ދެވަނަ ދިފާއު:
ޝަރީއަތްތައް ދުރަށް ދައްކާނަމަ ވަކި އުސޫލެއް ކަނޑައަޅައި ބަޔާންކުރަން ޖެހޭ ކަމަށް އޮތް ނަމަވެސް އެ އުސޫލު އަދި ފެންނަން ނެތްކަން އިޖުރާއީ ދިފާއެއްގެ ގޮތުން ފާހަގަކޮށްފައިވޭ.
މިއީ ތަފާތު ނުކުރުމާއި ހަމަހަމަ ނުކުރުމުުގެ ހައްޤާއި ޚިލާފުވުންކަން ފާހަގަކުރެއްވި.
އަދި އެ މާއްދާ އޮންނަނީ ޤަވާއިދުގެ ކޮން ބައެއްގައިކަން ގާޒީ ހައިލަމް ސުވާލު ކުރެއްވުމުން އެފަދަ އުސޫލެއް ނެތް ކަމަށް ވަކީލުން އިއުތިރާފުވި.
އިޖުރާއީ ގޮތުން ފާހަގަކުރާ ދިފާއެއްގެ ގޮތުން ދައުވާ ހުށައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް ކަމަށް ބަޔާންކުރެއްވި.
ފުރަތަމަ ކަމެއްގެ ގޮތުން : ދައުވާ ހުށައަޅާފައިވާ ފޯމު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ފޯމާ އެއްގޮތަށް ނޫންކަންވެސް ފާހަގަކުރެއްވި
އެގޮތުން
-ތުހުމަތު ކުރެވޭ މީހާއާއި ރިފަރެންސް ނަންބަރު އިތުރުކޮށްފައިވާކަން
-އިޤްރާރު ކިޔާ ބައެއް ފޯމަށް އިތުރުކޮށްފައިވާކަން
-ރައްދުވާ ކޯޓުގެ ނަން ނެތްކަން
ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދުގެ އިތުރުން ދައުލަތުގެ ވަކީލުންގެ ޓީމުގެ ދެ ވަކީލަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެއްޖެ.
ދިފާއީ ވަކީލުންވެސް ވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި،
ޝަރީއަތުގެ މަޖިލީހުގައި ބައެއް ނޫސްވެރިންނާއި ޝަރީއަތް ބަލަން ހާޒިރުވެ ތިބި ބައެއް ފަރާތްތައް ތިބިކަން ފާހަގަކޮށްލެވޭ.
އޭރު ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގެ ގޮތުގައި ރައީސް އަބްދުﷲ ޔާމިންގެ ވަކީލުންގެ ޓީމުން ފަސްކަމެއް ހުށައެޅި، އަދި ކޮންމެ ނުކުތާއަކާއި ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދެއްވި
އެ 5 ހުށައެޅުންވެސް ބަލައި ނުގަތުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ނިންމަވާފައި.
1- އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
2- އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު
3- ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
4- ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
5- އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު
6- ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް
7- ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް
8- މުހައްމަދު ވަސީމް އިސްމާއިލް