ކޮވިޑް-19: އެންމެ ފަހުގެ

19,946,863
  • ކެރެލާއިން ކޮރޯނާއަށް ޕޮޒިޓިވް ވީ ވުހާން އިން އެނބުރި އައި 3 ދަރިވަރުން
  • ކޮރޯނާ ވައިރަސްއަކީ ކެރެލާ ސްޓޭޓަށް ކުރިމަތިވި ގެއްލުންދެނިވި ކާރިޘާއެއްގެ ގޮތުގައި ކަނޑައަޅައިފި
  • އެމެރިކާގައި 260 މީހަކު ކޮރޯނާއަށް ޓެސްޓް ކުރަނީ
 
Writer Profile Picture
ލައިޝާ އަހްމަދު
ކެރެލާއިން ކޮރޯނާއަށް ޕޮޒިޓިވް ވީ ވުހާން އިން އެނބުރި އައި 3 ދަރިވަރުން

ކެރެލާއިން ކޮރޯނާއަށް ޕޮޒިޓިވް ވީ ވުހާން އިން އެނބުރި އައި 3 ދަރިވަރުން، ކެރެލާއިން ޓެސްޓުކުރި 140 ސާމްޕަލްގެ ތެރެއިން 46 ސާމްޕަލް މިހާތަނަށް ވަނީ ނެގެޓިވްވެފައި، އަދި 3 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި.

4 ފެބްރުއަރީ 2020 | އަންގާރަ 00:28
Writer Profile Picture
ލައިޝާ އަހްމަދު
ކޮރޯނާ ވައިރަސްއަކީ ކެރެލާ ސްޓޭޓަށް ކުރިމަތިވި ގެއްލުންދެނިވި ކާރިޘާއެއްގެ ގޮތުގައި ކަނޑައަޅައިފި

އިންޑިއާގެ ކެރެލާ ސްޓޭޓުން، ކޮރޯނާ ވައިރަސްއަކީ އެސްޓޭޓަށް ކުރިމަތިވެފައިވާ ކާރިޘާއެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. ކެރެލާއިން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި 3 މީހުންވެސް ވަނީ ޕޮޒިޓިވްވެފައެވެ.

4 ފެބްރުއަރީ 2020 | އަންގާރަ 00:19
Writer Profile Picture
ޙުސައިން މަޚްތޫމް
އެމެރިކާގައި 260 މީހަކު ކޮރޯނާއަށް ޓެސްޓް ކުރަނީ

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން 260 މީހެއްގެ ތަހުލީލުކުރަމުންދާ ކަމަށް ހާމަކޮށްފިއެވެ. ސީޑީސީން ބުނެފައިވަނީ އެމީހުން ތަހުލީލުކުރަމުންދަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ އެމެރިކާގެ 36 ސްޓޭޓެއްގެ މީހުންނެވެ. އަދި މިއީ އެންމެ ފަހުން ސީޑީސީން އާންމުކުރި މީހުންގެ ލިސްޓުގައި ހިމެނޭ މީހުންނަށްވުރެ 19 މީހުން ގިނަ އަދަދެކެވެ. ތަހުލީލު ކުރަމުންދާ 260 މީހުންގެ ތެރެއިން 11 މީހުން ޕޮޒިޓިވްކަމަށް ދައްކައެވެ. އަދި 167 މީހުން ވައިރަސްއަށް ނެގެޓިވް އިރު 82 މީހެއްގެ ޓެސްޓް ނަތީޖާ އަދި ނުލިބެއެވެ.

3 ފެބްރުއަރީ 2020 | ހޯމަ 22:39
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮރޯނާއަށް ޕޮޒިޓިވް މީހުންގެ އަދަދު 17000 ގައި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް މިހާތަނަށް 17386 މީހުންނަށް ޖެހިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އަދި މި ބަލީގައި މިހާތަނަށް 362 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޗައިނާ ފިޔަވައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް މީހުން އެންމެ ގިނައީ ޖަޕާނުގައެވެ. ޖަޕާނުން މި ބައްޔަށް 20 މީހުން ޕޮޒިޓިވް ވެފައިވާއިރު، ދެން އެންމެ ގިނައިން މި ބަލި ފެނިފައިވަނީ ތައިލެންޑުންނެވެ.

