ކޮވިޑް-19: އެންމެ ފަހުގެ

18,715,510
  • ފިޔާ، އަލުވި، ބިހުގެ އަގު ކޮންޓްރޯލް ކުރެވޭ ބީދައިން ގޭގެ ކުލިވެސް ކޮންޓްރޯލް ކުރެވެންޖެހޭ: އަލީ ހުސައިން
  • ދަތުރުވެރިންގެ ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި
  • ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފި
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފިޔާ، އަލުވި، ބިހުގެ އަގު ކޮންޓްރޯލް ކުރެވޭ ބީދައިން ގޭގެ ކުލިވެސް ކޮންޓްރޯލް ކުރެވެންޖެހޭ: އަލީ ހުސައިން

ފިޔާ، އަލުވި، ބިހުގެ އަގުކޮށް ކޮންޓްރޯލް ކުރާ ބީދައިން، ގޭގެ ކުލި ވެސް ކޮންޓްރޯލް ކުރެވެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 12:18
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދަތުރުވެރިންގެ ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މާލޭ ހިޔާ ދޭއްގެ ފުރަގަހުގައި ގާއިމްކޮށްފަިއވާ ދަތުރުވެރިންގެ ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްދފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 12:10
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފި

ވަޒީފާއިން ވަކިކުރާ ޑައިވިންގް އިންސްޓްރަކްޓަރުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްް ޑައިވަރސް އެސޯސިއޭޝަން އޮފް ދި މޯލްޑިވިސް އިން ހަމަޖައްސައިފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 12:01
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: އިޤްތިސާދީ ކޮމިޓީން ތިން މިނިސްޓްރީއަކާ ސުވާލުކުރަނީ

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ސުވާލުކުރަން ފާސްކޮށްފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 11:56
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޒަވީގެ ދީލަތި އެހީއެއް ބާސެލޯނާ ހޮސްޕިޓަލަކަށް

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާ ހޮސްޕިޓަލަކަށް ދީލަތި އެހީއެއް ވާން ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަދި ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޒަވީ އާއި އޭނާގެ އަންހެނުން ވަނީ ބާސެލޯނާ ހޮސްޕިޓަލަށް އެއް މިލިއަން ޔޫރޯ ހަދިޔާކުރަން ނިންމާފައެވެ.

5 އޭޕްރިލް 2020 | އާދީއްތަ 11:50
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ގެރެތު ސައުތުގޭޓްގެ މުސާރާއިން 30 އިންސައްތަ އުނިކުރަން ނިންމައިފި

އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓްގެ މުސާރައިން 30 އިންސައްތަ އުނިކުރަން އޭނާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސި ކުޅުންތެރިންގެ ހައްގުގައި އުފައްދައިފައިވާ ޔޫނިއަން، ޕްރެފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން އަންނަ ހަފްތާގައި މިކަން އިއުލާނުކުރާނެ އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 03:46
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ރާނީ އެލިޒަބަތް އާދިއްތަ ދުވަހު އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ޓީވީ މެދުވެރިކޮށް މުޚާތަބުކުރައްވަނީ

އިނގިރޭސި ރާނީ އެލިޒަބަތް އާދިއްތަ ދުވަހު ޓީވީ މެދުވެރިކުރައްވާ އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާނެކަމަށް ބަކިންގހަމް ޕެލަސް އިން ބުނެފި އެވެ. އިނގިރޭސިވިލާތުގައާއި މުޅި ދުނިޔޭގައި މިހާރު ހަލުވިމިނުގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސި ރާނީ ވާހަކަދައްކަވާނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި ނޭޝަނަލް ހެލްތު ސަރިވިސް އާއި ސިއްހީ އެހީތެރިންގެ މަސައްކަތްތަކަށް ރާނީ ޝުކުރުއަދާކުރައްވާ އެމީހުންގެ އާއިލާތަކުން މިވަގުތު ތަހައްމަލުކުރަމުންދާ ކަންކަން ފާހަގަކުރައްވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 02:56
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސިންގަޕޯރުގައި އެއް ދުވަހާއި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން މިހާތަނަށް ރިޕޯޓްކުރީ ހޮނިހިރު ދުވަހު

