ކޮވިޑް-19: އެންމެ ފަހުގެ

29,478,149
  • ކޮވިޑް-19: ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންގެ ސަމާލުކަމަށް!
  • ކޮވިޑް-19:މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ ފަރާތްތައް ނިސްބަތްވާ ގައުމުތަކަކީ:
  • ކޮވިޑް-19:ސްކޫލްތައް އިތުރު އެއް ހަފްތާއަށް ހުޅުވުން ފަސްކޮށްފި
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންގެ ސަމާލުކަމަށް!

ސްރިލަންކާ ސަރުކާރުން މިހާރު ވަނީ ކޮވިޑް-19 އާއި ގުޅިގެން ޙާއްޞަ ހޮޓްލައިނެއް ޤާއިމުކޮށްފައެވެ. 24 ގަޑިއިރު ހިލޭ ގުޅޭ ނަންބަރ117އަށް ގުޅާލުމުން ކޮވިޑް-19 އާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތާއި، އަދި ބޭނުންވާ އެހެނިހެން އިރުޝާދުތައް ލިބިގެންދާނެއެވެ. އަދި އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ، ނުވަތަ ވައިރަސްއާއި ބެހޭ ގޮތުން ރިޕޯޓެއް ކުރަން ބޭނުންވާނަމަވެސް117އަށް ގުޅާ މައުލުމާތު ހިއްސާ ކުރެވިދާނެއެވެ.

ސްރީލަންކާގައި މިހާރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 212 މީހުންނަށް ދަނީ އެކަހެރިކޮށްގެން ފަރުވާދެމުންނެވެ. އެހެންކަމުން މިދަނޑިވަޅުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންވެސް އެޤައުމުގެ ސަރުކާރުން ދެއްވާ އިރުޝާދުތަކާއި ކުރަމުންދާ އިލްތިމާސްތަކާއި އެއްގޮތައް އަމަލުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ރަޖިސްޓްރީ ނުވެ އުޅޭ ދިވެހިން މިހާރު އަވަސްވެގަންނަންވީ، އެބޭފުޅަކާއި އެބޭފުޅެއްގެ އާއިލާގެ މައުލޫމާތު ހައިކޮމިޝަންއާއި ހިއްސާކުރުމަށެވެ. އަމިއްލަ ސަލާމަތާއި ރައްކަލަށް އަމިއްލަ ޤައުމާއި، އަދި އެ ދިރިއުޅޭ ޤައުމެއްގެ ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުން ވަރަށް މުހިންމެވެ.

އެމަޖެންސީ ހާލަތުގައި ގުޅާނެ ރާއްޖޭގެ ނަންބަރު: 7983400

16 މާރޗް 2020 | ހޯމަ 14:50
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19:މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ ފަރާތްތައް ނިސްބަތްވާ ގައުމުތަކަކީ:

އިޓަލީ : 9 މީހުން

ތުރުކީ ވިލާތް: 1

ސައުތު އެފްރިކާ: 1

ޖަރުމަނު: 1

އިނގިރޭސި ވިލާތް: 1

16 މާރޗް 2020 | ހޯމަ 14:41
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19:ސްކޫލްތައް އިތުރު އެއް ހަފްތާއަށް ހުޅުވުން ފަސްކޮށްފި

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް އިތުރު އެއް ހަފުތާއަށް ހުޅުވުން ފަސްކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ގެ ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ސްކޫލްތަކާއި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާކަމަށެވެ.

ސަރުކާރުގެ ނިންމުމާއެކު ދެން ސްކޫލްތައް ހުޅުވޭނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ހާލަތަށް ބަލާފައި މި ނިންމުން ބަދަލުވެދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

16 މާރޗް 2020 | ހޯމަ 14:40
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނު ކޮރެއާއިން މިއަދު އެކަނިވެސް 74 މީހުން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވޭ

ދެކުނު ކޮރެއާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ހާމަކުރާގޮތުގައި މިއަދު އެކަނިވެސް އެޤައުމުން 74 މީހުން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ. އަދި މިއަދު 303 މީހުން ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާއިރު، މިހާރު ފަރުވާއަށް ފަހު ރަނގަޅުވީ މީހުންގެ އަދަދަކީ 1،137 އެވެ. މީގެ އިތުރުން ވައިރަސް ޖެހިގެން 75 މީހުންވަނީ މަރުވެފައެވެ.

