Raajje.mv

ރައީސް ޔާމީނުގެ ޝަރީއަތް

ރައީސް ޔާމީނުގެ ޝަރީއަތް : 25 ސެޕްޓެމްބަރު 2019

25 ސެޕްޓެމްބަރު 2019
16335
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

25 ސެޕްޓެމްބަރު 2019 | 08:03

ޚުލާސާ ބަޔާން އިއްވުން އޮކްޓޯބަރ 10 އަކަށް ތާވަލުކޮށް މިއަދުގެ ޝަރީއަތް ނިންމާލައިފި

މިއަދުގެ ޝަރީއަތް ނިންމާލާފައިވާއިރު، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ތަހުޤީޤީ ބަޔާނުގެ ރެކޯޑިންގެ ހެއްކެއްގެ ގޮތުން ބަލައިގަންނަން ނިންމެވީ ކޮން ޤާނޫނީ އުސޫލެއްގެ ދަށުންތޯ ސާފުކޮށްދިނުމަށް ދިފާއުން ވަނީ އެދިފައި،

އެގޮތުން ގާޒީ ހައިލަމް ވިދާޅުވީ، ސިޑީ ބެލުމަށް ނިންމަވާފައިވާ ކަމަށާއި، ލުތުފީ ބަޔާން ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، އެއަށް ހެއްކެއްގެ ދަރަޖަ ނުދެއްވި ނަމަވެސް ދައުލަތުން ހުށައަޅާފައިވާ އެހެން ހެކިތަކާއި ބަޔާންތަކަށް ބާރުދޭކަމަށް ދައުލަތުން ފާހަގަކޮށްފައިވާކަމަށް، އެގޮތުން ހެއްކެއްގެ ދަރަޖަ ނުދެވުނު ނަމަވެސް އުސޫލެއްގެ ގޮތުން ހެކިން

25 ސެޕްޓެމްބަރު 2019 | 07:55

ސިޑީ ބަލައިގަތުމަށް އިއުތިރާޒެއް ނުކުރަން: ރައީސް ޔާމީން

ސިޑީ ބަލައިގަތުމަށް އިއުތިރާޒެއް ނުކުރަން، ނަމަވެސް އެ ސްޓޭޓްމަންޓުގެ މަސްދަރަށް ބަލާއިރު ޤަބޫލުނުކުރެވޭ އެއް ވާހަކަ ހިމެނޭ، އެއީ ރައީސް ޔާމީނާއި ބައްދަލު ކުރައްވައި މި މައްސަލަ ސަމާލުކަމަށް ގެނަކަން ލުތުފީ ފާހަގަކުރި ވާހަކަ ކަމަށް، އެގޮތުން އެ ކުރު ޖުމުލަ ވިދާޅުވާއިރު، ބޮޑީ ލެންގުއޭޖަށް ބަލައިގެން

25 ސެޕްޓެމްބަރު 2019 | 07:50

މި ފައިސާއަކީ އެއްވެސް މިންވަރެއްގެ ތުހުމަތެއް ހިމެނޭ ފައިސާކަން ކުރިން އެނގިވަޑައިނުގަންނަވާ: ރައީސް ޔާމީން

މި ފައިސާއަކީ އެއްވެސް މިންވަރެއްގެ ތުހުމަތެއް ހިމެނޭ ފައިސާކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި، އެގޮތުން ތުހުމަތުގެ އިޝާރާތެއްވެސް ނުވާއިރު އަދި މައުސޫމުކަން ސާބިތުކުރަންވެސް ނުޖެހޭއިރު، މި މައްސަލައިގައި އޭސީސީގެ އޭރުގެ ނައިބް ރައީސް މުއައްވިޒް ރަޝީދްއާއި ބައްދަލުކުރައްވާފައި ނުވާކަން ސާބިތުކުރަން ބޭނުންވާ ކަމަށް ވިދާޅުވި. އަދި އެގޮތުން ރައީސް އޮފީހުގެ ބައްދަލުކުރުން ތަކުގެ ލޮގާއި އޭސީސީގެ ލޮގް މިހާތަނަށް ކުރި މަސައްކަތުންވެސް ލިބިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި

25 ސެޕްޓެމްބަރު 2019 | 07:42

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ކަންކަން

1- މަނީ ލޯންޑަރިންގ ގައި "ފޭކް އެލެމެންޓެއް" ހިމެނޭކަން ފާހަގަކުރެއްވި. އެގޮތުން އެސްއޯއެފުން ދިން ފައިސާ އެމަނިކުފާނު އެކައުންޓަށް ވަނުމަށް ފަހު އެހެން ފަރާތަކަށް އެ އެކައުންޓުން ޗެކެއް ދީފައެއް ނުވާނެ ކަން ވިދާޅުވި

2- ނުރަނގަޅު ފައިސާގެ ވާހަކަ ބަޔާންކޮށްފައިވާއިރު އެއީ އޭގެ ޒާތުގައި މަނީ ލޯންޑަރިންގ ތޯ ނުވަތަ ކޮރަޕްޝަން ފައިސާތޯ މިހާތަނަށް ދައުލަތުން ސާބިތުކުރެވޭ ވަރަށް ވާހަކަދައްކާފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި.

