އެމްޑީޕީ މަޖިލިސް ޕްރައިމަރީ
ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:30 އަށް. ޕްރައިމަރީގައި މިހާރު ވާދަކުރާނީ 279 ކެންޑިޑޭޓުން. ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނޭ. ރާއް

އެމްޑީޕީގެ ސަޕޯޓަރުން
މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ފަރާތްތަކާއި ބައްދަލުކުރެއްވުން
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 2019ގައި ނާކާމިޔާބުވި ކެންޑިޑޭޓުން ވީހައި ވެސް އަވަހަށް އެމަނިކުފާނާއި ގުޅުއްވަން އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ފަރާތްތަކާއި ބައްދަލުކުރެއްވުން
ރާއްޖެ މިދަނީ ޑިމަކްރަސީ އަކަށް ވައްކާވަމުން ކަމަށާއި، މިއަދު އެމްޑީޕީން ދެއްކީ ޑިމަކްރަސީގެ ރައްޓެހިކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވައުދުތައް ފުއްދޭނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުން މަޖިލީހުގައި ތިބެގެން ކަމަށާއި، ޚާއްސަކޮށް އެމްޑީޕީން މެންބަރުން ކަމަށެވެ.
ވައުދާ ޚިލާފްވީ އެމްޑީޕީން ކަމަށް ތުހުމަތުކުރައްވައި ގާސިމް ރައްދު ދެއްވައިފި
ކޯލިޝަން އެއްބަސްވުމާ ޚިލާފްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ތުހުމަތުކުރައްވައި، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރައްދު ދެއްވައިފި
މަޖިލީސް އިންތިޚާބުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖޭޕީން ތައްޔާރު ކަމަށް ގާސިމް ވިދާޅުވެއްޖެ
ތޮއްޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ޝިޔާން (ގިޓާ) ކާމިޔާބު ކުރައްވައިފި
ތޮއްޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ހަސަން ޝިޔާން (ގިޓާ) ކާމިޔާބު ކުރައްވައިފި. އޭނާ އަކީ އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް
ހަސަން ޝިޔާން(ގިޓާ)
ވިސާމް އެމްޑީޕީ ޓިކެޓް ކަށަވަރު ކޮށްފި
ވިސާމް
ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އެމްޑީޕީ ޕްރައިމަރީގެ ޓިކެޓް ކަށަވަރުކޮށްފި.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވިސާމް ވާދަކޮށްފައި ވަނީ ލ. ގަމު ދާއިރާ އަށް.
ވިސާމް އާއި ވާދަކޮށްފައި ވަނީ ލ. ގަން ތނޑި، ބިނާ އިސްމާއިލް އަލީ އާއި ލ. ގަން ތުނޑި، ނިއުފްލާވަރ މޫސާ ހަމްދީ. ވިސާމް ވަނީ ހުރިހާ ފޮށްޓަކުން ވެސް ކުރި ހޯދާފައި. ވިސާމް ޓިކެޓް ކަށވަރުކޮށްފައި ވަނީ ބޮޑު ތަފާތަކުން.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޓިކެޓް ހަސަން ލަތީފަށް
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޓިކެޓް ހަސަން ލަތީފަށް ލިބިވަޑައިގެންފި. އޭނާއަކީ އެމްޑީޕީގެ ޗެއާޕާސަން.
ހަސަން ލަތީފާއި އެކު އެދާއިރާއަށް ކުރިމަތިލެއްވީ މުހައްމަދު ޝަރީފު
ހަސަން ލަތީފު
މަޑަވެލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރީ ހުސައިން ފިރުޝާން
މަޑަވެލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރީ ހުސައިން ފިރުޝާން. އޭނާއާއި އެކު އިތުރު ހަ މެމްބަރުން ވަނީ އެދާއިރާއަށް ކުރިމަތި ލާފައި. ފިރުޝާނަކީ އެމްޑީޕީ ޔޫތު ވިންގުގެ މެމްބަރެއް.