ދެކުނު ކޮރެއާއިން އެންމެ ފުރަތަމަ ކޭސްއެއް ރިޕޯޓުކުރީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މިހާތަނަށް އައިއިރު 8،236 މީހުން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ. ދެކުނު ކޮރެއާއަކީ ވައިރަސް އަލަށް ފެނުނު ޗައިނާ ފިޔަވައި އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރި ޤައުމެވެ.

16 މާރޗް 2020 | ހޯމަ 13:26
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގައި ވައިރަސްއަށް ސްކްރީން ކުރުމުގެ މަސައްކަތް ފަށައިިފި

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ޞިއްޙީ އެހީތެރިންގެ ޓީމަކާއި ފަންނީ އާލާތްތައް ޤާއިމުކޮށް، މަޖިލީހުގެ އިމާރާތަތްތަކައް ވަންނަ މީހުން ވައިރަސްއަށް ސްކްރީން ކުރަން ފަށައިފިއެވެ.

16 މާރޗް 2020 | ހޯމަ 13:15
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޓްރިވެންޑްރަމްގައި ރޭލުތަކުގަ ދަތުރުކުރާ ފަސިންޖަރުން ވައިރަސްއަށް ސްކްރީންކުރަން ފަށައިފި

އިންޑިއާގެ ކެރަލާ ސްޓޭޓުގެ ވެރިރަށް ތްރިނަވަންތަޕޫރަމް ނުވަތަ އާންމު ނަމުންނަމަ ޓްރިވެންޑްރަމްގައި ރޭލުތަކުން ދަތުުރުކުރާ ފަސިންޖަރުން ކޮވިޑް-19 އަށް ސްކްރީން ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު ހުރިހައި ތާވަލު ރޭލުދަތުރުތަކުގައި ފަސިންޖަރުން ތަރމަލް ކެމެރާގެ އެހީގައި ވައިރަސްއަށް ސްކްރީން ކުރާނެއެވެ. ކެރަލާ ސްޓޭޓުގެ ރެއިލްވޭ މިނިސްޓްރީން ބުނާގޮތުގައި ޓްރިވެންދްރަމްގެ ރޭލުތަކުގައި ތަރމަލް ސްކްރީނިންގ ހަރުކޮށް އެމަސައްކަތް ފެށި މައި ސަރުކާރުގެ ދީލަތި އެހީއާއެކުގައެވެ. އަދި މިފަދަ ކަމެއް ފެށީ، ރޭލު ދަތުރުތަކަކީ ދުވާލަކު ޒަރޫރީ ބޭނުންތަކުގައި އެތަކެއް ހާސް މީހުން ބޭނުންކުރާ ވަޞީލަތަކައް ވާތީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ.

16 މާރޗް 2020 | ހޯމަ 13:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްގެ ޙާލަތު މުރާޖަޢާ ކުރުމަށް ނިއުދިއްލީގެ ޗީފް މިނިސްޓަރ ކަމާއި ބެހޭ ފަރާތްތަކާއި ބައްދަލުކުރައްވައިފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހަލުވިމިނެއްގައި ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) ފެތުރެމުންދާތީ، ޗީފް މިނިސްޓަރ ދިއްލީގެ ހުރިހައި އަވަށެއްގެ އިސް މަސްއޫލުވެރިންނާއި އެކު ވައިރަސްއާއި ގުޅޭ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއި، އަދި އަމަލު ކުރަމުންދާ އުޞޫލުތައް މުރާޖަޢާ ކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ހެލްތު މިނިސްޓްރީގެ އިސް މަސްއޫލުވެރިންވެސް ބައިވެރިވި މިބައްދަލުވުމުގައި، މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާޅުކޮށްފައިވަނީ ފަތުުރުވެރިންގެ ފަރާތުން ދިއްލީއަށް ވައިރަސް އައުމުގެ ނުތަނަވަސްކަމެވެ. އެހެންކަމުން މިހާރު ދިއްލީއާއި އިންޑިއާގެ އެކިކަންކޮޅުތަކުގައި އެކި ބާވަތުގެ ވިސާތަކުގައި ދިރިއުޅެމުންދާ މީހުންނާމެދު އަމަލުކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ވައިރަސް ފެނުނު މީހުންނަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ވައިރަސް ފެންނަ ތަންތަން ޑިސް އިންފެކްޓް ކުރުމުގައި އަމަލު ކުރަމުންދާ އުޞޫލުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

