މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނޫސްވެރިންގެ ބައްދަލުވުން
ޖަލުގައި ހަމަނުޖެހުންތައް ގިނަވެފައި ވަނިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ނޫސްވެރިން ތަކުރާރުކޮށް ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް ހުރިކަމަށް ބުނަމުން ދަނިކޮށް، ޤައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ 100 ޕަސެންޓް ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެ މުނާޒް ޕްރެސް ކޮންފަރެންސް ނިންމަވާލައްވައިފި
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން:
އޮފިސަރަކު ގަސްތުގައި ލިއެކިއުމެއް ބަދަލުކޮށްގެން މިދިޔަ އަހަރު ޤައިދީއަކު ދޫވެގެން ދިޔަ، އަދި އޭނާ ސަސްޕެންޑްވެސް ކުރިން، އަޅުގަނޑަކީ ކޮރަޕްޓްވާނެ މީހެއް ނޫން
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
މަދު ފަހަރެއްގައި އޮފިސަރަކު އަނިޔާވެރި ނުވާނެއެކޭ ނުބުނަން، އެކަމަކު އެފަދަ ކަންކަން ޑިފެންޑް ނުކުރާނެ ކަމުގެ ޔަޤީންކަން ދެން
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ޤައިދީންގެ މެދުގައި ހިނގި ހަމަނުޖެހުން ފުލުހުން މެދުވެރިކޮށް ތަހުޤީޤު ކުރުމުގެ ކުރިން ޖަލުތަކާއި ޕެރޯލް ޤާނޫނުގައިވާގޮތަށް ޖަލުގެ ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުއްވިންތޯ ސުވާލު ކުރުމުން މުނާޒް ވިދާޅުވީ، ބައެއް މައްސަލަތަކުގެ ބާވަތުން ވަގުތުން ފުލުހުން ގެންނަން ޖެހޭ ކަމަށް، އެގޮތުން ޤައިދީންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކަށް ކުރިން ބޯޑުން ފިޔަވަޅު އަޅާފައި ދޫކޮށްލިޔަސް އެއީ މާ ރަނގަޅު ގޮތެއް ކަމަށް ނުފެންނަ ކަމަށް އަދި ފުލުހުން ވައްދަން ޖެހެނީ އެހެންވެ ކަމަށް
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ޖަލަށް ފޯނު ވަންނަ ވަރަށް ގިނަ ގޮތްތައް ހުރޭ، އޮފިސަރުންގެ ފަރާތުން އެފަދަ މައްސަލަތައް ފެންނަނީ ވަރަށް މަދުން، އެހެނިހެން ގޮތްގޮތުން މާ ގިނައިން ފޯނު ވައްދާ، އެހެން ދިމާވަނީ ކުރީގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ،
ކުރިން ބައެއް ގޮޅިތަކަށް ސިނގިރޭޓާއި ބިޑިއާއި ވެއްދުމަށް ހުއްދަ ދީފައިވެސް ހުރޭ، އަދި ޓީވީއާއި އެފަދަ ތަކެތި ވެއްދުމަށްވެސް ހުއްދަ ދީފައިހުރޭ، ނަމަވެސް މިހާރު މި މަސައްކަތް ކުރަނީ އެކަންކަން ހައްލު ކުރުމަށް
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ފުލުހުންވެސް ދޮގެއް ނުހަދާ، ބައްދަލުވުމުގައި ތިއްބައި ޤައިދީންތަކެއްގެ ތެރޭގައި ކަމެއް ހިނގުމުން ފުލުހުން އެތަނަށް ދިޔައީ،
ކަންކަން ހިނގައި ދިޔަ ގޮތުގެ ވީޑިއޯ ހުންނާނެ، ކަމާބެހޭ ފަރާތަކުން ބޭނުންނަމަ ހުށައަޅާނަން،
ފުރަތަމަ ނަސޭހަތް ދިނީ ކަމަށް ވިދާޅުވެ މިހާރު ޕެޕަރ ސްޕްރޭ ޖެހިކަމަށް ވިދާޅުވަނީ ކީއްވެތޯ ސުވާލު ކުރުމުން މުނާޒް ވިދާޅުވީ، ޕެޕަރ ސްޕްރޭ ބޭނުން ކުރީ ފަހުން ގޮޅިއަކަށް ވަންނަން އުޅެ ނުވަދެވުމުގެ ސަބަބުން ކަމަށް، އެގޮތުން އެއް ގޮޅިން 4 މީހުން ނެރުމަށް އޮފިސަރުންނަށް ވަރަށް ދަތިވެގެން ދިޔަކަމަށް ވިދާޅުވި،
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ކޮންމެ ނޫސްވެރިއަކަށްވެސް ދެވޭނީ އެއް ސުވާލު ކުރުމުގެ ފުރުސަތު- މުނާޒް
ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިފި
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
އޮފިސަރުން އެއްވެސް ވަރެއްގެ އަނިޔާވެރި އަމަލެއް ނުކޮށް ތިބި ކަމަށްޓަކައި އަދި ހުރިހާ ގޯނާއެއް ތަހައްމަލު ކުރިކަމަށްޓަކައި އޮފިސަރުންނަށް ޝުކުރު އަދާ ކުރަން
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ކުށް ތަކުރާރު ކުރުން މަދު ކުރުމަށް ހިންގާ ޕްރޮގްރާމް ތަކުގެ ދަށުން 80 އަށްވުރެ ގިނަ ޤައިދީން ވަނީ އިސްލާހުކޮށް ރިހެބިލިޓޭޓް ކުރެވިފައި، މި އަހަރުވެސް ކޮންމެ 2 މަހަކުން އެފަދަ ޕްރޮގްރާމްތައް ހިންގާނެ،
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ހުކުމާ ހަމައަށް ނުގޮސް "ވާނުވާ" ޖަހާފައި 5 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ މީހުން ސަރުކާރު އައި އިރި ތިބި، ނަމަވެސް މިހާރު ގިނަވެގެންވެސް ތިބޭނީ 3 އަހަރުވެފައި ތިބި މީހުން،
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
މުޅި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާވަރުގެ އެއްވެސް ކަމެއް ނުހިނގާ
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
މާލޭ ޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ މާފުށީ ޖަލުގައި ކަމެއް ހިނގާކަމުގެ ޚަބަރު ލިބިގެން އޭގައި މާލޭ ގަލުގެ ޤައިދީންވެސް ހަޤީޤަތް ނޭނގި ބައިވެރި ވުމުގެ ސަބަބުން،
ނަމަވެސް ފާއިތުވި 12 ގަޑިއިރުގައި އެފަދަ ކަމެއް ހިނގާފައެއް ނުވޭ،
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ފޯނާއި ޑްރަގްސް ވެއްދުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ދަނީ ކުރަމުން، އެގޮތުން މި އަހަރު ތެރޭގައި އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސް ދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައި، އަދި ޖަލަށް ތަކެތި ވަންނަ މަގުތައް ހުއްޓުވުމުގެ މަސައްކަތްވެސް މި ދަނީ ކުރަމުން،
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ކޮންމެ 100 ޤައިދީއަކަށް މިހާރު 1 ވެލްފެއަރ އޮފިސަރު ކަނޑައެޅިފައި ހުންނާނެ، އެގޮތުން ފޯންކޯލް ދިނުމާއި، އަންނައުނު ދިނުން ފަދަ ކަންކަން އޭނާ ކުރާނެ،
އޭގެ އިތުރުން، ޖަލަށް ގެނެވޭ މީހާގެ ސައިކެޓްރިކް އަދި މެޑިކަލް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި، އެގޮތުން ގެނެވޭތާ 21 ދުވަހުގެ ތެރޭގައި އެ އެސެސްމަންޓް ހަދާނެ،
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ބޭސްފަރުވާގެ މައްސަލައަކީ މުޅި ޤައުމަށް ދިމާވެފައި އޮތް މައްސަލައެއް، ޚާއްސަކޮށް ސްޕެޝަލިސްޓުންނަށް ދައްކަން އުނދަގޫ ވުމުގެ މައްސަލަ، މިހާރު މާފުށީ ހެލްތު ސެންޓަރުގައިވެސް ކޮންމެސް ވަރަކަށް ސްޕެޝަލިސްޓުން މަސައްކަތް ކުރާނެ،
ނަމަވެސް އެންމެ ބޭނުންވާ ވަރަށް ޚިދުމަތް ނުދެވޭކަމަށް ޤަބޫލުކުރަން، ނަމަވެސް އެހެން ވަނީ ސްޕެޝަލިސްޓުންގެ ދަތިކަން މުޅި ރާއްޖޭގައި އޮތް ހާލަތުގެ ސަބަބުން.
ވަކި އެއްޗެއް ކާންދޭން ޖެހޭ ބަލި މީހެއް ނަމަ އާއިލާ މެދުވެރިކޮށް ފައިސާ ހަމަޖައްސައިގެންވެސް އެ އެއްޗެއް ފޯރުކޮށްދެވޭނެ.
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
ވަކީލުން ބައްދަލުވުންތަކަށް އުފުލަންޖެހޭ ބުރައަށް ލުއެއް ގެނައުމަށް މަސައްކަތްކޮށްފައިވާނެ، އަދި ޤައިދީންނާއި ބަންދު މީހުން ފޮނުވާ ސިޓީތައް އެޑްރެސް ކުރާ ފަރާތްތަކަށް ސިޓީތައް ރައްދުވިކަން ކަށަވަރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ،
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
މި ސަރުކާރު ހަވާލުވިއިރު ޖަލު ކެޕޭސިޓީއަށް ވުރެ 40 އިންސައްތަ މީހުން ގިނަކޮށް ތިބީ، އެކަން ހައްލު ކުރުމަށް ކުރި މަސައްކަތުން 140 އަށްވުރެ ގިނަ ޖާގަ ޖަލުތަކަށް އިތުރު ކުރިން، އަދި ގޮޅިތަކަކީ ހަމައެކަނި ނިދަން ވަންނަ ތަނެއްގެ ގޮތުގައި ހަދައި އިތުރު ޔާޑްތައް ހެދުމުގެ މަސައްކަތް ވަނީ ކުރެވިފައި.
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް
އޮފިސަރުންގެ ގަޔަށް ލޮނު މިރުސް ފެން ޖަހަން ފެށުމުން، އޮފިސަރުންގެ ފަރާތުން ކަމެއް ހިނގިތޯ ފުރަތަމަ ބެލިން، އެގޮތުން އޮފިސަރުންގެ ފަރާތުން ކަމެއް ހިނގައިގެން ޤައިދީން ކުރާ ކަމެއް ނޫންކަން އެނގިގެން ދިޔަ، އަދި އެކަން އިތުރަށް ބެލުމުން ޤައިދީންގެ މައިގަނޑު 2 ޝަކުވާއެއް އޮތްކަން އެނގުނު
1- ބޭސްފަރުވާ ނުލިބުމުގެ ޝަކުވާ
2- ހުކުމާއި މައްސަލަތައް ލަސްވެގެން ދިއުމުގެ ޝަކުވާ