ކޮރޯނާވައިރަސްގެ ތަފާސް ހިސާބުތައް
3 ފެބްރުއަރީ 2020 | ހޯމަ 20:08
Writer Profile Picture
ޙުސައިން މަޚްތޫމް
ޗައިނާގެ މެއިން ލޭންޑުން ހޮންގުކޮންގް އަށް މީހުން އެތެރުން މަނާކޮށްފި

ޗައިނާގެ މެއިން ލޭންޑުން ހޮންގުކޮންގް އަށް މީހުން އެތެރުން މަނާކޮށްފިއެވެ. ހޮންކޮންގް އިން މި ނިންމުން ނިންމާފައިވަނީ 2003 ވަނަ އަހަރު ޗައިނާގައި ފެތުރުނު ސާސް ރޯގާގައި މަރުވި މީހުންނަށްވުރެ ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ސަލާމަތީގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.

3 ފެބްރުއަރީ 2020 | ހޯމަ 20:02
Writer Profile Picture
ޙުސައިން މަޚްތޫމް
ސާސް ރޯގާގައި މަރުވި މީހުންނަށްވުރެ ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރު

2000 ގެ ކުރީ ކޮޅުގައި ޗައިނާގައި ހަލުވިކަމާއެކު ފެތުރުނު ސާސް ރޯގާއަށްވުރެ ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ޗައިނާގެ ހުރިހާ ސިޓީއަކަށް ފެތުރި ދުނިޔޭގެ 24 ގައުމަކުން މި ވައިރަސް ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.

އާދިއްތަ ދުވަހާ ހަމައަށް ޗައިނާގައި އެކަނި ކޮރޯނާ ވައިރަސް ޖެހިގެން 361 މީހަކު މަރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ އިރު، ސާސް ރޯގާއާއި ގުޅިގެން ޗައިނާއިން މަރުވެފައިވަނީ 349 މީހުންނެވެ. ކޮރޯނާވައިރަސް 17200 މީހުން މިހާތަނަށް ޖެހިފައިވާކަން ކަށަވަރުކުރެވިފައިވާ އިރު، މިއީ 2003 ވަނަ އަހަރު ސާސް ރޯގާ ފެތުރުނު އިރު އެ ބަލި ޖެހުނު މީހުންނަށްވުރެ އިތުރު އަދަދެއްކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް 361 މީހަކު ކޮރޯނާވައިރަސްގައި މަރުވެފައިވާ އިރު، ޗައިނާއިން ހާމަކޮށްފައިވަނީ މި ވައިރަސް ޖެހުނު 480 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ނުރައްކާ ކުޑަ ކަމަށާއި، މި ވައިރަސް ޖެހުނު މީހުންގެ 6 އިންސައްތަ މީހުން މަރުވި ނަމަވެސް، އެ ހާލަތު މިހާރު ބަދަލުވެގެން އަންނަ ކަމަށެވެ.

3 ފެބްރުއަރީ 2020 | ހޯމަ 19:59
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގެ އިތުރުން މިހާތަނަށް ކޮރޯނާވައިރަސް ފެނިފައިވަނީ 24 ޤައުމަކުން

