ކޮވިޑް-19: އެންމެ ފަހުގެ

18,718,864
  • ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން
  • ހުޅުމާލެ މެޑިކަލް ފެސިލިޓީ
  • ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން
 
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން

ކަރަންޓީން ފެސިލިޓީގައި ހުރި މީހާކު މާލެ އައި ވާހަކަ؛

- އެނބޫދޫ ފެސިލިޓީގައި ހުރި ކުއްޖެއްގެ ކާފަ ނިޔާވެގެން އެޗްޕީއޭގެ ފަރާތުން އެ ކުއްޖާއަށް ހުއްދަ ދެވުނީ މޫނު ބެލުމަށާއި، ކަށު ނަމާދުގައި ބައިވެރިވުމަށް މާލެ އައުމަށް ހުއްދަ ދެވުނު. މިކަން ކުރަން ވަކިގޮތަކަށް އިރުޝާދު ދެވިފައިވޭ. އިޖްތިމައީ ގައިދުރުކުރުމުގެ ދަށުން ވަކިން ހުރެގެން ކަށު ނަމާދު ކުރުމަށް އެ ކުއްޖާއަށް އިރުޝާދު ދެވުނު. އަދި އެކަން ކުރެވިފައިވަނީ ހަމަ އެގޮތަށް.

ކަށުނަމާދު ނިންމަފައި އެމްއެންޑީއެފްގެ އުޅަނދެއްގައި އެކުއްޖާ ގެންދެވުނީ އެނބޫދޫ ފިނޮޅަށް ނަމަވެސް އަލުން އެނބޫދޫ ވިލެޖަށް 15 މިނެޓް ފަހުން އަނބުރާ ގެންދެވުނު. މާދަމާ އަކީ އެ ކުއްޖާގެ ސާމްޕަލް ނެގެޓިވް ވެއްޖެނަމަ ދޫކޮށްލުމަށް ހަމަޖެހިފައިވާ ކުއްޖެ.

އެނބޫދޫ ފިނޮޅުގައި އެއްވެސް މީހަކާ ކޮންޓެކްޓް ނުވޭ.

ކަރަންޓީންގައި ތިބި ފަރާތްތަކުގެ އާއިލާގެ މީހަކު ނުވަަތަ ގާތްތިމާގެ މީހަކު ނިޔާވެއްޖެ ނަމަ މި ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ދެމުން އަންނަނީ. އިސްތިސްނަގެ ހާލަތުގެ ދަށުން މިކަމަކީ ހުއްދަ ދެވޭ ކަމެއް.

8 އޭޕްރިލް 2020 | ބުދަ 21:33
Writer Profile Picture
ޙުސައިން މަޚްތޫމް
ހުޅުމާލެ މެޑިކަލް ފެސިލިޓީ

ކޮންސްޓްރަކްޝަން މަސައްކަތަށް އަންދާޒާ ކުރެވެނީ 12 މިލިއަން ރުފިޔާ އަރާނެ ކަމަށް. އަދި އެކިކަހަލަ މެޑިކަލް އިކްވިޕްމަންޓް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވޭ.

8 އޭޕްރިލް 2020 | ބުދަ 21:27
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން

ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ (ޓްރީޓޮޕް ކުރިމަތި)

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 300 ބެޑް ހުންނާނެ. ސަރވިސް އަދި އެކަމަޑޭޝަން ބިލްޑިންގ ހުންނާނެ.

ސަރވިސް ބިލްޑިންގައި ހުންނާނީ ލޯންޑަރީ އަދި ވޭސްޓް މެނޭޖްކުރުން

އެކަމަޑޭޝަން ބިލްޑިންގައި ހުންނާނީ އެތަނުގައި މަސައްކަތް ކުރަ ޑޮކްޓަރުން ތިބޭނެ ތަންތަން ހަދާފައި

8 އޭޕްރިލް 2020 | ބުދަ 21:25
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން - ފުލޫ ކުލިނިކްގެ ހިދުމަތްތައް

133 މިއަދު ހިދުމަތް ހޯދާފައިވޭ

ޖުމްލަ 66369 މީހަކު ހިދުމަތް ހޯދާފައިވޭ

8 އޭޕްރިލް 2020 | ބުދަ 21:22
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން

މިހާތަނަށް އައި އިރު 18 ރިސޯޓަކާއި 43 ސަފާރީއަކުން ވަނީ މީހުން ފޭބުމުގެ ހުއްދަ ދީފައި

8 އޭޕްރިލް 2020 | ބުދަ 21:21
Writer Profile Picture
ޙުސައިން މަޚްތޫމް
އެކި ތަންތަން ދޫކޮށްލަށް 300 އަށްވުރެ ގިނަ މެއިލް

