ކަނޑުގައި ދުއްވާ ފޮރިންގ ގޮއިންގ އުޅަނދުފަހަރުގެ އޮފިސަރުންނަށް ދޫކުރާ ސެޓްފިކެޓް އަދި ފޮރިންގ ގޮއިންގ އުޅަނދުފަހަރު ސަރވޭ ކުރުމަށްފަހު ދޫކުރާ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިންސް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ. މީގެ ދަށުން 1 މާރޗުން ފެށިގެން މުއްދަތު ހަމަވާ ސީއޯސީ މުއްދަތު ހަމާ ތާރީޚުން ފެށިގެން، 6 މަސްދުވަހުގެ މުއްދަތަކައް ރީވެލިޑޭޓްކޮށްދިނުމަށް ހަމަޖައްސާ، ރާއްޖެއިން ބޭރުގައި ތިބެގެންވެސް ރީވެލިޑޭޓްކުރެވޭނެ އިންތިޒާމު އެއޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.
ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ވަޒީފާދޭ ބައެއް ފަރާތްތަކުން، މުވައްޒަފުންގެ ވަޒީފާގެ ޙާލަތައް ބަދަލު ގެންނަމުންދާ ކަމުގެ ޝަކުވާތައް ބައެއް ކުންފުނިތަކުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ. އެންމެ ގިނައިން ޝަކުވާ ކުރަމުންދަނީ ރިސޯޓުތަކުގައި އެކި ފަންތީގެ ވަޒީފާގައިތިބި މުވައްޒަފުންނެވެ.
މިކަމާއި ގުޅިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިވަނީ ރަސްމީ ސިފައެއްގައި މިމައްސަލަތައް ރިޕޯޓުކުރުމުގެ ފުރުޞަތު މިފަދަ މުވައްޒަފުންނަށް ފަހިކޮށްދީފައެވެ. 1 މާރޗުން ފެށިގެން މި ހިނގާ މުއްދަތުގެ ތެރޭގައި މުވައްޒަފެއްގެ ވަޒީފާގެ ޙާލަަތައް އެއްވެސް ބަދަލެއް ގެނެސްފިނަމަ 15 އެޕްރީލްގެ ކުރިން އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.
މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތުތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި ފުއްދުންތެރިކަން ހުންނަ މީހާ ދައުލަތައް އެއްޗެއް ދޭންވީ ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ސްރީލަންކާއިން ތަކެތި ގެނައުމަށް ސަރުކާރުން ޗާޓާރުކޮށްގެން ކުރާ ކާގޯ ފްލައިޓު އޮޕަރޭޝަނުގެ ތެރެއިން، ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ލުބްނާނުގައި ދިރިއުޅޭ ސޫރިޔާގެ އެއްވެސް މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައި ނުވިނަމަވެސް، ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީންނާއި، އަދި އެމީހުންނަށް އެކި ޚިދުމަތްދޭ އެހީތެރިންވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކޮވިޑް-19 ގެ ނުރައްކާ ފޭލިގަތަކައް އައިސްދާނެކަމުގެ ބިރު ހީވެ ގިނަ ބަޔަކު މިހާރު ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
މިފަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރާނަމަ، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލަށް ދިނުން ހައްގު ކަމަށް މެންޗެސްޓާ ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ބުނެފި އެވެ.
ގެސްޓުހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ބަންގްލަދޭޝް މީހާ ކޮވިޑް-19އަށް ޓެސްޓުކުރެވުނު ކަމަށާއި، ނަތީޖާ ނެގެޓިވް ކަމަށް ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދިގުމުއްދަތަކައް ބޭސް ބޭނުންކުރާ ފަރަތްތަކަށް، އާސަންދައިގެ ޚިދުމަތްލިބޭ ހުރިހާ ފާމަސީތަކުން ބޭސް ސިޓީ އާނުކޮށް ބޭސް ނެގޭނެގޮތަށް އާސަންދައިން ހަމަޖައްސައިފިއެވެ.
ރާއްޖޭގައި އާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު 12 މާރޗުގައި އިޢުލާނުކުރެވުމާއި ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައްވެސް ގޭގައި ކުރަންޖެހިފައިވާ ދަނޑިވަޅުގައި، ގާނޫނު ހަދާ މަޖިލީހުން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މަޖިލީހުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ނިންމާފައެވެ. އެގޮތުން މިހާރު ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދުގެ ބައްދަލުވުން ވަނީ ފަށާފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ޖަޕާނުން އެމެރިކާ، ޔޫރަޕް އަދި ޗައިނާ އާއި ސައުތު ކޮރެއާއިން އެގައުމަށް އަންނަ ފަރާތްތައް އެތެރެވުން މަނާކުރާ ގޮތަށް ނިންމައިފި އެވެ. މީގެއިތުރުން ޖަޕާނުގެ ރައްޔިތުންވެސް އެގައުމުތަކަށް ދަތުރުކުރުން މަނާކުރުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި އިންޑިޔާ 21 ދުވަސް ދުވަންވަންދެން ލޮކްޑައުންކޮށްފައި އޮތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އެގައުމުގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފި އެވެ. އިންޑިޔާއިން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ހާހަކަށްވުރެ ވަނީ މަތިވެފަ އެވެ. މުޅި ގައުމު ލޮކްޑައުންކޮށްފައި އޮތުމުން އާންމު ދިރިއުޅުމަށް ވަކިން ޚާއްސަކޮށް އެގައުމުގެ ފަގީރުންނަށް ދިމާވަމުންދާ ދަތިތަކަށް މަޢާފަށް އެދިވަޑައިގަންނަވާކަމަށް މޯދީ ވިދާޅުވި އެވެ. ނަމަވެސް މިއީ ވައިރަސ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއްކަމަށް މޯދީ ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުގެ ސަބަބުން މުވައްޒަފުންގެ ކަންކަން ބައެއް ފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ރޭޓް އެންމެ މަތިވާނެކަމަށް ބެލެވެނީ ކުރިއަށް އޮތް 2 ހަފުތާގައިކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސައުދީ ސަރުކާރުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކަލެއްގެ ގޮތުން ތަންފީޒުކުރަމުންދިޔަ އުޞޫލުގެ ދަށުން ފުރަތަމަ ކަރަންޓީން ކުރި 300 މީހުން ގެއަށް ދޫކޮށްލައިފިއެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.
އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއިން އިއްޔެ އެކަނި މިވައިރަސް 58,864 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. މިވައިރަސް އެންމެ ގިނަ މީހުންނަށް މިހާރު ޖެހެމުން އަންނަނީ އެމެރިކާގައެވެ. އެމެރިކާއިން އެކަނި 142,047އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އިއްޔެ އެކަނި 18,469 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިޕޯޓްކުރަމުން އަންނަނީ ސްޕެއިން އެވެ. ސްޕެއިންއިން މިހާތަނަށް 80,110 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ސްޕެއިން އިން އިއްޔެ އެކަނި 6,875 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ދެން އިއްޔެ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވަނީ އިޓަލީންނެވެ. އެއީ5,217 މީހުންނެވެ. އިޓަލީން މިހާތަނަށް އާއިރު 97,689 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.