ކޮވިޑް-19: އެންމެ ފަހުގެ

19,442,721
  • ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ވަރލްޑް ބޭންކުގެ 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީ
  • ބޯޑަރ ކޮންޓްރޯލް ފިޔަވަޅު ތަކުގެ ދަށުން ދެކުނު ކޮރެއާގެ 27000 މީހުން ސެލްފް-ކަރަންޓީންގައި
  • ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު އުރީދޫއިން ހަމަޖައްސަނީ
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ވަރލްޑް ބޭންކުގެ 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީ

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށް ވަރލްޑް ބޭންކުން ރާއްޖެއަށް 7.3 މިލިއަން ޑޮލަރު (112.57 މިލިިއަން ރުފިޔާ) ގެ އެހީދިނުމަށް ނިންމައިފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:41
Writer Profile Picture
ޒިހްނަތު ހަސަން
ބޯޑަރ ކޮންޓްރޯލް ފިޔަވަޅު ތަކުގެ ދަށުން ދެކުނު ކޮރެއާގެ 27000 މީހުން ސެލްފް-ކަރަންޓީންގައި

ދެކުނު ކޮރެއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގެ 27،000 މީހުން ސެލްފް-ކަރަންޓީން ވެއްޖެއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:40
Writer Profile Picture
ޒިހްނަތު ހަސަން
ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު އުރީދޫއިން ހަމަޖައްސަނީ

ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ހަމަޖައްސަން ނިންމައިފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:39
Writer Profile Picture
ޒިހްނަތު ހަސަން
އެގްރި ސެންޓަރު އަންނަ މަހު ހުޅުވަނީ

ދަނޑުވެރިކަމުގެ ބާވައްތައް ގަތުމަށް އެސްޓީއީއޯން ހުޅުވާ، އެގްރި ސެންޓަރު އަންނަ މަހު ހުޅުވާނެ ކަމަށް ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:39
Writer Profile Picture
ޒިހްނަތު ހަސަން
ތަކެތި ހައްދަވާ، ގަނެފަ ވަގުތުން ފައިސާ ދޭނަން: އަމްރު

ގިނަ ފާރާތްތަކެއް ދަނޑުވެރިކަމުގެ ސިނާއަތަށް ނިކުންނަންޖެހޭކަމަށާއި، ހައްދާ ހުރިހާ ތަކެތި އެސްޓީއޯ އިން ގަންނާނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:38
Writer Profile Picture
ޒިހްނަތު ހަސަން
އިއްޔެގެ ނިޔަލަށް ވަޒީފާއާ ގުޅުންހުރި 449 މައްސަލަ ހުށަހަޅައިފި

ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަޒީފާއާ ގުޅުންހުރި 449 މައްސަލައަށް ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ސަރުކާރުން ހާމަކޮށްފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތްތަކުގައި އެކި ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެބަތިއްބެވެ. އެކަންކަމުގެ ސިޔާސަތުތައް ބައްޓަން ކުރުމުން ފެށިގެންގޮސް، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އަމަލީ މަސައްކަތްތަކުގައިވެސް ސަރުކާރުގެ ހުރިހާ އިދާރާތަކާއި ދައުލަތުގެ ބާރުތަކުގެ ބައިވެރިވުން ބޮޑެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަންއިންވެސް މިދަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

3 އޭޕްރިލް 2020 | ހުކުރު 18:36
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާގައި ޙިދުމަތް ދޭނީ ހަފްތާގެ ތިން ދުވަހު: ދަމަނަ ވެށި

ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފްތާގައި ދަމަނަ ވެށިން ޚިދުމަތް ދޭނީ ހަފްތާގެ ތިން ދުވަހު ކަމަށް އެ ސެންޓަރުން ބުނެފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:36
Writer Profile Picture
ޒިހްނަތު ހަސަން
ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 10،000ށް ވުރެ މަތިވެފައިވާ ސްޕެއިން އިން ފާހަގަވާ ފަސް ކަމެއް

ފާއިތުވި 24 ގަޑިއިރު ތެރޭގައި ސްޕެއިން އިން ވަނީ ކޮވިޑް-19 ޖެހިގެން 950 މީހުން މަރުވެފައެވެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ ދިހަހާހަށްވުރެ މައްޗަށް އަރާފަ އެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުވެސް އަންނަނީ އެތައް ގުނައެއް އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ހާމަކުރި ތަފާސްހިސާބުތަކާއެކު އެގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 102,136 ން 110,238 އަށް ވަނީ އަރާފަ އެވެ.