އޭގެ އިތުރުން، ޝަރީއަތުގެ މަޖިލީހަށް އައި ކިތާބީ ހެކިތަކަށް އިތުރަށް ބަލާއިރު، ޖަމާކޮށްފައިވަނީ ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓާ ގުޅޭގޮތުން ލިބުނު ފައިސާކަން ދައުލަތުން އެސްޓެބްލިޝް ކުރެވިފައިނުވާކަމަށް ވިދާޅުވި. އަދި ވޮޑަމުލާގެ 1 މިލިއަން ޑޮލަރުގެ ދައުވާ އުފުލި، އެއީ ރައީސް ޔާމީނަށް އެނގި ހުރެ ލޯންޑަރ ކުރުން ކަމަށް ދައުލަތުން ބުނެފައިވާއިރު، އެ ފައިސާގެ އަސްލު އޮޅޭގޮތަށް އެމަނިކުފާނު މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި، އެމަނިކުފާނުގެ އެހެން އެކައުންޓެއްގައި އެ ފައިސާ އަދިވެސް ހުރި އިރު މަނީ ލޯންޑަރިންއަށް އެކަން ނުވާނެ ކަމަށް ވިދާޅުވި.

25 ސެޕްޓެމްބަރު 2019 | 06:54

ޚުތުބާ ވިދާޅުވާގޮތަށް ޝަރީއަތުގެ މަޖިލީހުގައި ދައުވާގެ ޚުލާސާ ހުށައަޅުއްވާތީ ގާޒީ ހައިލަމް ކަންބޮޑުވުން ފާޅުކުރައްވައިފި

ޚުތުބާ ވިދާޅުވާގޮތަށް ދިފާއީ ވަކީލު އާސިފު ޝަރީއަތުގެ މަޖިލީހުގައި ދައުވާގެ ޚުލާސާ ހުށައަޅުއްވާކަމަށް ވިދާޅުވެ ގާޒީ ހައިލަމް ކަންބޮޑުވުން ފާޅުކުރައްވައިފި. ހައިލަމް ވިދާޅުވީ ދައުވާގެ ޚުލާސާ ހުށައަޅުއްވަނީ އަލަށް ނޫން ކަމަށާއި، ރަނގަޅަށް ބަޔާން ހުށައެޅުއްވުމަށް

25 ސެޕްޓެމްބަރު 2019 | 06:01

ޝަފަހީއަދި ކިތާބީ ހެކިތަކާއި ގުޅޭގޮތުން ދިފާއުން ފާހަގަކުރި ކަންކަން

ދިފާއުން ކިތާބީ 2 ހެއްކެއް ހުށައަޅުއްވާފައިވާ

1- ސިވިލް ކޯޓުގެ ގަޒިއްޔާ 2017 ގެ

2- އެމްއެމްއޭއިން ނެރުއްވާފައިވާ ނޫސްބަޔާން

އޭގެ އިތުރުން މި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ހެކިތަކަށްވެސް ދިފާއުން ވާހަކަދައްކަން ބޭނުންވާކަން ފާހަގަކުރި. އެގޮތުން ހެކިތަކަކީ ދައުވާގެ މައުޟޫ ތަމްސީލުވާ ކަންކަމަށް ވާން ޖެހޭނެކަން ފާހަގަ ކުރައްވާފައިވޭ.

25 ސެޕްޓެމްބަރު 2019 | 05:38

ދައުލަތުން ހުށައަޅާފައިވާ ކިތާބީ ހެކިން

ކިތާބީ ހެކި:

- އެކްސްކްރޯ އެއްބަސްވުން

- ރައީސް ޔާމީނުގެ ބަޔާން (ފުލުހުންނަށް ދީފައިވާ ބަޔާން)

- އޭސީސީގެ ސިޓީގައި ބަޔާންކޮށްފައިވާ ރިޕޯރޓް

އޭގެ އިތުރުންވެސް ކިތާބީ ހެކިތައް ހުށައަޅާފައިވޭ

25 ސެޕްޓެމްބަރު 2019 | 05:27

އެސްއޯއެފްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރަން ގޮސްފައިވަނީ އެސްއޯއެފްގެ ކޮމްޕެނީ ސެކެޓްރީ

ދައުލަތުން ހުށައަޅާފައިވާ ކިތާބީ ހެކިތަކާއި ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އޭސީސީގެ 27 ޑިސެމްބަރު 2018 ވަނަ ދުވަހުގެ ސިޓީއަށް ބަލާއިރު، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާކަން އެނގޭ ކަމަށް.