ޗައިނާގެ އިތުރުން މިހާތަނަށް 24 ޤައުމަކުން ނޮވެލް ކޮރޯނާވައިރަސް ފެނިފައިވާއިރު، މިހާތަނަށް އެންމެ ގިނައިން ވައިރަސް ޖެހިފައިވާ މީހުން ފެނިފައިވަނީ އިރުމަތީ އޭޝިޔާގެ ޤައުމުތަކުންނެވެ. އެގޮތުން ބަލާއިރު އެންމެ ގިނަ ކޭސް މިހާތަނަށް ރިކޯޑުކުރެވިފައިވަނީ ޖަޕާނުންނެވެ. އެއީ 20 މީހުންނެވެ. ދެވަނަޔަށް އެންމެ ގިނައިން ފެނިފައިވަނީ ތައިލޭންޑުންނެވެ. އެއީ 19 މީހުންނެވެ. ޔޫރަޕަށް ބަލާއިރު، ޖަރުމަންވިލާތުން 10 މީހުން، ފްރާންސުން 6 މީހުން، އިގިރޭސި ވިލާތުން 2 މީހުން، އިޓަލީން 2 މީހުން، ފިންލޭންޑާއި، ސްވިޑަން އަދި ސްޕެއިން، މިއިން ކޮންމެ ޤައުމަކުންވެސް އެކަކު ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ރަޝިޔާއިން ވެސް މިހާތަނަށް 2 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން އެމެރިކާ، ކެނެޑާ އިންވެސް ވައިރަހަޑށް މީހުން ޕޮޒިޓިވްވެފައިވެއެވެ.

3 ފެބްރުއަރީ 2020 | ހޯމަ 13:45
Writer Profile Picture
ޒިހްނަތު ހަސަން
ވިއެޓްނާމުގައި "ޕަބްލިކް ހެލްތު އެމަރޖެންސީ" އިޢުލާންކޮށްފި

ވިއެޓްނާމް ސަރުކާރުން އެޤައުމުގައި "ޕަބްލިކް ހެލްތު އެމަރޖެންސީ" އިޢުލާންކޮށްފިއެވެ. މިކަން ހާމަކޮށް އެޤައުމުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ މިފަދަ ޙާލަތެއް ކަނޑައަޅަން ޖެހުނީ އެޤައުމުގެ 63 ޕްރޮވިންސްގެ ތެރެއިން 4 ޕްރޮވިންސަކުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނުމާއި ގުޅިގެން ކަމަށެވެ. ވިއެޓްނާމުގެ 8 މީހަކު މިހާރުވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މި އެންމެންނަކީވެސް އެކީ ބޭނުންތަކަށް ޗައިނާގެ ވުހާންސިޓީއަށް ދަތުރުކޮށްފައިވާ މީހުންކަމަށް ޚަބަރު ލިބެއެވެ.

3 ފެބްރުއަރީ 2020 | ހޯމަ 13:38
Writer Profile Picture
ޒިހްނަތު ހަސަން
ވިއެޓްނާމުން އިތުރު 3 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ވިއެޓުނާމުގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، ޗައިނާގެ ވުހާން ސިޓީއަށް ދަތުރުކުރުމަށް ފަހު އަނބުރާ ޤައުމަށް އައި 3 މީހުން ޓެސްޓުކުރި އިރު 3 މީހުންވެ ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ވިއެޓްނާމުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 8 އެވެ.

3 ފެބްރުއަރީ 2020 | ހޯމަ 13:35
Writer Profile Picture
ޒިހްނަތު ހަސަން
ޖަޕާނުން ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު 3 މީހުން ފެނިއްޖެ

ޖަޕާނުގެ ޞިއްޙަތާބެހޭ ވުޒާރާއާއި ޙަވަލާދީ އެޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނުނު ތިން މީހެއްގެގައިން ލޭގެ ސާމްޕަލް ނަގައިގެން ޓެސްޓް ކުރި އިރު، އެތިން މީހުންވެސް ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއަދު އަލަށް ރެކޯޑުކުރެވުނު ކޭސްތަކާއެކު، ޖަޕާނުގައި ކޮރޯނާވައިރަސް ޖެހުނު މީހުގެ ޢަދަދު ވަނީ 20 އަށް އަރާފައެވެ.

3 ފެބްރުއަރީ 2020 | ހޯމަ 13:31
Writer Profile Picture
ޒިހްނަތު ހަސަން
ހުބޭއި ޕްރޮވިންސްގައި ތިބި ޖަޕާނު ރައްޔިތުން އަންނަ ހަފުތާގައި ބާލާނެކަމަށް ޖަޕާނުން ބުނެފި

މިކަން ހާމަކޮށް ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރަމުންދާ ޗައިނާގެ ހުބެއި ޕްރޮވިންސްގައި ތިބި ޖަޕާނު ރައްޔިތުން އެ ޕްރޮވިންސުން ބޭލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ބާކީ ތިބި ޖަޕާނު ރައްޔިތުން ނަގަން މި ހަފުތާގެ މެދުތެރޭގައި ޗާޓަރު ފްލައިޓެއް ޗައިނާއަށް ފޮނުވާނެކަމަށެވެ.