3 އޭޕްރިލް 2020 | ހުކުރު 18:35
Writer Profile Picture
ޒިހްނަތު ހަސަން
އެމިރޭޓްސްގެ ދަތުރުތައް މި މަހު ފަށަނީ

އެމިރޭޓްސްގެ ދަތުރުތައް މި މަހު ފަށަން ނިންމައިފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:34
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި 108 ވޮލަންޓިއަރަކަށް ކޮވިޑް-19 ވެކްސިން ދީފި

ޗައިނާގެ ވުހާންގައި 108 ވޮލަންޓިއަރަކަށް ކޮވިޑް-19 ވެކްސިން އިންޖެކްޝަން ދީ ފުރިހަމަ ކޮށްފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:32
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ފެތުރޭތީ 1 މަސް ދުވަހަށް ސިންގަޕޫރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރަނީ

ސިންގަޕޫރުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސްކޫލްތަކާއި މަސައްކަތް ކުރާ ގިނަ ތަންތަން 1 މަސް ދުވަހުގެ މުއްދަތައް ބަންދު ކުރަން ސިންގަޕޫރު ސަރުކާރުން ނިންމާ އެކަން ބޮޑުވަޒީރު ލީ ސެންގ ލޫންގް ހުކުރު ދުވަހު އިއުލާން ކުރައްވައިފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:31
Writer Profile Picture
ޒިހްނަތު ހަސަން
އާރްއޯއެލް ކަސްޓަމަރުންނަށް ހިލޭ އިންޓަރނެޓް އެލަވަންސް

އާރްއޯއެލް ކަސްޓަމަރުންނަށް ހިލޭ އިންޓަރނެޓް އެލަވަންސް ދޭން އެެ ކުންފުނިން ނިންމައިފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:30
Writer Profile Picture
ޒިހްނަތު ހަސަން
ފެން ބިލު ހަމައެކަނި ޑިޖިޓަލްކޮށް ފޮނުވާ ގޮތަށް އެމްޑަބްލިޔުއެސްސީ ނިންމައިފި

ފެން ބިލު ހަމައެކަނި ޑިޖިޓަލްކޮށް ފޮނުވާ ގޮތަށް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ހަމަޖައްސައިފިއެވެ.

3 އޭޕްރިލް 2020 | ހުކުރު 18:29
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ބެލްޖިއަމް ލީގު ކެންސަލްކޮށް ބްރޫޖަށް ތަށި ދެނީ

މެދުކަނޑާލާފައި އޮތް ބެލްޖިއަމް ޕްރޯ ލީގު މި ހިސާބުން ކެންސަލްކުރުމަށް ފަހު، ލީގުގެ އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބޯޑުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބެލްޖިއަމް ޕްރޯ ލީގު މެދުކަނޑާލާފައިވާއިރު، ލީގުގެ އެއްވަނައިގައި ބްރޫޖް އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލީގު ހުއްޓާލިއިރު، ފުރަތަމަ ބުރުގެ ބާކީ އޮތީ އެންމެ މެޗެކެވެ. ލީގު ރޭވިފައިވާ ގޮތުން ފުރަތަމަ ބުރުގައި 16 ޓީމު ކުޅޭއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ގަދަ 6 ޓީމެވެ.

3 އޭޕްރިލް 2020 | ހުކުރު 16:48
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: މަލާވީން ވައިރަސް ޖެހުނު ފުރަތަމަ މީހުން ފެނިއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފުރަތަމަ ތިން މީހުން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެފްރިކާގެ ގައުމެއްކަމަށްވާ މަލާވީން ވައިރަސް ފެނުނުކަން އިއުލާންކޮށްފައިވަނީ އެގައުމުގެ ރައީސް އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 23:18
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: މުޅި ދުނިޔެއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށް އަރައިފި

ކޮވިޑް-19 އަށް މިހާތަނަށް އާއިރު މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށް އަރައިފި އެވެ.

