ކޮވިޑް-19: އެންމެ ފަހުގެ

23,811,531
  • އީރާނުގެ އެމަރޖެންސީ ސަރވިސަސްގެ އެންމެ އިސް މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް!
  • ކޮވިޑް-19: އިންޑިއާގެ ނޮއިޑާ ސިޓީގެ 2 ސްކޫލެއް ބަންދުކޮށްފި
  • ކޮވިޑް-19: އިންޑިއާއިން ވައިރަސް ފެނުމާއި ގުޅިގެން 4 ޤައުމެއްގެ ވިސާ ކެންސަލްކޮށްފި
 
Writer Profile Picture
އަމްނާ އިމާދު
އީރާނުގެ އެމަރޖެންސީ ސަރވިސަސްގެ އެންމެ އިސް މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް!

އީރާނުގެ އެމަރޖެންސީ ސަރވިސަސްގެ އެންމެ އިސް ފަރާތްކަމުގައިވާ ޑރ.ޕަރހޮސެއިން ކަލްވަންޑްއަށް ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އީރާނުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޑރ.ޕަރހޮސެއިން ކަލްވަންޑް ކޯވިޑް-19 އަށް ފަރުވާދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އީރާންގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރ ސައިދް މިރް މުހައްމަދު ވެސް ވަނީ މިބަލީގައި މަރުވެފައެވެ.

މިހާތަނަށް އީރާނުން ކޯވިޑް-19 ގެ 2336 ކޭސް ފެނިފައިވާއިރު 77 މީހުން ވަނީ މަރުވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 835 ކޭސް ރިޕޯޓުކޮށްފައިވެއެވެ. ޗައިނާ ނޫން ގައުމުތަކުގެ ތެރެއިން މިހާރު ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ ގައުމަކީ އީރާނެވެ.

3 މާރޗް 2020 | އަންގާރަ 21:30
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ނޮއިޑާ ސިޓީގެ 2 ސްކޫލެއް ބަންދުކޮށްފި

އިންޑިއާގެ މައި ސަރުކާރުން ހާމަކުރާ ގޮތުގައި، ވެރިރަށް ނިއު ދިއްލީން ކޮރޯނާވައިރަސް ފެނިގެން 2 ސްކޫލެއް ބަންދުކުރަން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 1 ސްކޫލަކީ، ދިއްލީން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހާގެ ކުއްޖާ ކިޔަވަމުންދާ ސްކޫލެވެ. އެސްކޫލްގެ ކުރިޔަށް އޮތް އިމްތިހާނުތައްވެސް ފަސްކޮށް، ސްކޫލްގެ އިމާރާތާއި ގޯތިތެރެއަށް ވަނުން ވަނީ އެއްކޮށް މަނާކޮށްފައެވެ.

މި ސްކޫލާއި ބެހޭ އިތުރު މަޢުލޫމާތެއްވެސް، އަދި ދެވަނައަށް ބަންދުކުރި ސްކޫލާއި ބެހޭ އިތުރު ތަފުޞީލު ހާމަކޮށްފައެއް ނުވެއެވެ.

3 މާރޗް 2020 | އަންގާރަ 20:21
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާއިން ވައިރަސް ފެނުމާއި ގުޅިގެން 4 ޤައުމެއްގެ ވިސާ ކެންސަލްކޮށްފި

މިކަން ހާމަކޮށް އިންޑިއާގެ މައިސަރުކާރުން އިސް މަސްއޫލުވެރިން ވިދާޅުވެފައިވަނީ، ބޭރުގެ 4 ޤައުމަކަށް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި، މާރޗް ތިންވަނަ ދުވަހާއި ހަމަޔަށް އިންޑިއާއަށް ދަތުރުކުރަން ކުރިން ދޫކޮށްފައިވާ ވިސާތައްވެސް ކެންސަލްކުރާ ކަމަށެވެ. އޭގެތެރޭގައި، އާދައިގެ ވިސާއާއި، އ_ވިސާއާއި އޮން-އެރައިވަލް ވިސާ ހިމެނެއެވެ.

