ކޮވިޑް-19: އެންމެ ފަހުގެ

23,483,741
  • ސާމްޕަލް ނެގުމުގެ ކަންކަން ހުރިހާ ރަށަކުން ވެސް ކުރެވޭނެ
  • އިންޑިއާއިން އައިސް ކަރަންޓީންގައި ހުއްޓާ ހާލުބޮޑުވި މީހަކު އައިޖީއެމްއެޗްގައި ނިޔާވެއްޖެ
  • ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވޭ
 
Writer Profile Picture
ޙުސައިން މަޚްތޫމް
ސާމްޕަލް ނެގުމުގެ ކަންކަން ހުރިހާ ރަށަކުން ވެސް ކުރެވޭނެ

ސާމްޕަލް ނެގުމުގެ ކަންކަން ހުރިހާ ރަށަކުން ވެސް ކުރެވޭނެ. އަދި އެކަމަށް ޓްރެއިންކޮށްފައި ތިބި މީހުން ވެސް އުޅޭނެ.

22 އޭޕްރިލް 2020 | ބުދަ 16:47
Writer Profile Picture
ޙުސައިން މަޚްތޫމް
އިންޑިއާއިން އައިސް ކަރަންޓީންގައި ހުއްޓާ ހާލުބޮޑުވި މީހަކު އައިޖީއެމްއެޗްގައި ނިޔާވެއްޖެ

ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ނިޔާވެއްޖެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްއެއް ނޫން. ނަމަވެސް އޭނާގެ ސިއްހީ މައްސަލަ އަށް ފަރުވާދީފައިވޭ އޭނާ އަކީ އިންޑިޔާއިން އައި ދިވެއްސެއް.

22 އޭޕްރިލް 2020 | ބުދަ 16:44
Writer Profile Picture
ޙުސައިން މަޚްތޫމް
ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވޭ

ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވާ ކޮންޓެކްޓެއް. އޭނާ އަކީ އެސްޓީއޯގައި ސެކިއުރިޓީ ވެސް ބަލަހައްޓާ މީހެއް. އަދި އޭނާ އަކީ ޓެކްސީ ވެސް ދުއްވާ މީހެއް. އޭނާ އަކީ އަމީން ހިޔާގެ ކޭސްއާ ގުޅުން ހުރި މީހެއް. އޭނާ ޓޭކްސީ ވެސް ކުރި.

22 އޭޕްރިލް 2020 | ބުދަ 16:42
Writer Profile Picture
ޙުސައިން މަޚްތޫމް
ރައްޔިތުން ކެތްތެރިވެ ތިބުމަށް ޑރ. އަފްޒަލް އެދިއްޖެ

ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ބައެއް ކަންތައްތަކުގައި ލަސްތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމަށް ކެތްތެރިވެ ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

22 އޭޕްރިލް 2020 | ބުދަ 16:29
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮންޓެކްޓް ކޭސްތައް

20 އެޕްރީލް - 300 އަށްވުރެ ގިނަ ކޮންޓެކްޓް ކޭސް ފެނިފައިވޭ

21 އެޕްރީލް - 400 އަށްވުރެ ގިނަ ކޮންޓެކްޓް ކޭސް ފެނިފައިވޭ

22 އޭޕްރިލް 2020 | ބުދަ 16:24
Writer Profile Picture
ޙުސައިން މަޚްތޫމް
ކޭސް 86

މި ކޭސްއާއި ގުޅިގެން 7 މީހަކު ޓްރޭސް ކުރެވިއްޖެ

22 އޭޕްރިލް 2020 | ބުދަ 16:23
Writer Profile Picture
ޙުސައިން މަޚްތޫމް
ކޭސް 85 އަދި 86

85 އުޅުނީ ފުރަތަމަ ރައްޓެއްސެއް ކައިރި. އެހެން ކުލަސްޓާއަކާއި ގުޅުމެއް ނެތް. 14 އެޕްރީލްއާ ހަމައަށް އީދު މިސްކިތަށް ނަމާދަށް އަރާފައިވޭ. އޭނާގެ 13 ކޮންޓެކްޓް މިހާތަނަށް ވަނީ ހޯދިފައި.

85 - އެހެން ކްލަސްޓާއަކާ ގުޅުމެއް ނެތް.

