ކޮވިޑް-19: އެންމެ ފަހުގެ

19,290,644
  • އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވާނަމަ، ޖޫރިމަނާކޮށް، މީހާގެ މައުލޫމާތު ހާމަކުރުމަށް ނިންމައިފި
  • އެމެރިކާއިން އެނބުރި ރާއްޖެ އަންނަ ދިވެހީން ކަރަންޓީން ކުރުމަށް ނިންމައިފި
  • ހޯމް ކަރަންޓީންގައި ހުރި މީހަކު ނިކުމެއްޖެނަމަ، ފުލުހުންނަށް ރިޕޯޓްކުރޭ: އެންއީއޯސީ
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވާނަމަ، ޖޫރިމަނާކޮށް، މީހާގެ މައުލޫމާތު ހާމަކުރުމަށް ނިންމައިފި
18 މާރޗް 2020 | ބުދަ 17:46
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެމެރިކާއިން އެނބުރި ރާއްޖެ އަންނަ ދިވެހީން ކަރަންޓީން ކުރުމަށް ނިންމައިފި

އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން އެނބުރި އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް ނިންމައިފިއެވެ.

އެ ޤާނޫނުގެ ދަށުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ބުދަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހުގެ ރެއިން ފެށިގެން އެމެރިކާއިން އެނބުރި ރާއްޖެ އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތައް ފިޔަވައި އެހެން ޤައުމުތަކުން އަންނަ ދިވެހިންވެސް 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރިކުރުން (ހޯމް އައިސޮލޭޝަން) ޖެހޭނެކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

18 މާރޗް 2020 | ބުދަ 17:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހޯމް ކަރަންޓީންގައި ހުރި މީހަކު ނިކުމެއްޖެނަމަ، ފުލުހުންނަށް ރިޕޯޓްކުރޭ: އެންއީއޯސީ
18 މާރޗް 2020 | ބުދަ 17:07
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގޭގައި މަޑުކުރުމަށް ދިވެހިންނަށް އިލްތިމާސްކުރުމުން، ދަތުރު ދިޔުމުގައި!
18 މާރޗް 2020 | ބުދަ 17:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މުހިންމު ބޭނުމެއްގައި މެނުވީ ތައިލެންޑަށް ދަތުރު ނުކުރައްވާ: އެމްބެސެޑަރ

މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް ތައިލެންޑަށް ދަތުރު ނުކުރެއްވުމަށާއި، ތައިލެންޑްގެ އެތެރޭގައި ވެސް، އެއް ތަނުން އަނެއް ތަނަށް، ދަތުރު ނުކުރެއްވުމަށް ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ޖިނާހް އެދިވަޑައިގެންފިއެވެ.

މިކަން ހާމަކޮށް އެމްބެސެޑަރ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ޙާލަތު މި ވަގުތު ތައިލެންޑްގައި އޮތް ގޮތުގެމައްޗަށް ރިޢާޔަތްކޮށް، ތައިލެންޑްގައި ދިރިއުޅުއްވާ އަދި ޒިޔާރަތްކުރާއިރު މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް ތައިލެންޑަށް ދަތުރު ނުކުރެއްވުމަށެވެ. އަދި ތައިލެންޑްގެ އެތެރޭގައި ވެސް، އެއް ތަނުން އަނެއް ތަނަށް، ދަތުރު ނުކުރެއްވުން އެމްބެސެޑަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

ތައިލެންޑުގައި ދިރިއުޅުއްވާ އަދި ޒިޔާރަތްކުރައްވާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަކީ، އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށާއި އެއީ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަންތައްކަމަށް އެމްބެސެޑަރ ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދެއްވުމުގެ ގޮތުން، ތައިލެންޑްގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާއި، އެންގެވުންތަކަށް ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދެއްވުމަށާއި، ފުރިހަމައަށް ޢަމަލުކުރެއްވުމަށް އެމްބެސެޑަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

18 މާރޗް 2020 | ބުދަ 16:59
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: ވައިރަސް ޖެހުނު މީހުން އަދަދު 2 ލައްކައަށް!

މުޅި ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 203,612 (ދެ ލައްކަ ތިންހާސް ހަ ސަތޭކަ ބާރަ) އަށް އަރައިފިއެވެ.