3 ފެބްރުއަރީ 2020 | ހޯމަ 13:27
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާ މީހުންނަށް ނޮން-ރެޒިޑެންޓް ވިސާ ދޫކުރުން ނިއުޒިލޭންޑުން ވަގުތީ ގޮތުން ހުއްޓާލައިފި

ނިއުޒިލޭންޑުގައި ޢާންމުކޮށް ދިރިނޫޅޭ ޗައިނާ ރައްޔިތުން ފިޔަވައި ޗައިނާ އެހެން ރައްޔިތުންނަށް ނޮން-ރެޒިޑެންޓް ވިސާ ދޫކުރުން ޗައިނާއިން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މީގެ އިތުރުން ނިއުޒިލޭންޑުން ވަނީ ޗައިނާއަށް ދަތުރުނުކުރުމަށް އެޤައުމުގެ ރައްޔިތުންނަށް ހަރުކަށި އިންޒާރެއް ނެރެފައެވެ.

3 ފެބްރުއަރީ 2020 | ހޯމަ 13:25
Writer Profile Picture
ޒިހްނަތު ހަސަން
ވުހާން ސިޓީގައި ތިބި ވިލާތު ޤައުމުތަކުގެ ރައްޔިތުން އެސިޓީން ބާލައިފި

އެންމެ ފަހުގެ ޚަބަރުތަކައް ބަލާލާއިރު، ފްރާންސްގެ ފްލައިޓެއްގައި ވުހާން ސިޓިގައި ތިބި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް ނިޞްބަތްވާ 254 މީހުން މިއަދުގެ ހެދުނުގެ ވަގުތެއްގައި ވަނީ ވުހާން ސިޓީން ނެރެފައެވެ. މިމީހުން ގެންދިޔައީ ދެކުނު ފްރާންސްގެ އިސްތްރޭސް އެއަރ ބޭސް އަށެވެ. ފްރާންސްގެ ހެލްތު މިނިސްޓަރ އަގްނޭސް ބުޒީން ވިދާޅުވީ، އިތުރު ޓެސްޓުތަކަށް ފަހު މިއަދުގެ ވަގުތެއްގައި މީގެތެރެއިން 124 މީހުން އެމީހުން ޤައުމުތަކަށް ފޮނުވާލާނެކަމަށެވެ. ބާކީ ތިބި މީހުންގެ ތެރޭގައި ޔޫރަޕުގެ 30 ޤައުމަކަށް ނިޞްބަތްވާ މީހުންނާއި އެހެން ބައްރުތަކުގެ މީހުން ހިމެނެއެވެ. މީގެތެރޭގައި މެކްސިކޯ، ރުވާންޑާ، ޖޯޖިއާ ފަދަ ޤައުމުތަކުގެ ރައްޔިތުން ހިމެނެއެވެ. މި 60 އަނބުރާ ޤަައުމަށް ފޮނުވާލާނީ 14 ދުވަސްވަންދެން ފްރާންސްގައި ކަރަންޓީކޮށް ފަރުވާދިނުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

3 ފެބްރުއަރީ 2020 | ހޯމަ 13:21
Writer Profile Picture
ޒިހްނަތު ހަސަން
އެމެރިކާއިން 11 މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ބެހޭ ގޮތުން އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ 11 ރައްޔިތަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަން މިހާތަނަށް ކަށަވަރުވެފައިވާކަމަށާއި، މިކަމާއި ގުޅިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެކަމަށެވެ. އަދި އެމެރިކާ ރައްޔިތުން ކޮރޯނާވައިރަސްއާމެދު ކަންބޮޑުނުވުމަށް ޓްރަމްޕްވަނީ އެދިވަޑައިގެންފައެވެ.