މިއީ 2 ދިވެހިން

22 އޭޕްރިލް 2020 | ބުދަ 16:22
Writer Profile Picture
ޙުސައިން މަޚްތޫމް
ވިލިވަރަށް ގެންދިޔަ ބިދޭސީންގެ ކިބައިން މާފަށް އެެދިއްޖެ

ބިދޭސީންގެ 80 އެއްހާ މީހުން ވަނީ އެހެން ތަނަކަށް ގެންދެވިފައި. ރާއްޖޭގައި އުޅޭ ބިދޭސީން ބައެއް މީހުންނަށް ޑެލިވަރީ އާއި ޓޭކްއަވޭގައި ވެސް ވަރަށް ބޮޑަށް ދަތިވަމުން އެބަދޭ. އަދި އިއްޔެ ނިންމުނު ނިންމުމެއް އެކަހަލަ މީހުން އެހެން ތަނަކަށް ބަދަލުކުރުމަކީ. އެހެންވެ، އެ މީހުން ގެންދިޔައީ ވިލިވަރަށް.

އެހާ ފެންވަރު ދަށްކޮށް ހުރި ތަނަކަށް ގެންދެވުމަކީ އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން.

22 އޭޕްރިލް 2020 | ބުދަ 16:14
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮންޓެކްޓް ޓްރޭސްވި މީހުންގެ އަދަދު 2391 އަށް

ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި 2391 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި، އަދި އެކަމާ ގުޅިގެން ޖުމްލަ 240 ތަނެއް ވަނީ ބަންދު ކުރެވިފައިވޭ

22 އޭޕްރިލް 2020 | ބުދަ 16:12
Writer Profile Picture
އާއިޝަތު ޝިއުރާ
އެންއޯއީސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދުގެ 15:30 ގައި

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް އެންއޯއީސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު 15:30 ގައި އޮންނާނެކަމަށް އެ ސެންޓަރުން ބުނެފި އެވެ.

22 އޭޕްރިލް 2020 | ބުދަ 14:40
Writer Profile Picture
ޙުސައިން މަޚްތޫމް
ރާއްޖޭގައި ނަތީޖާ ކަށަވަރު ނުވާ 2 މީހުން، އަމަލުކުރާނީ ޕޮޒިޓިވް ކޭސް އެކޭ އެއްގޮތަށް: މަބްރޫކް
22 އޭޕްރިލް 2020 | ބުދަ 12:53
Writer Profile Picture
ޙުސައިން މަޚްތޫމް
80 އަހަރުގެ މީހާގެ ޙާލު އިތުރަށް ގޯހެއް ނުވޭ، ނަމަވެސް ކުއްލިއަކަށްވެސް ގޯސްވެދާނެކަމުގެ ބިރު އެބައޮތް: ޑރ. މޫސާ ހުސައިން
22 އޭޕްރިލް 2020 | ބުދަ 12:52
Writer Profile Picture
އާއިޝަތު ޝިއުރާ
ބަންގްލަދޭޝުން ރާއްޖެއަށް 100 ޓަނުގެ ހިލޭ އެހީ ފޯރުކޮށްދީފި
22 އޭޕްރިލް 2020 | ބުދަ 12:15
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 ގެ ސަބަބުން 265 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާނެކަމަށް އދ އިން ބުނެފި
22 އޭޕްރިލް 2020 | ބުދަ 11:35
Writer Profile Picture
އާއިޝަތު ޝިއުރާ
ބިދޭސީންގެ އަސާސީ ޙައްޤުތަކުން މަހުރޫމުކުރާނަމަ ވެރިފަރާތަށް ޤާނޫނީ ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން ގޮވާލައިފި
22 އޭޕްރިލް 2020 | ބުދަ 10:04
Writer Profile Picture
ޙުސައިން މަޚްތޫމް
އައްޑުސިޓީގައި ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތް އެކަނި ދޭގޮތަށް ނިންމައިފި
22 އޭޕްރިލް 2020 | ބުދަ 08:19
Writer Profile Picture
ޙުސައިން މަޚްތޫމް
މި ހާލަތުން އަރައިގަންނަން މަދުވެގެން ތިން މަސް ނަގާނެ: ޑރ އަފްޒަލް
22 އޭޕްރިލް 2020 | ބުދަ 08:17
Writer Profile Picture
ޙުސައިން މަޚްތޫމް
ކާރިސާއިން އަރައިގަތުމަށް ދައުލަތުގެ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވޭ، ތައްޔާރަށް ތިއްބަވާ: ރައީސް
22 އޭޕްރިލް 2020 | ބުދަ 08:16
Writer Profile Picture
ޙުސައިން މަޚްތޫމް
ހުރި ވަސީލަތްތަކާއެކު، ގޮންޖެހުންތަކުން އަރައިގަތުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭ: އަމީން

ފަރުވާ އަކީ ގޭގައި މަޑުކުރެއްވުން: އަމީން

ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ލޮކްޑައުން އަށް ގޮތެއް ނިންމާނީ ޓާސްކް ފޯސްގެ އިތުރުން އެޗްޕީއޭއާއެކު މަޝްވަރާ ކުރުމަށް ފަހު

ފޯނު މެދުވެރިކޮށް ރާއްޖެ ޓީވީގެ ''60 މިނިޓް'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއިއެކު މި ވަގުތު ހެލްތް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ ޓެސްޓު ކުރުމާއި، ހައި ރިސްކު މީހުން އައިޑެންޓިފައި ކުރުމާއިއެކު ޕްރައިމަރީ ކޮންޓެކްޓް ޓެސްޓު ކުރުމުގެ އިތުރުން އަލާމާތްތައް ހުންނަ މީހުން ޓެސްޓުކޮށް އެ ފަރާތްތައް އައިސޮލޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ހުންނާނެ ކަމަށާއި، އިތުރު ވަސީލަތްތައްވެސް ގާއިމްކުރަމުންދާ ކަމަށެވެ. ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެތުރިގެން ދިޔުމެވެ.

22 އޭޕްރިލް 2020 | ބުދަ 08:15
Writer Profile Picture
ޙުސައިން މަޚްތޫމް
ކުޅުދުއްފުށީގައި ކާފިއުއާ ހިލާފުވާނަމަ 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަނީ
22 އޭޕްރިލް 2020 | ބުދަ 08:12
Writer Profile Picture
ޙުސައިން މަޚްތޫމް
މޭވާ އައި ތަރުކާރީ ދޮންނަނީ ކިހިނެއް؟
22 އޭޕްރިލް 2020 | ބުދަ 08:03
Writer Profile Picture
އުމްނާ އިސްމާއިލް
އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ވަނީ 2 ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާކަމަށާއި އެ ދެމީހުންނަކީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަން ދިޔަ ދެމީހުންކަމަށެވެ. އެއާއި އެކު މާލެއިން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 66 އަކަށް އަރާފައެވެ. މި ދެމީހުން މިހާރު އައިސޮލޭޝާން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

22 އޭޕްރިލް 2020 | ބުދަ 02:31
Writer Profile Picture
އާއިޝަތު ޝިއުރާ
މިހާތަނަށް އައިއިރު 209 ފަރާތެއް ޖޫރިމަނާކުރެވިފައި

މިއަދު އެކަނި 38 ފަރާތެއް ޖޫރިމަނާކުރެވިފައި. ޖޫރިމަނާކުރުމަށްފަހުވެސް މަގުމަތީ އުޅުނު 4 މީހަކު ވަނީ ހައްޔަރުކޮށްފައި

21 އޭޕްރިލް 2020 | އަންގާރަ 20:55
Writer Profile Picture
އާއިޝަތު ޝިއުރާ
ބައެއް ޑެލިވަރީތަކުގައި އޯޑަރުތަކަށް ވުރެ މަދުން މުދާ ޑެލިވަރ ކުރާކަމުގެ ޝަކުވާ އާދޭ

ޑެލިވަރީއަށް އެދުމުން ބައެއް އޯޑަރުތަކަށް މަދުން މުދާ ގަންނަ ކަމުގެ ޝަކުވާ ލިބޭކަމަށާއި އެހެންކަމުން އެއީ ކޮންބައެއް ކަން ބަލާ ރިޕޯޓްކުރުމަށް ފުލުހުން އެދެ އެވެ.

21 އޭޕްރިލް 2020 | އަންގާރަ 20:54
Writer Profile Picture
އާއިޝަތު ޝިއުރާ
ހުޅުމާލެ މެޑިކަލް ފެސިލިޓީ ނިމޭނީ މިމަހުގެ ނިޔަލަށް

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި މިހާރު ހިނގަމުންދަނީ ފިނިޝިންގ އާއި އިކުުޔެޕްމަންޓް ތައް ވެއްދުމުގެ މަސައްކަތް

21 އޭޕްރިލް 2020 | އަންގާރަ 20:51