މިހާތަނަށް މާލެ އިން ފެނިފައިވާ ކޭސްތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ފަރާތެއްގެ ހާލަތު ސީރިއަސް ނޫންކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ. މިހުރިހާ ފަރާތަކަށް ފަރުވާ ދެމުން އަންނަނީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ.
މާލެ އިން ފުރަތަމަ ފެނުނު ކޭސްއާ ގުޅިގެން މޮނީޓަރިންގ ހާލަތަަށް ގެނެވުނު ކ. ކާށިދޫ، މޮނީޓަރިންގ ހާލަތުން އުވާލައިފި އެވެ.
ކާށިދޫގެ މޮނީޓަރިންގ ހާލަތު އުވާލާފައިވަނީ، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ފަހު އައިސޮލޭޝަން އަށް ގެންދަން ޖެހޭ ފަރާތްތައް އައިސޮލޭޝަނަށް ގެންދިއުމަށް ފަހުގަ އެވެ.
މާލެ ސިޓީ އިން މިހާރު އަށް ކޭސް ފެނިފައިވާއިރު، އިންޑެކްސް ކޭސް ނޭނގުމުގެ މާނައަކީ މާލޭ ގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތުން ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ސަމާލުވެގެން ގުދު ފަތިކުރަން މަސައްކަތްކުރަން ޖެހޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު ހެދިފައިވާ އެޕިޑޮމޮލޮޖިކަލް ދިރާސާގައި ވާގޮތުން ނަމަ، 14 ދުވަހުގެ ތެރޭގައި ވައިރަހުގެ ޕީކަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، އެކަން ހާސިލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މާލެ ސިޓީ އިން ފެނިފައިވަނީ ކޮވިޑް-19 ގެ ތިން ކްލަސްޓަރ އެއް ކަމަށް އެންއީއޯސީ އިން ހާމަކޮށްފި އެވެ.
އެންއީއޯސީގެ ފަރާތުން ވަރޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ ފެނުނީ ޕޭޝަންޓް 21 އާ ގުޅޭ ހަ ކޭސް އެއް ފެނިފައިވާ ކަމަށެވެ. އަދި އަނެއް ދެ ކޭސްއާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މާލެ ސިޓީ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދެ ކޭސް އަކާ ކުރީގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކަން ހާމަވެއްޖެ އެވެ.
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ކަށަވަރުކޮށްދެއްވީ، ޑރ. ނަޒްލާ ރަފީގް އެވެ. އަދި އެ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.
މާލެ އޮތީ ލޮކްޑައުން އެއްގައި ކަމަށާއި އެހެންކަމުން ރަށްރަށުން މާލެ އަށް މީހުން އަޔަސް ނުފޭބޭނެކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ. ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާއްޞަ ޙާލަތެއް ނަމަ ކުރިއާލާ އެން.އޯ.އީ.ސީ ގެ ހުއްދަ ހޯދައިގެން ދަތުރު ފެއްޓެވުމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އެންއޯއީސީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް ނިންމައިފި އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ވަނީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ،
ކޮވިޑް-19 އަށް މާލެ ސިޓީން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހުކުރު ދުވަހު އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާ މީހެއް ފެނިފައިވާ ކަމަށެވެ.
އަދި މިއީ ރާއްޖެއިން ޕޮޒިޓިވް ވި 27 ވަނަ މީހާއެވެ. އަދި މިއަދު ޕޮޒިޓިވްވި 2 ވަނަ މީހާއެވެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަތްވަނަ މީހާއެވެ. އޭނާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އެޗްޕީއޭއިން އެންގިނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.
މާލެސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން، ޕޯޓްސްގެ މަސައްކަތްތައް މެދުކަނޑާލި ނަމަވެސް ހޮނިހިރު ދުވަހު ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މާލެސިޓީން 6 ވަނަ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާ ކަމަށާއި، އޭނާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕިއޭއިން ބުނެއެވެ.
ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިޒޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، އެޗްޕީއޭ އަށް އެންގުމަށް އެދިއްޖެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ޞަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފިއެވެ.
އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މާލެ ޞަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ޞަރަހަދެއްގައި މިއަދު ހަވީރު 06:00 އިން ފެށިގެން ޚާއްޞަ ފިޔަވަޅުތައް އަޅަން ނިންމާ ކަމާއި ގުޅޭ އިދާރާތަކައް ވަނީ މިކަން ތަންފީޒުކުރަން އަންގަވާފައެވެ.
މި ވަގުތައް އެންމެ މުހިންމީ ކޮވިޑް-19 ފެތުރުން ހުއްޓުވުން ކަމަށް މިިނިސްޓަރ އޮފް ޓޫރިޒަމް އަލި ވަހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ކްރައިސިސް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮވިޑް-19 އިން ސަލާމަތްވުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް، ސައުދީއަރަބިއްޔާއިން 500 މިލިއަން ޑޮލަރު ދިނުމަށް ވައުދުވެއްޖެއެވެ.
އެ ހޮސްޕިޓަލުން ބުނީ މިވަގުތު ކުރިއަށް ދަމުންދާ ލޮކް ޑައުން މުއްދަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައިލީސިސް ޑިޕާޓްމެންޓް ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 0900 އިން 1200 އަށް އަދި މެންދުރުފަހު 1400 އިން 1900 އަށް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައަލިސިސް ޔުނިޓު ފަރުމާކުރެވިފައިވަނީ އެންމެ ޒަމާނީ ޑައިލިސިސް ހަދާ ވަސީލަތްތަކުގެ އެހީގައި ފަރުވާގެ ފުރިހަމަ ނަތީޖާ ނެރުމަށް އަމާޒު ކޮށްގެންކަމަށް ހޮސްޕިޓަލުން ބުންޏެވެ. މިޔުނިޓުގައި ދުވާލަކު 21 މީހުންނަށް ޑައަލިސިސްގެ ޚިދުމަތް ދެވެންހުރެއެވެ. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ތަޖުރިބާކާރު ސްޕެޝަލިސްޓް ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓުންނާއި ހުނަރުވެރި ކްލިނިކަލް ކެއަރ ޓީމެއް ޝާމިލްވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި އެވެ.
އެޗްޕީއޭގެ އާންމު އިއުލާންގައިވަނީ ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރު ދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާއީ އެ ނޫންވެސް އެއްވެސް ހަރަކާތެއް ކުރިއަށްގެންދިއުން މަނާކޮށްފައިވާކަމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކާއި މުދާ އުފުލުމުގެ މަސައްކަތްތައް ކުރިއަށްގެންދާންޖެހެނީ ކައުންސިލްތަކުގެ ހުއްދަ ހޯދައިގެންކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ.