އެމްޑީޕީ ކެނޑިޑޭޓުން ކެނޑިޑެސީ ފޯމް ހުށައެޅުން
މަޖިލިސް 2019

އެމްޑީޕީ ބައެއް ކެނޑިޑޭޓުން
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު
އީސީން ސިޔާސީ ޕާޓީތަކުގެ މަސައްކަތް ގާތުން ބައްލަވާ ކަމަށާއި އީސީން އިންތިހާބުތަކަށްޓަކައި ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވި. އޭގެ އިތުރުން ޤާނޫނާ ޤަވާއިދާ އެއްގޮތަށް ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވެސް ނަޝީދު ގޮވާލެއްވި.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަބީބު
ރޭވިގެން ހިންގޭ ސިޔާސީ ހަރަކާތްތައް ފެނުމުން އުފާވާ ކަމަށާއި، އާންމު ފަރުދުންގެ ފަރުދީ ޒިންމާ އަދާކޮށްފިނަމަ އެއްވެސް އިންތިހާބެއްގައި މަކަރު ނުހެދޭނެ ކަމަށް ވިދާޅުވި. އޭގެ އިތުރުން އެމްޑީޕީ ސެކެޓްރިއޭޓް މެދުވެރިކޮށް ވޯޓުލާން ރަޖިސްޓްރީވެފައި ތިބި މީހުންނަށް ހޭލުންތެރިކަމުގެ ކަންކަން ކުރިއަށްގެންދާތީ އުފާވާ ކަމަށް ވެސް ހަބީބު ވިދާޅުވި.
ހުރިހާ ކެނޑިޑޭޓުންގެ ފޯމު އީސީއަށް ހުށައަޅައިފި
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ 86 ދާއިރާގެ ކެނޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
ކެނޑިޑޭޓުންގެ ފޯމު ހުށައަޅަން ފަށައިފި
ކެނޑިޑޭޓުން ބ.ޖަމާލުއްދީނުގައި
ކެނޑިޑޭޓުން ބ ޖަމާލުއްދީން ހޯލަށް ވަދެ ވަޑައިގެންފި
ފޯމްތައް ހުށަހެޅުމަށް ކެނޑިޑޭޓުން މިހާރު ތިއްބެވީ ބާޖަމަލުއްދީން ހޯލްގައެވެ. ކެންޑިޑޭޓުންގެ ފޯމްތަކާއި ހަވާލުވެވަޑައިގަންނަވާނީ އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާއެވެ.
ފޯމު ހުށައެޅުމުގެ ހިނގާލުމުގައި އެމްޑީޕީގެ ގިނަ މެމްބަރުން ބައިވެރިވެފައިވޭ
ހިނގާލުމުގެ ބައިވެރިން މަޖީދީ މަގުން ކުރިއަށް ދަނީ
ކޮންމެ ކެނޑިޑޭޓެއްވެސް ތިބީ އެ ކެނޑިޑޭޓެއްގެ ދާއިރާގެ ރައްޔިތުންނާއެކު އެ ކެނޑިޑޭޓެއްގެ ނަން ޖަހާފައިވާ ބެނާރއެއް ހިފައިގެން
އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުމުގެ އިވެންޓުގެ ތެރެއިން
އެމްޑީޕީ ފޯމު ހުށައެޅުމުުގެ ހިނގާލުމުގެ ތެރެއިން
އެމްޑީޕީ ފޯމު ހުށައެޅުމުގެ ހިނގާލުމުގެ ތެރެއިން
ފޯމު ހުށައެޅުމުގެ ހިނގާލުން ފެށިއްޖެ
އެމްޑީޕީ ކެނޑިޑޭޓުންގެ ފޯމް ހުށައެޅުމުގެ ހިނގާލުން ފެށިއްޖެއެވެ. މި ހުރިހާ ބޭފުޅުންގެ ފޯމް ހުށައެޅުން އޮންނާނީ ބާޖަމަލުއްދީން ހޯލްގައެވެ. ކެންޑިޑޭޓުންގެ ފޯމްތަކާއި ހަވާލުވާނީ އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާއެވެ.
ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
" ރައްޔިތުން ބޭނުންވާ އެންމެހާ ކަންކަން ކޮށްދޭނެ މަޖިލީހަކަށް މަޖިލިސް 19 ހެދުމަކީ އެމްޑީޕީގެ އަމާޒު "
ލީޑަރޝިޕްގެ އިސް ބޭފުޅުން ސަފަށް ގުޅިވަޑައިގެންފި
އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވަނީ ސަފަށް ގުޅިވަޑައިގެންފަ. އެގޮތުން މައްޗަން ގޯޅި މެދު ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަފަށް ގުޅިވަޑައިގެންފަ
ފޯމު ހުށައަޅަން ހިނގާލުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ ގޮތް
ހިނގާލުން ކުރިއަށްދާނެ ގޮތް
ހިނގާލުމުގެ ކުރީސަފުގައި ތިއްބަވާނީ ޕާޓީގެ ލީޑަރޝިޕް ބޭފުޅުން
މި ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ތިއްބަވާއިރު އޭގެ ފަހަތުގައި ތިއްބަވާނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ މެމްބަރުންނެވެ. އެއަށްފަހު ހުރިހާ ދާއިރާއެއްގެ ކެންޑިޑޭޓުން ތިބެނޭ ކަމަށް އެމްޑީޕީން މައުލޫމަތުދެއެވެ.
އެމްޑީޕީ އޮފީސް ކައިރިއަށް އެޕާޓީގެ މެމްބަރުން ދަނީ އެއްވަމުން
އެމްޑީޕީ އޮފީސް ކައިރިއަށް އެޕާޓީގެ މެމްބަރުން އެއްވުން
އެމްޑީޕި ކެންޑިޑޭޓުންގެ ފޯމް ހުށައެޅުން މިއަދު !
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުން މިއަދު ހެނދުނު އޮންނާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.