16 މާރޗް 2020 | ހޯމަ 13:04
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިނގިރޭސިވިލާތުގައި 7.9 މިލިއަން މީހުން އެނދުމަތިކުރަން ޖެހިދާނެ

އިނގިރޭސިވިލާތުގެ 79 މިލިއަން މީހުން ނޮވެލް ކޮރޯނާވައިރަސްގައި އެނދުމަތި ކުރަން ޖެހިދާނެކަމަށް އެޤައުމުގެ ޕަބްލިކް ހެލްތު އިންގްލެންޑް(ޕީއެޗްއީ) އިން އަންދާޒާކޮށްފިއެވެ.

ޕީއެޗްއީގެ ދިރާސާ، އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސަރވިސްގެ ގެ އިސް މަސްއޫލުވެރިންނާއި ހިއްސާކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ޕީއެޗްއީން ބުނީ އިނގިރޭސި ވިލާތުގައި މިހާރު ކޮވިޑް-19 ފެތިރެމުންދާ ޒާތައް ބަލާއިރު، އެޤައުމުގެ 7.9 މިލިއަން މީހުންނަށް ވައިރަސްޖެހި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހިދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 12 މަސްވަންދެން ވައިރަސް ފެތުރެމުންދާނެކަމަށްވެސް ޕީއެޗްއީން ބުނެއެވެ.

މިކަމުގެ ތަފުޞީލު މިއަދު އޮންނަ ބައްދަލުވުމެއްގައި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހާމަކުރައްވާނެކަމަށް މިޑިއާ ރިޕޯޓުތައް ބުނެއެވެ. އިނގިރޭސި ވިލާތުގައި މިހާތަނަށް 1,391 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، ވައިރަސްގައި ފަރުވާދެމުން ދަނިކޮށް 35 މީހަކު ވަނީ މަރުވެފައެވެ.

16 މާރޗް 2020 | ހޯމަ 12:44
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޔޫރޯ ފަސްކުރުމަށް އިޓާލިއަން އެފްއޭ އިން ގޮވާލާފި

ޔޫރަޕުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިޓާލިއަން ލީގު މެދު ކަނޑައިލާން ޖެހުމާއި ގުޅިގެން ޖޫން ޖުލައި މަހު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފަސްކޮށްދިނުމަށް އިޓާލިއަން ފުޓުބޯޅަ އެސޯސިއޭޝަނުން ގޮވައިލައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިޓާލިއަން ލީގުގެ މެޗުތައް ފަސްކުރަން ޖެހިފައިވާއިރު އިޓަލީއަކީ ޔޫރަޕުން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ.

16 މާރޗް 2020 | ހޯމަ 12:05
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މެލޭޝިޔާގެ މިސްކިތުގައި ބޭއްވި ޙަފުލާގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވްވީ 9 މީހެއްގެ ޙާލު ވަރަށް ދަށް

މެލޭޝިޔާގެ ވެރިރަށް ކުއާލާލަމްޕޫރުގެ މިސްކިތެއްގައި ފެބްރުއަރީ މަހުގެ 27 އިން މާރިޗުމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ދިނީ އެއްވުމުގައި 16 ހާސް މީހުން ބައިވެރިވިއެވެ. މީގެތެރޭގައި ހިމެނެނީ މެލޭޝިޔާގެ 14،500 މީހުންނާއި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވި 1،500 މީހުންނެވެ. މިހާތަނަށް އައިއިރު، މި ބައްދަލުވުމުގައި ބައިވެރިވި 243 މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 9 މީހެއްގެ ޙާލު ދެރަވެގެން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް މެލޭޝިޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މިސްކިތުގައި ބޭއްވި ދީނީ އެއްވުމުގައި ބައިވެރިވި ބައެއް މީހުން ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން މިސްކިތް ބަންދުކޮށް މިހާރު ވަނީ ޑިސްއިންފެކްޓްކޮށްފައެވެ. އަދި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންނާއި އެކި ޙައްޞިއްޔަތުން ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހުން ހޯދާ، 14 ދުވަހު ކަރަންޓީން ކުރާނެކަމަށް މެލޭޝިޔާ ސަރުކާރުން ވަނީ ބުނެފައެވެ.