335 އީމެއިލް ޖުމްލަ ލިބިފައިވޭ މިރޭ 8:00 އާ ހަމައަށް

229 އީމެއިލްއަކަށް ޖަވާބު ދީފައިވޭ

79 އީމެއިލްއަކަށް ޖަވާބު ނުދެވޭ

8 އޭޕްރިލް 2020 | ބުދަ 21:20
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރުތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވޭ

މޮނިޓަރިންގެ ހާލަތުގައި ހުރި ތަންތަނަކީ؛

- ޖޯލި މޯލްޑިވްސް

- ބޮޑުފުށި

- ވެލައްސަރު

- 7 ކޮރަލް މާފުށި

- މޯލްޑިވިއާނާ ސަފާރީ

- އައިލެންޑް ސަފާރީ

8 އޭޕްރިލް 2020 | ބުދަ 21:19
Writer Profile Picture
ޙުސައިން މަޚްތޫމް
މިހާތަނަށް އައި އިރު 2350 ސާމްޕަލް ނަގާފައި

2059 ސާމްޕަލް ނެގެޓިވް

272 ސާމްޕަލް ނަތީޖާ ނުލިބޭ

8 އޭޕްރިލް 2020 | ބުދަ 21:15
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އަންނަ ހަފުތާގައިވެސް ސަރުކާރު ބަންދު

މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފުތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

8 އޭޕްރިލް 2020 | ބުދަ 20:30
Writer Profile Picture
ޒިހްނަތު ހަސަން
ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ވިލިވަރުގައި އަލިފާން ރޯވެއްޖެ

ކޮވިޑް-19އާ ގުޅިގެން ކަރަންޓްރީން ފެސިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ.ވިލިވަރުގައި އަލިފާން ރޯވެ އަނދަމުންދަމުން އެބަދެއެވެ.

8 އޭޕްރިލް 2020 | ބުދަ 20:20
Writer Profile Picture
ޒިހްނަތު ހަސަން
ބަސް ދަތުރުގެ ޝެޑިއުލްއަށް އަނެއްކާވެސް ބަދަލު ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަސް ދަތުރުގެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

8 އޭޕްރިލް 2020 | ބުދަ 20:19
Writer Profile Picture
ޒިހްނަތު ހަސަން
ހުއްދަ ނުހޯދައި މިސްކިތްތައް ބަންދުނުކުރަން އަންގައިފި

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނުހޯދައި މިސްކިތްތައް ބަންދު ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

8 އޭޕްރިލް 2020 | ބުދަ 19:59
Writer Profile Picture
ޒިހްނަތު ހަސަން
އިނގިރޭސި ބޮޑުވަޒީރު ބޮރިސްގެ ޙާލުކޮޅު ރަނގަޅު: ތަރުޖަމާނު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޙާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

8 އޭޕްރިލް 2020 | ބުދަ 18:51
Writer Profile Picture
ޒިހްނަތު ހަސަން
ރާއްޖޭގެ މިހާރުގެ ކޮވިޑް19 ގެ ހާލަތު

ދެކުނު އޭޝިޔާގެ ޤައުމުތަކަށް ނަޒަރު ހިންގާލާއިރު، ކޮވިޑް-19 ގެ ޙާލަތު އެންމެ ރަނގަޅީ ރާއްޖޭގައެވެ. ރާއްޖެއިން މިހާތަނަށް 19 މީހަކު ފެނިފައިވާއިރު، މީގެތެރޭގައި ހިމެނެނީ އެންމެ 4 ދިވެހިންނެވެ. ބަލި ޖެހުނު މީހުންގެ ނިޞްބަތައް ބަލާއިރު، އެންމެ ގިނަ މީހުން ރަނގަޅު ކުރެވުނީވެސް ރާއްޖެއަށެވެ.

8 އޭޕްރިލް 2020 | ބުދަ 17:34
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާއްޖޭގެ ޙާލަތާ ގުޅިގެން ރައީސް ޞާލިޙު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ މަޝްވަރާ ކުރައްވައިފި

ކޮވިޑް-19 ވައިރަސްއާއި ރާއްޖޭގެ ޙަލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ މަޝްވަރާ ކުރައްވައިފިއެވެ.

8 އޭޕްރިލް 2020 | ބުދަ 17:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދާނެ ހާއްސަ ގަވާއިދެއް އެކުލަވާލައިފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދެއް އެކުލަވާލައި، ބުދަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފަށައިފިއެވެ.

8 އޭޕްރިލް 2020 | ބުދަ 16:50
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފަންޑް ހޯދުމަށް ހާއްސަ އޮންލައިން މިއުޒިކް ޝޯވއެއް އޭޕްރިލް 18ގައި ބާއްވަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މީހުންގެ މަސައްކަތަށް ޚާއްޞަ މިއުޒިކް ޝޯވއެއް ބާއްވަން ނިންމައިފިއެވެ.

8 އޭޕްރިލް 2020 | ބުދަ 16:28
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: އެމެރިކާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 ލައްކައަށް ވުރެ މައްޗަށް!

އެމެރިކާއިން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެން މައްޗަށް ގޮސްފިއެވެ.

8 އޭޕްރިލް 2020 | ބުދަ 11:38
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
76 ދުވަސް ފަހުން ވޫހާން ގެ ލޮކްޑައުން އުވާލައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީ ލޮކްޑައުން ކުރިތާ 76 ދުވަސް ފަހުން، ލޮކްޑައުން އުވާލާ އެ އަވަށް ހުޅުވާލައިފި އެވެ.

8 އޭޕްރިލް 2020 | ބުދަ 11:35
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކަރަންޓީނު ތަންފީޒުކުރަން ކޮލޮމްބިއާ އަސްކަރިއްޔާއިން ނިކުތީ ހެލިކޮޕްޓަރު ތަކުގައި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ކޮލޮމްބިއާ ސަރުކާރުން އިއުލާންކޮށްފައިވާ ކަރަންޓީން ތަންފީޒުކުރަން އެ ގައުމުގެ އަސްކަރިއްޔާއިން ހެލިކޮޕްޓަރުތަކުގައި ނިކުމެއްޖެ އެވެ.

8 އޭޕްރިލް 2020 | ބުދަ 11:33
Writer Profile Picture
ޒިހްނަތު ހަސަން
ފުރައިގެން ދިޔަ މީހާ ޕޮޒިޓިވްވީ މި މަހުގެ 6 ވަނަ ދުވަހު: މަބްރޫކް

ޖޯލި މޯލްޑިވްސް އަދި ބޮޑު ފުށި ރިސޯޓުގައި އުޅުމަށްފަހު ޤައުމަށް އަނބުރާ ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ޕޮޒިޓިވްވެފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 22:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކޮޗިންއިން ގެނައި 189 ދިވެހިން ކަރަންޓީން ކޮށްފި

އިންޑިއާގެ ކޮޗިންގައި ނާދެވި ތާށިވެފައި ތިބި 189 ދިވެއްސެއް ރާއްޖެ ގެނެސް ކަރަންޓީން ކޮށްފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 22:34
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެންނަން 11 ވަނަ ދުވަހު ފުލައިޓެއް ބާއްވަނީ

އިންޑިއާ ލޮކްޑައުންއަށް ދިއުމާއެކު އެގައުމުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ޓްރެވެންޑްރަމްގައި ތިބި ދިވެހިން ގެންނަން މި މަހުގެ 11 ވަނަ ދުވަހު ފުލައިޓެއް ބާއްވަން ގައުމީ އެއަރލައިން މޯލްޑިވިއަނުން ނިންމައިފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 22:31
Writer Profile Picture
ސިމާހާ ނަސީމް
އޭފްރިލް މަހުގެ 11 ވަނަ ދުވަހު ޓްރިވެންޑްރަމްގައި ތިބި ދިވެހިން މާލެ ގެނައުމަށް ފްލައިޓެއް ބާއްވާނަން: މޫސާ ވަސީމް

އޭފްރިލް މަހުގެ 11 ވަނަ ދުވަހު ޓްރެންޑްރަމްގައި ތިބި ދިވެހިން މާލެ ގެނައުމަށް ފްލައިޓެއް ބާއްވާނަން. ކުރިއަތް އޮތް ތާނގައި އަގުތައް ކަނޑައަޅާފައިވާނެ އެމްއޭސީއެލްއާ ގުޅިގެން. މި ފްލައިޓުން އަންނަ މީހުންނަކީ މާރޗް މަހުގެ 21 ވަނަ ދުވަހު އަންނަން އޮތް މީހުން އެހެންނަމަވެސް ފްލައިޓެއް ކެންސަލްވެގެން އެ މީހުންނަށް ވަނީ ނާދެވި. މިހާރު ކަނޑައަޅާފައިވާ ބައެއް އަގުތަކަކީ:

220 ޑޮލަރު ކޮލަންބޯ އަށް

149 ޑޮލަރު ކޮޗިން އަށް

199 ޑޮލަރު ޓްރިވެންޑްރަމަށް

330 ޑޮލަރު ކުއަލަލަމްޕޫރަށް

7 އޭޕްރިލް 2020 | އަންގާރަ 21:24
Writer Profile Picture
ޒިހްނަތު ހަސަން
ޒަކާތު ފަންޑުން ކޮވިޑް-19އަށް އެހީވުމަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފި

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

7 އޭޕްރިލް 2020 | އަންގާރަ 21:23