ވައިރަސް ފެތުރެމުންދާ ގޮތުގެ ޑޭޓާ ބަލަހައްޓަމުންދާ ވަރލްޑޮމީޓަރ ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ 19 ޤައުމަކުން މިއަދު މި ވައިރަސްގައި 262 މީހުނ މަރުވިއެވެ. އަދި ދުނިޔޭގެ 88 ޤައުމަކުން އަލަށް 5,391 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ އަހަރު އަލަށް ފެނުނު ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) މިހާރު ދުނިޔޭގެ 169 ޤައުމަކަށް ވަނީ ފެތުރިފައެވެ. އަދި މިހާތަނަށް އައިއިރު 8،229 މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސްއަށް ފަރުވާދިން 82,866 މީހުން ރަނގަޅުވެފައެވެ.

18 މާރޗް 2020 | ބުދަ 16:57
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް!
18 މާރޗް 2020 | ބުދަ 16:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މުޞީބާތުގެ ހާލަތުގައި، ޖަމާއަތުގައި ނަމާދާއި ހުކުރު ނަމާދު ޤާއިމުކުރުމާއި ބެހޭ ގޮތުން އިސްލާމީ ފާތުވާދޭ އެންމެ މަތީ މަޖިލީހުގެ ރަޢުޔު ހާމަކޮށްފި

މުޞީބާތުގެ ހާލަތުގައި، ޖަމާޢަތުގައި ނަމާދާއި ހުކުރު ނަމާދު ޤާއިމުކުރުމާއި ބެހޭ ގޮތުން އިސްލާމީ ފާތުވާދޭ އެންމެ މަތީ މަޖިލިޙުގެ ރަޢުޔު ހާމަކޮށްފިއެވެ.

18 މާރޗް 2020 | ބުދަ 15:46
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ފްރެންޗް އޯޕަން ސެޕްޓެމްބަރު މަހަށް ފަސްކުރަން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސެޕްޓެމްބަރު މަހަށް ފަސްކުރަން ނިންމައިފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 24 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު މި މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ.

18 މާރޗް 2020 | ބުދަ 15:41
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސަރުކާރު ބަންދުވުމާއި ގުޅިގެން ޓެލިކިލާސްތައް މެދުކަނޑާލައިފި

މާދަމާއި އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދިޔަ ޓެލެކިލާސް މެދުކަނޑާލައިފިއެވެ. މީގެ އިތުރުން އެހެން ވަޞީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް އުގަންނައިދިނުމަށް ހިންގި ޕްރޮގުރާމުވެސް މެދޔ ކަނޑާލަން ވަނީ ނިންމާފައެވެ.

މި ކަންކަން ހުއްޓާލިކަމުގައިވިޔަސް، މިދުވަސްވަރުގައި ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޢާންމުކޮށް އަންގާ އިޢުލާނެއް ނެރެފައެވެ.

18 މާރޗް 2020 | ބުދަ 14:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިޢުލާންކުރައްވައިފިއެވެ.

18 މާރޗް 2020 | ބުދަ 14:49
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް ހިމެނޭ ވީޑިއޯއެއް ފީފާ އާއި ޑަބްލިއުއެޗްއޯއިން ނެރެފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ކުރެވިދާނެ ފަސްކަމެއް ހިމެނޭ ވީޑިއޯއެއް ފީފާ އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނެރެފިއެވެ.

18 މާރޗް 2020 | ބުދަ 14:43
Writer Profile Picture
ޒިހްނަތު ހަސަން
ކޮވުޑް-19: ފީފާއިން ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް ދޭން ހުށަހަޅަނީ

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ހަނގުރާމަކުރުމަށް ފީފާއިން މެދުވެރިކޮށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ހުށަހަޅާނެ ކަމަށް އެ އިދާރާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

18 މާރޗް 2020 | ބުދަ 14:42
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މާދަމާއިން ފެށިގެން އަޑުއެހުންތައް ނުބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިިގެން، ސުޕްރީމް ކޯޓުން ވެސް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފުތާއަށް އަޑުއެހުންތައް ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

18 މާރޗް 2020 | ބުދަ 14:40
Writer Profile Picture
ޒިހްނަތު ހަސަން
ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން ސަރުކާރު މުވައްޒަފުންނަށް އަންގަވައިފި

ސަރުކާރު ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ.