ކޮވިޑް-19 އެއް ދުވަހާއި މިހާތަނަށް އެންމެ ގިނައިން ސިންގަޕޯރުގައި ޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން 75 މީހަކަށް ވައިރަސް ހޮނިހިރު ދުވަހު ޖެހިފައިވެއެވެ. މިހާތަނަށް 1,189 މީހުންނަށް އެގައުމުން ވައިރަސް ޖެހިފައިވެއެވެ. އަދި 6 މީހަކު ވަނީ މަރުވެފަ އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 02:51
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ދެ ހަފްތާގެ މުއްދަތަށް ދުބާއީ ލޮކްޑައުން ކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފިޔަވަޅެއްގެ ގޮތުން ދުބާއީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުން ކުރާނެކަމަށް އެގައުމުން ބުނެފި އެވެ. ހޮނިހިރު ދުވަހުން ފެށިގެން ދުބާއީ ލޮކްޑައުން ކުރާއިރު ޒަރޫރީ ބޭނުންތަކު ނޫން ގޮތަކަށް އެއްވެސް ގޮތަކަށް މަގުމައްޗަށް ނުނިކުމެވޭނެކަމަށް އެގައުމުން ބުނެއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 02:46
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 3 ލައްކައަށް ވުރެ މައްޗަށް އަރައިފި

ކޮވިޑް-19 އެންމެ ހަލުވި މިނުގައި ފެތުރެމުންދާ އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 3 ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ. އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 301,902 އަށް އަރާފައިވާކަމަށް ރިކޯޑް ތަކުން ދައްކައެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ 8,175 ގައެވެ. ހޮނިހިރު ދުވަހު އެކަނިވެސް އެގައުމުގައި 23,949 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 02:14
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19:ސްޕެއިންގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައި އޮތްއޮތުން އޭޕްރީލް 26 އާ ހަމައަށް އިތުރުކުރަނީ

ސްޕެއިން ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތައް އިތުރު 15 ދުވަހަށް އިތުރުކޮށް އޭޕްރީލް މަހުގެ 26 އާ ހަމައަށް ދިގުދައްމާލުމަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގަންނަވާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ. ސްޕެއިންގައި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ ރޭޓް ކޮންމެސް ވަރަކަށް މަދުވަމުން އައި ނަމަވެސް މިފިޔަވަޅުތައް ދިގުދައްމާލުން މުހިންމު ކަމަށް ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވި އެވެ. މިހާރު ސްޕެއިންއިން ފެންނަމުންދާ ކަންކަމަކީ ކުރިން އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށާއި ހޮނިހިރު ދުވަހުގެ މިނިންމުމާއެކު އަދިވެސް ފިޔަވަޅުތައް އަޅަމުން ގެންދަވާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ. މީގެއިތުރުން އީސްޓަރ އަށްފަހު އިގްތިޞާދީ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ. އެގޮތުން އިގްތިޞާދީ ބައެއް މަސައްކަތްކަތްތައް ކުރުން މެދުކަނޑާލާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފިހާރަތަކާއި ބަރ އަދި ރެސްޓޯރެންޓްތައް އަދިވެސް ބަންދުކޮށްފައި ހުންނާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ.

ސްޕެއިންގައި މިހާތަނަށް އާއިރު 124,736 މީހުންނަށް ވައިރަސް ޖެހިފައިވާއިރު އިޓަލީއަށްފަހު އެންމެ ގިނަ މީހުން މަރުވަމުން އަންނަ ގައުމަކީ ސްޕެއިންއެވެ. އެގޮތުން އެގައުމުން މިހާތަނަށް 11,744 މީހުން ވަނީ މަރުވެފަ އެވެ. އެހެންނަމަވެސް ފާއިތުވި 24 ގަޑިއިރު އެގައުމުން މަރުވި މީހުންގެ އަދަދުވަނީ އޭގެކުރީ ދުވަހާ އަޅާބަލާއިރު ދަށަށްގޮސްފަ އެވެ. ހުކުރު ދުވަހު 932 މީހުން މަރުވިއިރު ހޮނިހިރު ދުވަހު މަރުވެފައިވަނީ 809 މީހުންނެވެ. އަދި ބުރާސްފަތި ދުވަހު އެގައުމުން ވަނީ 950 މީހުން މަރުވެފަ އެވެ.