ވިސާ ކެންސަލްކޮށް، ހުއްޓާލަން އިންޑިއާ ސަރުކާރުން ނިންމި ޤައުމުތަކަކީ، އިޓަލީ، އިރާން، ދެކުނު ކޮރެއާގެ އިތުރުން ޖަޕާނެވެ.

3 މާރޗް 2020 | އަންގާރަ 20:16
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާއިން އަނެއްކާވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

އިންޑިއާއިން ކޮވިޑް-19 ޖެހިފައި ތިން މީހަކު ފެނިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، ތިން މީހުންގެ ތެރެއިން އެކަކަކީ ވެރިރަށް ނިއުދިއްލީ މީހެކެވެ. އޭނާއަކީ ދާދިފަހުން އޮސްޓްރެލިޔާއަށް ޒިޔާރަތްކޮށްފައިވާ މީހެއްކަމަށް ޚަބަރު ލިބެއެވެ.

ދެވަނަ މީހާއަކީ ދުބާއީގެ ކުންފުންޏެއްގައި ހޮންގކޮންގ ބަޔާކާއެކު މަސައްކަތް ކުރުމަށް ފަހު އެނބުރި ޤައުމަށް އައި މީހެކެވެ. އޭނާއަކީ ހައިދަރްއާބާދު މީހެކެވެ.

ތިންވަނަ މީހާއަކީ އިންޑިއާގެ ޖެއިޕޫރް ސިޓީއަށް ގޮސް އުޅޭ އިޓަލީ މީހެކެވެ.

މީގެ ތެރެއިން އެކަކު ވަނީ ވެރިރަށް ނިއުދިއްލީގެ ހަޔާތު ރެޖެންސީ ހޮޓަލުގެ ރެސްޓޯރެންޓަކުން ނާސްތާކޮށްފައިވާ މީހެއްކަމަށާއި، އޭނާ އެތަނުން ނާސްތާ ކުރި ދުވަހު އެގަޑީގައި އެތޏަގައި މަސައްކަތްކުރި ހުރިހައި މުވައްޒަފުން ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށް 14 ދުވަސްވަންދެން ކަރަންޓީން ކުރުމަށް އެހޮޓަލުގެ މެނޭޖްމެންޓުން ވަނީ ނިންމާފައެވެ.

3 މާރޗް 2020 | އަންގާރަ 20:11
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާއިން އަނެއްކާވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

އިންޑިއާއިން ކޮވިޑް-19 ޖެހިފައި ތިން މީހަކު ފެނިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، ތިން މީހުންގެ ތެރެއިން އެކަކަކީ ވެރިރަށް ނިއުދިއްލީ މީހެކެވެ. އޭނާއަކީ ދާދިފަހުން އޮސްޓްރެލިޔާއަށް ޒިޔާރަތްކޮށްފައިވާ މީހެއްކަމަށް ޚަބަރު ލިބެއެވެ.

ދެވަނަ މީހާއަކީ ދުބާއީގެ ކުންފުންޏެއްގައި ހޮންގކޮންގ ބަޔާކާއެކު މަސައްކަތް ކުރުމަށް ފަހު އެނބުރި ޤައުމަށް އައި މީހެކެވެ. އޭނާއަކީ ހައިދަރްއާބާދު މީހެކެވެ.

ތިންވަނަ މީހާއަކީ އިންޑިއާގެ ޖެއިޕޫރް ސިޓީއަށް ގޮސް އުޅޭ އިޓަލީ މީހެކެވެ.

މީގެ ތެރެއިން އެކަކު ވަނީ ވެރިރަށް ނިއުދިއްލީގެ ހަޔާތު ރެޖެންސީ ހޮޓަލުގެ ރެސްޓޯރެންޓަކުން ނާސްތާކޮށްފައިވާ މީހެއްކަމަށާއި، އޭނާ އެތަނުން ނާސްތާ ކުރި ދުވަހު އެގަޑީގައި އެތޏަގައި މަސައްކަތްކުރި ހުރިހައި މުވައްޒަފުން ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށް 14 ދުވަސްވަންދެން ކަރަންޓީން ކުރުމަށް އެހޮޓަލުގެ މެނޭޖްމެންޓުން ވަނީ ނިންމާފައެވެ.