18 މާރޗް 2020 | ބުދަ 14:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސަރުކާރު ބަންދުކޮށްފައި ހުންނަ މުއްދަތުގައި، އެމްއެމްއޭއިން ޚިދުމަތް ދޭނެ ދުވަސްތަކާއި ގަޑިތައް ހަމަޖައްސަައިފި

މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމުމާއި ގުޅިގެން މި މުއްދަތުގައި އެމްއެމްއޭއިން ޚިދުމަތްދޭނެ ދުވަސްތަކާއި ގަޑިތައް އިޢުލާންކޮށްފިއެވެ. މި މުއްދަތުގައި 3 ދުވަހެއްގައި އެމްއެމްއޭގެ ޚިދުމަތްތަކާއި ބޭންކިންގގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

18 މާރޗް 2020 | ބުދަ 14:28
Writer Profile Picture
ޒިހްނަތު ހަސަން
މިއަދުން ފެށިގެން މާރޗް 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މާލެ ޞަރަޙައްދުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމާ، އެކަން އާންމުކޮށް އިޢުލާުންކޮށްފި

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމާ އެކަން ޢާންމުކޮށް އިޢުލާންކޮށްފިއެވެ.

މާލެ ޞަރަޙައްދުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމާ އިސްލާމިކް މިނިސްޓްރީން ޢާންމުކުރި އިޢުލާން
18 މާރޗް 2020 | ބުދަ 12:08
Writer Profile Picture
ޒިހްނަތު ހަސަން
ޖަމާއަތުގައި ނަމާދަށް މިސްކިތައް ނުދެވޭ ޙާލަތްތަކުގައި ގޮވާ ބަންގީގެ އިބާރާތް

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، މިއަދުން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް މާލެ ޞަރަޙައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާޢާތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ. އަދި ޖަމާއަތައް މިސްކިތައް ނުދެވޭ ޙާލަތްތަކުގައި ގޮވާ ބަންގީގެ އިބާރާތް ވަނީ އާންމުކޮށްފައެވެ.

މާއަތުގައި ނަމާދަށް މިސްކިތައް ނުދެވޭ ޙާލަތްތަކުގައި ގޮވާ ބަންގީގެ އިބާރާތް
18 މާރޗް 2020 | ބުދަ 12:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއާއި ގުޅިގެން އެމްޕީއެލްއިން ވަނީ ފުރިހަމަޔަށް ތައްޔާރުވެފައި

ރާއްޖޭ ޓީވީން މިހާރު ކުރިޔަށްގެންދާ "ކޮވިޑް-19:ސްޕެޝަލް ކަވަރޭޖް" ގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޑަބްލިއުއެޗްއޯއާއި، އެޗްޕީއޭއިން އަމަލުކުރަމުންދާ ޕްރޮޓޮކޯލްތަކާއި އުޞޫލްތައް ތަންފީޒުކޮށް، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެދާނެ ކޮންމެ ޙާލަތަކައް އެމްޕީއެލް ތައްޔާރުވެފައިވާކަމަށެވެ.

18 މާރޗް 2020 | ބުދަ 10:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މާރޗް 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ނަމާދު ނުކުރަން ނިންމައިފި

މާރޗް 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ނަމާދު ނުކުރަން ނިންމިކަން އިއުލާންކުރައްވާފައިވަނީ ދާދި ދެންމެއަކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިސްލާމިކް އެފެއަރޒް މިނިސްޓަރެވެ.

18 މާރޗް 2020 | ބުދަ 09:50
Writer Profile Picture
އަމަން ހަލީމް
ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި ގޭގައި ނަމާދުކުރަން އަންގައިފި

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

18 މާރޗް 2020 | ބުދަ 09:45
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފްރާންސުން މިއަދު އެކަނިވެސް 27 މީހުން މަރުވެގެން ރިޕޯޓުކޮށްފި

ފަރަންސޭސި ވިލާތުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެކަނިވެސް އެޤައުމުން 27 މީހުން ކޮވިޑް-19 ޖެހިގެން މަރުވިއެވެ. މިއާއެކު އެޤައުމުގައި މަރުވީ މީހުންގެ އަދަދު ވަނީ 175 އަށް އަރާފައެވެ. އެޤައުމުން މިއަދު އެކަނިވެސް 1097 ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު ވައިރަސް ޖެހުނު މީހުންގެ ޖުމުލު އަދަދަކީ7,730އެވެ.

