ކޮވިޑް-19: އެންމެ ފަހުގެ

29,482,485
  • ކޮވިޑް-19: ސައުދީން ބައިނަލްއަޤުވާމީ އުދުހުންތައް ވަގުތީ ގޮތުން ހުއްޓާލައިފި
  • ކޮވިޑް-19: ބްރެޒިލްގެ ރައީސް ވައިރަސްއަށް ނެގެޓިވްކަން ތަހުލީލުތަކުން ދައްކައިފި
  • ކޮވިޑް-19: ބްރެޒިލްގެ ރައީސްގެ ލޯޔަރު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސައުދީން ބައިނަލްއަޤުވާމީ އުދުހުންތައް ވަގުތީ ގޮތުން ހުއްޓާލައިފި

އެޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުން ފެށިގެން ދެހަފުތާގެ މުދައްތަކައް ބައިނަލްއަޤުވާމީ ހުރިހައި އުދުހުންތަކެއް ހުއްޓާލާކަމަށެވެ. އެވުޒާރާއިން ބުނެފައިވަނީ ދަތުރުކުރުން މަނާ މި ދެހަފުތާތެރޭގައި، ޚާއްޞަ ޙާލަތުގައި ސަރުކާރުން ކަނޑައަޅާ ފްލައިޓުތަކައް ޖިއްދާ އެއަރޕޯޓުގައި ޖެއްސުމުގެ ހުއްދަ ދޭނެކަމަށެވެ.

ސައުދީން ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި، 24 ކޭސްއެއް ރިޕޯޓުކޮށްފައިވާއިރު، މިހާތަނަށް އެޤައުމުން 86 ކޭސްއެއް ވަނީ ރިޕޯޓުކުރެވިފައެވެ.

14 މާރޗް 2020 | ހޮނިހިރު 10:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބްރެޒިލްގެ ރައީސް ވައިރަސްއަށް ނެގެޓިވްކަން ތަހުލީލުތަކުން ދައްކައިފި

ބްރެޒިލްގެ ރައީސް ހެއަރ ބޯލްސޮނާރޯ ކޮވިޑް-19 އަށް ޓެސްޓްކުރެއްވިއިރު ވައިރަސްއަށް ނެގެޓިވްކަން ހާމަވެއްޖެއެވެ. އެމަނިކުފާނު މިކަން ހިއްސާކުރައްވާފައިވަނީ ފޭސްބުކް ޕޯސްޓެއްގައެވެ. ވައިރަސްގެ އެއްވެސް އަލާމާތެއް އެމަނިކުފާނުގެ ހަށިގަނޑުން މިހާތަނަށް ނުފެނުނު ނަމަވެސް ޓެސްޓްކުރެއްވީ، އެމަނިކުފާނުގެ ޤާނޫނީ ވަކީލު ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

14 މާރޗް 2020 | ހޮނިހިރު 09:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބްރެޒިލްގެ ރައީސްގެ ލޯޔަރު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ބްރެޒިލްގެ ރައީސް ހެއަރ ބޯލްސޮނާރޯގެ ޤާނޫނީ ވަކީލު ކަރީނާ ކޫފާ ކޮވިޑަ-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭނާއަށް ވައިރަސް ޖެހުނި އެމެރިކާއަށް ދާދި ފަހުން ކުރެއްވި ރަސްމީ ދަތުުރުފުޅުގެތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

14 މާރޗް 2020 | ހޮނިހިރު 07:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އަދިވެސް އެންމެ ގިނަ އަދަދަކަށް ވައިރަސް ރިޕޯޓު ކުރެވިފައިވަނީ ޗައިނާއިން

ދުނިޔޭގެ 123 ޤައުމަކުން މި ވައިރަސް ފެނިފައިވާއިރު، މިހާތަނަށް އައިއިރު އަދިވެސް މިވައިރަސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނަ އަދަދަކަށް ވައިރަސް ރިޕޯޓުކުރެވުނު 08 ޤައުމުގެ ތަފުޞީލު:

* ޗައިނާ: 80,824 ކޭސް/ 3,189 މަރު

* އިޓަލީ:17,660ކޭސް/1,26 މަރު

* އިރާން: 11,364 ކޭސް/514 މަރު

* ދެކުނު ކޮރެއާ: 8,086 ކޭސް/ 72 މަރު

* ސްޕެއިން: 5,232 ކޭސް/ 133 މަރު

* ޖަރުމަންވިލާތް: 3,675 ކޭސް/ 08 މަރު

* ފަރަންސޭސިވިލާތް: 3,661 ކޭސް/ 79 މަރު

* އެމެރިކާ: 2,291 ކޭސް/ 50 މަރު

14 މާރޗް 2020 | ހޮނިހިރު 07:53
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މުޅި ދުނިޔެއިން ވައިރަސްގައި މަރުވީ މީހުންގެ އަދަދު 5،000އަށް ވުރެ މައްޗަށް!

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި، ދުނިޔޭގެ 123 ޤައުމަކުން މިހާރު ވައިރަސް ރިޕޯޓުކޮށްފައިވާއިރު، ޖުމުލަ 145,634 މީހުންނަށް މިވައިރަސް ޖެހި، ވައިރަސްއަށް ފަރުވާދެމުން ދަނިކޮށް 5,436 މީހުން ވަނީ މަރުވެފައެވެ.

* ވައިރަސް ޖެހުނު މީހުންގެ އަދަދު:145,634

* މަރުވި މީހުންގެ އަދަދު:5,436

* ފަރުވާދީގެން ރަނގަޅުވީ މީހުންގެ އަދަދު:72,528

* މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދު:67,670

* ފަރުވާދެމުންދާ މީހުންގެ ތެރެއިން ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ އަދަދު:6,082

14 މާރޗް 2020 | ހޮނިހިރު 07:48
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާއިތުވެ ދިޔަ ދެދުވަހު ފްރާންސުން 800 ކޭސް ރިޕޯޓުކޮށްފި

ފަރަންސޭސި ވިލާތުގެ ހެލްތު މިނިސްޓަރ އޮލީވިއަރ ވެރަންއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެކަނިވެސް އެޤައުމުން 800 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަަދު ވަނީ 3،661އަށް އަރާފައެވެ. އަދި މަރުވި މީހުންގެ ޖުމުލަ އަދަދަކީ 79އެވެ.

14 މާރޗް 2020 | ހޮނިހިރު 07:41
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާގެ ވެސްޓް ވަރޖީނިއާ ފިޔަވައި ހުރިހައި ސްޓޭޓަކުން ވައިރަސް ރިޕޯޓުކޮށްފި

ކޮވިޑް-19 އެމެރިކާއިން ފެނުނު ފަހުން މިހާތަނަށް 2،204 ކޭސް ރިޕޯޓުކުރެވިފައިވާއިރު، މީގެތެރެއިން 49 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މައުލޫމާތު ދޭގޮތުގައި، މީގެތެރެއިން 70 މީހުންނަކީ ޗައިނާގައި ތިއްބާ ވައިރަސް ޖެހުނު މީހުންނާއި، ޖަޕާނުގައި ކަރަންޓީންކުރި ޑައިމަންޑް ޕްރިންސެސްގައި ދަތުރުކުރަމުންދަނީކޮށް ވައިރަސްއަށް ޕޮޒިޓިވްވީ މީހުންކަމުގައެވެ.

އަދި ބާކީ 2،134 މީހުންނަކީ ސީދާ އެމެރިކާގެ އެކި ސްޓޭޓުތަކުން ޕޮޒިޓިވްވީ މީހުންކަމަށް އެ ސެންޓަރުން ބުނެއެވެ.

އެމެރިކާގެ 49 ސްޓޭޓަކުން މިހާރު މި ވައިރަސް ރިޕޯޓުކޮށްފައިވާއިރު، މިހާރު ވައިރަސް ނުފެންނަނީ ހަމަ އެކަނި ވެސްޓް ވާރޖީނިއާއިންކަމަށްވެސް އެސެންޓަރުން ބުނެއެވެ.

14 މާރޗް 2020 | ހޮނިހިރު 07:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބްރެޒިލްގެ ރައީސް ވައިރަސްއަށް ޓެސްޓްކުރައްވައިފި

ބްރެޒިލްގެ ރައީސް ހެއަރ ބޯލްސޮނާރޯ ކޮވިޑް-19 އަށް ޓެސްޓްކުރައްވައިފިއެވެ. ވައިރަސްގެ އެއްވެސް އަލާމާތެއް އެމަނިކުފާނުގެ ހަށިގަނޑުން މިހާތަނަށް ނުފެނުނު ނަމަވެސް ޓެސްޓްކުރެއްވީ، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އެމަނިކުފާނުގެ ދަރިކަލުން އެޑުއާރޑޯ ވަނީ ވިދާޅުވެފައެވެ.

14 މާރޗް 2020 | ހޮނިހިރު 07:33
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކޮރޯނާ ވައިރަސް ރިލީފް ބިލަަށް ތާއީދުކުރައްވާކަން ޓްރަމްޕް ހާމަކުރައްވައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއާއި ޑިމޮކްރޭޓުން ގުޅިގެން އެކުލަވާލާފައިވާ ކޮރޯނާ ވައިރަސް ރިލީފް ބިލަަށް ތާއީދުކުރައްވާކަން އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްގައި މިރޭ މި ބިލަށް ވޯޓަށް އަހާނެއެވެ. މި ބިލު ފާސްވެއްޖެނަމަ އެމެރިކާގެ ހުރިހައި ރައްޔިތުންނަށް ހިލޭ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ފުރުޞަތު ލިބި، މުސާރަ ލިބޭގޮތައް ޗުއްޓީ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

14 މާރޗް 2020 | ހޮނިހިރު 07:30
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާއިން ވައިރަސްގައި އަނެއްކާވެސް މީހަކު މަރުވެއްޖެ

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި އިއްޔެ ވައިރަސްޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ވެރިރަށް ނިއުދިއްލީގެ އުމުރުން 68 އަހަރުގެ އަންހެނަކު ވަނީ މަރުވެފައެވެ. މިއީ މިވައިރަސްގައި އިންޑިއާގައި މަރުވި ދެވަނަ މީހާއެވެ.

އޭނާއަށް ވައިރަސް ޖެހިފައިވަނީ އޭނާގެ ދަރިފުޅުގެ ފުށުން ކަމަަށް ރިޕޯޓުތައް ބުނެއެވެ. އެއީ އޭނާގެ ދަރިފުޅު އަމިއްލަ ބޭނުމަކު މިދިޔަ ހަފުތާފައި ސްވިޒަރލޭންޑަށާއި، އިޓަލީއަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް އައިސް އޭނާއާއި އެއްކޮށް ދިރިއުޅެފައިވާތީކަމަށްވެއެވެ.

މީގެ ކުރިން މި ވައިރަސްގައި ބުރާސްފަތިދުވަހު މަރުވެފައިވަނީ އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ އުމުރުން 76 އަހަރުގެ ފިރިހެނެކެވެ.

އިންޑިއާއިން މިހާތަނަށް އައިއިރު 82 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

14 މާރޗް 2020 | ހޮނިހިރު 07:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ހުކުރު ދުވަހު އެކަނިވެސް ސައުދީން 24 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ރޮއިޓަރސްއިން ރިޕޯޓުކުރާގޮތުގައި، އިއްޔެ އެކަނިވެސް ސައުދީން ވަނީ 24 މީހުން ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުން އަދަދު ވަނީ 86 އަށް އަރާފައެވެ.

އިއްޔެ ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެޤައުމުގައި ދިރިއުޅޭ މިޞްރުގެ 14 މީހުން ހިމެނެއެވެ.

14 މާރޗް 2020 | ހޮނިހިރު 07:21
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑ-19: އުރުގުއޭ އަދި ގުއަންޓަމޭލާއިން ވެސް ކޮރޯނާ ފެނިއްޖެ

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އުރުގުއޭ އަދި މެދު އެމެރިކާގެ ގައުމެއްކަމަށްވާ ގުއަންޓަމޭލާއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެކަމަށް އެ 2 ގައުމުން ހާމަކޮށްފިއެވެ.

އުރުގުއޭގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން އެގައުމުން 4 މީހަކު ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައެވެ. އަދި މިއީ އެގައުމުން ފުރަތަމައަށް ފެނުނު ހަތަރު ކޭސް ކަމަށާއި، އެމީހުންނަކީ މި މަހުގެ ކުރީ ކޮޅު އިޓަލީގެ މިލާނުން އައި ބައެއް ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އުރުގުއޭގެ ހެލްތް މިނިސްޓްރީން ބުނީ މި އެންމެންގެ ވެސް ހާލު ރަނގަޅުކަމަށާއި އެމީހުން ތިބީ ގޭގައި ބައިތިއްބާފައި ކަމަށެވެ.