3 މާރޗް 2020 | އަންގާރަ 20:10
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާއިން އަނެއްކާވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

އިންޑިއާއިން ކޮވިޑް-19 ޖެހިފައި ތިން މީހަކު ފެނިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، ތިން މީހުންގެ ތެރެއިން އެކަކަކީ ވެރިރަށް ނިއުދިއްލީ މީހެކެވެ. އޭނާއަކީ ދާދިފަހުން އޮސްޓްރެލިޔާއަށް ޒިޔާރަތްކޮށްފައިވާ މީހެއްކަމަށް ޚަބަރު ލިބެއެވެ.

ދެވަނަ މީހާއަކީ ދުބާއީގެ ކުންފުންޏެއްގައި ހޮންގކޮންގ ބަޔާކާއެކު މަސައްކަތް ކުރުމަށް ފަހު އެނބުރި ޤައުމަށް އައި މީހެކެވެ. އޭނާއަކީ ހައިދަރްއާބާދު މީހެކެވެ.

ތިންވަނަ މީހާއަކީ އިންޑިއާގެ ޖެއިޕޫރް ސިޓީއަށް ގޮސް އުޅޭ އިޓަލީ މީހެކެވެ.

މީގެ ތެރެއިން އެކަކު ވަނީ ވެރިރަށް ނިއުދިއްލީގެ ހަޔާތު ރެޖެންސީ ހޮޓަލުގެ ރެސްޓޯރެންޓަކުން ނާސްތާކޮށްފައިވާ މީހެއްކަމަށާއި، އޭނާ އެތަނުން ނާސްތާ ކުރި ދުވަހު އެގަޑީގައި އެތޏަގައި މަސައްކަތްކުރި ހުރިހައި މުވައްޒަފުން ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށް 14 ދުވަސްވަންދެން ކަރަންޓީން ކުރުމަށް އެހޮޓަލުގެ މެނޭޖްމެންޓުން ވަނީ ނިންމާފައެވެ.

3 މާރޗް 2020 | އަންގާރަ 20:10
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިހާތަނަށް އައިއިރު ދުނިޔޭގެ 61 ޤައުމަކުން ވައިރަސް ރިޕޯޓުކޮށްފައިވޭ: ޑަބްލިއުއެޗްއޯ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، ވައިރަސް އަލަށް ފެނުނު ޗައިނާގެ އިތުރަށް، ދުނިޔޭގެ 61 ޤައުމަކުން މިހާތަނަށް އައިއިއރު ނޮވެލް ކޮރޯނާވައިރަސް ޖެހިގެން އެ ޖަމްޢިއްޔާށް ރިޕޯޓުކޮށްފައިވެއެވެ. މިހާތަނަށް އެ ޖަމްޢިއްޔާއިން ބެލި ބެލުމުން އެ 61 ޤައުމުން 8،739 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 127 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

ޗައިނާއިން ބޭރުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން ދަނީ 4 ޤައުމެއްގައެވެ. އެއީ ދެކުނު ކޮރެއާ، އިޓަލީވިލާތް، އިރާން އަދި ޖަޕާންކަމަށާއި، މި ޤައުމުތަކުގައި ވައިރަސް ފެތުރެމުންދަނީ އެ ޖަމްޢިއްޔާއިން ކަންބޮޑުވާ މިންވަރަކަށް ކަމަށް ވެސް އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވެފައިވެއެވެ.

3 މާރޗް 2020 | އަންގާރަ 10:13
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޗައިނާގައި ވައިރަސް އަލަށް ފެންނަ މީހުންގެ ނިޞްބަތް މިހާރު ދަނީ ދަށްވަމުން: ޗައިނާ ސަރުކާރު

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ދާދި ދެންމެއަކު ހާމަކުރި ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކައް ބަލާއިރު، އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންނާއި، ވައިރަސްގައި މަދުވާ މީހުންގެ ނިޞްބަތް މިހާރު ދަނީ ދަށްވަމުންނެވެ.