16 މާރޗް 2020 | ހޯމަ 12:02
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މެލޭޝިޔާއިން އިއްޔެ އެކަނިވެސް 190 މީހުން ވައިރަސްއަށް ޕޮޒިޓިވްވި

މެލޭޝިޔާގެ ހެލްތު މިނިސްޓްރީއާއި ޙަވަލާދީ ޝިންހުއާ ނިއުސް އޭޖެންސީން ރިޕޯޓުކުރާގޮތުގައި، އިއްޔެ އެކަނި މެލޭޝިޔާއިން 190 މީހުން ވަނި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ގިނައީ މިސްކިތެއްގައި ބޭއްވި އެއްވުމުގައި ބައިވެރިވި މީހުންކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު، މެލޭޝިޔާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 428 އަށް އަރާފައެވެ.

16 މާރޗް 2020 | ހޯމަ 11:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޞިއްޙީ ހާލަތު ރަނގަޅު ނަމަ މި ދަނޑިވަޅުގައި މާސްކް ބޭނުން ކުރުން ހުއްޓާލާ! މަޖްބޫރު ޙާލަތުގަ މާސްކް ބޭނުންކުރަން ޖެހޭ މީހުން ބައިވަރު!

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު، ވައިރަސްޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި ފްރޮންޓްލައިނުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނާއި، ޞިއްޙީ އެހީތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މަސައްކަތް ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރީސް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވެއްޖެއެވެ. ކޮވިޑްް-19 ގެ ޙާލަތު ބަޔާންކުރުމަށް ޑަބްލިއުއެޗްއޯއިން އާދައިގެ މަތިން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ޑރ. ޓެޑްރޯސް ވިދާޅުވީ، ޢާންމު ފަރުދުން މި ދަނޑިވަޅުގައި ޢާންމު ޞިއްޙި ޙާލަތު ރަނގަޅުނަމަ، މާސްކް ބޭނުން ކުރުން ހުއްޓާލަން ޖެހޭކަމަށެވެ. އަދި މި ވަގުތު މާސްކް ބޭނުން ކުރުން އެންމެ މުހިންމުވެގެންވަނީ ކޮވިޑް-19 ގެ ބަލި މީހުންނާއި، އެބާވަތުގެ ބަލިތައް ޖެހިފައިވާ މީހުންނާއި، މިފަދަ މީހުންނަށް ފަރުވާދެމުންދާ ޞިއްޙީ އެހީތެރިންކަމަށެވެ. ޞިއްޙީ އެހީތެރިންނާއި ނުލައި ކޮވިޑް-19 އާއި ހަނގުރާމަ ނުކުރެވޭނެކަމަށާއި، އެހެންކަމުން އެފަރާތްތަކުގެ ރައްކަލަކަށް އެންމެންވެސް މަސައްކަތްކުރުން މުހިންމުކަމަށް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.

ޑރ. ޓެޑްރޯސް ވަނީ މި ދަނޑިވަޅުގައި ޞިއްޙި އެހީތެރިން، ރައްކާތެރިކަމަށް ބޭނުންކުރާ އާލާތްތައް އުފައްދާ މިންވަރު އިތުރުކުރުމަށް މި ފަދަ ބާވަތްތައް އުފައްދާ ކުންފުނިތަކައް ގޮވާލާފައެވެ.

16 މާރޗް 2020 | ހޯމަ 11:28
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 112 އަށް

އިންޑިއާގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރު ފަތުރާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑީއިރު އެޤައުމުން 19 މީހުން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ. އިއްޔެ ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މަހާރާޝްތުރާ ސްޓޭޓުގެ 15 މީހުންނާއި، ކެރެލާ ސްޓޭޓުން 4 މީހުންނެވެ. މިއާއެކު އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 112 އެވެ. އަދި ވައިރަސްގައި ދެމީހުން ވަނީ މަރުވެފައެވެ.

