ރައީސް ޔާމީނުގެ ޝަރީއަތް
ރައީސް ޔާމީނުގެ ޝަރީއަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައިފި
މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލާފައިވާއިރު، (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި، ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒްއާއި، ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއި، މުހައްމަދު ވަސީމް އިސްމާއިލްގެ ހެކިބަސް ނަގާފައިވޭ.
އޭގެ އިތުރުން، ދައުލަތުން އެދިފައިވާ ގޮތަށް، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ތަހުޤީޤީ ބަޔާނުގެ ރެކޯޑިންގ ހެއްކެއްގެ ގޮތުން ބޭނުންކުރުމާމެދު އަންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި.
ލުތުފީގެ ބަޔާނުގެ ރެކޯޑިންގ ހެއްކެއްގެ ގޮތުން ބޭނުން ކުރުމާމެދު ގޮތެއް ނިންމުން އަންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނެ: ހައިލަމް
ޝަފަހީ ހެއްކެއްގެ ގޮތުން ލުތުފީގެ ނަން ހިމެނި ނަމަވެސް މިހާރު ދިމާވެގެން އުޅޭ ހާލަތަކީ ކުރިން "ފޯރސީ" ކޮށްފައިވާ ހާލަތަކަށް ނުވާތީ ލުތުފީގެ ތަހުޤީޤީ ބަޔާނުގެ އިންޓަރވިއު ރެކޯޑިންގ ޝަރީއަތުގައި ދެއްކުމަށް ދައުލަތުން އެދިފައިވޭ، ކުރިން އެ ރެކޯޑިންގ ހުށައަޅާފައި ނުވަނީވެސް ކުރިން މިހާލަތު އަންނާނެކަން ފޯރސީ ކުރެވިފައިނުވާތީ ކަން ދައުލަތުން ފާހަގަކުރެއްވި.
ހެކިވެރިޔާ މުހައްމަދު ވަސީމް އިސްމާއިލްއާ ސުވާލުކުރުން
ވަސީމް: މޫސާ ސަމީރުގެ ގޯއްޗެއް ގަނެފައިވާނެ، އެއީ 2 މިލިއަން ޑޮލަރަށް، އޭގެ ފަހުން ޒަމީރު އަތުން ލޯނެއް ނަގާފައިވާނެ 15 މިލިއަން ރުފިޔާގެ، ފައިސާ ހަވާލުކުރީ ކޭޝް އިން،
ދިފާއުން ވަސީމްއާ ސުވާލުކުރަން ބޭނުންނުވާކަމަށް ވިދާޅުވި، އެއީ ދައުޥާގެ އެއްވެސް އުންސުރަކާ ގުޅުމެއް ނެތް ހެކިވެރިއަކަށްވާތީކަން ފާހަގަކުރި
ހެކިވެރިއެއްގެ ގޮތުން މުހައްމަދު ވަސީމް އިސްމާއިލް ހާޒިރުވަންދެން މަޖިލިސް މެދުކަނޑާލައިފި
ދައުލަތުން ހުށައަޅާފައިވާ ހެކިވެރިޔާ މުހައްމަދު ވަސީމް އިސްމާއިލް ހާޒިރުވަންދެން ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފިއެވެ.
ރައީސް ޔާމީނުގެ އެދިލެއްވުމަށް 1 މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރިން: މޫސާ ޒަމީރު
ހެކިވެރިއެއްގެ ގޮތުން މޫސާ ޒަމީރު ހާޒިރު ކުރުމުން ރައީސް ޔާމީނުގެ އެދިލެއްވުމަށް 1 މިލިއަން ޑޮލަރު އެމަނިކުފާނު އެކައުންޓަށް ޖަމާކުރެއްވި ކަމަށާއި، އެ ފައިސާއަކީ މުދަލެއް ވިއްކައިގެން ހަމަޖެއްސި ފައިސާއެއް ކަމަށާއި، އެ މުއާމަލާތް ކުރެވުނީ ވަސީމް ކިޔާ ރައްޓެއްސަކާއެކުކަން ފާހަގަކުރެއްވި.
ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާ ސުވާލުކުރުން
ދައުލަތުން : ރައީސް ޔާމީނާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ކޮށްފައިވާނެތޯ ސުވާލު ކުރުމުން ރައީސް ޔާމީނުގެ އެދިލެއްވުމަށް 1 މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކޮށްދެއްވިކަން ފާހަގަކުރެއްވި. އަދި ފައިސާ ޖަމާވުން ލަސްވެގެން އާޒިމާ ޝުކޫރު ގުޅުއްވިކަން ފާހަގަކުރެއްވި. ރައީސް ޔާމީނު ފައިސާ ހޯއްދެވީ ސީދާ ކޮން ބޭނުމަކުކަން އެނގިފައިނުވާކަމަށް ވިދާޅުވި.
ގަދަކަމުން މީހެއްގެ ހެކިބަސް ނުނެގޭނެ: ދައުލަތް
ހެކިވެރިއަކު ތަހުޤީޤު ބަޔާނުގައި ދެއްކި ވާހަކަ، ހެކިވެރިޔާއަށް ހާޒިރު ނުވެވޭ ހާލަތެއްގައި ރިއާޔަތް ނުކުރެވެންވީ ސަބަބެއް އޮތްތޯ ގާޒީ ހައިލަމް ސުވާލުކުރެއްވި.
ދިފާއުން ވަނީ ހަސަން ލުތުފީގެ ސީދާ ބަހެއް ހޯދުމަށް ދައުލަތުން އަދިވެސް އެއްފަހަރު މަސައްކަތް ކޮށްދިނުމަށް އެދިފައި، އެއީ ދައުވާލިބޭ ފަރާތުގެ އަސާސީ ހައްޤެއްކަން ފާހަގަކުރެއްވި.
ދައުލަތުން:ހެކިބަސް ނެގުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، ގަދަކަމުން މީހެއްގެ ހެކިބަސް ނެގުމަށް ޤާނޫނު ތަން ނުދޭކަން ފާހަގަކުރެއްވި. އެގޮތުން ޤާނޫނު ތަންފީޒު ކުރާ އިދާރާތަކެއް ހިމެނޭކަމެއް ކަމަށްވާއިރު، ހެކިވެރިޔާ ފަރާތުން ދީފައިވާ ބަޔާނާއި، އޯޑިއޯ/ވީޑިއޯ ރިކޯޑިންގ އާ ދިމާވާތީ އަދި އިތުރު ހެކިތަކުގައި ހުރި ކަންކަން އެއާ ގުޅުވާލެވޭތީ ހެއްކެއްގެ ގޮތުން ބޭނުން ކުރެވޭނެކަން ފާހަގަކުރެއްވި.
ރައީސް އަބްދުﷲ ޔާމީނު ފާހަގަކުރެއްވި ކަންކަން
ބޮޑީ ލެންގުއޭޖް އިން ބިރުދެއްކިކަން އެނގޭނެ ގޮތުގެ ވާހަކައަކީ ވަރަށް "ތިއޮރެޓިކަލް" ކަމެއްކަން ވިދާޅުވި، ވީމާ ސިދާ ހަސަން ލުތުފީއާ ސުވާލުކޮށް ކްރޮސް އެގްޒެމަައިން ކުރެވެންޖެހޭނެކަން ރައީސް ޔާމީނު ފާހަގަކުރެއްވި.
ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން
ހަސަން ލުތުފީގެ އިންޓަރވިއު ރެކޯޑިންގ (ގާތްގަނޑަކަށް 36 މިނެޓުގެ ) އަކީ މަޖުބޫރުން ނަގާފައިވާ އެއްޗެއް ނަމަ އެކަން ބޮޑީ ލެންގުއޭޖާއި ޓެކްސްޗަރ އިން ފާހަގަވާނެ ކަމަށް ވިދާޅުވި، އަދި އެމްބަސީ މެދުވެރިކޮށް ހާޒިރު ކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަން ދައުލަތުން ފާހަގަކުރި.