އަދި އެ ފައިސާ ޖަމާކުރަން ގޮސްފައިވަނީ އެސްއޯއެފްގެ ކޮމްޕެނީ ސެކެޓްރީ، އަދި އެ އަދަދު (1 މިލިއަން ޑޮލަރަކީ) ކޮރަޕްޝަންގެ ފައިސާކަން ފާހަގަކުރެއްވި.

25 ސެޕްޓެމްބަރު 2019 | 05:23

ގާޒީ ހައިލަމް ނިންމެވީ އަޒީމާގެ ހެކިބަސް ނެގުމަށް އިތުރަށް މަސައްކަތް ނުކުރުމަށް

އެމްއެމްއޭގެ ކުރީގެ ގަވަރނަރ އަޒީމާ އާދަމް މިހާރު އަދާކުރައްވާ ވަޒީފާގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިރިއުޅޭތީއާއި، މި މައްސަލައިގައި އަޒީމާގެ ފަރާތުން ދެވޭނެ ހެކިބަހެއް ނެތް ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުވާފައިވޭ.

ދިފާއުން ވަނީ އެކަމާ ގޮތެއް ނިންމުން ގާޒީ ހައިލަމްގެ މައްޗަށް ދޫކުރައްވާފައި، އެގޮތުން ގާޒީ ހައިލަމް ނިންމެވީ އަޒީމާގެ ހެކިބަސް ނެގުމަށް އިތުރަށް މަސައްކަތް ނުކުރުމަށް،

25 ސެޕްޓެމްބަރު 2019 | 05:20

ޝަރީއަތް ފަށައިފި

ރައީސް ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑަރިނގް ދައުވާގެ އަޑުއެހުން ފަށައިފި.

25 ސެޕްޓެމްބަރު 2019 | 05:02

ކުރިން ލުތުފީގެ ރެކޯޑިންގ ހުށައަޅާފައި ނުވަނީ މިއީ ކުރިން ފޯރސީ ކުރެވިފައިނުވާ ހާލަތަކަށްވާތީ:ދައުލަތް

އެންމެ ފަހުން ބޭއްވުން ޝަރީއަތުގެ މަޖިލީހުގައި:

ޝަފަހީ ހެއްކެއްގެ ގޮތުން ލުތުފީގެ ނަން ހިމެނި ނަމަވެސް މިހާރު ދިމާވެގެން އުޅޭ ހާލަތަކީ ކުރިން "ފޯރސީ" ކޮށްފައިވާ ހާލަތަކަށް ނުވާތީ ލުތުފީގެ ތަހުޤީޤީ ބަޔާނުގެ އިންޓަރވިއު ރެކޯޑިންގ ޝަރީއަތުގައި ދެއްކުމަށް ދައުލަތުން އެދިފައިވޭ، ކުރިން އެ ރެކޯޑިންގ ހުށައަޅާފައި ނުވަނީވެސް ކުރިން މިހާލަތު އަންނާނެކަން ފޯރސީ ކުރެވިފައިނުވާތީ ކަން ދައުލަތުން އޭރު ފާހަގަކުރެއްވި.

25 ސެޕްޓެމްބަރު 2019 | 04:51

ލުތުފީގެ ތަހުޤީޤީ ބަޔާނުގެ ރެކޯޑިންގ ހެއްކެއްގެ ގޮތުން ބޭނުންކުރުމާމެދު ގޮތެއް ނިންމާނެ

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި، ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒްއާއި، ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއި، މުހައްމަދު ވަސީމް އިސްމާއިލްގެ ހެކިބަސް ނަގާފައި.

އޭގެ އިތުރުން، ދައުލަތުން އެދިފައިވާ ގޮތަށް، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ތަހުޤީޤީ ބަޔާނުގެ ރެކޯޑިންގ ހެއްކެއްގެ ގޮތުން ބޭނުންކުރުމާމެދު އަންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމާނެ ކަމަށް ގާޒީ ހައިލަމް އޭރު ވިދާޅުވި.