ކޮވިޑް-19: އެންމެ ފަހުގެ

20,387,985
  • ޕޮޒިޓިވްވި ޕާކިސްތާން މީހާ އޭޑީކޭއަށް ގޮސްފައިވޭ
  • ކޮވިޑް-19 އާ ގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިރޭ 9:30 ގައި
  • ކޮވިޑް-19 އަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 228 ށް
 
Writer Profile Picture
އާއިޝަތު ޝިއުރާ
ޕޮޒިޓިވްވި ޕާކިސްތާން މީހާ އޭޑީކޭއަށް ގޮސްފައިވޭ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕާކިސްތާން މީހާ އޭޑީކޭއަށް ގޮސްފައިވާ ކަމަށާއި އެމީހާ އާ ކޮންޓެކްޓް ވި 8 މީހަކު އައިސޮލޭޓް ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

28 އޭޕްރިލް 2020 | އަންގާރަ 21:47
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އާ ގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިރޭ 9:30 ގައި
28 އޭޕްރިލް 2020 | އަންގާރަ 20:39
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 228 ށް

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. މި ދެ މީހުންގެ ކުރެ އެކަކީ ދިވެއްސެއް އަދި އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ.

28 އޭޕްރިލް 2020 | އަންގާރަ 04:45
Writer Profile Picture
އާއިޝަތު ޝިއުރާ
ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތައް ބޭނުންކުރާ އިތުރު ތަކެތީގެ ޑިއުޓީ މައާފްކޮށްފި
28 އޭޕްރިލް 2020 | އަންގާރަ 04:40
Writer Profile Picture
އާއިޝަތު ޝިއުރާ
ފަގީރުންނަށް ކަދުރު ބެހުމުގެ މަސައްކަތް ފަށައިފި
28 އޭޕްރިލް 2020 | އަންގާރަ 04:39
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކާގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފި
28 އޭޕްރިލް 2020 | އަންގާރަ 04:38
Writer Profile Picture
އާއިޝަތު ޝިއުރާ
ކާޑުގެ ދަތިކަމެއް ނާންނާނެ، ފާއިތުވި ހަފްތާގެ ތެރޭގައި 40،000 ބަސްތާގެ ކާޑު އަތޮޅުތެރެއަށް ފޮނުވިން: އަމްރު
28 އޭޕްރިލް 2020 | އަންގާރަ 04:38
Writer Profile Picture
އުމްނާ އިސްމާއިލް
24 ގަޑިއިރު ތެރޭގައި ލަންކާއިން އެންމެ ގިނަ ކޭސް ފެނުނީ އިއްޔެ
27 އޭޕްރިލް 2020 | ހޯމަ 23:59
Writer Profile Picture
އުމްނާ އިސްމާއިލް
މިނިސްޓަަރަކު ސެކަންޑްރީ ކޮންޓެކްޓަކަށްވެ، އައިސޮލޭޝަންގައި!
27 އޭޕްރިލް 2020 | ހޯމަ 23:57
Writer Profile Picture
އުމްނާ އިސްމާއިލް
އަމާޒު ބޯޓުގެ 101 ޕްރައިމަރީ ކޮންޓެކްޓް ހޯދައިފި
27 އޭޕްރިލް 2020 | ހޯމަ 23:56
Writer Profile Picture
އުމްނާ އިސްމާއިލް
އިތުރު ހަ ރަށެއް މޮނިޓަރިންގެ ހާލަތަށް
27 އޭޕްރިލް 2020 | ހޯމަ 23:56
Writer Profile Picture
އުމްނާ އިސްމާއިލް
ކޮމިއުނިޓީ ސްޕްރެޑް ދިރާސާ: މިއަދު 25 ރެންޑަމް ސާމްޕަލް ނަގައިފި
27 އޭޕްރިލް 2020 | ހޯމަ 23:54
Writer Profile Picture
އުމްނާ އިސްމާއިލް
ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯ އަށް ދިޔަ މީހުން އެޗްޕީއޭއަށް ރިޕޯޓްކުރުމަށް އަންގައިފި
27 އޭޕްރިލް 2020 | ހޯމަ 23:54
Writer Profile Picture
އުމްނާ އިސްމާއިލް
ބަލި ޖެހުނު އިތުރު ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
27 އޭޕްރިލް 2020 | ހޯމަ 23:53
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ، ޖުމްލަ އަދަދު 226 ށް
27 އޭޕްރިލް 2020 | ހޯމަ 17:38
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 6 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
27 އޭޕްރިލް 2020 | ހޯމަ 16:22
Writer Profile Picture
އާއިޝަތު ޝިއުރާ
ޖުމްލަ 1500-1800 އާ ދެމެދުގެ ރޫމް، އަދި 3000 ށް ވުރެ ގިނަ ރޫމް އައިސޮލޭޝަނަށް ވަނީ ހަމަޖެއްސިފައި: އަލީ ވަހީދު

މިހާތަނަށް ކުރެވޭ މަސައްކަތުން ޖުމްލަ 1500-1800 އާ ދެމެދުގެ ރޫމް، އަދި 3000 ށް ވުރެ ގިނަ ރޫމް އައިސޮލޭޝަނަށް ވަނީ ހަމަޖެއްސިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

27 އޭޕްރިލް 2020 | ހޯމަ 15:15
Writer Profile Picture
އާއިޝަތު ޝިއުރާ
ފްލޯޓިންގ ހޮސްޕިޓަލް ގެންނަވަރުގެ ހާލަތެއް އަދި ރާއްޖެއަކަށް ނާދޭ: އަލީ ވަހީދު

ފްލޯޓިންގ ހޮސްޕިޓަލް ގެންނަވަރުގެ ހާލަތެއް އަދި ރާއްޖެއަށް ނާންނަކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަދި މިއޮތް ހާލަތުގައި މިކަންކަން މެނޭޖްކުރެވޭނެކަމަށާއި އަދި ބޭރުގެ އެހީއަށް އެދެން ނުޖެހޭކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

27 އޭޕްރިލް 2020 | ހޯމަ 15:02
Writer Profile Picture
އާއިޝަތު ޝިއުރާ
ހުޅުމާލޭގައި އިތުރު ފެސިލިޓީސްތައް އަވަސް މުއްދަތެއްގައި ހެދުމަށް އަންނަނީ މަސައްކަތްކުރަމުން : އަލީ ވަހީދު

ހުޅުމާލޭގައި އިތުރު ފެސިލިޓީސްތައް އަވަސް މުއްދަތެއްގައި ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މިވަގުތު ޗައިނާގައި ތިބި މީހުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ. ވިލިވަރު އަދި ގުޅީ ފަޅުގައިވެސް ކަރަންޓީނު ފެސިލިޓީތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

27 އޭޕްރިލް 2020 | ހޯމަ 15:00
Writer Profile Picture
އާއިޝަތު ޝިއުރާ
ސިފައިންގެ 5 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި: ކާނަލް ހުސައިން އަލީ

މިހާތަނަށް އައިއިރު ސިފައިންގެ ތެރެއިން 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވެއްޖެ އެވެ. އަދި އެކޭސްތަކާއި ގުޅިގެން ކަރަންޓީނު ކުރަންޖެހޭ މީހުން ކަރަންޓީނުކުރަމުންދާ ކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވި އެވެ. މިފަދަ ހާލަތަކަށް އަތުވެދާނެކަމަށް ތައްޔާރަށް އޮތްކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވި އެވެ.

27 އޭޕްރިލް 2020 | ހޯމަ 14:57
Writer Profile Picture
އާއިޝަތު ޝިއުރާ
ހާލަތެއް އަތުވެއްޖެ ނަމަ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ހުރީ ތައްޔާރަށް: އަލީ ވަހީދު

ހާލަތެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް އެސަރަހައްދުގައި ހުރި ރިސޯޓްތަކާއި ވާހަކަ ދައްކާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

27 އޭޕްރިލް 2020 | ހޯމަ 14:54
Writer Profile Picture
އާއިޝަތު ޝިއުރާ
މިހާރު ހުރި ކަރަންޓީނު ފެސިލިޓީތަކުން މިފެންނަ އަދަދުތަކުން މެނޭޖް ކުރެވޭނެ: އަލީ ވަހީދު

މިހާރު ހުރި ކަރަންޓީނު ފެސިލިޓީތަކުން މިހާރު ފެންނަމުންދާ އަދަދުތަކަށް މެނޭޖްކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

27 އޭޕްރިލް 2020 | ހޯމަ 14:52
Writer Profile Picture
އާއިޝަތު ޝިއުރާ
ކަރަންޓީނު ފެސިލިޓީތައް މެނޭޖްކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައެއް ނޯންނާނެ: އަލީ ވަހީދު

ކަރަންޓީނު ފެސިލިޓީތައް މެނޭޖްކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިހާރުވެސް އިންޓަރނަލް އޮޑިޓިންގ ހެދެމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

27 އޭޕްރިލް 2020 | ހޯމަ 14:51
Writer Profile Picture
އާއިޝަތު ޝިއުރާ
ކަރަންޓީނަށް ސިފައިން ދާންޖެހުނަސް މިމަސައްކަތް ކުރުމުގައި ދެމިތިބޭނަން: ކާނަލް ހުސައިން

ކަރަންޓީނަށް ސިފައިން ދާންޖެހުނަސް ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ފަސް ނުޖެހި މިކަމުގައި ދެމި ތިބޭނެކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ.

27 އޭޕްރިލް 2020 | ހޯމަ 14:50
Writer Profile Picture
އާއިޝަތު ޝިއުރާ
ސިފައިން ދަނީ އެކި މަސައްކަތްތައް ކުރަމުން: ކާނަލް ހުސައިން

ތަފާތު އެކި ކަރަންޓީނު ފެސިލިޓީތައް ހެދުމަގައި ސިފައިން ހަރަކާތްތެރިވާ ކަމަށާއި ފެސިލިޓީތައް މެނޭޖްކުރުމުގެ ކަންކަންވެސް ސިފައިން ހަރަކާތްތެރިވާކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ. އެގޮތުން ފެސިލިޓީ ތައް މެނޭޖްކުރުމަށް ސިފައިންނާއި ފުލުހުން އަދި މެޑިކަލް ޓީމު ގުޅިގެން މަސައްކަތްކުރާ ކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ.

27 އޭޕްރިލް 2020 | ހޯމަ 14:44