Raajje.mv

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރަނީ މަނީ ލޯންޑަރިންްގ ހިންގިކަމުގެ ދައުވާ އެވެ. މިއަދު ކުރިއަށްގެންދަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

21 ޖުލައި 2019
25596
ކުރީގެ އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގެންނެވުމަށް ކާރަށް އަރުއްވަނީ

ކުރީގެ އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގެންނެވުމަށް ކާރަށް އަރުއްވަނީ

21 ޖުލައި 2019 | 10:23

ދެން އަޑުއެހުމެއް އޮންނާނީ 4 އޮގަސްޓުގައި

ރައީސް ޔާމީންގެ ހެކިންގެ ގޮތުގައި ފަރާތުން ހެކިން ހުށައަޅަން ފަސް ދުވަހެއްގެ މުއްދަތެއް. ދެން އަޑު އެހުމެއް އޮންނާނީ 4 އޮގަސްޓު ގައި

21 ޖުލައި 2019 | 10:22

ދައުލަތުން ހުށައަޅާ ހެކިން

ޝަފަހީ ހެކިން: ( 8 ހެއްކެއް ހުށައަޅާފައިވޭ)

1- ހަސަން ލުތުފީ 2- މުއައްވިޒު ރަޝީދް 3- މުހައްމަދު ވަސީމް އިސްމާއިލް 4- އަހުމަދު އަދީބް 5-މޫސާ ޒަމީރް 6- މުހައްމަދު ލުވެއިޒް 7- މުހައްމަދު ޝަރީފް 8- އަބްދުﷲ ޒިޔަތު

ކިތާބީ ހެކި:

- އެކްސްކްރޯ އެއްބަސްވުން

- ރައީސް ޔާމީނުގެ ބަޔާން (ފުލުހުންނަށް ދީފައިވާ ބަޔާން)

- އޭސީސީގެ ސިޓީގައި ބަޔާންކޮށްފައިވާ ރިޕޯރޓް

އޭގެ އިތުރުންވެސް ކިތާބީ ހެކިތައް ހުށައަޅާފައިވޭ

21 ޖުލައި 2019 | 10:14

އައްލާމްއާ އިޝްފާހު ހެކިންގެ ގޮތުގައި ބަލައި ނުގަންނަން

މުހައްމަދު އައްލާމްއާ އަހުމަދު އިޝްފާހު ހެކިން ގޮތުގައި ބަލައި ނުގަތުމަށް ނިންމައިފި. ގާޒި އެހެން ނިންމެވީ އެ ހެކިންނަކީ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ފަހު ހުށައަޅާފައި ހުރި ހެކިތަކަކަށް ވުމާއި ގުޅިގެން

21 ޖުލައި 2019 | 10:10

ރައީސް ޔާމީންގެ ވަކީލް

ދައުލަތުން ދައްކާ ވާހަކަ ދިމައެއް ނުވޭ. ދައުލަތުން ހުށައެޅި ދެ ހެކިން ބަލައި ނުގަތުމަށް ނިންމައިދީ .

21 ޖުލައި 2019 | 10:03

ގާޒީ ހައިލަމް

ފަސްވަނަ ހުށައެޅުން ބަލައިނުގަންނަން ނިންމައިފި. ރައީސް ޔާމިންގެ ފަރާތުން ހުށައެޅި ހުށައެޅުމަކީ އަދީބާއާ ޒިޔަތު ހެކިންގެ ގޮތުގައި ހުށައެޅުމުން އަދާވާތްތެރިންގެ ގޮތުގައި އެކަމުގައި އުފެދުން.

