މާލޭގައި ފެންބޮޑުވުން
މާލޭގައި ފެންބޮޑުވެ އާއްމު ދިރިއުޅުމަށް ބުރޫއެރުން

މާލޭގައި ފެންބޮޑުވުން
ޓެކްސީތައް މެދުކަނޑާނުލަން މިނިސްޓަރު އިލްތިމާސް ކުރައްވައިފި
ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް އިމާރާތްތަކަށް ވެސް ފެން ވަދެ، އާންމުން ދަތިކަމެއްގެ ތެރޭގައި ތިބި މި ދަނޑިވަޅުގައި ޓެކްސީގެ ހިދުމަތް މެދުކަނޑާނުލަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިލްތިމާސްކުރައްވައިފި.
މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން އިސްތިމާސްކުރައްވާ ކަމަށް
މާލެ ސިޓީކައުންސިލްގެ އިމާރާތުގެ ތެރެއަށްވެސް ވަނި ފެންވަދެފައި
މާލެ ސިޓީކައުންސިލްގެ އިމާރާތުގެ ތެރެއަށްވެސް ވަނި ފެންވަދެފައި. ކޮންމެހެން ބޭނުމެއް ޖެހިގެން މެނުވީ ބޮޑެތި މީހުންވެސް އަދު ކުޑަ ކުދިންވެސް ބޭރަށް ނުނުކުތުމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އިލްތިމާސްކުރައްވާ
ފެންބޮޑުވެ އާއްމުދިރިއުޅުމަށް ދަތިވުން
މެދުކެނޑުމެއް ނެތި 4 ގަޑިއިރު މާލެއަށް ވާރޭވެނުމުގެ ސަބަބުން މާލޭގެ ބޮޑެތި މަގުތަކުގައި ބޮޑުވި ފެންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ހިންދާފައި، އެމްއެންޑީއެފް އަދި ފުލުުން ހުއްޓުމެއްނެތި ދަީ މަސަައްކަތް ކުރަމުން
ޓްރެފިކް އަދި އޮންޑިއުޓީ ފުލުހުން އަދި އެސްއޯ ވެސް ތިބީ މަގުތަކަށްނެރެފައި، އެހީތެރިކަމަށް އެދި ކޯލްތައް ދަނީ ލިބެމުން އަދި ލިބެމުންދާވަރަކުން މި ދަނީ އެޑެންޑް ވަމުން
ފެން ހިންދުމުގެ މަައްކަތް ބާރަށް ދަނީ ކުރިއަށް
ވީޓީވީ ސްޓޭޝަން
މާލެ އަށް ކުރަމުންދާ ވިއްސާރައިގައި ޕީއެސްއެމް ހިންގާ އިމާރާތާއި، ވީޓީވީ ހިންގާ އިމާރާތަށް ގެއްލުންވެ ދެ ސްޓޭޝަންގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި
މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފަ. މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ.
ޑިފެންސް މިނިސްޓަރ ދެއްވާ ޕްރެސް ކުރިއަށް ދަނީ
މި ވިއްސާރައިގެ ސަބަބުން ދެ ގެއަކުން މިހުން ބަދަލުކޮފައި ވާކަމަށް އެމްއެންޑީއެފުން ބުނޭ. އަދި މާލޭގެ 14 ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި
ފުއް ގުދަނާއި ބައެއް ކަބޯތަކެތި ރައްކާކޮސްފައިވާ ތަންތަނުގައި ވެލިބަސްތާޖެހުން ކުރިއަށް ދަކަމަށް ވިދާޅުވި
އިމަޖެންސީގައި ގުޅުއްވުމަށް
ކުރަމުންދާ ގަދަ ވިއްސާރައިގައި އަމިލަފުޅު ރައްކާތެރިކަމާއި، ތަކެތީގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްމަށް ނޭޝަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިލްތިމާސްލުރޭ
އަދި އެމްޖެންސީ ހާލަތެއް ދިމަވެއްޖެނަމަ ނޭޝަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ އިމަޖެންސީ ނަމްބަރު 115 ގުޅުއްވުމަށް އެދޭ
އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން މާލޭގެ ފެން ހިންދުން ކުރިއަށް އެބަގެންދޭ
ގެތަކާއި ފިހާރަތަކަށް ފެންވަނަ ނުދިނުމަށް ފުލުހުން ވެލިބަސްތާތަށް ޖަހަނީ
މާލޭގައި ފެންބޮޑުވެ އާއްމު ދިރިއުޅުމަށް އުނދަގޫވުން
ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައިބިނގައި ވެ އުޅެން ދަތިވާ ވަރަށް ވަނީ ފެންބޮދުވެފަ. އަދި ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ފެން ވަންނަމުންދާ ކަމުގެ މައުލޫމާތު ވަނީ ރާއްޖެއެމްވީއަށް ލިބިފަ.