މިއީ ކުރީ ހަފްތާގައި ރިކޯޑް ކުރަމުން އައި އަދަދުތަކާއި އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. މީގެ ހަފްތާއެއް ކުރިން ސްޕެއިން އިން މަރުވެގެން ރިކޯޑް ކުރަމުން އައި އަދަދުތައް އުޅުނީ 20 އިންސައްތައިން މަތީގަ އެވެ. އެހެންނަމަވެސް މިހާރު އެއަދަދު އުޅެނީ 7 އިންސައްތައިން މަތީގަ އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 02:07
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ތުރުކީވިލާތުގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 500 އަށް!

ތުރުކީވިލާތުގައި ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު 76 މީހުން ވަނީ މަރުވެފައެވެ. މިއާއެކު އެޤައުމުގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 501 އަށް އަރާފައެވެ.

އެޤައުމުގައި މިދިޔަ 24 ގަޑީއިރު، 3,013 މީހަކު ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 23,934 އަރާފައެވެ. މިހާތަނަށް އައިއިރު ފަރުވާދީގެން އެޤައުމުގައި 786 މީހުންވަނީ ރަނގަޅުކޮށްފައެވެ.

މިހާރުވެސް ތުރުކީވިލާތުގައި 22,647 މީހުންނަށް ފަރުވާދެމުން އެބަދެއެވެ. މީގެތެރެއިން، 1,311 މީހުންގެ ޙަލަތު ސީރިއަސްކަމަށް ޚަބަރު ލިބެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 23:12
Writer Profile Picture
ޒިހްނަތު ހަސަން
އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ލޯބިވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ލޯބިވެރިޔާ ކެރީ ސައިމަންޑްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 23:11
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއާއި ގުޅިގެން ޖެންޑަރ މިނިސްޓްރީންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން ދަނީ މިކަމުން އަރައިގަތުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯރސްގައި ހިމެނޭ ޖެންޑަރ މިނިސްޓްރީންވެސް ދަނީ އެ މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކައް މެދު ކެނޑުމެއްނެތި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. އެގޮތުން، ސައިކޯސޯޝަލް ސަޕޯޓް ޚިދުމަތާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންނާއި ކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކުގައި މެދުކެނޑުމެއްނެތި ޚިދުމަތްދެމުންދާކަމަށް ފާހަގަކޮށްލެވެއެވެ.

ރާއްޖެ ޓީވީގެ މިރޭގެ ފަލަ ސުރުޚީ ޕްރޮގުރާމުގައި، އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޔުމްނާ ގެންދަވަނީ އެކަންކަން ތަފުޞީލުކޮށްދެއްވަމުންނެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 22:40
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިއަދު އެންމެ ގިނައިން މީހުން މަރުވީވެސް އަދި އިންފެކްޓްވީވެސް އެމެރިކާއިން

ބައިނަލްއަޤުވާމީ ޞައްޙަ މަސްދަރުން މިއަދު ޢާންމުކޮށްފައިވާ ކޮވިޑް-19 ގެ އެންމެ ފަހިގެ ޑޭޓާތަކައް ބަލާއިރު މިއަދު ކޮވިޑް-19 އަށް އެންމެ ގިނަ މީހުން އިންފެކްޓްވީވެސް، އަދި މަރުވީވެސް އެމެރިކާއިންނެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 22:26
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެންގުންތަކަށް ތަބާ ނުވާނަމަ 24 ގަޑި އިރުގެ ކާފިއުއަކަށް ގޮސްދާނެކަމުގެ އިންޒާރު ޑރ. މުރާދު ދެއްވައިފި

ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ދުވަހަކު ކާފިއު ހިންގާ ގަޑީގައި އެއަށް ޢަމަލު ނުކުރެވޭނަމަ އަދި ކުރެވޭ ކަމެއްގެ ސަބަބުން 24 ގަޑި އިރުގެ ކާފިއުއަކަށް ދިއުން އެކަށީގެންވާ ކަމަށް ވިދާޅުވެ ޑރ. މޫސާ މުރާދު އިންޒާރު ދެއްވައިފިއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 22:24
Writer Profile Picture
ޒިހްނަތު ހަސަން
ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު 119 ދިވެހިން ފުލުހުން ހުއްޓުވި: މަބްރޫކް

މާލެ ހިމެނޭ ޞަރަޙައްދުގައި ހިންގަން ފަށާފައިވާ ކާފިއުގައި ހޮނިހިރު ދުވަހު ބޭރަށް ނިކުމެ އުޅުނު 141 މީހަކު ފުލުހުން ހުއްޓުވި ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 22:20
Writer Profile Picture
ޒިހްނަތު ހަސަން
ވަޒީފާއާ ގުޅޭ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރު: މަބްރޫކް

