2 އަހަރުނުވާ ކުއްޖާއަށް ޖިންސީ ގޯނާ ކުރުން: ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުން
2 އަހަރުނުވާ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުން

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރުމާއި ގުޅިގެން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން
އިބްތިހާލު މައްސަލައިގައި އިހުމާލެއް ވެފައެއް ނުވާނެ: މިނިސްޓަރ
އިބްތިހާލުގެ މަރުގެ މައްސަލައިގައި އަޅުގަނޑުގެ ނަން އަންނަން ފެށީ ސިޔާސީ މައިދާނުން ފެންނަން ފެށުމުން، އެ މައްސަލައިގައި އަޅުގަނޑުގެ އިހުމާލެއް ވާނަމަ މިދިޔަ ސަރުކާރުގައި ޖަލަށް ނުލައި ހުންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ، - މިނިސްޓަރ
3 މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވެތޯ: ނޫސްވެރިން
ފުލުހުން:
މިވަގުތު ތަހުޤީޤު އޮތީ ވަރަށް ޅަފަތުގައި، ހައްޔަރުކޮށްގެން ތަހުޤީޤު ކުރާ ވަރަށް ހެކި ހުރިކަމަށް ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީ ކޯޓުން މުއްދަތު ޖަހާފައިވަނީ
ކުއްޖާގެ ބައްޕަގެ އެއްބާރުލުން ތަހުޤީޤަށް ލިބެމުންދޭ
ކުއްޖާގެ ބައްޕައަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި، އޭނާގެ ފުރިހަމަ އެއްބާރުލުން ތަހުޤީޤަށް ލިބެމުންދާކަމަށް ފުލުހުން ވަނީ ބުނެފައި
މައްސަލަތައް ލަސްވަނީ މުޅި ސިސްޓަމްގައި ހުރި ލަސްކަމުުގެ ސަބަބުން - ފުލުހުން
2009 އެއްގައި ޚާއްސަ ޤާނޫނެއް ގެނެވިގެން ބޮޑެތި ބަދަލުތަކެއް އައި، ނަމަވެސް އަދިވެސް ލަސްތަކެއް ހުރިކަން ޤަބޫލުކުރަން، އެއީ މުޅި ސިސްޓަމްގައި ހުރި ލަސްކަން، - ފުލުހުން
އެފަދަ ތުހުމަތުތަކެއް ކުރެވޭ ފަރާތެއް ހުއްޓައި ދޫކޮށްލީ ކީއްވެތޯ ސުވާލު ކުރުމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ. ކުއްޖާގެ މަންމައާއި ބައްޕައާއި ގުޅޭ މައްސަލައެއް މީގެ ކުރިން މިނިސްޓްރީއަށް ހުށައެޅިފައިނުވާކަމަށް،
ފުލުހުން
ކުޑަކުދިންގެ ހައްޤުގައި ކުރަމުންދާ ކަންކަން ބަލައިގަންނަން، ނަމަވެސް ހުކުރު ދުވަހު ހަވީރު ހުޅުމާލޭ ފްލެޓް (108) ކައިރިއަށް އެއްވެ ގެދޮރާއި މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެކަމާ ހިތާމަ ކުރަން، އަދި ފުލުހުންނަށްވެސް ވަރަށް ގިނަ އަނިޔާތައް ލިބިފައިވޭ، އެ ހަމަނުޖެހުން ތަކުގައި 27 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު 17 ފުލުހަކަށް އަނިޔާތައް ވެފައިވޭ
މިނިސްޓަރ ޝިދާތާ މަޤާމުގައި ހުންނަވަންޖޭހެކަމަށް ޤަބޫލުކުރައްވަންތޯ ؟: ނޫސްވެރިއެއް
އަހަރެއްހާދުވަސް ކުރިން މުޅި ޤައުމުގެ އެންމެންގެ ވިސްނުމާއި ހަރަކާތްތައް ހުރީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި، މިހާރު ސަރުކާރެއް އައިސް މިކަންކަމަށް އެޑްރެސް ކުރަން ފެށުނު، އަދި ފެންމަތިވާ މައްސަލަތަކަށް ނަތީޖާ ނެރެވޭނެ ފަދަ ފިޔަވަޅުތަކެއްވެސް އަޅާފައިވާނެ،
12 އަހަރު ކުރީގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ބިލުވެސް މިހާރު ވަނީ މަސައްކަތް ނިމިފައި، 28 އަހަރު ވަންދެން އަމަލު ކުރަމުން މި ދިޔައީ ހާލަތާ ނުބައްދަލު ޤާނޫނޫތަކަކަށް،