އެ ކޮމިޝަނުން މިއަދު ޢާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުތަކައް ބަލާއިރު، އިއްޔެ އެޤައުމުގައި އަލަށް މިވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 125 މީހުންނެވެ. އަދި އާދީއްތަ ދުވަހު 202 މީހުންނެވެ. އިއްޔެއަކީ ޖެނުއަރީގެ ފަހުން އެޤައުމުގައި އެންމެ މަދު ކޭސް ރިކޯޑުކުރެވުނު ދުވަހެވެ. އިއްޔެ އެޤައުމުން 31 މީހުން ވައިރަސް ޖެހިގެން މަރުވިއެވެ.

ހަމަ އެކަނި ވައިރަސް އަލަށް ފެނުނު ވުހާން ސިޓީއަށް ބަލާއިރުވެސް ނިޞްބަތުން ވައިރަސް ޖެހޭ މީހުންގެ އަދަު ވަނީ ދަށްވެފައެވެ. އިއްޔެ އެ ސިޓީން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވަނީ 111 މީހުންނެވެ. އޭގެ ކުރީ ދުވަހު 193 މީހުންނެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މަޢުލޫމާތުދޭ ގޮތުގައި ވައިރަސްއަށް ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލާ މީހުންގެ ނިޞްބަތް މިހާރު ގިނައެވެ. އެހެންނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފުޞީލު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައެއް ނުވެއެވެ.

3 މާރޗް 2020 | އަންގާރަ 10:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނު ކޮރެއާއިން އިތުރު 600 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ އިސްވެރިޔާ ވިދާޅުވެފައިވަނީ އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 600 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ތިން މީހުން ފަރުވާދެމުންދަނިކޮށް ޙާލުދެރަވެގެން މަރުވެފައިވާކަމަށެވެ.

މިއާއެކު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 4،812 އަށް އަރާފައެވެ. އެހެންކަމުން، ޗައިނާވެފައިވަނީ ވައިރަސް އަލަށް ފެނުނު ޗައިނާއިން ބޭރުން، އެންމެ ގިނަ ޢަދަދަކަށް ވައިރަސްއަށް ޕޮޒިޓިވްވި ޤައުމަށެވެ.

3 މާރޗް 2020 | އަންގާރަ 09:57
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޕާކިސްތާނުން 5 މީހުން ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ

ޕާކިސްތާނުގެ ހެލްތު މިނިސްޓަރ ޒަފަރް މިރުޒާ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވަނީ، އިތުރު މީހަކު އެޤައުމުން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިއާއެކު އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ ޢަދަދު 5ށް އަރާފައިވާކަމަށެވެ. އަލަށް ވައިރަސްއަށް ޕޮޒިޓިވްވީ މީހާގެ ޙާލަތު ރަނގަޅުކަމަށްވެސް ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

3 މާރޗް 2020 | އަންގާރަ 09:53
Writer Profile Picture
އަމްނާ އިމާދު
ކޮވިޑް-19 އަށް ތަހުލީލުކުރަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް: އައިޖީއެމްއެޗް
އައިޖީއެމްއެޗް

ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސްގެ ސާމްޕަލް އައިޖީއެމްއެޗްގައި ތަހުލީލުކުރަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އެހޮސްޕިޓަލްގެ ލެބޯޓަރީއަށް ތަހުލީލު ކުރުމަށް ގެނެވޭ ސާމްޕަލްތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލްތަކެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލް ތަކާއި މެދު ދެކެވޭނީ އަދި އަމަލު ކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއް ކަމަށް ބަލައިގެންނެވެ.

އައިޖީއެމްއެޗުން ބުނީ ނުރައްކާތެރި، ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަހުލީލު ކުރިނަމަވެސް މިތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެހޮސްޕިޓަލުގެ ލެބޯޓަރީގައިވެސް، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި ސްޓޭންޑަރޑް ޕްރެކްޓިސް އާއި ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އެޅިފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް19ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް އަމަލުކުރަމުންދަނީ ޑަބްލިއުއެޗްއޯ އާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް އެކަށައަޅާފައިވާ ޚާއްސަ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއާ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެން.އޭ.ބީ.އެލް)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗުން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް ޚާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.