ވައިރަސް ފެތުރިފައިވާ ސްޓޭޓުތަކުގެ ތަފުޞީލު:

* މަހާރާޝްތުރާ ސްޓޭޓް: 33 ކޭސް

* ކެރަލާ ސްޓޭޓް: 24 ކޭސް

* އުއްތަރު ޕްރަދޭޝް: 12 ކޭސް

* ކަރްނާޓަކާ ސްޓޭޓް: 07 ކޭސް

* ވެރިރަށް ނިއު ދިއްލީ : 07 ކޭސް

16 މާރޗް 2020 | ހޯމަ 09:57
Writer Profile Picture
ދާނިޝް ނިޡާމް
ކޮވިޑް-19: ޝެރަޓަން މޯލްޑިވިސް އިން ނެގި ދެ ސާމްޕަލް ނެގަޓިވް

ޝެރަޓަން އައިލަންޑް ރިސޯޓުން ކޮވިޑް-19 ގެ އަލާމާތްތައް ހުރުމުން ޓެސްޓް ކުރި ދެ މީހުން ނެގަޓިވްކަމަށާއި އެ ރަށް މޮނިޓަރިނގް ހާލަތުން ނަގާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

16 މާރޗް 2020 | ހޯމަ 09:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސަރބިއާގައި ކުއްލި ޙާލަތު އިޢުލާނުކޮށްފި

ސަރބިއާގައި ކުއްލި ޙާލަތު އިޢުލާންކޮށްފިއެވެ. ރައީސް އެލެކްސޭންޑަރ ވުސިފް ނެރުއްވި ރިޔާސީ ޤަރާރުގައިވާ ގޮތުން، ކުއްލި ޙާލަތުގެ އަމުރުގެ ދަށުން، ސްކޫލްތަކާއި، ނަރސަރީތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ތަމްރީނު ޕްރޮގުރާމުތަކާއި، ހުރިހައި ކުޅިވަރު ޙަރަކާތްތައް ބަންދުވާނެއެވެ. ރިޔާސީ ޤަރާރު އިއްވެވުމަށް ފަހު ވުސިފް ވިދާޅުވީ، ކުއްލި ޙާލަތު އަމުރު އިޢުލާންކުރީ އެންމެންގެ ސަލާމަތާއި ރައްކަލަކަށް ކަމަށާއި، ވަކިން ޚާއްޞަކޮށް މައިންނާއި އުމުރުން ދުވަސްވީ މީހުން ވައިރަސް އިން ސަލާމަތްކުރުމުގެ އަޒުމުގައި ކަމަށެވެ.

އަދި އާދީއްތަ ދުވަހުގެ ދަންވަރު 12 އިން ފެށިގެން ބޭރު އެއްވެސް ޤައުމަކުން އެޤައުމަށް މީހުން ނޭރުވުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ވައިރަސް ފެތުރިފައިވާ ޤައުމަކަށް ދަތުރުކުރުމަށް ފަހު ، އެނބުރ ޤައުމަށް އަތުވެއްޖެނަމަ، 14-28 ދުވަހާއި ދެމެދުގެމުއްދަތަކައް ކަރަންޓީން ކުރެވޭނެއެވެ.

ކަރަންޓީން ކުރުމުގެ އުޞޫލުތަކައް ތަބާނުވާ މީހުން 3 އަހަރުގެ މުއްދަތަކައް ޖަލަށްލުމަށްވެސް އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

16 މާރޗް 2020 | ހޯމަ 09:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑިއިރު އިރާނުން 100 މަރު

ފާއިތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި އީރާނުން ވައިރަސް ޖެހިގެން 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އީރާނުގެ އިސް މަސްއޫލުވެރިންނާއި ޙަވަލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިހާތަނަށް އާއިރު13,938ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

16 މާރޗް 2020 | ހޯމަ 09:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޮސްޓްރޭލިއާގެ ވެރިރަށުގައި ކުއްލި ޙާލަތު އިޢުލާންކޮށްފި

އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގައި ކުއްލި ޙާލަތުގެ ޢަމުރު މިއަދު އިޢުލާންކޮށްފިއެވެ.