ފާޑުކިއުމަކީ މައްސަލައެއް ނޫން، ނަމަވެސް ކުޑަކުދިން ރައްކާތެރި ކުރުމަށް ކުރަންޖެހޭ ކަންކަމުގެ ސީރިއަސްކަން އެނގޭ
ސެކްޝުއަލް އޮފެންޑަރސްގެ މައުލޫމާތު ވެބްސައިޓުން އަޕްޑޭޓް ނުވަނީ ކީއްވެ؟
ކުށްކުރާ މީހުންގެ މައްސަލަ އަންނަ ހިސާބުން ފެށިގެން ވެބްސައިޓް އަޕްޑޭޓްވާނެ ، އަދި ހޭލުންތެެރިކަމުގެ ޕްރޮގްރާމްތައްވެސް ހިންގަން،
ކާފައާއި މުނިކާފައާ ގުޅޭގޮތުން ފެންމަތިވެފައިވާ މައްސަލަތައް
ފުލުހުން:
އެފަދަ މީހުން މުޖުތަމައަށް ދޫވެފައި ތިބެނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ 2018 ގައި ކަމަށް، މޭ 31 ގައި ދައުވާ ކުރަންވެސް ފޮނުވިކަމަށް، އަދި މިހާރު އުޅޭ ވީޑިއޯގައި އުޅެނީ ކާކުކަން އަދި ސީދާ އައިޑެންޓިފައި ކުރަމުންދާކަން،
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 82 އަހަރުގެ މީހާއަށް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވުމާ ގުޅިގެން އެ މައްސަލަ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިން، ފަހުން މައުލޫމާތު ސާފުކުރިއިރު އެ މައްސަލައިގެ ޝަރީއަތުގެ އެއް އަޑުއެހުން ބާއްވާފައިވާކަން އެނގިފައިވޭ.
މި 3 މީހުންގެ ތެރެއިން އެފަދަ ޖިންސީ ގޯނާގެ ތުހުމަތެއް މީގެ ކުރިން ކުރެވިފައިވަނީ 82 އަހަރުގެ މީހާގެ މައްޗަށް އެކަނި
މީހުން ހައްޔަރު ކުރުމަށް އެހާ ގިނަ ވަގުތު ހޭދަވީ ކީއްވެތޯ ؟ : ނޫސްވެރިން
މި މައްސަލައިގައި ވަށައިގެންވާ ހުރިހާ ކަމެއް ބަލަން ޖެހޭނެ، ގިނަ ކަންކަން ބަލައި އެއަށްފަހު ހައްޔަރުކ ކުރުމުގެ މަސައްކަތް ކުރީ،
ފުރަތަމަ ފުލުހުންނަށް މައްސަލަ ހުށައެޅުނީ ޗައިލްޑް އެބިއުސް ކޭސް އެއް ގޮތަކަށް ނޫން، ޑޮކްޓަރަށް ދެއްކުމަށްފަހު އެކަންކަން ފާހަގަވި ހިސާބުން ވަރަށް އަވަހަށް މަސައްކަތްތައް ކުރިއަށްދިޔަ
ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިފި
3 މީހުންނަށް ކުރެވޭ ތުހުމަތުތަކުގެ ތަފްސީލުތަކަކީ ކޮބާ ؟
- އެންމެނަށް ކުރަނީ އެއް ތުހުމަތެއް ނޫން، 2 މީހަކަށް ކުރަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު، އަނެއް މީހާއަށް ކުރަނީ އިހުމާލުގެ ތުހުމަތު
މިނިސްޓަރ ޝިދާތާ
އަޅުގަނޑުމެން ބޮޑަށް މަސައްކަތް ކުރީ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދިއުމަށް، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމަށްފަހުވެސް އާއިލާ ތެރެއިން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެވެން އޮތްނަމަ އެކަމަށް ފުރަތަމަ އިސްކަންދޭނީ، ހަވާލު ކުރުމަށްފަހުވެސް ވަރަށް ގާތުން ކުއްޖާގެ ރައްކާތެރިކަން ބަލަމުންދާނަން
ފުލުހުން:
ހޮސްޕިޓަލަށް ކުއްޖާ ގެންދެވި ޑޮކްޓަރަަށް ދައްކައި މިކަމުގެ ސީރިއަސްކަން ފުލުހުންނަށްވެސް އެނގުމާއި ގުޅިގެން މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލުކޮށްފައިވާނެ،
ހުކުރު ދުވަހު މާލޭގައި ހިންގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ކަންބޮޑުވާ ކަންކަން ހިނގާފައިވޭ، އެ 3 މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ތަފާތު އެކި ތުހުމަތުތަކާހެދި.
ފުލުހުން:
މައްސަލަ ހުށައެޅުނު ވަގުތުން ފެށިގެން ވަރަށް ސީރިއަސް މައްސަލައެއް ގޮތަށް މިކަން ބެލިން، ކުއްޖާއަށް ޖިންސީ ގޯނާތަކެއް ކޮށްފައިވާކަމަށް މައުލޫމާތު ލިބުމުން ފުލުހުންގެ ތަހުޤީޤު ފެށިން، އަދި އެ މައުލޫމާތު ތަކުގެ އަލީގައި އަމަލު ހިންގި 2 ފަރާތް ކަމަށްވާ ކުއްޖާގެ ކާފައާއި މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ވާނީ ގެނެސްފައި،
ގއ ގަ ހިނގި މައްސަލައެއްގައި ގދ ގައި ތިބެފައި އައިކަން ފުލުހުން ފާހަގަކުރެއްވި، އަދި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަން ފާހަގަކުރެއްވި
މިނިސްޓަރ ޝިދާތާ:
މައްސަލަ ހުށައެޅުމާއެކުގައި ވަގުތުން ޖެންޑަރ މިނިސްޓްރީން އެރަށަށް ދަތުރެއްކޮށް، 2 ގަޑިއިރު ތެރޭގައި ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދެވުނު، ވީހާވެސް އަވަހަށް މައްސަލައަށް އެޓެންޑް ވުމަށް އިސްކަންދެން،
މީ ވަރަށް ސީރިއަސް މައްސަލައެއް- ފުލުހުން
ނޫސްވެރިންގެ ބައްދަލުވުން ފަށައިފި، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ވިކްޓިމް އިތުރަށް ވިކްޓިމައިޒް ނުވާނެ ގޮތަށް ޚަބަރުތައް ފެތުރުމަށް ވަނީ އިލްތިމާސްކޮށްފައި
މި މައްސަލައާއި ގުޅިގެން ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އާންމުން މަގުތަކަށް ނުކުމެ އަޑުއުފުލާފައިވޭ

އެގޮތުން އެއްވި އާންމުން ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައި، މި އެއްވުންތަކުގެ ތެރެއިން ފުލުހުންނާއި އާންމުންގެ މެދުގައިވެސް ހަމަނުޖެހުންތަކެއް ހިނގާފައިވާކަމަށް މައުލޫމާތު ލިބޭ.
ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ އިސްކަންދަރު ކޮށީގައި
މި މައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ބާއްވާ ޖޮއިންޓް ޕްރެސް ކޮންފަރެންސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށިގެންދާނެ،
މި ޕްރެސް ކޮންފަރެންސް އޮންނަނީ އިސްކަންދަރު ކޮށީގައި، މި ބައްދަލުވުމުގައި ތުއްތު ކުއްޖާ "ރޭޕް" ކުރި ހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައި.
ހައްޔަރުކުރި 3 މީހުންވެސް ވަނީ ދޫނިދޫއަށް ގެންގޮސްފައި
ގއ ކަނޑުހުޅުދޫގައި ޢާއިލާ މީހުންތަކެއް ވެގެން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 3 މީހުންވެސް ވަނީ ދޫނިދޫއަށް ގެންގޮސްފައި،
މި މައްސަލައާއި ގުޅިގެން ފެންމަތިވި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕައާއި، ބައްޕަ ފަރާތު ކާފަ (62) ގެ އިތުރުން، ކުއްޖާގެ މުނިކާފަ (82އ)