މީގެ އިތުރުން ގުއަންޓަމޭލާގެ ރައީސް އެލެޖެންޑްރީ ގިއަމްމައްޓޭ ހުކުރު ދުވަހު އެގައުމުން ވެސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވާ ކަން ހާމަކުރައްވާފައެވެ.

ގިއަމްމައްޓޭ ވިދާޅުވީ ކޮރޯނާވައިރަސް ޖެހިފައިވަނީ ފިރިހެނެއް ކަމަށާއި، އޭނާ އަކީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އިޓަލީއަށް ދަތުރުކޮށްފައައި މީހެއް ކަމަށާއި، އޭނާ އަނބުރާ ގައުމަށް އައިސްފައިވަނީ އެއޮރޯމެކްސިކޯގެ ފުލައިޓަކުން ކަމަށެވެ.

ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި ގުއަންޓަމޭލާގެ ރައީސް ވަނީ މި ދަނޑިވަޅުގައި ހާސް ނުވުމަށާއި، ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

14 މާރޗް 2020 | ހޮނިހިރު 05:33
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: މިރޭ އެކަނި ވައިރަސްއަށް ޝައްކު ކުރެވޭ 7 މީހަކު ފެނި 4 ރިސޯޓެއް މޮނިޓާ ކުރަނީ

ހުކުރު ދުވަހުގެ ރޭ އެކަނި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 7 މީހަކު ފެނިގެން 4 ރިސޯޓެއް މޮނިޓާ ކުރަން ފަށައިފިއެވެ.

އެޗްޕީއޭއިން ހުކުރު ދުވަހުގެ ރޭ ބުނެފައިވަނީ މި އެންމެންނަކީ ވެސް ބިދޭސީން ކަމަށެވެ. ނަމަވެސް އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމެއް ނުވަތަ ފަތުރުވެރިން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެގޮތުން މީރު އައިލެންޑް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ހޯމް އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ރިސޯޓް މޮނިޓަރިންއަށް ލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ބަނޑޮސް އައިލެންޑް ރިސޯޓުން ބިދޭސީއެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން އެކަހެރިކޮށްފައިވާ އިރު ރިސޯޓް ވަނީ މޮނިޓރިންއަށްލާފައެވެ. އަދި އޮޅުވެލި ރިސޯޓުން ވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 މީހަކު ފެނިގެން އެ ރިސޯޓާއި، ޝެރަޓަން މޯލްޑިވް ފުލްމޫންއިން ވެސް ބިދޭސީއެއް ފެނިގެން އެކަހެރިކޮށް ރިސޯޓްވަނީ މޮނިޓަރިންއަށް ލާފައެވެ.

އަދި ސިކްސް ސެންސަސް ލާމުން އިތުރު 2 މީހަކު ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ދެމީހުން ވެސް ވަނީ އެކަހެރިކޮށްފައެވެ. މި 2 މީހުންނާއެކު އެ ރިސޯޓުގައި 4 މީހަކު ވަނީ އައިސޮލޭޓް ކޮށް މޮނިޓާކުރަމުންނެވެ.

14 މާރޗް 2020 | ހޮނިހިރު 04:08
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: މީރު އައިލެންޑް ރިސޯޓުން ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު އައިސޮލޭޓް ކޮށްފި

މީރު އައިލެންޑް ރިސޯޓުން ކޮވިޑް-19 ގެ އަލާމާތްތައް ހުރި ބިދޭސީއެއް ފެނިގެން ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ އޭނާ މިވަގުތު ހުތީ ހޯމް އައިސޮލޭޝަންގައި ކަމަށާއި، ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

14 މާރޗް 2020 | ހޮނިހިރު 03:24
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ބަނޑޮސް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ރިސޯޓް މޮނިޓާކުރަން ފަށައިފި