އެމެރިކާއިން މިހާރުވަނީ ޕަބްލިކް ހެލްތު އެމަރޖެންސީ އިޢުލާންކޮށްފައެވެ. އެޤައުމުގެ ޑިޕާރޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން މިކަމަށް ޚާއްޞަ ޕްރޮޓޮކޯލްއެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން ފާއިތުވެދިޔަ 14 ދުވަހު ޗައިނާއަށް ޒިޔާރަތްކޮށްފައިވާ އެމެރިކާގެ ރައްޔިތުން 14 ދުވަސްވަންސެން ކަރަންޓީން ކުރުމަށް ވަނީ ކަނޑައަޅާފައެވެ. ޓެރެވެލް އެޑްވައިޒަރީތަކަށް ބަލާއިރު، ޗައިނާއިން އަންނަ ފަތުރުވެރިން އެމެރިކާއަށް މިދަނޑިވަޅުގައި ނޭރުވުމަށް ނިންމާ، ކުރިޔާލާ ޗައިނާއަށް ދަތުރުކުރަން ބުކިންގ ހަދާފައިވާ އެމެރިކާގެ ރައްޔިތުން އެެހެން މަންޒިލްތަކަށް ދަތުރުތައް ބަދަލުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.

3 ފެބްރުއަރީ 2020 | ހޯމަ 12:45
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި "ފޭސް މާސްކް" އުފައްދާ މިންވަރު ދެގުނަ އިތުރުކޮށްފި

ޗައިނާގެ ނެޝަނަލް ޑެވެލޮޕްމެންޓް އެންޑް ރީފޯރމް ކޮމިޝަނުން ބުނެފައިވަނީ، އެޤައުމުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ބަލިމަޑުކަމާހުރެ، މާސްކް ފަދަ ޒަރޫރީ މެޑިކަލް އާލާތްތައް އުފައްދާ މިންވަރު ދެގުނަ އިތުރުކުރަން ޖެހިފައިވާކަމަށެވެ. މީގެތެރެއިން މިހާރު އެންމެ އަހައްމިއްޔަތުކަމެއްދެނީ މާސްކް އުފައްދާ މިންވަރު އިތުރުކުރަން ކަމަށެވެ. މާސްކް އުފައްދާ ކުންފުނިތަކުގެ މަސައްކަތުގެ މިންވަރު އިތުރުކުރަން ޖެހުމުން އެކުންފުނިތަކައް ލިބެމުންދާ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭނޭކަމުގެ ޔަޤީންކަން އަރުވާ އެކޮމިޝަނުން ވަނީ މާސްކް އުފައްދާ މިންވަރު ދެގުނައަށް އިތުރު ކުރަން އެފަދަ ކުންފުނިތަކައް އަންގާ ޢާންމުކޮށް އިޢުލާންކޮށްފައެވެ. އެކޮމިޝަނުގެ ޑެޕިއުޓީ ހެޑް ލިއާން ވެއިލިއާން ވިދާޅުވެފައިވަނީ، ކުންފުނިތަކުގެ މަސައްކަތް ދެގުނަ އިތުރުކުރުމުން، ކުންފުނި އޮޕަރޭޓް ކުރުމަށް އުދަނގޫތަކާއި ކުރިމަތިލާންޖެހޭކަން ޤަބޫޅުފުޅު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް، މި ފަދަ ޙައްޞާޞީ ދަނޑިވަޅެއްގައި ޤައުމުގެ ޙާލަތައް ބަލައި ހުރިހައި ކުންފުނިތަކުން މަސައްކަތްކޮށްދިނުމަށް ލިއާން ވަނީ އެދިވަޑައިގެންފައެވެ.

