ކޮވިޑް-19: އެންމެ ފަހުގެ

18,699,135
  • ކޮވިޑް-19 ޕްރެސް: އެންމެ ފަހުގެ މައުލޫމާތު
  • ކޮވިޑް-19 ޕްރެސް: އެންމެ ފަހުގެ މައުލޫމާތު
  • ކޮވިޑް-19: ލިވަޕޫލްގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޕްރެސް: އެންމެ ފަހުގެ މައުލޫމާތު

އައިސޮލޭޝަން ފެސިލިޓީސްތަކުގައި 12 މީހުން

ކަރަންޓިން ފެސިލިޓީސްތަކުގައި : 833 މީހުން

4 އޭޕްރިލް 2020 | ހޮނިހިރު 21:23
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޕްރެސް: އެންމެ ފަހުގެ މައުލޫމާތު

މިހާތަނަށް ނެގުނު ސާމްޕަލް ގެ އަދަދު: 1491

ނެގަޓިވް: 1064 ސާމްޕަލް

ޕެންޑިންގް 5 ސާމްޕަލް

4 އޭޕްރިލް 2020 | ހޮނިހިރު 21:22
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ލިވަޕޫލްގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފަނޮވާލަމުން އަންނައިރު، އެކަމާ ގުޅިގެން ޕްރިމިއާ ލީގުގެ ކްލަބުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ވަނީ އެ ކްލަބުގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ. އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 20:28
Writer Profile Picture
ޒިހްނަތު ހަސަން
ޝާހުރުކް ޚާންގެ އޮފީސް އިމާރާތް ކަރަންޓީން ފެސިލީޓީއަކަށް ހަދައިފި

ބޮލީވުޑްގެ ތަރި ޝާހުރުކް ޚާނާއި އޭނާގެ އަންހެނުން ގައުރީ ޚާން ވަނީ އެމީހުންގެ އަމިއްލަ އޮފީސް ހުންނަ ހަތަރު ބުރީގެ ޢިމާރާތް ކަރަންޓީން ފެސިލިޓީއަކަށް ހެދުމަށް ބްރިހާންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އަށް ދީފިއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 19:44
Writer Profile Picture
ޒިހްނަތު ހަސަން
މި ސަރުކާރުވެސް މަޖިލިސް 19 ވެސް ތަފާތު، ދުނިޔެއަށް މިސާލު ދައްކުވައިފި

މުޅި ދުނިޔެ ކޮރޯނާވައިރަސް (ކޮވިޑް-19) ރޯގާ ޖެހި ކުޑަކަކޫ މައްޗަށް ތިރިވެ، ހަނގުރާމަ ކުރަމުންދާއިރު، ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ދިވެހި ރައްޔިތުންގެ އިތުރުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިންނާއި ދުނިޔޭ މާލީ އިދާރާތަކުންވެސް ބަލައިގަންނަ ޙިކުމަތްތެރި ފިޔަވަޅުތަކެކެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 19:43
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާއްޖޭގެ ޤާނޫނާއި ޤަވާއިދަށް އިހްތިރާމް ކުރުމަށް އިލްތިމާސްކުރަން: ޓޫރިޒަމް މިނިސްޓްރީ

ބައިނަލްއަޤުވާމީ ކާރިޘާއެއް ތަޖުރިބާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުންވެސް ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކަށް އިހުތިރާމް ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 17:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19:ވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދު 60 ހާހަށްވުރެ މަތީގައި

ދުނިޔޭގެ 207 ޤައުމަކަށް/ޓެރިޓަރީއެއްގައޮ ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް 1,133,801 މީހުން ވަނި ވައިރަސްއަށް ޕޮޒިޓިވްވެފައެެވެ. އަދި ވައިރަސްގައި މިހާތަނަށް 60,398 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާދީގެން 236,005 ވަނީ ރަނގަޅުވެފައެވެ.

އަދިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި 837,398 ފަރުވާދެމުންދާއިރު، މީގެތެރެއިން 39,650 ސީިރިއަސް ޙާލަތުގައި ތިބިކަން ރިޕޯޓުތަކުން އިނގެއެވެ. މިއަދު އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވުނީ ސްޕެއިނުންނެވެ. އެއީ 5537 އެވެ. ދެން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އިރާން(2،560) އަދި ބެލްޖިއަމް(1661) އެވެ.