ވެރިރަށް ކެންބެރާގައި ކުއްލި ޙާލަތު އިޢުލާންކުރީ އޮސްޓްރޭލިޔާގެ އެކިކަންކޮޅުތަކުން 500 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 5 މީހަކު ވައިރަސްގައި މަރުވުމާއި ގުޅިގެން ވައިރަސް ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ.

އޮސްޓްރޭލިއާ ސަރުކާރުން ކުއްލި ޙާލަތުގެ އަމުރު އިޢުލާންކުރުމާއެކު، އާންމު އެއްވުން މަނާވެ، ވަކި ޚިދުމަތްތަކެއް މެދު ކެޑި، ބައެއް އޮފީސްތަކުގެ ޚިދުމަތްވެސް މެދު ކަނޑާލާނެއެވެ.

16 މާރޗް 2020 | ހޯމަ 09:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލުބްނާން "ލޮކްޑައުން" ކޮށްފި

މިކަން ހާމަކުރައްވަ ވެރިރަށް ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ލުބްނާނުގެ އިންފޮރމޭޝަން މިނިސްޓަރު މަނާލް އަބްދުލް ސަމަދު ވިދާޅުވީ، ދެ ހަފުތާގެ މުއްދަތައް އެޤައުމަށް އަރާ ނުފޭބޭ ގޮތައް، ސަރުކާރުން ކަނޑައަޅާ އާއްމުކޮށް އިޢުލާނުކުރާ ކަމަށެވެ. ލުބުނާނު ސަރުކާރުގެ މި ނިންމުމާއެކު، ރޭ ދަންވަރު 12 އިން ފެށިގެން މާރިޗު މަހުގެ 29 ވަނަ ދުވަހުގެ ދަންވަރު 12 ޖެހުމާއި ހަމަޔަށް އެޤައުމުގެ އެއްގަމާއި، ވައިގެ ބަނދަރުތަކާއި، ޞަރަހައްދީ ބޯޑަރުތައް ބަންދުވާނެއެވެ.

މިނިސްޓަރ ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް ރައްޔިތަކު ގެއިން ނުނިކުންނަން އަންގަވާފައެވެ. އަދި އެޤައުމުގެ ޞިއްޙަތާއި، ސަލާމަތައި ގުޅުން ހުރި އޮފީސްތައް ފިޔަވައި ހުރިހައި އޮފީސްތަކާއި އިދާރާތައްވެސް ވަނި ބަންދުކޮށްފައެވެ. އަދި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތީގެ ވިޔަފާރީ ނޫން އެހެން ހުރިހާ ވިޔަފާރިއެއްވެސް ވަނީ ބަންދުކޮށްފައެވެ.

ލުބްނާނުގައި 100 މީހުންނަށް ވައިރަސް ޖެހިފައިވާއިރު، ވައިރަސްގައި ތިން މީހަކު ވަނި މަރުވެފައެވެ.

16 މާރޗް 2020 | ހޯމަ 09:01
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަަދު 3،000އަށް ވުރެ މައްޗަށް

އެމެރިކާގެ ޓީވީ ނެޓްވަރކް ސީއެންއެން އިން ޚަބަރު ފަތުރާގޮތުގައި އެޤައުމުގައި މިހާތަނަށް ވައިރަސް ޖެހިފައިވަނީ 3،400 މީހުންނަށެވެ. އަދި ވައިރަސްގައި ފަރުވާދެމުންދަނިކޮށް 65 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާގެ 49 ސްޓޭޓަކަށް މިހާރު ވަނީ މިވައިރަސް ފެތުރިފައެވެ. ހަމަ އެކަނި ވައިރަސް ނުފެތުރި އޮތިީ ވެސްޓް ވަރިޖީނިއާ ސްޓޭޓެވެ.

16 މާރޗް 2020 | ހޯމަ 08:29
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ގުއާޓިމާލާއިން ފުރަތަމަ މަރު

ގުއާޓިމާލާގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވައިރަސްގައި ފަރުވާދެމުން ދަނިކޮށް މަރުވީ އުމުރުން 85 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ވައިރަސް ޖެހުނީ، ދާއިދ ފަހުން ސްޕެއިންގެ މެޑްރިޑަށް ކުރި ދަތުރުގެތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ގުއާޓިމާލާއިން މި ވައިރަސްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

16 މާރޗް 2020 | ހޯމަ 08:26
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްގައި މަރުވި މީހުންގެ އަދަދު 6،000އަށް ވުރެ މައްޗަށް އަރައިފި

