Raajje.mv

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތު

އިންތިޚާބީ ރައީސް ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތަށް އާންމުންގެ ގިނަ ބަޔަކު ދަނީ އެއްވަމުން

17 ނޮވެމްބަރު 2018
24280
ގަލޮޅު ދަނޑަށް އާންމުންވެފައި

ގަލޮޅު ދަނޑަށް އާންމުންވެފައި

17 ނޮވެމްބަރު 2018 | 11:39

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަނޑަށް ހާޒިރުވުމަށް ގެއިން ނުކުމެވަޑައިގެންފި

އެމަނިކުފާނުގެ ގެކޮޅު ކަރީގައި ވެސް އާންމުންގެ ގިނަ ބަޔަކު ވަނީ ޖަމާވެފައި

17 ނޮވެމްބަރު 2018 | 11:37

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޑިޔާގެ ބޮޑު ވަޒީރު ދަނޑަށް ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބޭ

17 ނޮވެމްބަރު 2018 | 11:31

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

މިރަސްމިއްޔާތަށް މިސަރުކާރުގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ އިތުރުން ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ވެސް ވަޑައިގެންފައި

17 ނޮވެމްބަރު 2018 | 11:29

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

އިންތިޚާބީ ރައީސް އާއި ނައިބް ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކުގެ އިތުރުން މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ގަލޮޅު ދަނޑަށް ވަޑައިގެންފި

17 ނޮވެމްބަރު 2018 | 11:23

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

އިންތިޚާބީ ރައީސް އާއި ނައިބް ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިއްޒަތްތެރިން ދަނީ ވަޑައިގަންނަވަމުން.

އެކިގައުމުތަކުގެ އިއްޒަތްތެރިން

ހުވާ ކުރައްވާ ރަސްމިއްޔާތަށް 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

17 ނޮވެމްބަރު 2018 | 11:15

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ ބަޔަކު ދަނީ ޖަމާވަމުން

17 ނޮވެމްބަރު 2018 | 11:13

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ނަރެންދުރަ މޯދީ ރާއްޖޭގެ އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ

17 ނޮވެމްބަރު 2018 | 11:06

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ހެންވޭރު ގަލޮޅު ދަނޑަށް ވަނުމަށް އާންމުންގެ ގިނަ ބަޔަކު ވަނީ ކިޔު ހަދާފައިއެވެ.

ގަލޮޅު ދަނޑު ކައިރީގައި ކިޔު ހަދާފައި

17 ނޮވެމްބަރު 2018 | 10:58

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

މިއީ ރާއްޖެއަށް މޯދީ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް އަބްދުﷲ ޔަމީން ސަރުކާރުގައި އެކި ފަހަރު މަތިން މޯދީ ވަޑައިގެންނެވުމަށް ދައުވަތު ދެވުނު ނަމަވެސް އެމަނިކުފާނު ރާއްޖެވަޑައިގަންނަވާފައެއް ނުވެއެވެ. 2015 ފަސް ވަނަ އަހަރު މޯދީ ސާކްގެ ހުރިހާ ގައުމަކަށް ދަތުރުފުޅުތައް ރޭވި އިރުގައި ރާއްޖެއަށް ވެސް ވަޑައިގަތުމަށް އެޖެންޑާ ކުރެވުނެވެ.

އެގޮތުން އެއަހަރުގެ މަރޗު މަހުގައި ރާއްޖެވަޑައިގަންނަވާނެ ކަން އިއުލާނު ކުރެއްވުނު ނަމަވެސް އެމަނިކުފާނުވަނީ ދަތުރުފުޅު ވަނީ ފަސް ކުރައްވާފައެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް އިން އޭރު ހާމަކުރައްވާފައި ވަނީ މޯދީ ދަތުރުފުޅު އެ އަހަރުގައި ކެންސަލް ކުރައްވަންޖެހި ވަޑައިގަތީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާތީއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

އިންޑިޔާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ 2011 ވަނަ އަހަރުއެވެ. އެގޮތުން އޭރުގެ އިންޑިއާގެ ބޮޑުވަޒީރު އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގ ރާއްޖެއަށް ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވާފައިވެއެވެ.

17 ނޮވެމްބަރު 2018 | 10:52

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ

ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް 200އަށް ވުރެ ގިނަ ބޭރުގެ އިއްޒަތްތެރިން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

17 ނޮވެމްބަރު 2018 | 10:49

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރި އަމާން ފަސް އަހަރަށްވާނެ ކަމަށް އިންތިޚާބީ ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެ. އެކަމަނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ ހުރިހާ ގޮތަކުން އަމާންގައުމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މިފަސް އަހަރު ކާމިޔާބު ފަސް އަހަރަށް ވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.

ރައީސް ސޯލިހުއާއެކު އަނބިކަބަލުން ފަޒުނާ

17 ނޮވެމްބަރު 2018 | 10:42

އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

އިންތިޚާބީ ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަނުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުން