އަލިފާނުގެ ހާދިސާ

  • އަލިފާނުގެ އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފި
  • އަލިފާން ރޯވެގެން ހ ފެހިއާބާދުގެ ވެއްޓުނު މަންޒަރު ފެނިފައިވޭ
  • ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން
 
Writer Profile Picture
ލައިޝާ އަހްމަދު
އަލިފާނުގެ އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފި

އަލިފާނުގެ އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފި. އެގޮތުން އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ދަނީ ހަރަކާތްތެރިވަމުން.

އަލިފާން ނިއްވާ ވެހިކަލްއެއް އެ ސަރަހައްދަށް ދަނީ
20 ސެޕްޓެންބަރ 2019 | ހުކުރު 22:03
Writer Profile Picture
ލައިޝާ އަހްމަދު
އަލިފާން ރޯވެގެން ހ ފެހިއާބާދުގެ ވެއްޓުނު މަންޒަރު ފެނިފައިވޭ

އަލިފާނުގެ ހާދިސާގައި ރޯވި ގެއެއް ކަމަށްވާ ހ.ފެހިއާބާދުގެ ރޯވެގެން ވެއްޓިފައިވޭ، އަދި އެ ސަރަހައްދުގައި ހުރި އިތުރު ގެތަކަށް އަލިފާން ފެތުރިފައިވޭ. އިތުރު އިމާރާތެއް ވެއްޓުނު ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުން، ނަމަވެސް އެކަން އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށްދެއްވާފައެއް ނުވޭ.

އަލިފާން ރޯވި ސަރަހައްދުގެ މަންޒަރެއް
20 ސެޕްޓެންބަރ 2019 | ހުކުރު 22:00
Writer Profile Picture
އަމްނާ އިމާދު
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން

އަލިފާންގަނޑު ކޮންޓްރޯލް ނުވެއެވެ. އަދިވެސް ދަނީ އަދަމުންނެވެ. ހެންވޭރު އަބަދަށްފެހިމަގުގަށް ފުލުހުން ދަނީ ފޮގްޖަހަމުންނެވެ.

އަލިފާން އަދިވެސް ކޮންޓްރޯލެއް ނުވޭ
20 ސެޕްޓެންބަރ 2019 | ހުކުރު 21:59
Writer Profile Picture
އަމްނާ އިމާދު
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން
20 ސެޕްޓެންބަރ 2019 | ހުކުރު 21:57
Writer Profile Picture
ލައިޝާ އަހްމަދު
އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގައި ގެއްލުންވި ފަރާތްތަކަށް ފަސްޓް ރެސްޕޮންޑާސް މަސައްކަތް ކުރަމުންދާ ކަމަށާއި، އެހީތެރިކަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް.

20 ސެޕްޓެންބަރ 2019 | ހުކުރު 21:56
Writer Profile Picture
އަމްނާ އިމާދު
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން
20 ސެޕްޓެންބަރ 2019 | ހުކުރު 21:54
Writer Profile Picture
ލައިޝާ އަހްމަދު
އަލިފާނުގެ ސަބަބުން ބޮޑު ސަރަހައްދުތަކަށް ދުންތައް ދަނީ ފެތުރެމުން

އަލިފާނުގެ ސަބަބުން ބޮޑު ސަރަހައްދުތަކަށް ދުންތައް ދަނީ ފެތުރެމުން، އެގޮތުން ދުމުގެ އަސަރުކޮށްގެން ބައެއް ފަރާތްތައް އޭޑީކޭއަށް ގެންގޮސްފައިވޭ، ފުލުހުންނާއި އެމްއެންޑީއެފުން އަދިވެސް ދަނީ އަލިފާން ނިއްވުމާއި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ އޮފިޝަލެއް
20 ސެޕްޓެންބަރ 2019 | ހުކުރު 21:53
Writer Profile Picture
އަމްނާ އިމާދު
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން

ކުޑަ ކުދިިިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް ދުމުގެ އަސަރު ކުރުމުން ނުަރައްކާތެރިވެދާނެ ކަމަށާއި، މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭއިން ބުނީ ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަށް ހުންނަ ފަރާތްތަކާއި، ހިތުގެ ބަލިތަށް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވެދާނެ ކަމަށެވެ.

ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެޔަށް ދުން ނުނަވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ދުމުގެ އަސަރު ކުރުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ކެއްސުން، ލޯރަތްވެ ފެން އައުން، ނޭވާލާން އުނދަގޫވުން އަދި އަޑު ދިއުން ހިމެނެއެވެ.

20 ސެޕްޓެންބަރ 2019 | ހުކުރު 21:50
Writer Profile Picture
އަމްނާ އިމާދު
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން

އަލިފާން ރޯވި އިމާރާތެއް އަރިއަޅާލައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އަރިއަޅާލާފައިވަނީ ޓިނުން ހަދާފައިވާ ފަސް ބުރީގެ އިމާރާތެއްކެވެ. މި އިމާރާތް ވަނީ އަލިފާނުގެ ހާދިސާގައި އަނދައި ހުލިވެފައެވެ.

20 ސެޕްޓެންބަރ 2019 | ހުކުރު 21:48
Writer Profile Picture
އަމްނާ އިމާދު
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން

މާލޭ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ އެހިސާބުގަނޑު ގެތަކަށް އަލިފާން ފެތުރެން ފަށައިފިއެވެ.

އަލިފާން ހިފާފައިވަނީ އަބަދަށް ފެހިމަގުގައި ހުރި ގުނދަނެއްގައެވެ. އެމްއެންޑީއެފުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ދުމުގެ އަސަރު އެ ސަރަހައްދުގައި ހުރި ގެތަކަށް ވަނީ އަސަރުކޮށްފައެވެ. އެސަރަހައްދުން އާންމުން ދުރަށް ޖެހުމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު
20 ސެޕްޓެންބަރ 2019 | ހުކުރު 21:47