2 މާރޗް 2020 | ހޯމަ 23:28
Writer Profile Picture
އަމްނާ އިމާދު
އިނގިރޭސިވިލާތުން ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުދަނީ އިތުރުވަމުން!

އިނގިރޭސިވިލާތުގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށްދާ ކަމަށް އެގައުމުގެ ސިއްހީ މާހިރުން ބުނެފިއެވެ.

އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހޯމަ ދުވަހުގެ ނިޔަލަށް 49 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަލަށް މިވައިރަސްއަށް ޕޮޒިޓިވްވާ މީހުން ވަނީ ދާދި ފަހުން އިޓަލީއަށް ދަތުރުކޮށްފައެވެ.

2 މާރޗް 2020 | ހޯމަ 23:25
Writer Profile Picture
އަމްނާ އިމާދު
ނައިޖީރިޔާގައި ކޮވިޑް 19 ދަނީ ފެތުރެމުން!

ނައިޖީރިއާގައި ކޮވިޑް 19 ޖެހިފައިވާ މީހަކާ ކޮންޓެކްޓްވި 58 މީހަކު މިހާރު ވަނީ ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

ހެލްތް އޮފިޝަލުން ބުނީ ގަވާއިދުން މޮނީޓަރ ކުރެވެމުންދާ ކަމަށެވެ. ނައިޖީރިއާއިން ފުރަތަމަ ކޭސް ފެނިފައިވަނީ ހުކުރު ދުވަހެވެ. އެމީހާ އައިސްފައިވަނީ އިޓަލީންނެވެ.

2 މާރޗް 2020 | ހޯމަ 23:20
Writer Profile Picture
އަމްނާ އިމާދު
ގަތަރުގައި ކޮވިޑް 19 އަށް 07 މީހަކު ޕޮޒިވިޓް ވެއްޖެ

ކޮވިޑް 19 ނުވަތަ ކޮރޯނާވައިރަސް ހަލުހިމިނެއްގައި ފެތުރެމުންދާއިރު، ގަތަރުގެ 07 މީހެއްގެ ގައިން މިވައިރަސް ފެނިފައިވާ ކަމަށެވެ.

ގަތަރުގެ ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި ހޯމަ ދުވަހު ވަނީ 04 ކޭސްއެއް ފެނިފައެވެ. އަދި މިހަތަރު މީހުންނަކީ އީރާއިން އިން ޕްރައިވެޓް ފްލައިޓްގައި އައިސްފައިވާ މީހުންނެވެ.

2 މާރޗް 2020 | ހޯމަ 23:18
Writer Profile Picture
އަމްނާ އިމާދު
ސައުދީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިއްޖެ

ސައުދީ އަރަބިއްޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވާ އެގައުމުގެ ހެލްތް މިނިސްޓްރީން ކަށަވަރުކޮށްދީފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ސައުދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބުނެފައިވަނީ ހޯމަ ދުވަހު ސައުދީން ކޮވިޑް-19 ޖެހިފައިވާ މީހެއް ފެނިފައިވާ ކަމަށާއި، އެއީ އެގައުމުގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ ވަނީ ދާދިފަހުން އިރާންގެ ބަހްރެއިންއަށް ދަތުރުކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކުރާ ގޮތުގައި ޕޮޒިޓިވްވި މީހާ އާއި އެއްވެސް މިންވަރަކަށް ބައްދަލުވެފައި ހުރި މީހުން ދެނެގަނެ އެމީހުން ބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ނަތީޖާ ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނިފައިވާއިރު، މިހާރު އެގައުމުން ވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން އެންގުމަށް ޚާއްސަ ހޮޓްލައިނެއް ވެސް ގާއިމްކޮށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އެދިފައެވެ.