ދުނިޔޭގެ 157 ޤައުމަކަށް ވައިރަސްގެ އަސަރުކޮށްފައިވާއިރު، 169,605 މީހަކަށް މި ވައިރަސް ޖެހި، ވައިރަސްއަށް ފަރުވާ ހޯދަމުން ދަނިކޮށް މިހާތަނަށް، 6,516 މީހުން ވަނީ މަރުވެފައެވެ. ފަރުވާ ހޯދި މީހުންގެ ތެރެއިން 77,770 ރަނގަޅުވީ އިރު، އަދިވެސް 85,319 މީހުން ފަރުވާ ހޯދަމުން އެބަދެއެވެ. މީގެތެރެއިން 5,921 މީހުން ތިބީ ވަރަށް ނާޒުކު ޙާލަތްތަކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވައިރަސް އެންމެ ހަލުވި މިނެއްގައި ފެތުރެމުންދާ ޤައުމުތަކަކީ:

* ޗައިނާ:80,860 ކޭސް / 3,213 މަރު

* އިޓަލީ:24,747 ކޭސް/ 1,809 މަރު

* އިރާން:13,938 ކޭސް/ 724 މަރު

* ދެކުނު ކޮރެއާ:8,236 ކޭސް/ 75 މަރު

* ސްޕެއިން:7,845 ކޭސް/ 292 މަރު

* ޖަރުމަން:5,813 ކޭސް/ 11 މަރު

* ފްރާންސް:5,423 ކޭސް/ 127 މަރު

* އެމެރިކާ:3,777 ކޭސް/ 69 މަރު

16 މާރޗް 2020 | ހޯމަ 08:22
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ހުންއައިސް، އަރިދަފުސްއަޅާ، ކެއްސާނަމަ މި ފްލޫ ކްލިނިކްތަކުގެ އެހީ ހޯއްދަވާ! ޑޮކްޓަރަށް ދެއްކުން ހިލޭ!

ރާއްޖޭގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި ހުރިހައ ބޭފުޅުން ވެސް މިކަމަށް ސަމާލުވެ، ކިރިޔާވެސް މި ބަލީގެ އަލާމާތެއް ފެންނަަނަމަ ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ. އެނޫނަސް ކިނބިހި އަޅާ، ކެއްސާ، އަރިދަފުސް ރޯގާގެ އުދަގޫވާނަމަ، ނުވަތަ ހުން އަންނަމަވެސް ވަގުތުން ޑޮކްޓަރެއްގެ ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެސް. ސަރުކާރުން މިހާރު ވަނީ ކޮވިޑް-19 އާއި ގުޅިގެން މިކަމަށް ޚާއްޞަ ތިން ފްލޫ ކްލިނިކެއް ހުޅުވާފައެވެ. އެގޮތުން ސެނެހިޔާ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް، ސިނަމާލެ ފުރަގަހުގައި ފްލޫ ކްލިނިކެއް އަދި ހުޅުމާލެ ޕްރީސްކޫލްގައި ވަނީ ފްލޫ ކްލިނިކެއް ޤާއިމުކޮށްފައެވެ. މީގެތެރެއިން ހުޅުމާލެ ޕްރީސްކޫލްގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަ ކްލިނިކެކެވެ. މި ތިން ކްލިނިކުންވެސް ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގައެވެ.

ފްލޫ ކްލިނިކްތަކުގެ ތަފުޞީލު އަންގައިދޭ އެޗްޕީއޭގެ ޕޯސްޓަރ
16 މާރޗް 2020 | ހޯމަ 07:54
Writer Profile Picture
ލައިޝާ އަހްމަދު
އެމެރިކާގެ ފެޑެރަލް ރިޒަރވްގެ އިންޓްރަސްޓް ރޭޓް ސުމަކަށް ދަށްކޮށްފި

އެމެރިކާގެ ސެންޓްރަލް ބޭންކުގެ ފެޑެރަލް ރިޒަރވްގެ އިންޓްރަސްޓް ރޭޓް ދަށްކޮށްފިއެވެ. އެގޮތުން އާދިއްތަ ދުވަހު ފެޑެރަލް ރިޒަރވުން އިއުލާނުކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅިގެން ފެޑެރަލް ރިސަރވްގެ އިންޓްރަސްޓް ރޭޓް ވަނީ ސުމަކަށް ދަށް ކޮށްފައެވެ.

އެންމެ ފަހުން އެ ޤައުމުގެ ފެޑެރަލް ރިޒަރވް ސުމަކަށް ގޮސްފައިވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގެ ތެރޭގައެވެ.

އޭގެ އިތުރުން، ފެޑެރަލް ރިޒަރވުން އިތުރު 700 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ބޮންޑުތަކާއި، މޯޓޭޖް ސެކިއުރިޓީތައް ގަތުމަށް ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.

ސެންޓްރަލް ބޭންކުގެ ފެޑެރަލް ރިޒަރވުން ވަނީ ބޭންކް އޮފް ކެނެޑާ، ބޭންކް އޮފް އިންގްލޭންޑް، ބޭންކް އޮފް ޖަޕާން އަދި ޔޫރޮޕިއަން ސެންޓްރަލް ބޭންކުގެ އިތުރުން، ސްވިސް ނޭޝަނަލް ބޭންކާއި ގުޅިގެން އެ ޤައުމުތަކުގެ ފައިސާގެ އެކްސްޗޭންޖް ރޭޓް ލުއި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

16 މާރޗް 2020 | ހޯމަ 02:59
Writer Profile Picture
ލައިޝާ އަހްމަދު
ޓީޗަރުންނާއި ދަރިވަރުންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމަށް މަޝްވަރާކުރަނީ

ގްރޭޑް 10 އަކާއި 11 ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން އޮންލައިން ޓެލެ ކްލާސް ޕްރޮގްރާމްތަކެއް ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުނިތަކާއި ގުޅިގެން ޓީޗަރުންނާއި ދަރިވަރުންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން އާދިއްތަ ދުވަހުގެ ވަގުތެއްގައި ދިރާގާއި ބައްދަލުކޮށްފައިވާ ކަމަށާއި، ޓީޗަރުންނާއި ދަރިވަރުންނަށް ފޯރުކޮށްދެވިދާނެ ޕެކޭޖްތަކާއި އެކަމުގެ ތަފްސީލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށާއި، އެކަމުގައި ފެހި ސިގްނަލް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން، ހޯމަ ދުވަހު އުރީދޫއާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، އެ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން މި ފެށި ޕްރޮގްރާމުގެ ޒަރިއްޔާއިން ދަރިވަރުންނަށް ހުރިހާ ފިލާވަޅެއް ނަގާދެވޭނެ ކަމަށާއި، އެދުވަހެއްގެ ޓައިމް ޓޭބަލް ޓްވީޓަރ އާއި ފޭސްބުކްގެ އިތުރުން އެކި ވާސީލަތައް މެދުވެރިކޮށް ސްކޫލުތަކުން އޭގެ މައުލޫމާތު ބެލެނިވެރިންނާ ހިއްސާކުރަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ކްލާސްތައް ކުރިއަށްދާއިރު، ދަރިވަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ދަރިވަރުންނަށް ޓީޗަރުންނާއެކު އިންޓަރެކްޓް ސެޝަންތައް ކުރިއަށްގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރިކޯޑްކުރެވިގެން ކުރިއަށްގެންދާ މިކްލާސްތައް ޔޫޓިއުބް، ފޭސްބުކް އަދި ޕޯޓަލް މެދުވެރިކޮށް ވެސް ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

16 މާރޗް 2020 | ހޯމަ 02:12
Writer Profile Picture
އުމްނާ އިސްމާއިލް
ހަފްތާއަކަށް ބަގުދާދުގައި ކަރފިއު އިއުލާނުކުރަނީ

ހަފްތާއަކަށް ބަގުދާދުގައި ކަރފިއު އިއުލާނުކުރާނެ ކަމަށް އެގައުމުން ބުނެފިއެވެ.

އެގައުމުގެ ބޮޑު ވަޒީރު ގެ އޮފީހާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ 11 އިން ފެށިގެން މާރޗް 23 އަށް ކަރފިއު އިއުލާނުކުރާނެ ކަމަށެވެ.

16 މާރޗް 2020 | ހޯމަ 02:10