ކޮވިޑް-19 އާއި ގުޅިގެން އަޔަރލެންޑުން އެގައުމުގެ ހުރިހާ ޕަބްސް ތަކާއި ހޮޓެލް ބާރތައް ބަންދުކުރުމަށް އަންގައިފިއެވެ. އެގައުމުގެ ޕްރައިމް މިނިސްޓަރ ލިއޯ ވަރަޑްކަރް ކުރެއްވި ޓުވީޓެއްގައި ވަނީ ޕާޓީތައް ނުބޭއްވުމަށްވެސް އިލްތިމާސްކޮށްފައެވެ.
އެމެރިކާގެ ބޮސްޓަންގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ކޮރޯނާއާއި ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންނާ ހުރިހާ ވަސީލަތެއް ބޭނުންކުރުމުގެ މަގުފަހި ކުރުމަށްޓަކައި ކަމަށް އެ ސިޓީގެ މޭޔަރ މާރޓީ ވޯލްޝް ވަނީ އިއުލާނުކޮށްފައެވެ.
ވޯލްޝް ވަނީ އެ ސިޓީގެ ހުރިހާ ބަރ ތަކަށާއި ރެސްޓޯރެންޓު ތަކަށް އެ ތަންތަނުގެ ކެޕޭސިޓީ 50% އިން ކުޑަކުރުމަށް އަންގާފައެވެ. އެގޮތުން އެތަންތަނުގެ ބޭރުގައި ލައިންތައް ހެދުން މަނާކޮށް ހުރިހާ ތަނެއްވެސް ރޭގަނޑު 11 ގެ ކުރިން ބަންދުކުރަން ވަނީ އަންގާފައެވެ. އަދި މިކަންތައްތައް ނުކުރެވިއްޖެ ނަމަ އެ ރެސްޓޯރެންޓެއް 30 ދުވަހުގެ މުއްދަތައް ބަންދުކުރާނެ ކަމަށެވެ.
އިޓަލީއިން ކޮރޯނާވައިރަސް ޖެހިގެން އިތުރު 368 މީހުން މަރުވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި މި ބަލީގައި 368 މީހަކު މަރުވެފައިވާއިރު އެއާއި އެކު އެގައުމުން މި ވައިރަސް ޖެހިގެން މުޅި ޖުމްލަ 1809 މީހުން ވަނީ މަރުވެފައެވެ.
އިޓަލީގައި މި ބަލި ޖެހުނު ކަމަށް 24747 މީހުން ރިޕޯޓުކޮށްފައިވެއެވެ.
މިއަދު ރާއްޖެއައި ޤަތަރް އެއަރވޭސް އިން ދަތުރު ކުރި، ދިވެއްސެއްވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅު އައިސޮލޭޝަން ފެށިލިޓީއަށް ބަދަލު ކުރެވިފަ.
ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި 9 ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހެއްދާފައިވާ ތަންތަނަށް ފޮނުވާލެވިފައި. އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް ވާނީ އެންގިފައި ކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައި.
އައިލެންޑް ސަފާރީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިވަގުތަށް އެކަހެރިކުރާނީ ލ. އަތޮޅުގައި ކަމަށް ސަރުކާރުން ބުނެފި. އެ ސަފާރީ އޮތީ ފުވައްމުލައް ސިޓީ ކައިރީގައި.
ސަފާރީ މިހާރު ދަނީ ލ. އަތޮޅަށް ދަތުރު ކުރަމުން. އެ ސަފާރީގައި ޕޮޒިޓިވްވެފައިވާ ދެ މީހުން މިވަގުތަށް ލ. އަތޮޅުގެ ކަރަންޓީނު ފެސެލިޓީއެއްގައި ބެހެއްޓުމަށް ވަނީ ނިންމާފައި.