ހަސަން ލުތުފީ ހާޒިރު ނުވި ނަމަވެސް ތަހުޤީޤީ ބަޔާން ހެއްކެއްގެ ގޮތުން ބޭނުން ކުރަން ދައުލަތުން އެދިފައިވޭ
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ހާޒިރުވާން ބޭނުން ނުވާ ކަމުގެ މައުލޫމާތު ފުލުހުން ފަރާތުން އެންގުމާ ގުޅިގެން ރަސްމީކޮށް އެކަން ލިއުމަކުން އެންގުމަށް ދައުލަތުން ލުތުފީގާތު އެދިލައްވާފައިވާނެ ކަމަށާއި، ނަމަވެސް އަދި އެފަދަ ލިއުމެއް ނުލިބޭ ކަަމަށް ވިދާޅުވި.
އެގޮތުން ހެކިވެރިޔާގެ ހެކިބަހާނުލާވެސް މައްސަލަ ކުރިއަށްގެންދަންޖެހޭ ހާލަތެއްގައި ކުރިއަށްގެންދަވަން ތައްޔާރުވެގެން ތިއްބެވިކަން ދައުލަތުން ފާހަގަކޮށްފައިވޭ،
ނަމަވެސް އެހާލަތުގައި ލުތުފީ ދެއްވާފައިވާ ތަހުޤީޤީ ބަޔާނާއި (ވީޑިއޯ) ހެކިބަސް "ލައިޓް" ހެއްކެއްގެ ގޮތުން އެފަދަ ބުރަދަނެއްދީގެން ނެގިދާނެ ކަން ދައުލަތުން ފާހަގަކޮށްފައިވޭ. ނަމަވެސް އެކަން ދިފާއުން އިއުތިރާޒް ކޮށްފައިވޭ، އެގޮތުން ދިފާއުން ފާހަގަކޮށްފައިވަނީ މެލޭޝިއަން އެމްބަސީ މެދުވެރިކޮށް، ވީޑިއޯ ކޮންފަރެންސް އެހީގައި ހެކިބަސް ނަގައި ކްރޮސް އެގްޒެމައިން ކުރުމަށް ފުރުސަތު ދިނުމަށް އެދިފައިވޭ.
ހެކިވެރިޔާއާ ސުވާލުކުރުން
ލުވެއިޒްއަކީ ބީއެމްއެލްގެ ބޯޑުގެ 8 މެމްބަރުންގެ ތެރެއިން 1 މެމްބަރު، އެގޮތުން ލުވެއިޒްގެ ހެކިބަހަކީ މައްސަލައިގެ މައުޟޫ ސާބިތުކުރުމަށް ސުވާލުކުރަންޖެހޭ ފަރާތެއް ނޫން ކަމަށާއި، ހެކިވެރިޔާއާ ކުރާނެ ސުވާލެއް ނެތް ކަމަށް ދިފާއުން ފާހަގަކޮށްފައިވޭ.
ހެކިވެރިއެއްގެ ގޮތުން ލުވެއިޒް ހާޒިރު ކުރުމަށް ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފި
ބީއެމްއެލް ޝަރީފާއި ސުވާލުކޮށް ނިމުމުން ދައުލަތުން ދެން ހުށައަޅާފައިވާ ހެކިވެރިއާ ކަމަށްވާ ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް ހާޒިރު ކުރުމަށް ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފި .
ޣާޒީ ހައިލަމް
ގާޒީ ހައިލަމް : ގިނަ އަދަދެއްގެ ފައިސާ ޖަމާވުމުން ބޭންކުން އަމަލުކުރާ އުސޫލަކީ ކޮބާ ؟
ޝަރީފް: އާންމުކޮށް އެކައުންޓް އޮޕަރޭޝަނާ ނުގުޅޭ މުއާމަލާތެއް ނަމަ އެކަން ސާފު ކުރާނެ ކަމަށް ވިދާޅުވި، އަދި ފައިސާ ޖަމާވުމުން އޭސީސީއަށް އެ މައުލޫމާތު އަރުވަންޖެހޭކަން ނުވަތަ ނޫންކަން ހައިލަމް އެއްސެވުމުނުން އެކަން ސީދާ ވިދާޅުވަން ނޭނގޭ ކަމަށް ވިދާޅުވި.
ދިފާއުން ހެކިވެރިޔާއާ ކުރި ސުވާލުތައް
އެކްސްކްރޯ އެކައުންޓް ހުޅުވާފައިވަނީ ބޭންކުގެ ޤާނޫނުތަކާއި އުސޫލުތަކަށްތޯ އެހުމުން ޝަރީފް ވިދާޅުވީ، ބޭންކުގައި ހުންނަ ޤަވާއިދުތަކާއި އުސޫލުތަކަށް އެކަން ކުރާނެ ކަމަށް ޤަބޫލުކުރާ ކަމަށް. އޭގެ އިތުރުން، އެކްސްކްރޯ އެއްބަސްވުމަށް އަމަލުކޮށްފައިވާކަން / ނޫންކަން ސީދާ ބެލިފައެއް ނުވާކަމަށް ވިދާޅުވި.
ރައީސް ޔާމީނުގެ ފަރާތުން ވަކީލު އާސިފް: އެކައުންޓް ހުޅުވުމުގައި ދައުރެއް ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވި ނަމަވެސް އޭރުވެސް ޝަރީފަކީ ބޯޑު މެމްބަރެއްކަން ފާހަގަކުރައްވައި ވިދާޅުވީ، އެކްސްކްރޯ އެކައުންޓް ހުޅުވުމާ ބެހޭގޮތުން އޭސީސީއާ ބޭންކާމެދު މުއާމަލާތް ކުރުމަށް ޝަރީފް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކަނޑައަޅާފައިވޭތޯ. ޖަވާބުގައި ޝަރީފް ވިދާޅުވީ، އެފަދަ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ނުހުންނަވާ ކަމަށް، ނަމަވެސް ކޮންޓެކްޓް ޕޮއިންޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވި،
ބޭންކުގެ ހަމައެކަނި ދައުރަކީ ފައިސާ ޖަމާކުރުމުން ބެލެހެއްޓުން: ޝަރީފް
އެކްސްކްރޯ އެއްބަސްވުމުގައި ބޭންކުގެ ދައުރެއް އޮންނާނެތޯ އެހުމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ހަމައެކަނި ދައުރަކީ ފައިސާ ޖަމާކުރުމުން ބެލެހެއްޓުން ކަމަށް
(ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެއްޖެ
ދައުލަތުން ހެއްކެއްގެ ގޮތުން ހުށައަޅާފައިވާ (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެއްޖެއެވެ. އެގޮތުން ޝަރީފް ވިދާޅުވީ، ރައީސް ޔާމީނާއި ބީއެމްއެލްއާމެދު އެކްސްކްރޯ އެކައުންޓް ހުޅުވުމަށް ފަހު އެކަން އެނގުނު ކަމަށާއި، އެކައުންޓް ހުޅުވުމުގެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަަމަށެވެ. އަދި އެކައުންޓް ހުޅުވުނު ފަހުން ލިއުމެއް ބޭނުންވާ ކަަމަށް ރައީސް އޮފީހުން އާޒިމާ ޝުކޫރު އެދިލައްވާފައިވާކަމަށް ވިދާޅުވި.
ރައީސް ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑަރިނގް ދައުވާގެ އަޑުއެހުން ފަށައިފި
ރައީސް ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑަރިނގް ދައުވާގެ އަޑުއެހުން ފަށައިފި