މިހާތަނަށް އާއިރު 1000115 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. މަރުވި މީހުންގެ އަދަދު ވަނީ 51530 މީހުންނަށް އަރާފަ އެވެ. ރަނގަޅުވެފައިވާ މީހުންވަނީ 211351 އަށް ވަނީ އަރާފަ އެވެ. މުޅި ދުނިޔެއިން 207 ގައުމަކާއި ސަރަހައްދަކުން ވަނީ މިހާތަނަށް އާއިރު ވައިރަސް ފެނިފަ އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 23:10
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދުގެ ކާފިއު ހިންގި ގަޑީގައި 95 މީހުންނަށް ނަސޭހަތް ދީފައިވޭ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މާލެ ހިމެނޭ ސަރަހައްދުގައި ހިންގަންފަށާފައިވާ ކާފިއުގެ ފުރަތަމަ ދުވަހު އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހަކަށް ފުލުހުން ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 ޖެހުމާހަމަައަށް ކާފިއު ހިންގުމަށް ނިންމާފައިވާއިރު މިއަދު އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހުންގެ ތެރޭގައި ހިމެނެނީ 13 ބިދޭސީއަކާއި 82 ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:44
Writer Profile Picture
އާއިޝަތު ޝިއުރާ
ކަރަންޓީނުގެ މުއްދަތު ހަމަވާ މީހުން ދޫކޮށްލުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާކަމަށް ޑޮކްޓަރ ވިދާޅުވެއްޖެ

މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ ބައެއްގެ ކަރަންޓީނުގެ މުއްދަތު ހަމަވާން ކައިރިވެފައިވާކަމަށާއި އެހެންކަމުން އެމީހުން ދޫކޮށްލުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާކަމަށް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވެއްޖެ އެވެ. އެމަސައްކަތް ކުރިޔަށްދަނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރާއިރު ކަރަންޓީނުގެ 14 ދުވަސް ގުނަނީ ކަރަންޓީނަށް މީހުންލާ ދުވަސް ނުގުނާކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. ކަރަންޓީނަށް ލާ ދުވަހަކީ ފުރަތަމަ ދުވަސްކަމަށް ނުގުނާކަމަށާއި އެގޮތަށް 14 ދުވަސް ހަމަކޮށް 15 ވަނަ ދުވަހު ޓެސްޓް ހަދާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އެގޮތުން ސާމްޕަލް ނަގާ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ އެމީހުން ދޫކޮށްލާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އެހެންނަމަވެސް ނެގެޓިވް ވި ނަމަވެސް އެމީހުންގެ ސޭފްޓީ ކަށަވަރުކުރުމުގެ ގޮތުން ކުޑަ އެގްޒިޓް ސްކްރީނިންގ އެއް ހަދާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އޭގަމާނައަކީ އެމީހުން ދޫކޮށްލާ ވަގުތު އެމީހުންގެ ގައިގައި އެއްވެސް އަލާމާތެއް ހުރިތޯ ބަލާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. ހުންހުރިތޯ އާއި ރޯގާ ހުރިތޯ އެމީހުން ކައިރީގައި އަހާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:34
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް ޕޮޒިޓިވް 4 މީހުންގެ ހާލު ރަނގަޅު

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4 މީހުންގެ ހާލު ރަނގަޅުކަމަށް ޑރ މޫސާ މުރާދު ވިދާޅުވެއްޖެ އެވެ. މިރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ ވިދާޅުވީ ސިއްހީގޮތުން މާބޮޑު މައްސަލަތަކެއް ނުވަތަ ކޮމްޕްލިކޭޝަންތަކެއް ނޫޅޭކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އަދި ނެގެޓިވް މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލެވިފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. ނެގެޓިވް ވިއަސް ސަޝްޕިއަސް ބޮޑު މީހުން ބަލަހައްޓަމުން ގެންދާކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:29
Writer Profile Picture
އާއިޝަތު ޝިއުރާ
ފިނޭންސް މިނިސްޓްރީން ހަފްތާއަކު ދެދުވަހު ޕޭމަންޓްތައް ޕްރޮސެސްކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ

ފިނޭންސް މިނިސްޓްރީން ހަފްތާއަކު ދެދުވަހު ޕޭމަންޓްތައް ޕްރޮސެސްކުރުމުގެ ކަންކަން ކުރިޔަށްގެންދާނެކަމަށް އެމިނިސްޓްރީން މައުލޫމާތު ދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މިކަމާއި ބެހޭ މައުލޫމާތު ބަނޑޭރި ޕޯޓަލް އަށް ވަނުމުން އޮންލައިންކޮށް ލިބޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. ބަނޑޭރި ޕޯޓަލްގައި ޖަހަންޖެހޭނީ އެމީހެއްގެ ވެންޑަރ ނަންބަރުކަމަށާއި އަދި ވެންޑަރ ނަންބަރު ނޭންގޭކަމަށްވާނަމަ އެބަޔަކަށް ލިބިފައިވާ ޕާޗޭސް އޯޑަރުތަކުގައި ވެންޑަރ ނަންބަރު ލިޔެފައި އޮންނާނެކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:25
Writer Profile Picture
އާއިޝަތު ޝިއުރާ
ޖޮބް ސެންޓަރުތަކަށް މިއަދާ ހަމައަށް 449 މީހަކު މައްސަލަ ހުށަހަޅާފައިވޭ

ޖޮބް ސެންޓަރުގައި މިއަދާ ހަމައަށް 449 މީހަކު އެމީހުންގެ ވަޒީފާތަކާއި ގުޅޭ މައްސަލަ ހުށަހަޅާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:21
Writer Profile Picture
އާއިޝަތު ޝިއުރާ
އެސްޓީއޯ އިން 6.2 ޓަނުގެ ބޭސް ގެންނަނީ

އެސްޓީއޯއިން 6.2 ޓަނުގެ ބޭސް އިންޑިޔާއިން ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. އެސްޓީއޯ އެގްރި ސެންޓަރ މެއި މަހުގެ 1 ން ފެށިގެން ރާއްޖޭގައި ހުންނާނެކަމަށާއި ރާއްޖޭގައި ހެއްދޭ ކާބޯތަކެތި ގަންނާނެ ފެސިލިޓީއެއްގެ ގޮތުގައި މަސައްކަތްކުރާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މިކަމަށް ރަޖިސްޓްރީ ކުރުމަށް އެސްޓީއޯއިން އެދޭކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:19
Writer Profile Picture
އާއިޝަތު ޝިއުރާ
ކަރަންޓީނުގައި ތިބޭ މީހުންނަށް ތަކެތި ފޮނުވާ ގަޑިތަކަށް ވަނީ ބަދަލުގެނެވިފައި

ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ތަކެތި ފޮނުވާ ގަޑިތަކަށް ބަދަލުގެނެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. 1624 ޕާރްސަލް މިހާތަނަށް އާއިރު އެކި ކަރަންޓީނު ފެސިލިޓީތަކަށް ގެންދެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:10
Writer Profile Picture
އާއިޝަތު ޝިއުރާ
އިނގިރޭސިވިލާތުން އައި މީހުންނަށް ވަކި މީހަކަށް ވަކިގޮތެއް ހަދާފައިނުވާނެ ކަމަށް މަބްރޫކް ވިދާޅުވެއްޖެ

އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނާމެދު ސުވާލުތަކެއް އުފެދިގެން އުޅޭކަމަށާއި މާލެއަށް އާދެވުނު މީހުންނާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނާމެދު ސުވާލު ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. މަރޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން ވަނީ އެއްވެސް މީހަކު އިސްތިސްނާއެއް ނުކޮށް ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައިކަމަށް މަބްރޫކް ވިދާޅުވި އެވެ. މަރޗް މަހުގެ 19 ވަނަ ދުވަހުގެ ކުރިން ރާއްޖެ އައި މީހުން ގޭގޭގައި އައިސޮލޭޝަންގައި ނޯޓިސްދެވިފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިކަމުގައި ވަކި މީހަކަށް ވީތީ ވަކިގޮތެއް ހެދިފައި ނޯންނާނެކަމަށާއި ވަކި ނުފޫޒެއް ފޯރުވައިގެން ކަރަންޓީނަށް ނުގޮސް ގެއަށް ދެވިފައި އަދި އައިސޮލޭޝަންގައި ހުންނަ މީހަކި އެހެން ނުހުންނާނެ ގޮތަކަށް މަސައްކަތްކޮށްފައި ނޯންނާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަހަލަ ގޮތަކަށް ކުރާނަމަ ފިޔަވަޅު އެޅިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 22:08