ވަޒީފާއާ ގުޅޭ އެކިއެކި މައްސަލަތަކުގައި ރިޕޯޓުކުރާ މިންވަރު އިތުރު ކަމަށާއި، މިހާތަނަށް 677 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 21:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފަރުކޮޅުފޮއްޓަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: މަބްރޫކް

ފަރުކޮޅުފުށީގައި ކަރަންޓީންގެ ފެސިލިޓީ ޤާއިމުކުރުމަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 21:47
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކެޔޮދޫން ނެގި ސާމްޕަލް ނެގެޓިވް

ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ވ. ކެޔޮދޫއިން ދިވެއްސަކު ގައިން ނެގި ސާމްޕަލް ނެގެޓިވް ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 21:45
Writer Profile Picture
ޒިހްނަތު ހަސަން
އައިޑީކާޑުގެ ފޮޓޯއެއް ދެއްކި ނަމަވެސް ބޭސް ދޫކުރާނެ: އާސަންދަ

ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތި، ނަންބަރު ފެންނަ ފޮޓޮއެއް ހުށަހެޅުމުން ބޭސްދޫކުރާނެ ކަމަށް އާސަންދައިން ބުނެފިއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 21:38
Writer Profile Picture
ޒިހްނަތު ހަސަން
ކަރަންޓީން މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ރިސޯޓުތައް ފުރިއްޖެނަމަ ސްކޫލް ހޯލުތައްވެސް ބޭނުންކުރާނަން: މަބްރޫކް

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިޔަށްދާ ޕްރެސްގައި، ކޮވިޑް-19 ގެ ތަރުޖަމާނު ވިދާޅުވީ، މިހާރު ކަރަންޓީން މަރުކަޒުގެ ގޮތުގައި ބޭނުންކުރަނުންދާ ރިސޯޓުތައް ފުރިއްޖެ ހާލަތެއްގައި ސްކޫލް ހޯލުތައްވެސް ބޭނުންކުރާނެކަމަށެވެ. މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގަ ތިބި ދިވެހިން އަނބުރާ ޤައުމަށް ނުގެނެވިގެން އުޅެނީ ކަރަންޓީން ފެސިލިޓީސް ތަކުގައި ޖާގަނެތިގެން ނޫންކަމަށެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 21:34
Writer Profile Picture
ޒިހްނަތު ހަސަން
ގޭގައި މަޑުނުކޮށްފިނަމަ 24 ގަޑިއިރުގެ ކަފިއުއަކަށް ދާޏްޖެހިދާނެ

މިހާރު ކުރިޔަށްދާ ކޮވިޑް-19 ޕްރެސްގައި މަބްރޫކް ޑރ މުރާދު ވިދާޅުވީ ކަފިއުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެގޮތައް އާންމުން އަމަލުނުކުރާނަމަ 24 ގަޑިއިރުގެ ކާފިއުއަކަށް ދާންޖެހިދާނެކަމަށެވެ.

މިއަދުވެސް 140 މީހުން ކާފިއު ގަޑީގައި ހުއްޓުވާ ސުވާލުކުރަން ޖެހުނު ކަމަށް ޓާސްކްފޯރސްއިން ބުނެއެވެ.

4 އޭޕްރިލް 2020 | ހޮނިހިރު 21:29
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޕްރެސް: އެންމެ ފަހުގެ މައުލޫމާތު

* 98 މީހަކު ވަނީ ފްލޫ ކްލިނިކުން ޚިދުމަތް ހޯދާފައި

* 777 މީހަކު ޖޮބް ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވޭ

* 24 ގަޑިއިރުގެތެރޭގައި 290 މީހަކު ރިސޯޓުތަކުން ޝަކުވާ ފޮނުވާފައިވޭ

4 އޭޕްރިލް 2020 | ހޮނިހިރު 21:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޕްރެސް: އެންމެ ފަހުގެ މައުލޫމާތު

ކޮންސްޓެންސް މޫފުށި : މޮނިޓަރިންގެ ޙާލަތުގައި

ވ. ކެޔޮދޫން ނެގި ސާމްޕަލް ނެގެޓިވް

4 އޭޕްރިލް 2020 | ހޮނިހިރު 21:24