ބަނޑޮސް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް އެ ރިސޯޓް މޮނިޓާކުރަން ފަށައިފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބަނޑޮސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުރުވޭ އަލާމާތްތަކެއް ހުރި ބިދޭސީއެއް ހޯމް އައިސޮލޭޝަންއަށް ލުމަށްފަހު ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަޅު އެޅުމުގެ ގޮތުން އެ ރިސޯޓް މޮނިޓަރިންގެ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

14 މާރޗް 2020 | ހޮނިހިރު 03:02
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: އޮޅުވެލި ރިސޯޓުން ދެ ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ގޭގައި އައިސޮލޭޓްކޮށްފި

އޮޅުވެލި ބީޗް ރިސޯޓުން ދެ ބިދޭސީއެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ގޭގައި އައިސޮލޭޓްކޮށްފި ކަމަށް އެޗްޕީއޭ އިންބުނެފިއެވެ. އެޗްޕީއޭ އިން ބުނީ އެރަށް މިހާރު ދަނީ މޮނީޓަރ ކުރެވެމުންކަމަށެވެ.

14 މާރޗް 2020 | ހޮނިހިރު 02:34
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: ޝެރަޓަން މޯލްޑިވްސްގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ގޭގައި އައިސޮލޭޓްކޮށްފި

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓުގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން އޭނާ ގޭގައި އައިސޮލޭޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. އެޗްޕީއޭ އިން ބުނީ އެ ރިސޯޓު މޮނީޓަރ ކުރަމުންދާކަމަށެވެ.

14 މާރޗް 2020 | ހޮނިހިރު 02:31
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ބަނގްލަދޭޝްއިން އެނބުރި އައި ދިވެއްސެއް 14 ދުވަހަށް ކަރަންޓީން ކޮށްފި
14 މާރޗް 2020 | ހޮނިހިރު 02:15
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ފެހެންދޫއިން ކޮވިޑް-19 އަށް ޝަައްކު ކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނި ޓެސްޓްކުރަން ފަށައިފި. ރަށް އޮތީ މޮނިޓަރިންގައި

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއެއް ބ. ފެހެންދޫގައިވަނީ އެކަހެރިކޮށް، ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައި. މިކަމާއި ގުޅިގެން އެ ރަށްވަނީ މޮނީޓަރިންގ ހާލަތަކަށް ގެނެވިފައި.

14 މާރޗް 2020 | ހޮނިހިރު 01:53
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ޑޫޝަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާގޮތުން ޑޫޝަން މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން ވަނީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި ސަމްޕްޑޯރިއާއިން ވަނީ އެޓީމުގެ އިތުރު ކުޅުންތެރިންތަކެއްވެސް މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

14 މާރޗް 2020 | ހޮނިހިރު 01:50
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ބ ފެހެންދޫއިން ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއެއް ޓެސްޓުކުރަނީ
14 މާރޗް 2020 | ހޮނިހިރު 01:47
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ވައިރަސްއަށް ޝައްކު ކުރެވޭ ނުވަތަ ކޮންފާރމް ވެފައިވާ މީހަކު ބޭނުންކޮށްފައިވާ ތަކެއްޗާއި ތަންތަން ސާފު ކުރާނީ ކިހިނެއް؟

ކޮވިޑް19- އިން ރައްކާތެރިވުމުގެ ގޮތުންތަންތަން ސާފުކުރުމަށް ބޭނުން ކުރަން ރަނގަޅީކޮންކަހަލަ ޑިސްއިންފެކްޓެންޓެއް؟

ސާފުކުރަން ބޭނުންވާ ތަން ހަޑިކޮށް ހުރެއްޖެނަމަ ފުރަތަމަ އެތަނެއް އާމުކޮށް ތަންތަންސާފުކުރާ ދޮންނަކުނޑިއެއް ބޭނުން ކޮށްގެން ރަނގަޅަށް ސާފު ކޮށްލާ.

އޭގެ ފަހުގައި (1މިލިލީޓަރުގ ބުލީޗް އަދި 9 މިލިލީޓަރު ފެން) މި މިންގަޑަށް ޑައިލޫޓްކޮށްފައިވާ ބުލީޗު ސޮލިއުޝަންއިން) އެތަނެއް ނުވަތަ އެއްޗެއް ސާފުކުރޭ.

ބްލީޗް ބޭނުންކުރުމުގެ ކުރިން އަތްތިލަ ރައްކާތެރި ކުރުމުގެ ގޮތުން ރަބަރު އަންގިއެއްފަދަ އެއްޗެއް ބޭނުންކުރޭ.