ސައުދީއިން ކޮވިޑް-19 ފެނިފައިމިވަނީ ކޮވިޑް-19 ފެތުރެމުންދާތީ އުމްރާއަށް މީހުން އައުމާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުން ސައޫދީ އަރަބިއްޔާ އިން ވަގުތީ ގޮތުން މަނާކޮށްފައިވަނިކޮށްށެވެ.

2 މާރޗް 2020 | ހޯމަ 23:12
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާއަށް ޒިޔާރަތް ކުރާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ހަރުދަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 ފެތުރެމުންދާ "ހައި ރިސްކް" ޤައުމުތަކުން އެމެރިކާއަށް އަންނަ މީހުން ސްކްރީން ކުރުމުގައި އަމަލުކުރަމުންގެންދާ އުޞޫލު ބަދަލުކުރައްވަން ނިންމަވާފައިވާކަމަށެވެ. އެގޮތުން، މިފަދަ ޤައުމުތަކުން އެމެރިކާއަށް އަންނަ މީހުން، މިހާރު ކުރިޔަށްގެންދާ ސްކްރީނިންގގެ އިތުރަށް، އަލަށް އަމަލު ކުރަން ފަށާ ސްކްރީނިންގ ޕްރޮޓޮކޯލްގެ ދަށުން އިތުރަށް ސްކްރީން ކުރެވޭނަކަމަށެވެ.

އެމެރިކާގެ މައި ހުރިހައި އެއަރޕޯޓެއްގައި މިހާރުވަނީ ކޮވިޑް-19ށް ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

2 މާރޗް 2020 | ހޯމަ 11:33
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާއިތުވި 24 ގަޑިއިރު އިޓަލީން 806 މީހުން ވައިރަސްއަށް ޕޮޒިޓިވްވި، 13 މީހުން މަރުވި

އިޓަލީވިލާތުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެޤައުމުން އިތުރު 806 މީހުން ކޮވީިޑް-19ށް ޕޮޒިޓިވްވިއެވެ. އަދި އިއްޔެ އެކަނިވެސް 13 މީހުން ވަނީ މިވައިރަސްގައި މަރުވެފައެވެ.

މިއާއެކު، އިޓަލީ ވިލާތުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލު އަދަދަކީ 1،694 އެވެ.

އިޓަލީވިލާތުގެ 21 ޞަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ މީހުން ފެނިފައިވަނީ ލޮމްބާޑީ ޞަރަހައްދުންނެވެ. ލޮމްބާޑީ ޞަރަޙައްދުން 887، އެމީލިއާ ރޮމޭނިއާ ޞަރަޙައްދުން 277 އަދި ވެނެޓޯ ޞަރަޙައްދުން 263 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

2 މާރޗް 2020 | ހޯމަ 11:27
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިހާތަނަށް އައިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 89،081 މީހުން ވައިރަސް އަށް ޕޮޒިޓިވްވެފައިވޭ: ޑަބްލިއުއެޗްއޯ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ، ނޮވެލް ކޮރޯނާވައިރަސްއަށް މިހާތަނަށް އައިއިިރު މުޅި ދުނިޔެއިން،89,081މީހުން ޕޮޒިޓިވްވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އެ ޖަމާޢަތުން މިއަދު ޢާންމުކުރި ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލަތުގެ ރިޕޯޓަށް ބަލާއިރު، މިހާތަނަށް މި ވައިރަސް ޖެހިގެން 3،057 މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހިގެން ފަރުވާ ދިނުމަށްފަހު،45،148މީހުން ގެއަށް ދޫކޮށްލާފައިވާކަމަށެވެ.

އަދިވެސް އިތުރު40,876މީހުންނަށް ފަރުވާ ދެމުންދާއިރުމ މީގެތެރެއިން7,375ޙާލު ސީރިއަސް ކަމަށާއި، އަދި ދެން ތިބި33,501މީހުން އާދައިގެ ޙާލަތެއްގައި ތިބި ނަމަވެސް އަދިވެސް ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ވެއެވެ.