ހުސައިން ފިރުޝާން
މީދޫ ދާއިރާ ރޮޒެއިނާ ކާމިޔާބު ކުރައްވައިފި
އައްޑޫ ސިޓީ މީދޫ ދާއިރާ މިހާރުވެސް އެދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރު ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވައިފި. ރޮޒެއިނާ އާއި އެކު އެދާއިރާއަށް ކުރިމަތި ލެއްވީ އިމާދު ސޯލިހު އަދި ހަސަން ޝާހިދު
ރޮޒެއިނާ އާދަމް
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސައަށް
އެމްޑީީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ކެނދިކުޅުދޫ ދާއިރާގެ ޓިކެޓް އަހުމަދު އީސައަށް ލިބިވަޑައިގެންނަވައިފި. އީސަ އަކީ މީގެ ކުރިން މަޖިލީހުގައި އެ ގޮނޑި ފުރުއްވި މެމްބަރެއް.
އީސަ
ހަނިމާދޫ ދާއިރާގެ ޓިކެޓް އަބްދުލްޣަފޫރު ކާމިޔާބުކުރައްވައިފި
އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ޕްރައިމަރީ، މި ހިނގާ މަޖިލީހުގެ ކުޅުުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކާމިޔާބު ކުރައްވައިފި. އަބްދުލްޣަފޫރަކީ ހަނިމާދޫ ދާއިރާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް.
ގަޕޯ
ހުޅުމާލޭ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލީ ނިޔާޒު ކާމިޔާބު ކުރައްވައިފި
ހުޅުމާލެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒު. އޭނާއާއި އެކު އެދާއަިރާއަށް ވާދަކޮށްފައި ވަނީ އަބްދުލް ހަލީމް އަބްދުﷲ
އަލީ ނިޔާޒު
އެމްޑީޕީގެ ޕްރައިމަރީގެ މައްޗަންގޯޅި މެދު ދާއިރާގައި ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު
މައްޗަންގޯޅި މެދު ދާއިރާއަށް ބަލާއިރު ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު . އެމަނިކުފާނާއި ވާދަ ކޮށްފައިވަނީ އާޝިޔަތު އަލައިކާ އަދުނާން.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގެންނެވީ 267 ވޯޓު. އަދި އަލައިކާ އަށް 52 ވޯޓު
ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ބައެއް ދާއިރާތަކުގެ ވޯޓުފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށާފައި ވާއިރު މި ފަހަރުގެ އެމްޑީޕީ ޕްރައިމަރީއަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕްރައިމަރީއެއްގައި މީހުން ވޯޓްލާ ފަހަރެވެ
ވޯޓުލެވޭ ގަޑި މިރޭ 9:30 އަށް އިތުރުކޮށްފި
ވޯޓުލެވޭ ގަޑި މިރޭ 9:30 އަށް އިތުރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފި. އެހެން ނަމަވެސް އެމްޑީޕީން ބުނީ ކިއުގައި މީހަކު ނެތްކަމަށްވާނަ 8:30 ގައި ވޯޓު ފޮށި ބަންދުކުރާނެކަމަށް.
މެލޭޝިއާގެ ވޯޓު ފޮށި ބަންދުކޮށްފި
މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮށި ބަންދުކޮށްފި. މެލޭޝިއާގައި ވޯޓުލާން ފަށާފައިވަނީ ރާއްޖެ ގަޑިން ހެނދުނު 11:30 ގައި.
މެލޭޝިއާގައި ވޯޓު ފޮށި ބަހައްޓާފައިވަނީ:
No. 35 BU 1/11 Bandar Utama PJ, Selangor. Malaysia (Ali Shiyam’s Residence )
ރައީސް ސޯލިހު އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލައްވައިފި
އެމްޑީޕީ ޕްރައިމަރީގައި އިމާދުއްދީން ސްކޫލުގައި ބަހަށްޓާފައިހުރި ވޯޓް ފޮއްޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓްލައްވައިފިއެވެ.
ރައީސް އިބްރަހިމް މުހައްމަދު ސޯލިހު ވޯޓް ލައްވަނީ
އޮފިޝަލަކު ވޯޓްލާން ދިޔަ މީހަކު އަތުން ވޯޓް ކަރުދާސްކޮޅު އަތުލައިފި
އޮފިޝަލަކު ވޯޓްލާން ދިޔަ މީހަކު އަތުން ވޯޓް ކަރުދާސްކޮޅު އަތުލީ ވޯޓް ކަރުދާސްކޮޅު ފޯލްޑް ކުރި ވަގުތު އެހެން މީހުންނަށް ކަރުދާސް ކޮޅުގައި އިން ނަން ފެންނަ ގޮތަށް ފޯލްޑް ކުރުމުން
މައްސަލަ ހައްލުކޮށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓް ފޮށީގެ ވޯޓްލުން ފަށައިފި
އަށްޑޫސިޓީގެ މާލޭގައި ހުރި ހުރިހާ ވޯޓް ފޮއްޓެއްގެ ވޯޓްލުން ފަށިގެން ކުރިއަށްދަނީ
ތާޖުއްދީން ސްކޫލުގައި ހުރި އަށްޑޫ ސިޓީ މަރަދޫގެ ވޯޓްފޮށީގެ ވޯޓްލުން ފެށިގެން ކުރިއަށްދަނީ
އިސްކަންދަރު ސްކޫލުގައި ހުރި އިހަވަންދޫ ދާއިރާގެ ފޮއްޓަށް 115 މީހުން ވޯޓް ލައިފި
އެމްޑިޕީ ތުޅާދޫ ދާއިރާގެ މާލޭ ވޯޓްފޮށީގެ ވޯޓްލުން އަދި ނުފެށޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފަށައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފަށައިފި
އިންޑިއާގައި ވޯޓުލުން ފަށައިފި
އިންޑިއާގައި ވޯޓުލުމަށް ކިއު ހަދާފައި
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓިފައިވާ ތަންތަން
ސްރީލަންކާ
No 17, Boadi Raja Mw (Perakumba Road ) Dehiwala, Sri Lanka ( Thoariq’s residence )
މެލޭޝިއާ
No. 35 BU 1/11 Bandar Utama PJ, Selangor. Malaysia (Ali Shiyam’s Residence )
އިންޑިއާ
Biverah Hotel and Suites Pattom Kumarapuram Road Thiruvananthapuram , Kerala 695011, India ( Next to Maldives Consulate in Trivandrum)
މާލޭގައި ބަހައްޓާ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން
މައްޗަންގޯޅި ހުރިހާ ދާއިރާތައް، މ، ފ، ދ އަތޮޅުގެ ދާއިރާތައް – މަދުރަސަތުލް އަރަބިއްޔާ ގއ،ގދ،ވ އަތޮޅުގެ ދާއިރާތައް – އަމީނިއްޔާ ސްކޫލް ހއ، ހދ، ށ، ނ އަތޮޅުގެ ދާއިރާތައް – އިސްކަންދަރު ސްކޫލް ގަލޮޅު ދެކުނު، ރ، ބ، ޅ އަތޮޅުގެ ދާއިރާތައް – އިމާދުއްދީން ސްކޫލް ހެންވޭރުގެ ހުރިހާ ދާއިރާތައް، ތ، ލ އަތޮޅުގެ ދާއިރާތައް – ކަލާފާނު ސްކޫލް މާފަންނު ހުރިހާ ދާއިރާތައް، ޏ، ކ އަތޮޅުގެ ދާއިރާތައް – ހިރިޔާ ސްކޫލް ވިލިމާލެ – މުހިއްދީން ސްކޫލް ހުޅުމާލެ – ރެހެންދި ސްކޫލް އައްޑޫ ހުރިހާ ދާއިރާތައް، އއ، އދ އަތޮޅުގެ ދާއިރާތައް- ތާޖުއްދީން ސްކޫލް
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:30 އަށް. ޕްރައިމަރީގައިވާދަކުރާނީ 279 ކެންޑިޑޭޓުން. ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނޭ. ރާއްޖޭގައި ވޯޓުލުން މެންދުރު ފަހު 2:30 ގައި ފެށިކަމުގައި ވިއަސް މެލޭޝިއާގައި ފަށާނީ އެގައުމުގެ ގަޑިން 2:30 ގައި. އެއީ ރާއްޖެ ގަޑިން ހެނދުނު 11:30 ގައި