ޑީއެޗް-11 ގައި ފަރުވާ ދެމުން އަންނަ ފަރުވެރިޔާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ ވިދާޅުވެއްޖެ. އަދި ޑީއެޗް-11 ގައި ފަރުވާ ދެމުން އަންނަ 70 އަހަރުގެ ފަތުރުވެރިޔާގެ އަންހެނުންގެ ހާލުވެސް ރަނގަޅު ކަމަށް.
އައިޖީއެމްއެޗްފެ ޑީއެޗް-11 ގައި ފަރުވާ ދެމުންދާ 70 އަހަރުގެ ފަތުރުވެރިޔާ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށީ މި މަހުގެ 3 ވަނަ ދުވަހު ރާއްޖެ އައި ފަހުން. އޭނާ އަކީ ފިރިހެން ފަތުރުވެރިއެއް. 8 ވަނަ ދުވަހު ޓެސްޓް ހެދި އިރު ބައްޔަށް ޕޮޒިޓިވް. ދެ ފަރާތު ފުއްޕާމޭގައި ނިއުމޯނިއާ އިންފެކްޝަން ވަރަށް ބޮޑަށް އެބަހުރި.
ދަރުމަވަންތަ ހޮސްޕިޓަލުގައި 4 މީހަކަށް ދަނީ ފަރުވާ ދެމުން، 2 މީހަކު ބައްޔަށް ނެގެޓިވް. އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވޭ މީހުންގެ ތެރެއިން ކޮވިޑް-19 ގެ އަލާމާތެއް ފެންނަ މީހެއް ނަމަ ވަގުތުން ޓެސްޓް ކުރެވޭނެ. މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވޭ.
އެޑިއުކޭޝަން މިނިސްޓްރީން އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސާފައިވާތީ، އިންޓަރނެޓް އަދި ޓީވީ ނެތް ގެތައް ދެނެގަތުމުގެ މަސައްކަތް ސްކޫލްތައް މެދުވެރިކޮށް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި. އަދި ވަސީލަތްތައް ނެތް ގެތަކަށް ކޮންމެވެސް ކަހަލަ އިންތިޒާމްތަކެއް ހަމަޖައްސައިދޭނެކަމަށް އެޑިއުކޭޝަނުން ބުނެފައިވޭ.
ކޮންޓެންޖެންސީ ބަޖެޓްގެ ގޮތުގައި 212 މިލިއަން ރުފިޔާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. އެ ފައިސާއަކީ ކުރިން ބަޖެޓްކުރެވުނު އިރުވެސް ކޮންޓެންޖެންސީގެ ގޮތުގައި ކަނޑައަޅާފައިވާ ކޯޑުގެ ތެރެއިން ނެގޭ 212 މިލިއަން ރުފިޔާ. މީގައި ނުހިމެނޭ ރާއްޖެއަށް ލިބޭ ހިލޭއެހީ.
އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހުޅުމާލެއިން މީހަކު ފަރުކޮޅުފުއްޓަށް ގެންގޮަސްފި. މަބްރޫކް ވިދާޅުވީ މިއީ އަނަންތަރާ ދިގު ރިސޯޓުގައި ހުރި މީހާ ހުޅުމާލޭގައި ހުރިކަމުގެ މައުލޫމާތު ލިބިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސިމްޕްޓަމެޓިކްވި ފަރާތެއް ކަމަށް. އަދި އޭނާ ފަރުކޮޅުފުށްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން.
ދިވެއްސެއް އަލާމާތްތައް ހުރިކަން އެނގިގެން ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން. އެފަރާތަކީ ހުޅުމާލޭގައި ހުރި ފަރާތެއް. މިކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރެވެމުން. އަދި އޭގެ ތެރެއިން ސިމްޕްޓަމެޓިކްވި ފަރާތެއް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން.
ދަރުމަވަންތަ އިމާރާތުގެ 16 ވަނަ ބުރީގައި ސިމްޕްޓަމެޓިކްވި އުމުރުން ދުވަސްވީ 2 މީހަކު އެބަތިބި ބައިތިއްބާފައި. އެ 2 ފަރާތުގެ ސާޕްމަލްގެ ނަތީޖާ ނެގެޓިވް. ނަމަވެސް އުމުރުން ދުވަސްވީ ބަޔަކަށް ވެފައި ޑޮކްޓަރުން އެ ދެމީހުން ގެންނަން ބޭނުންވާތީ ގެނައީ.
މޮރޮކޯއިން އެގައުމަށް ދަތުރުކުރާ އިންޓަރނޭޝަނަލް ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް މެދުކަނޑާލައިފިއެވެ. މިހާތަނަށް އާއިރު އެގައުމުން 28 މީހަކު މިވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު އެކަކު ވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.
ސްޕެނިޝް ލީގުން އެންމެ ފުރަތަމަ މި ވައިރަހަށް ޕޮޒޓިވްވެގެން ރިޕޯޓުކޮށްފައިވަނީ އެޓީމުގެ ޑިފެންޑަރު އެޒެކުއެލް ގަރާއި އެވެ. އޭގެ ފަހުން އެޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ފަސް ކުޅުންތެރިންގެ އިތުރުން އެޓީމުގެ ބައެއް ސްޓާފުންވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ސްޕެނިޝް ލީގުގެ މެޗުތައް މިހާރު ވަނީ މެދުކަނޑާލާފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގައިގެން ޓެސްޓްކުރަމުންދަނީ.
މި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވަނީ އަންނަތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި.
އޭނާ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްދަނީ ކުރަމުން.
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯރ ސީޒަން މޯލްޑިވްސް އިން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި.
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ.
ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން މެލޭޝިޔާއިން ފެންނަ ކޭސްތަކުގެ ދެބައިކުޅަ އެއްބައި ގުޅިފައިވަނީ މިދިޔަ މަހު އެގައުމުގެ މިސްކިތެއްގައި ކުރިޔަށްދިޔަ ހަރަކާތްތަކުގައި އުޅުނު މީހުންނާ ކަމަށް އެގައުމުން ބުނެފި އެވެ. 20،000 މީހުން ބައިވެރިވެގެން ފެބްރުއަރީ މަހުގެ 27 ން މަރޗް މަހުގެ 1 ވަނަ ދުވަހާ ހަމައަށް މެލޭޝިޔާގެ މިސްކިތެއްގައި ވަނީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. މެލޭޝިޔާއިން މިހާތަނަށް މިވައިރަސް ޖެހިގެން ފެނިފައިވާ 428 މީހުންގެ ތެރެއިން 243 މީހުންނަކީ މިސްކިތުގައި އޮތް މިހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންކަމަށް އެގައުމުން ބުނެއެވެ.
ކޮވިޑް-19 ޖެހިގެން ހަންގޭރީން ފުރަތަމަ މީހާ މަރުވެއްޖެކަމަށް އެގައުމުން ބުނެފި އެވެ. ހަންގޭރީގެ ސަރުކާރުން ބުނެފައިވަނީ މިއީ 75 އަހަރުގެ ހަންގޭރީ މީހެއްކަމަށާއި މިމީހާ މަރުވެފައިވަނީ ނިޔުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށްކަމަށެވެ. ހަންގޭރީން މިހާތަނަށް 32 މީހަކަށް މިވައިރަސް ޖެހިފައިވެ އެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ނޭޕާލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ޚަރުދަނާކުރުމުގެ ގޮތުން 14 މަރޗް އިން ފެށިގެން 30 އޭޕްރީލް އާއި ހަމައަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މިޚިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ނޭޕާލް އަށް ޒިޔާރަތްކުރާނަމަ ކޮވިޑް-19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް ( ނޭޕާލަށް އެތެރެވާ ތާރީޚަށް 7 ދުވަސް ނުވާ) އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ހޯދާ އެލިޔުން ހިފައިގެން ދިޔުމަށް ނޭޕާލު ސަރުކާރުން އަންގާފައިވާކަމަށެވެ. މީގެއިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް ނޭޕާލް ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.