2 މާރޗް 2020 | ހޯމަ 10:13
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކެނެޑާއިން އިތުރު 4 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ސީއެންއެންއިން ޚަބަރު ފަތުރާގޮތުގައި، ކެނެޑާގެ އޮންޓާރިއޯއިން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އޮންޓާރިއޯގެ ޞަރަޙައްދީ ސަރުކާރުން ވަނީ ހާމަަކޮށްފައެވެ.

ފުރަތަމަ މީހާ:އުމުރުން 50 އަހަރުގެ މިމީހާއަކީ، އޮންޓާރިއޯގެ ވައުހާން އަވަށުގައި ދިރިއުޅޭ ޓޮރޮންޓޯގެ ރައްޔިތެކެވެ. އޭނާއަށް ވައިރަސް ޖެހުނީ އީރާނަށް ދަތުރުކޮށްފައި އައި އޭނާގެ ފިރިހެން ކޮއްކޮގެ ފަރާތުންނެވެ. އެކަހެރިކޮށްގެން އޭނާއަށް ފަރުވާދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެވަނަ މީހާ:އުމުރުން 40 އަހަރުގެ މި އަންހެން މީހާއަކީ އިރާނަށް ދަތުރުކޮށްފައިވާ މީހެކެވެ. އެހެންކަމުން އޭނާއަށް ވައިރަސް ޖެހުނީ އިރާނުން ކަމަށް ބެލެވެއެވެ. ކަރަންޓީންކޮށްގެން ފަރުވާދެމުން ދިޔަނަމަވެސް، އޭނާގެ ޙާލަތު އެހާ ސީރިއަސް ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ.

ތިންވަނަ މީހާ:އުމުރުން 60 އަހަރުގެ މިމީހާއަކީވެސް އިރާނަށް ގޮސްފައި އެނބުރި އައި މީހެކެވެ. އޭނާއަށް ފަރުވާ ދެނީ ގޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަތަރުވަނަ މީހާ:އުމުރުން 70 އަހަރުގެ މި މީހާއަށް ވައިރަސް ޖެހުނީ މިޞްރަށް ގޮސް އެނބުރި އައި ކޮވިޑް-19 ޖެހިފައި ހުރި މީހަކާއި ދިމާވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މީނާއަށް ވެސް ގޭގައި ބަހައްޓައިގެން ދަނީ ފަރުވާދެމުންނެވެ.

މިއާއެކު، އޮންޓާރިއޯގައި ވައިރަސް ޖެހުނު މީހުންގެ އަަދަދު ވަނީ 15 އަށް އަރާފައެވެ. އަދި މުޅި ކެނެޑާއިން މި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަަދަދަކީ 24 އެވެ.

2 މާރޗް 2020 | ހޯމަ 08:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ހޮނގްކޮންގ އިން އިތުރު 3 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ހޮންގކޮންގގެ ޑިޕާޓްމެންޓް އޮފް ހެލްތާއި ޙަވަލާދީ ސީސީޓީވީ އިން ރިޕޯޓުކުރާ ގޮތުގައި، މި ފަހަރު ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 70 އިން މަތީގެ 3 މީހުންނެވެ. ތިން މީހުންނަށްވެސް ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު، އެކަކުގެ ޙާލު ވަރަށް ސީރިއަސް ކަމަސް ސީސީޓީވީން ރިޕޯޓުކުރެއެވެ.

މިއާއެކު، ހޮންގކޮންގ އިން ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 98ށް އަރާފައެވެ.

2 މާރޗް 2020 | ހޯމަ 08:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިޞްރުން އިތުރު މީހަކު ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

މިޞްރުން މި ފަހަރު ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެޤައުމަށް ގޮސް އުޅޭ އެހެން ޤައުމެއްގެ ފަތުރުވެރިއެކެވެ. އެމީހާއާއި ބެހޭ އިތުރު މަޢުލޫމާތު މިޞްރު ސަރުކާރުން ހާމަނުކުރި ނަމަވެސް، އޭނާގެ ޙާލު ރަނަގޅު ކަމަށާއި، އެކަހެރިކޮށްގެން ފަރުވާދެމުންދާކަމަށް މިޞްރުގެ ސަރުކާރާއި ޙަވާލާދީ ޤައލްފުގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިއާއެކު، މިޞްރުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2ށް އަރާފައެވެ.