3 ފެބްރުއަރީ 2020 | ހޯމަ 10:40
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދު 361 އަށް އަރައިފި

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އިން ކޮރޯނާ ވައިރަސްގެ ޙާލަތާއި ބެހޭ ގޮތުން މިއަދު ހެދުނު ޢާންމު ކުރި ބަޔާނުގައި ވަނީ ކޮރޯނާވައިރަސް ގައި މިހާތަނަށް 361 މީހުން މަރުވެފައިވާއިރު، އިތުރު 2،829 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއެކު ޗައިނާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 17،205 ކަމަށް ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

3 ފެބްރުއަރީ 2020 | ހޯމަ 10:28
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖޭން ޓެސްޓްކުރި އެންމެން ކޮރޯނާވައިރަހަށް ނެގެޓިވް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރޯނާވައިރަސް އަށް ރާއްޖެއިން ޓެސްޓުކުރި އެންމެންގެ ނަތީޖާ ލިބިފައިވާ ކަަމަށާއި އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ.

3 ފެބްރުއަރީ 2020 | ހޯމަ 09:33
Writer Profile Picture
ޙުސައިން މަޚްތޫމް
ޗައިނާއިން އަންނަ ފަތުރުވެރިން އެމެރިކާއަށް ވަނުން މަނާކޮށްފި

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާއި ގުޅިގެން، ޗައިނާގެ ފަތުރުވެރިން އެމެރިކާއަށް އެެރުން މަނާކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ބުނެފައިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ޗައިނާއަށް ދަތުރުކޮށްފައިވާ ފަރަތްތަކާއި ޗައިނާއިން އަންނަ ފުލައިޓްތައް އެގައުމަށް އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ.

3 ފެބްރުއަރީ 2020 | ހޯމަ 03:27
Writer Profile Picture
ޙުސައިން މަޚްތޫމް
ވުހާންގައި ތާށިވެ ޕާކިސްތާން ދަރިވަރުން ގޮތްހުސްވެފައި

ވުހާންގައި ތިބި ޕާކިސްތާނުގެ ދަރިވަރުން ގޮތް ހުސްވެ އެ ސިޓީގައި ތަށިވެފައިތިިބި ކަމަށް އެ ދަރިވަރުން ބުނެފިއެވެ. އެ ދަރިވަރުން ވަނީ ވީހާވެސް އަވަހަކަށް އެ ސިޓީން ނެރެ ޕާކިސްތާނަށް އަބުރާ ގެންދިއުމށް އެދިފައެވެ.

ވުހާންގައި ތިބި ޕާކިސްތާން ދަރިވަރުން ބުނެފައިވަނީ ކުރިއަށް އޮތް 10 ވަރަކަށް ދަވަހު އެ ސިޓީގައި ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވެގެންދާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ވަގުތު އެމީހުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި، ސަރުކާރުގައި އެދެނީ ވީހާ ވެސް އަވަހަކަށް އަބުރާ ރައްކާތެރި ތަނަކަށް ގެންދިއުމަށް ކަމަށެވެ.

ވުހާންގައި ތިބި ޕާކިސްތާނުގެ ދަރިވަރުންގެ ތެރޭގައި ކުޑަކުދިންވެސް ތިބި ކަމަށް އެ ދަރިވަރުން ވަނީ ބުނެފައެވެ. އަދި ކުޑަކުދިންނަކީ ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑު އެއް ބައެއްކަން ފާހަގަކުރަމުން ޕާކިސްތާނުގެ ދަރިވަރުން ބުނެފައިވަނީ މިހާތަނަށް ފޯނުން ގުޅުން ނޫން އިތުުރު ކަމެއް ކޮށްފައިނުވާ ކަމަށެވެ.

3 ފެބްރުއަރީ 2020 | ހޯމަ 00:05
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮރޯނާވައިރަސްއާއި ގުޅިގެން އެމެރިކާއިން ކަންބޮޑުވާންޖެހޭ ކަމެއް ނެތް: ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަރޓް އޯ ބްރެއިން ވިދާޅުވީ މިވަގުތައް އެމެރިކާ ރައްޔިތުން ކޮރޯނާވައިރަސްއާއި ގުޅިގެން ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މިއީ އެމެރިކާގެ ރައްޔިތުންނަށް ބިރު އޮތް ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޗައިނާގެ ކަމާބެހޭ އިދާރާތަކާއި ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ވައިރަސް ފެތުރެން ދިމާއި އަސްލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މި ކާރިސާއާއި ގުޅިގެން ޗައިނާއަށް އެހީތެރިވުމަށް އެގައުމުން ނިންމި ނަމަވެސް، އެގައުމުން އެކަމާއި ގުޅިގެން ޗައިނާއިން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައި ނުވާކަމަށެވެ. އަދި މިކަމުގައި ޗައިނާއިން ކުރަމުންދާ ކަންކަން ދެފުށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 23:33
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކާއިން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން އަދި ޗައިނާއިން ގަބޫލުނުކުރާ ކަމަށް އެމެރިކާއިން ބުނެފި