އިރުމަތީ އޭޝިޔާއަށް ބަލާއިރު ، މިއަދު އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނީ މެލޭޝިޔާއިންނެވެ. އެގޮތުން، މެލޭޝިޔާ(150)، އިންޑޮނޭޝީޔާ(106) އަދި ދެކުނު ކޮރެއާއިން (94) ކޭސް ރިޕޯޓުކުރެވިފައިވެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 17:36
Writer Profile Picture
ޒިހްނަތު ހަސަން
ލަންކާގައި ތިބި އާއިލާތަކަށް އެހީވާން ރައްޔިތުން ކިއޫ ދަމާލައިފި

ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ރާއްޖޭގައި ތިބި އާއިލާގެ މެމްބަރުންގެ ފަރާތުން ކެއާ ޕެކޭޖް ފޮނުވުމަށް ހުޅުވާލުމުން ގިނަ ބަޔަކު ކިޔޫ ހަދައިފިއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 17:20
Writer Profile Picture
ޒިހްނަތު ހަސަން
ޖަމާއަތުގައި ނަމާދު ކުރުން އޭޕްރީލް 11 ވަނަ ދުވަހާއި ހަމަޔަށް ފަސްކުރަން ނިންމައިފި!

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމި ނިންމުން އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ އަސްރު ނަމާދާއި ހަމަޔަށް އިތުރުކުރަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 17:19
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19އާ ގުޅޭގޮތުން ރައީސް ޞާލިހު ލަންކާގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި

ކޮވިޑް-19 ޕެންޑެމިކް އާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ފޯނުން ގުޅުއްވާ ދެއްކެވި ވާހަ

4 އޭޕްރިލް 2020 | ހޮނިހިރު 17:18
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ޗައިނާގެ ދިދަ ބައިދަނޑިއަށް ތިރިކޮށް، 3 މިނެޓުގެ ސުކޫތެއް!
4 އޭޕްރިލް 2020 | ހޮނިހިރު 13:51
Writer Profile Picture
ލައިޝާ އަހްމަދު
ދެކުނުއިރުމަތީ އޭޝިއާއިން އެންމެ ގިނައިން މީހުން މަރުވާ ޤައުމަކަށް އިންޑޮނޭޝިއާ
4 އޭޕްރިލް 2020 | ހޮނިހިރު 13:25
Writer Profile Picture
ލައިޝާ އަހްމަދު
ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވި 2 މުސްލިމުން އަންދާލުމުން އެ ޤައުމުގެ މުސްލިމުން ރަތަށް!
4 އޭޕްރިލް 2020 | ހޮނިހިރު 13:24
Writer Profile Picture
ލައިޝާ އަހްމަދު
އެމެރިކާއިން މެޑިކަލް ސަޕްލައިސް އެކްސްޕޯޓްކުރުން ޓްރަމްޕް މަނާކޮށްފި
4 އޭޕްރިލް 2020 | ހޮނިހިރު 07:15
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޕޯޓްސްމަތުގެ ފަސް ކުޅުންތެރިންވެސް ރަނގަޅުވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޕޯޓްސްމަތުގެ ފަސް ކުޅުންތެރިންވެސް ރަނގަޅުވެއްޖެ އެވެ.

އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓްސްމަތުގެ ފަސް ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވީ މާޗު މަހު އެވެ. އެ ކުޅުންތެރިންނަކީ ޕޯޓްސްމަތުގެ ޖޭމްސް ބޮލްޓޮން، އެންޑީ ކެނަން، ސީން ރެގެޓް، ހާޖީ މްނޯގާ އަދި ރޮސް މެކްރޫރީ އެވެ. މި ފަސް ކުޅުންތެރިންވެސް މިހާރު އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ޕޯޓްސްމަތުން ވަނީ ހާމަކޮށްފައެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 00:30
Writer Profile Picture
ޒިހްނަތު ހަސަން
ކިރިގިސްތާނުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ

ކިރިގިސްތާނުގައި މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. މެރުތެރޭ އޭޝިޔާގެ ޤައުމެއްކަމަށްވާ ކިރިގިސްތާނުގައި މަރުވީ އުމުރުން 61 އަހަރުގެ މީހެއްކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ. މަރުވި މީހާއަކީ އެޤައުމުގެ ދެކުނު އޯޝް ޕްރޮވިންސްގެ މީހެއްކަމަށާއި ވައިރަސް ޖެހުމުގެ ކުރިންވެސް އޭނާއަކީ އެހެނިހެން ނުރައްކާތެރި ބަލިތަކެއް ތަޙައްމަލުކުރަމުން އައި މީހެއްކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެޤައުމުން މިހާތަނަށް 130 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ.

3 އޭޕްރިލް 2020 | ހުކުރު 21:24
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
300 އެނދުގެ ފެސިލިޓީއެއް ހަދަނީ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 300 އެނދުގެ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފާއި، އެޗްޑީސީން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އޭގެ އިތުރުން ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތްތައް ކުރައަށްގެންދާކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި 65 ވެންޓިލޭޓަރެއް ގެނެވޭނެކަމަށެވެ.

3 އޭޕްރިލް 2020 | ހުކުރު 21:21
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކަރަންޓީން ފެސިލިޓީތަކުގައި ތިބި 49 މީހުން ދޫކޮށްލަނީ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓިން ފެސިލިޓީތަކުގައި ތިބި 49 މީހަކު މާދަމާ ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މީހުން ދޫކޮށްލުމަށްޓަކައި، ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި، ދޫކޮށްލާނީ ނާތީޖާ ނެގެޓިވްކަމަށް ދައްކާކަމުގައިވާނަމަކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އާއިލާއިން އެ ފަރާތްތައް ބަލާ އަންނައިރު، އެއް ބޭފުޅަކު ވަޑައިގެންނެވުމަކީ އެދުމެއް ކަމަށެވެ.

3 އޭޕްރިލް 2020 | ހުކުރު 21:19
Writer Profile Picture
ސިމާހާ ނަސީމް
ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 2 މީހުން ދޫކޮށްލައިފި

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހަކު ދޫކޮށްލާފައިވާކަމަށެވެ. އެ ދެ މީހުންނަކީ ބަތަލާ ރިސޯޓުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި 2 މީހުންނެވެ.

މަބްރޫކް ވިދާޅުވީ އެ މީހުން، ކޮވިޑް-19 އަށް ނެގެޓިވްވުމުން އެ މީހުން ދޫކޮށްލީ، މިއަދުން މިއަދަށް ފުރައިގެން ޤައުމަށްދާގޮތަށް ކަމަށެވެ.

3 އޭޕްރިލް 2020 | ހުކުރު 21:11
Writer Profile Picture
ޒިހްނަތު ހަސަން
ސައުދީ އަރަބިއްޔާގެ 3 ޞަރަޙައްދެއްގައި ކާފިއުގެ އަމަުރު ވަރުގަދަކޮށްފި

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ސައުދީގެ 3 ޞަރަހައްދެއްގައި ކާފިއުގެ އަމުރު ވަރުގަދަކޮށްފިއެވެ. އެގޮތުން މިއަދު މެންދުރުފަު 0300 އިންފެށިގެން ދައްމާމް ، ޠާއިފް އަދި އަލް-ޤާތިފް އަވަށުގައި 24 ގަޑިއިރުގެ ކާފިއުގެ އަމުރުވަނީ އިއުލާނުކޮށްފައެވެ. އެޤައުމުގެ ދާޚިލީ ވުޒާރާއިން މައުލޫމާތުދޭގޮތުގައި މި ތިން ސިޓީއަށް ކޮވިޑް ފެތުރިދާނެކަމުގެ ބިރު ބޮޑެވެ.

ސައުދީގައި މިހާތަަނަށް 1،885 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ 21 މީހުން ވަނީ މަރުވަފެއެވެ.

