިނާއިން ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް (ކޮވިޑް-19) މިހާރު ވަނީ ރާއްޖެއިން ވެސް ފެނިފައެވެ. އަދި މި ބައްޔަށް ރާއްޖެއިން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

9 މާރޗް 2020 | ހޯމަ 17:42
Writer Profile Picture
އަމްނާ އިމާދު
ފިޔާ، އަލުވި އަދި ބިސް ރޯދައަށް ލިބޭނެ: އަމްރު

އަގު ކޮންޓްރޯލްކުރުމުގެ ގޮތުން ރޯދައަށް ޚާއްސަކޮށް ފިޔާ ބިސް އަދި އަލުވި ޝިޕްމެންޓް ގެންނަ ކަމަށާއި، މިއަހަރުގެ ރޯދަމަހަށް ވެސް ޝިޕްމެންޓް ގެންނާނެ ކަަމަށް (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ފިޔާ ބިސް އަދި އަލުވި ރޯދައަށް އާންމުކޮށް ގެންނަ ކަމަށެވެ. ރޯދައަށް ޚާއްސަކޮށް ތިން ޝިޕްމެންޓެއް ގެންނަ ކަމަށެވެ. ރޯދާގެ ކުރިން ދެޝިޕްމެންޓް ލިބޭއިރު، ރޯދަމަހު އެއްޝިޕްމެންޓް ލިބޭނެކަން އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ އާންމުންގެ ބައެއް ފަރާތްތަކުން ކަންތައްތައް ކުރާ ގޮތުން އަގު އުފިގެންދާ ކަމަށާއި، މީގެ ގެއްލުން ލިބެނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. އަދި އެއްޗެހީގެ އަގު އެސްޓީއޯއިން ކޮންޓްރޯލްކުރާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

9 މާރޗް 2020 | ހޯމަ 17:04
Writer Profile Picture
އަމްނާ އިމާދު
ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިނުވޭ: މިނިސްޓަރު ފައްޔާޒު

ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިނުވާ ކަމަށާއި، ބައެއް ފަރާތްތަކުން އެއްފަހަރާ އެއްޗެހިތައް ގަންނަން ފެށުމާއެކު ކުޑަ ޝޯޓޭޖެއް މިވަގުތަށް އައިސްފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުއްލިއަކަށް މީހުންތައް އެއްޗެހިތައް ގަންނަން ފެށުމުން މިވަގުތަށް ޝޯޓޭޖެއް އައިސްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޯޑަރު އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އާންމު ކަންބޮޑުވުން ދިމާވި ގޮތެއް ކަމަށާއި، ނަމަވެސް ކާބޯތަކެތި ގުދަން ކުރާ ހާލަތަށް ނުދާ ކަމަށެވެ. އަދި ވިދާޅުވީ މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާ ކަމަށާއި، އެޕްރޮސަސް ކުރިއަށްދާ ކަމަށެވެ.

9 މާރޗް 2020 | ހޯމަ 16:44
Writer Profile Picture
އަމްނާ އިމާދު
ކުދި ސެނެޓައިޒަރ ފުޅި އާންމުންނަށް ވިއްކާނަން: އަމްރު

ކުދި ސެނެޓައިޒަރ ފުޅި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެސްޓޮކް ލިބުމާއެކު އާންމު ރައްޔިތުންނަށް އެވިއްކަން ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ ރާއްޖޭގައި ހުރީ ސެނިޓައިޒަރގެ އެންމެ ބޮޑެތި ފުޅިކަމާއި، އެ މިވަގުތަށް އެންމެ މުހިންމީ ހޮސްޕިޓަލްތަކާއި އިންސްޓިއުޓްތަކަށް ކަމަށެވެ. އަދި ކުދި ފުޅި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެލިބުމާއެކު އާންމުންނަށް ދޫކުރެވޭނެ ކަމަށެވެ.

9 މާރޗް 2020 | ހޯމަ 16:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޤައުމީ ދާރުލްއާސާރާއި، ހއ. އުތީމި ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

ޤައުމީ ދާރުލްއާސާރާއި، ހއ. އުތީމި ގަނޑުވަރާއި، ގދ، ތިނަދޫގައި ހުންނަ ހުވަދޫ ޞަރަޙައްދީ ދާރުލްއާސާރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން މިކަން އަންގާ ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި ގޮތައް ނިންމީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިއަދުން ފެށިގެން ޚިދުމަތް މެދުކަނޑާލިކަމަށް އިޢުލާނުގައި ބުނެފައިވި ނަމަވެސް، އަލުން ޚިދުމަތް ފަށާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

9 މާރޗް 2020 | ހޯމަ 16:32
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވާ ސަޕްލައި ކަންކަން ހިއްސާ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ޕްރެސް

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވާ ސަޕްލައި ކަންކަން ހިއްސާ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ޕްރެސް ކަސްޓަމްސް ބިލްޑިންގގައި މިހާރު ކުރިޔަށް އެބަދެއެވެ. މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ގެ އިތުރުން، މައި ސަޕްލަޔަރުންވެސް ބައިވެރިވެއެވެ.

9 މާރޗް 2020 | ހޯމަ 16:30
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކުރެއްދޫގެ ކަންތަކުގައި ކަންވެފައި އޮތް ގޮތް މިގެންދަނީ ބަލަމުން: މަބްރޫކް

ކުރެއްދޫގައި ހުރި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އޭނާ ފުރައިގެންދިޔަ މައްސަލާގައި ކަން ހިނގާދިޔަގޮތް ބަލަމުން އަންނަކަމަށާއި، މައުލޫމާތު ލިބޭ މިންވަރަކުން ހާމަކުރާނެކަމަށް ސަރުކާރުން ބުނެފި އެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އަމަލުކުރަމުން އަންނަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށް ކަމަށެވެ. އަދި އެކަމުގައި ސަރުކާރަށް މައުލޫމާތު އެނގޭ މިންވަރަކުން ހާމަކުރާނެކަމުގެ ޔަޤީންކަންދޭކަމަށް މަބްރޫކް ވިދާޅުވި އެވެ.

9 މާރޗް 2020 | ހޯމަ 15:23
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިޓަލީ ފަތުރުވެރިޔާ މާލޭގެ މާގިރި ހޮޓަލްގައި މަޑުކޮށްފައިވޭ: މަބްރޫކް

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިޓަލީ މީހާ ފުރަންގޮސް، ނުފުރިގެން މާގިރި ހޮޓަލަށް އައިސްފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

އިޓަލީ ފަތުރުވެރިޔާއަކީ، އޭނާ އެނބުރި ޤައުމަށް ދިޔަފަހުން ބައްޔަށް ޕޮޒިޓިވްކަމަށް ދެއްކި މިހެކެވެ. މަބްރޫކް ވިދާޅުވީ އޭނާ އުޅުނު ގޮތްތައް ބެލިއިރު، ފުރަންގޮސް، ނުފުރުމުން މާގިރި ހޮޓަލްގައި މަޑުކުރިކަމަށެވެ. އަދި އެޔަށްފަހު ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަށް ގޮސްފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އޭގެތެރެއިން ޔުނިވަރސަލް ޓިކެޓިން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާކަމަށެވެ.

9 މާރޗް 2020 | ހޯމަ 15:07
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މިހާތަނަށް 63 ސާމްޕަލް ނަގާފައިވޭ: މަބްރޫކް

ކޮވިޑް-19 އަށް ޝައްކުކުރެވުނު 63 ސާމްޕަލެއް ނެގި ޓެސްޓު ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވެއްޖެ އެވެ.

ދަރުބާރު ގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 49 ސާމްޕަލެއް ނެގެޓިވްކަމަށް ދެއްކިއިރު، އޭގެތެރެއިން ޕޮޒިޓިވްވިކަމަށް ދެއްކީ 4 ސާމްޕަލެއް ކަމަށެވެ. އަދި ޝައްކުކުރެވޭ ބައެއް މީހުންގެ އެއް ސާމްޕަލަސްވުރެ ގިނަ ސާމްޕަލް ނެގޭކަމަށް މަބްރޫކް ވިދާޅުވި އެވެ.

9 މާރޗް 2020 | ހޯމަ 15:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އާއި ގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން
9 މާރޗް 2020 | ހޯމަ 15:01
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޕޮޒިޓިވްވެފައިވާ އެންމެންގެ ހާލު ރަނގަޅު: މަބްރޫކް

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެންމެންގެ ހާލު ރަނގަޅުކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 4 މީހަކު އެވެ. ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ އެންމެންގެ ހާލުވެ މިހާރު ރަނގަޅުވަމުން އަންނަކަމަށެވެ. އަދި އެ މީހުންގެ ހާލު ގާތު ބަލަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

9 މާރޗް 2020 | ހޯމަ 15:00