ޗައިނާގައި ހަލުވިމިނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެމެރިކާއިން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން އަދި ޗައިނާއިން ގަބޫލުނުކުރާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 22:35
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ކަރަންޓީނުކުރާ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ އެއް ދެނީ

ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ކަރަންޓީނުކުރާ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ އެއް ދިނުމަށް ނިންމާފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަނުން ބުނީ ރޯގާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅެއްގެ ގޮތުގައި މި ރޯގާއަށް ޝައްކުކުރެވޭ މީހުން ކަރަންޓީނުކުރުމަށް ނިންމަވާފައިވާތީ، މި ރޯގާއާ ގުޅިގެން ކަރަންޓީނުކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުން، ކަރަންޓީނުކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޟިރުނުވެވޭނެތީ، އެ ދުވަސްތަކަށްޚާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ވުމާއެކު، މި ގޮތުން ކަރަންޓީނުކުރެވޭ މުވައްޒަފުން ކަރަންޓީނުކުރެވޭ މުއްދަތަށް ޗުއްޓީގެ ކަންތައްތައް އެ އިދާރާއަކުން ހަމަޖައްސައިދިނުމަށް އެދޭކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދެއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 21:09
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު މެކްސިކޯގައި އުޅުމަށްފަހު އެގައުމުން ފުރައިފި

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު މެކްސިކޯގައި އުޅުމަށްފަހު އެގައުމުން ފުރައިގެންގޮސްފައިވާ ކަމަށް މެކްސިކޯއިން ބުނެފި އެވެ.

މެކްސިކޯއިން ބުނީ އެކަން އެނގިފައިވަނީ ބައިނަލްއަގްވާމީ ފަރާތްތަކުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ. މިހާތަނަށް އާއިރު މެކްސިކޯއިން މިވައިރަސްގެ އަސަރު ހުރި މީހަކު ފެނިފައެއްނުވެ އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 20:53
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރު ކޮށްގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި 37 މީހަކު ދޫކޮށްލައިފި

ކޮރޯނާވައިރަސްގެ އަސަރުކޮށްގެން ވުހާންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ތިބި 37 މީހަކު ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.

މީގެތެރޭގައި 88 އަހަރުގެ މުސްކުޅިއަކުވެސް ހިމެނެއެވެ. މިމީހުން ދެ ހަފްތާވަންދެން ގޭގައި ކަރަންޓީނުވެގެން ތިބޭނެކަމަށް ވުހާންގެ އޮފިޝަލުން ބުނެއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 20:26
Writer Profile Picture
އާއިޝަތު ޝިއުރާ
ހޫބޭ ޕްރޮވިންސްގެ ހާލަތު އަދިވެސް ރަނގަޅުނޫން ކަމަށް އެޕްރޮވިންސްގެ ވައިސް ގަވަރނަރ ވިދާޅުވެއްޖެ

ހޫބޭ ޕްރޮވިންސްގެ ހާލަތު އަދިވެސް ރަނގަޅުނޫން ކަމަށް އެޕްރޮވިންސްގެ ވައިސް ގަވަރނަރ ވިދާޅުވެއްޖެ އެވެ.

މީގެއިތުރުން ބޭނުންވާ ސިއްހީ އާލާތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިބެފައިވާ ކަމަށްވެސް ވައިސް ގަވަރނަރ ވިދާޅުވި އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 20:19