3 އޭޕްރިލް 2020 | ހުކުރު 20:54
Writer Profile Picture
ޒިހްނަތު ހަސަން
ސައުދީ ރަސްގެފާނު އެޤައުމުގެ ރައްޔިތުންނަށް 2.4 ބިލިއަންގެ މާލީއެހީއެއް ދެއްވަން ނިންމަވައިފި

ސައުދީ ޢަރައްބިޔާގެ ދައުލަތުގެ މިޑިއާއިން ޚަބަރުފަތުރާގޮތުގައި، ރަސްގެފާނު އަބްދުލް އަޒީޒުވަނީ 2.4 ބިލިއަން ޑޮލަރު ފައިސާގެ ގޮތުގައި ދެއްވުމަން ނިންމަވާ، ކަމާއި ގުޅުންހުރި އިދާރާތަކައް އެކަން ކުރުމަށް އަމުރުކުރައްވާފައެވެ.

ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޕްރައިވެޓް ކުންފުނިތަކައް ލިބެމުންދާ މާލީ ގެއްލުމާއި ގުޅިގެން، އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެކި ކަންކަން ތަޙައްމަލުކުރަން ޖެހިފައިވާ މުވައްޒަފުންނަށް ކަމަށް ޚަބަރު ލިބެއެވެ.

ސައުދީ ޕްރެސް އޭޖެންސީން މަޢުލޫމާތުދޭގޮތުގައި އެޤައުމުގައި 1.2 މިލިއަން މީހުން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރެއެވެ.

3 އޭޕްރިލް 2020 | ހުކުރު 20:48
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓެން ޖޫރިމަނާކޮށްފި

ޖަރުމަންގެ މިއުނިކް ދޫކޮށް ބަވޭރިއާއަށް ދިޔުމުން ބަޔާން މިއުނިކްގެ ޑިފެންޑަރު ޖެރޯމް ބޯޓެން ޖޫރިމަނާކުރަން އެ ކްލަބުން ނިންމައިފި އެވެ.

އުމުރުން 31 އަހަރުގެ ބޯޓެން މިއުނިކް ދޫކޮށް ބަވޭރިއާއަށް ދިޔައީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ބަލުވުމުންނެވެ. ބަވޭރިއާއަކީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޖަރުމަނުން އެންމެ ފުރަތަމަ ލޮކްޑައުން ކުރި އެއް ސަރަހައްދެވެ.

ބޯޓެން ބުނީ ކްލަބަށް ނާންގައި މިއުނިކް ދޫކޮށް ދިޔުމަކީ ކުށެއް ކަމަށާއި، އެކަމަކު އެ ދަނޑިވަޅުގައި ދަރިފުޅު ބަލިވުމުން އިތުރު ކަމަކާ ނުވިސްނުނު ކަމަށެވެ.

3 އޭޕްރިލް 2020 | ހުކުރު 20:28
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ފުޓްބޯޅަ ސީޒަން ކެންސަލް ނުކޮށް، ޖުލައި މަހު މެޗުތައް ފަށަން ޔުއެފާއިން މަސައްކަތް ކުރަނީ

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ ފުޓްބޯޅަ ލީގުތަކުގެ މެޗުތައް ޖުލައި މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. ޔޫރަޕްގެ ގަދަ ފަސް ލީގު މެދުކަނޑާލި ނަމަވެސް، ބެލަރޫސްގައި ލީގުގެ ކުޅުން ކުރިއަށްދެއެވެ. ބެލަރޫސިއަން ޕްރިމިއާ ލީގަކީ މިހާތު ޔޫރަޕްގައި ކުރިއަށްދާ ހަމައެކަނި ފުޓްބޯޅަ ލީގެވެ.

3 އޭޕްރިލް 2020 | ހުކުރު 19:13
Writer Profile Picture
ޒިހްނަތު ހަސަން
ކާފިއުގައި %99.9 މީހުން ތިބީ ގޭގައި: ފުލުހުން

މާލޭގައި ކާފިއު އިޢުލާނު ކޮށްފައިވާ ވަގުތު ތަކުގައި %99.9 މީހުން ތިބީ ގޭގައި ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

3 އޭޕްރިލް 2020 | ހުކުރު 19:10
Writer Profile Picture
ޒިހްނަތު ހަސަން
ވީޑިއޯ ކޯލް މެދުވެރިކޮށް ގައިދީންނަށް އާއިލާއާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ އިންތިޒާމު ބުރާސްފަތި ދުވަހު ހަމަޖައްސައިފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:52