18 މާރޗް 2020 | ބުދަ 08:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑޮނޭޝިއާއިން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަނީ

މާރޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮން-އެރައިވަލް ވިސާއާއި، އެކި ބޭނުންތަކައް ކުރު މުއްދަތަކައް އެޤައުމަށް އެތެރެވާން ދޫކުރާ ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

އެޤައުުގެ ޚާރިއްޖިއްޔާއިން ބުނެފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ވިސާ ދޫކުރުން ހުއްޓާލަން ސަރުކާރުން ނިންމާފައިވާކަމަށެވެ.

އިންޑޮނޭޝިޔާ ސަރުކާރުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ވީ އެންމެ އަވަހަކަށް އައުމަށް އިލްތިމާސްކޮށްފައެވެ.

އިންޑޮނޭޝިޔާގައި ފާއިތުވި 24 ގަޑިއިރުގެތެރޭގައި 38 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ ދެމީހުން ވަނީ މަރުވެފައެވެ. އަދި އެޤައުމުގައި ވައިރަސް ފެތުރެންފެށިފަހުން މިހާތަނަށް 172 މީހުން ވައިރަށްއަށް ޕޮޒިޓިވްްވެެ، 7 މީހުން ވަނީ މަރުވެފައެވެ.

18 މާރޗް 2020 | ބުދަ 08:32
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލަންކާއިން 44 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ސްރީލަންކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ. ލަންކާގެ ނެޝަނަލް އޮޕަރޭޝަން ސެންޓަރ ފޮރ ޕްރިވެންޝަން އިން ހާމަކޮށްފައިވާ ގޮތުން އަންގާރަ ދުވަހު ޕޮޒިޓިވްވި 10 މީހުންނާއެކު ލަންކާގައި ކޮވިޑް-19 ޖެހުނު މީހުން އަދަދު ވަނީ 44 އަށް އަރާފައެވެ.

އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލަންކާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަނިލް ޖަޔަސިންހަ ވިދާޅުވީ، އަލަށް ރިޕޯޓު ކުރެވުނު ކޭސްތަކުގެ ތެރެއިން 6 މީހުންގެތެރޭގައި، ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކާއި، ޖަރުމަނުން އައި ލަންކާ މީހަކާ، އިނގިރޭސިވިލާތުން އައި ލަންކާ މީހެއްގެ އިތުރުން ކެލަނިޔާ މީހަކާ، މަރަވިލަ ސަރަހައްދުގެ މީހަކުގެ އިތުރުން ދާދި ފަހުން ގަތަރުން އައި މީހަކު ހިމެނޭ ކަމަށެވެ.

18 މާރޗް 2020 | ބުދަ 08:15
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޑަބްލިޔުއެޗްއޯގެ ދެ މުވައްޒަފަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގައި މަސައްކަތްކުރާ ދެ މުވައްޒަފަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުން އަންނަ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރާ، ޑަބްލިޔުއެޗްއޯއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔަރ ވިދާޅުވީ، އޮފީސް ދޫކޮށް ގެއަށް ދިޔަ ފަހުން ބަލީގެ އަލާމާތްތައް ފެނި، ޓެސްޓުކުރުމުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މި ވައިރަސް ނައްތާލުމަށް ޑަބްލިޔުއެޗްއޯއިން ކުރާ މަސައްކަތުގައި ސީދާ ބައިވެރިވެފައިވާ ދެ ފަރާތްކަން މިހާތަނަށް އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، ވައިރަސް އެހެން ބަޔަކަށް ޓްރާންސްމިޓް ވެދާނެ ކަމުގެ ބިރު އޮތުމާއެކު، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ލިންޑްމަޔަރ ވަނީ ވިދާޅުވެފައެވެ.

18 މާރޗް 2020 | ބުދަ 08:11