21 ޖުލައި 2019 | 09:58

ރައީސް ޔާމީން ފާހަގަކުރެއްވި ކަންކަން

ރިޔާސީ ލޯންޗުގެ މައްސަލައާ ގުޅިގެން ނައިބް ރައީސް އަދީބަށް އަދަބެއް ލިބިފައިވާއިރު، އަދީބް އަދާވަތްތެރި ނުވާނެ ކަން އިންސާނީ ތަބީއަތަށް ބަލާއިރު ޤަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވި. އަދި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އަބްދުﷲ ޒިޔަތުގެ ހިތުގައިވެސް ރައީސް ޔާމީނާ މެދު އަދާވަތްތެރިކަން އޮންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވި.

21 ޖުލައި 2019 | 09:56

ޔާމީންގެ ވަކީލުން

އަދީބާ ޒިޔާތުގެ މައްސަލަ ތަހުގީގު ކުރަމުން ދިޔައީ ރައީސް ޔާމިންގެ އިސްނެގުމުގެދަށުން. އެހެން ކަމުން އެ ފަރާތްތަކުގެ ހެކިބަސް ދިނުމުގައި އަދާވަތްތެރިކަން އޮންނާނެ

21 ޖުލައި 2019 | 09:54

ދިފާއުން ހުށައަޅާފައިވާ 5 ވަނަ ހުށައެޅުމަށް ދައުލަތުން ދޭ ރައްދު

ދައުވާލިބޭ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ޤަބޫލުކުރެވޭނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށް، އަދި ރައީސް ޔާމީނުގެ މައްޗަށް ހުށައަޅާފައިިވާ ދައުވާ ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިންނާއި ރައީސް ޔާމިނާ މެދުގައި އެއްވެސް އަދާވަތްތެރި ކަމެއް އޮންނާނެ ކަމަށް ދިފާއުން ވިދާޅުވެވެން ނެތް ކަން ފާހަގަކުރެއްވި.

21 ޖުލައި 2019 | 09:52

ރައީސް ޔާމީންގެ ވަކީލު

އަދީބާ ޒިޔާތުދޭ ހެކި ބަހަކީ އަދާވަތްތެރިކަން ރައްދު ކުރެވޭ ގޮތުން ދެވޭ ހެކިބަހެއް.

21 ޖުލައި 2019 | 09:46

ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅު

އެމްއެމްއޭގެ އެސްޓީއާރެއް ހުށައެޅުމާ ގުޅިގެން ފުލުހުން ފެށި ތަހުޤީޤެއް ކަމަށް ދައުލަތުން ފާހަގަކުރުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެ އެސްޓީއާރާ ގުޅިގެން ފުލުހުން ތަހުޤީޤެއް އިނިޝިއޭޓް ކުރާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް،

ދިފާއުގައި ދައުލަތުން ބުނީ، ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ހުށައަޅާ ކަމަކާ ގުޅިގެން ތަހުޤީޤު ފުޅާކުރަމުން ގޮސް އެހެން ކަންކަން ތަހުޤީޤު ކުރުން އެއީ ޖިނާއީ ނިޒާމު އޮތް ގޮތުން ފުލުހުންނަށް އެކަމެއް ތަހުޤީޤު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް

21 ޖުލައި 2019 | 09:29

ދައުލަތުން ބޭނުންވާ އެއް މިލިއަން ޑޮލަރު ބަހައްޓާދީފާ. މި ދައުވާ ކުރެވެންވި ސަބަބެއް ނެތް.

21 ޖުލައި 2019 | 09:29

ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ކަންކަން

ފައިސާ އަކީ ފައިސާ، ދައުލަތަށް ބޭނުންވަނީ 1 މިލިއަން ޑޮލަރު، ދައުލަތަށް ބޭނުންވާ 1 މިލިއަން ޑޮލަރު އަޅުގަނޑު ޤާނޫނާއެއްގޮތަށް ބަހައްޓާފައިވާއިރު، މި ދައުވާ އުފުލަންޖެހޭ ސަބަބެއް ނުވިސްނޭ

21 ޖުލައި 2019 | 09:25

ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ކަންކަން

މިއީ އެސްއޯއެފްގެ ޗެކް ކަން އެނގުނީ ހަސަން ލުތުފީ ގުޅާފައި ބުނުމުން، އެހިސާބުން އެއީ ޤާނޫނާ ޚިލާފް ފައިސާތޯ ބެލުމަށް އެދުނިން، މިހާތަނަށްވެސް އެއްވެސް އިދާރާއަކުން ނިންމާފައެއް ނުވޭ އެއީ ޤާނޫނާ ޚިލާފު ފައިސާ ކަމަކަށް، 25 މާރިޗުގައި އެކްސްކްރޯ އެކައުންޓެއް ހުޅުވީ ޝައްކު އުފެދޭ ފައިސާއެއް އެކައުންޓުގައި ހުންނަން ބޭނުންނުވާތީ، ނަމަވެސް އެކްސްކްރޯ އެކައުންޓަށް އެ ފައިސާ ޖަމާ ނުކުރިީ އެ ފައިސާގެ ކަންކަން ތަހުޤީޤު ކުރަމުންދާތީ،

21 ޖުލައި 2019 | 09:24

ރައީސް ޔާމިން

ދެ ޗެކް ޖަމާވިކަން އެންގީ 2016 ވަނަ އަހަރު ކުރީގެ އޭސީސީގެ ރައީސް. މިއަދާ ހަމަޔަށްވެސް އެއީ ކޮރަޕްޝަންގެ ފައިސާ ކަމެއް އެއްވެސް އިދާރާއަކުން އަންގާފައެއް ނެތް.

21 ޖުލައި 2019 | 09:23

ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ކަންކަން

އެސްއޯއެފްގެ ފައިސާއަކީ އަހުމަދު އަދީބު ހަވާލުކުރި ފައިސާ، ފައިސާ ޖަމާކުރި ކަމަށް އަދީބު ވިދާޅުވި، ބޭންކުންވެސް ފައިސާ ޖަމާކުރި ކަމެއް ނާނގާ، ގޮތް ނޭނގޭ ފައިސާ ކަމަށް ވާނަމަ ބޭންކުން މަނިޓަރީ އޮތޯރިޓީއަށް އަންގަންޖެހޭ ކަމަށް ބޭންކިންގ ޤާނޫނުގައި ބަޔާންކޮށްފައިވޭ، ކޮންމެ ގޮތަކަށް ލިބުނު ނަމަވެސް އެ ފައިސާ ޖަމާވެފައިވަނީ އަދިބު ދޭންޖެހޭ ފައިސާގެ ގޮތުގައި،

21 ޖުލައި 2019 | 09:20

ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް

އެސްއޯއީފް އިން ޖަމާވީ ކޮން ފައިސާއެއް ކަމެއް ނޭނގޭ. މައުލޫމާތު ލިބިފައިވާ ގޮތުން އެއީ އަދީބު ޖަމާކުރި ފައިސާ

21 ޖުލައި 2019 | 09:16

ގާޒީ ހައިލަމް

ކުށްކުރި ވަގުތު ބަޔާން ނުކުރެވުނަސް ކޮންމެ ކުށަކީ ވަކި ވަގުތެއް ބަޔާންނުކުރެވޭނެ ކަމަކަށް ވާތީ، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ފުރަތަމަ ހުށަހެޅުން ބަލައިނުގަންނެވޭނެ

21 ޖުލައި 2019 | 09:15

ދައުލަތުން ފާހަގަކުރި ކަންކަން

ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ރައީސް ޔާމީނަށް ދައުވާ ކޮށްފައިވާ ކަމަށް ދިފާއުން ފާހަގަކޮށްފައިވީ ނަމަވެސް މި ދައުވާ އުފުލާފައިވާނީ ޤާނޫނުއަސާސީގެ ރޫޚާ ޚިލާފަށް ކަމަށް ދައުލަތުން ޤަބޫލު ނުކުރާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި. އަދި މި މައްސަލައިގެ ތަހުޤީޤުގެ ތެރެއިން އިތުރު ވަރަށް ގިނަ މައްސަލަތަކެއްގެ ތަހުޤީޤު މިހާރުވެސް ކުރިއަށްދާ ކަމަށާއި، ފުލުހުންނާއި، އޭސީސީއާއި ޕްރެސިޑެންޓްސް ކޮމިޝަނުންވެސް ތަހުޤީޤު ކުރަމުންދާއިރު، މިހާރުވެސް އެކަށީގެންވާ ޝައްކެއް ނެތް ވަރަށް ހެކި ހުރިކަމަށް ވިދާޅުވި. އަދި އެ މުއައްސަސާތަކުން ތަހުޤީޤު ކުރަމުން ދިޔަ ނަމަވެސް މި ދައުވާއަކީ ތަހުޤީޤު ފުރިހަމަ ނުވާ ދައުވާއެކޭ ދެންނެވެން ނެތް ކަމަށް ވިދާޅުވި.

21 ޖުލައި 2019 | 09:11

ގާޒީ ހައިލަމް

ޔާމީންއާ ބެހޭ ގޮތުން ދިފާއުން ހުށައަޅާފައިިވާ ދެވަނަ ހުށައެޅުން ބަލައިނުގަންނަން

21 ޖުލައި 2019 | 09:09

ދައުލަތުން ފާހަގަކުރި ކަންކަން

12/2016 ގެ 22 ވަނަ މާއްދާގައި ޖިނާއީ ބޮޑެތި ކުށްތައް މާނަކޮށްފައިވާ ގޮތާއި މި މައްސަލައާއި ހަވާލާ ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި.

21 ޖުލައި 2019 | 09:04

ރައީސް ޔާމީންގެ ވަކީލު އާސިފް

ދައުލަތަށް ޔަގީން ނުވޭ އެއީ ކޮރަޕްޝަނުގެ ފައިސާ އެއް ކަމެއް. ވަގުތު ނެތުމަކީ ޝަރިޔަށް ކުރިޔަށް ގެންދިޔުމަށް ހުރަހެއް

21 ޖުލައި 2019 | 09:01

ދައުލަތުން ފާހަގަކުރި ނުކުތާތައް

ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ އެ ފައިސާއާއި މެދު އެކަށީގެންވާ ޝައްކެއް އުފެދިފައިވާ ކަން

21 ޖުލައި 2019 | 08:59

ދައުލަތުން ފާހަގަކުރި ނުކުތާތައް

ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭ

21 ޖުލައި 2019 | 08:58

ޝަރީއަތުން ފާހަގަކުރި ކަންކަން

އެމީހަކު ދުވަހަކު ވެސް އެއްބަސްވާނެތޯ (ޝައްކެއް އޮތް މުއާމަލާތެއް ކަމަށް)

21 ޖުލައި 2019 | 08:58

ރައީސް ޔާމިންގެ ވަކީލުން

ކޮރަޕްޝަންގެ ވަކި އަމަލެއް ކަމެއް ދައުވާ އިން ސާފެއް ނުވޭ. އެކަން ބުނެދޭން ޖެހޭ.

21 ޖުލައި 2019 | 08:53

ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް

ޝައްކު އުފެދިފައިވާ މުއާމަލާތެއް ކަމަށް ނޭނގޭ ހިނދުގައި ކުށެއް ކުރިކަމަށް ނުބެލެވޭނެ.

21 ޖުލައި 2019 | 08:49

ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް

އެކަށީގެންވާ ސަބަބުތަކެއް މައްޗަށް ބިނާކުރެވޭ ޝައްކުކުރެވެން ޖެހެނީ ކޮން ފަރާތަކަށްތޯއާއި އެ ޝައްކާ ބެހޭ މައުލޫމާތު ލިބުނީ ކޮން އިރަކުތޯ ދައުވާގެ ތެރޭގައި ހިމެނިފައެއް ނުވޭ

21 ޖުލައި 2019 | 08:49

ގާޒީ ހައިލަމް

ދައުލަތުން ވަގުތު ބަޔާން ނުކުރެވުނަސް ޝަރިޔަތުން މައްސަލަ ކުރިޔަށް ގެންދެވޭނެ

21 ޖުލައި 2019 | 08:45

ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތައް

އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނި އެހެން ފަރާތެއްގެ އަތުން ހޯދި ފައިސާ. އެއީ އޭސީސީއާ އެކު ވެވުނު އެކްސްކްރޯ އެއްބަސްވުމާ ޙިލާފުކަމެއް.

21 ޖުލައި 2019 | 08:44

ޔާމިންގެ ވަކީލުން

ޔާމީން ކުށް ކުރި ކަމަށް ބުނާ ވަގުތެއް ތާރީހެއް ނެތް ދައުވާގައެއްނެތް. ޖިނާއި އިޖުރާތުގެ 82 ވަނަ މާއްދަގެ ބ އާ ހިލާފު

21 ޖުލައި 2019 | 08:42

ރައީސް ޔާމިންގެ މައްޗަށް ކުރެވޭ ދައުވާގެ ތަފްސީލް

މި މައްސަލައިގައި ހިމެނޭ ފައިސާއަކާއި އެމްއެމްއެމްޕީއާރްސީ އިން ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް ރައީސް ޔާމިންއަށް އެނގިހުރެ ކަމަށް ދައުލަތުން ބުނަނީ 7 ފެބްރުއަރީ 2017 ވަނަ ދުވަހު ސުވާލުކުރަމަށް ފަހު، އެ ފައިސާއިން މަންފާ ހޯދުމުގެ ގޮތުން ބަދަލުކުރުމާ ގުޅިގެން

21 ޖުލައި 2019 | 08:35

ރައީސް ޔާމިން އަށް ކުރާ ދައުވާ

ޝައްކު ކުރެވުނު ހާލަތެއް ދައުވާ ގައި ބަޔާން ކޮށްފައެއް ނުވޭ: ޔާމީންގެ ވަކީލުން

21 ޖުލައި 2019 | 08:32

ރައީސް ޔާމިންގެ މައްޗަށް ކުރާ ދައުވާ

ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުންނާއި އެ ފައިސާއިން މަންފާ ހޯދުމުގެ ގޮތުން ޖަމާކޮށްފައިވަނީ 14 މާރޗް 2017. މިއީ އޭސީސީން މައްސަލައިގެ ތަހުގީގު ފަށާ އެކްސްކޯރޯ އެއްބަސްވުމާ ޙިލާފަށް ހިންގާފައިވާ އަމަލެއް

21 ޖުލައި 2019 | 08:26

ދައުލަތުން ފާހަގަކުރި ކަންކަން

ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ދައުވާއަކީ މަނީ ލޯންޑަރިންގެ އަދި ޓެރަރިޒަމްއަށް ފަންޑު ކުރުން ހުއްޓުވުމުގެ ގާނޫނު 10/2014 ކަނޑައަޅާފައިވާ ކުށް ބަޔާންކުރާ އުސޫލުގެ ތެރެއިން

21 ޖުލައި 2019 | 08:22

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގެ ގޮތުގައި ދިފާއުން 5 ކަމެއް ހުށަހަޅައިފި

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގެ ގޮތުގައި ރައީސް އަބްދުﷲ ޔާމިންގެ ވަކީލުންގެ ޓީމުން ފަސްކަމެއް ވަނީ ހުށަހަޅާފަ އެވެ. ކޮންމެ ނުކުތާއަކާއި ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު އަންނަނީ ދެމުންނެވެ.

21 ޖުލައި 2019 | 08:22

ޝަރީއަތް ކުރިއަށްގެންދަނީ ޓީވީތަކުން ލައިވްކޮށްގެން

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަނީ ޓީވީތަކުން ވަގުތުން ފެންނާނެގޮތަށެވެ.