2 މާރޗް 2020 | ހޯމަ 08:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޑޮމިނިކަން ރިޕަބްލިކް އިން ވައިރަސް ފެނިއްޖެ

ޑޮމިނިކަން ރިޕަބްލިކުން ވައިރަސް ޖެހިފައިވާ 2 މީހުން ފެނިއްޖެއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ޑޮމިނިކަން ރިޕަބްލިކްގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެޤައުމަށް ގޮސް އުޅޭ އިޓަލީވިލާތުގެ ފަތުރުވެރިއެކެވެ. އުމުރުން 60 އަހަރުގެ މި ފިރިހެން މީހާއަށް މިހާރު ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު އޭނާގެ ޙާލަަތު ރަނގަޅުކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެވަނަ މީހާއަކީ އެޤައުމަށް ގޮސް އުޅޭ ފަރަންސޭސި ވިލާތުގެ ފަތުރުވެރިއެކެވެ. އުމުރުން 56 އަހަރުގެ މި މީހާއަށްވެސް ހޮސްޕިޓަލުގައި ކަރަންޓީންކޮށްގެން ފަރުވާ ދެމުންދާކަމަށް ޚަބަރު ލިބެއެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ސަރުކާރުން މިހާރުދަނީ، މި 2 މީހުން ވައިރަސް އަށް ޕޮޒިޓިވްވުމުގެ ކުރިން ބައްދަލުވެފައިވާ މީހުންނާއި، ދިޔަ ތަންތަނުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

2 މާރޗް 2020 | ހޯމަ 07:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސްކޮޓްލޭންޑުން ވައިރަސް ފެނިއްޖެ

ސްކައި ނިއުސްއިން ޚަބަރުފަތުރާގޮތުގައި، އިއްޔެ ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން އެޤައުމުގައި 700 މީހުން ވައިރަސްއަށް ޓެސްޓުކުރި އިރު، އޭގެތެރެއިން އެކަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

އެޤައުުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ، ވައިރަސް ޖެހިފައިވާ އިތުރު ބަޔަކު ވޭތޯ ބެލުމެއް ސަރަވައިލެންސް ޕްރޮގުރާމެއް ފަށާފައިވާކަމަށް ސްކައިނިއުސްއިން ރިޕޯޓުކުރެއެވެ.

2 މާރޗް 2020 | ހޯމަ 07:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިކުއެޑޯއިން ވައިރަސް ފެނިއްޖެ

އިކުއެޑޯގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާއިން ރިޕޯޓުކުރާގޮތުގައި، އިއްޔެ އެޤައުމުން އިއްޔެ ވަނީ 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން އެކަކުގެ ޙާލު ވަރަށް ސީރިއަސް ކަމަށާއި،އޭނާއަށް އައިސީޔޫގައިވެންޓިލޭޓަރުގެ އެހީގައި ފަރުމާ ދެމުންދާ ކަމަށެވެ. އަނެއް 5 މީހުންވެސް ކަރަންޓީންކޮށްގެން ޚާއްޞަ ފަރުވާ ދެމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

2 މާރޗް 2020 | ހޯމަ 07:52
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާއިން 2 ވަނަ މީހަކު ވައިރަސްގައި މަރުވެއްޖެ

ނޮވެލް ކޮރޯނާވައިރަސް ޖެހިގެން އެމެރިކާގައި އިތުރު މީހަކު މަރުވެއްޖެއެވެ.

ސީއެންއެންއިން ޚަބަރު ފަތުރާގޮތުގައި، މަރުވީ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ. މަރުވީ ވައިރަސްއަށް ފަރުވާ ދެމުން ދަނިކޮށް ޙާލު ދެރަވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ، އެމެރިކާއިން މި ވައިރަސް ފެނުނު ފަހުން، މަރުވި 2 ވަނަ މީހާއެވެ.

2 މާރޗް 2020 | ހޯމަ 07:49