14 މާރޗް 2020 | ހޮނިހިރު 01:29
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19:ހުކުރު ދުވަހުގެ ރޭގެ 9:00 އާ ހަމައަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަޕްޑޭޓް

24 ގަޑި އިރުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު - 1

މިހާތަނަށް ބަލި ފެނުނު މީހުންގެ އަދަދު - 9

ފަރުކޮޅުފުށި އައިސޮލޭޝަންގައި - 9

ވިލިވަރު ކަރަންޓީންގައި - 17

14 މާރޗް 2020 | ހޮނިހިރު 01:24
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ސިކްސް ސެންސަސް އިން އިތުރު 2 މީހަކު އައިސޮލޭޓްކޮށްފި

ލ. ސިކްސް ސެންސަސް ރިސޯޓުން އިތުރު 2 މީހަކު ހޯމް އައިސޮލޭޓްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ދެމީހުން ހޯމް އައިސޮލޭޝަން ކުރުމަށްފަހު މޮނިޓާ ކުރަމުންދާ ކަމަށާއި، ރާއްޖެ އެތެރެވުމުގެ ކުރިން އެ ދެ މީހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ ކަމަށް އެ ދެމީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއާއެކު އެ ރިސޯޓުގައި ހޯމް އައިސޮލޭޝަންގައި 4 މީހަކު އެބަތިއްބެވެ.

އެޗްޕީއޭއިން ބުނީ މީގެ ތެރެއިން އެއްވެސް މީހަކުގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިފައި ނުވާތި އެ ރިސޯޓް މޮނިޓަރިންގެ ހާލަތަކަށް ގެނެސްފައި ނުވާ ކަމަށެވެ.

14 މާރޗް 2020 | ހޮނިހިރު 01:20
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: ސްޕެއިންގައި އެސްއޯއީ އިއުލާންކޮށްފި

ޗައިނާގެ ހޫބެއި ޕްރޮވިންސްގެ، ވުހާން ސިޓީން އުފަންވެގެން ދުނިޔޭގެ ގައުމުތަކަށް ފެެތުރިގަންނަމުން އަންނަ ކޮވިޑް-19 ސްޕެއިންގައި ފެތުރެމުންދާތީވޭ ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން އެ ގައުމުގައި ކުރިޔަށް އޮތް 45 ދުވަހާ ހަމައަށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ސްޕެއިންގައި ކުއްލި ހާލަތު އިއުލާން ކުރެއްވީ ހުކުރު ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އެވެ. އެކަމަށް ރަސްމީ ގޮތުން ނިންމަވާނީ ހޮނިހިރު ދުވަހު އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އިޓަލީ އަށް ފަހު ޔޫރަޕްގެ ގައުމުތަކުގައި އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރެމުންދަނީ ސްޕެއިންގަ އެވެ. އެ ގައުމުގައި މިހާތަނަށް ކޮވިޑް-19 އަށް 4209 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ބުރާސްފަތި ދުވަހު އެކަނިވެސް ސްޕެއިނުން ކޮވިޑް-19 ގެ 1000 ކޭހެއްވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި 120 މީހަކު ވަނީ މި ރޯގާގެ ސަބަބުން މަރުވެފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން ސްކޫލްތަކާއި، ސިނާމާތަކުގެ އިތުރުން ކުޑަކުދިން ކުޅޭ ޕާކްތައް ވަނީ ވަގުތީ ގޮތުުން ބަންދުކޮށްފަ އެވެ. ސްޕޭންގެ ވެރިރަށް އަދި އެ ގައުމުގެ އެންމެ މުއްސަނދި އެއް ސީޓީ މެޑްރިޑް ސަރަހައްދުގެ ރެސްޓޯރެންޓްތަކާއި، ފިހާރަަތައް ހޮނިހިރު ދުވަހުން ފެށިގެން ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ސްޕެއިންގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، އިޓަލީ، ސްލޮވޭކިޔާ، ހަންގޭރީ، ޗެކް ރިޕަބްލިކް އަދި ބަލްގޭރިއާ ގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ.

14 މާރޗް 2020 | ހޮނިހިރު 01:06