ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ

ރައްޔިތުންގެ މަޖިލިސް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ވޭތުވެދިޔަ ތަން ދިޔައީ. ދެންވެސް ކަންކަން ރަނގަޅުކުރަންވީ. ރައީސް ނަޝީދު މިނިވަން ކުރަންޖެހޭ
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ގަރާރަށް ތާއީދުކުރަން. ޝައިހް އިމްރާން އަދި ކާނަލް ނާޒިމްވެސް މިނިވަން ކުރަން ޖެހޭ
ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް. ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަންނަވަންޖެހޭ. ވަޑައިގަންނަވަން ޖެހޭނީ މިނިވަނެއް ގޮތުގައި. ޝައިހް އިމްރާން އަބްދުﷲ އާއި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްވެސް މިނިވަންކުރަންޖެހޭ.
ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރުމަށް ފާސްކޮށްފި. މި ގަރާރަށް ބަހުސްކުރަން ފާސްކޮށްފައިވަނީ 53 މެމްބަރުން ވޯޓު ދީގެން.
ހުވާ ކުރައްވާ ދުވަހަށް ގޮތެއް ނިންމުމާއި، ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާ ފަށައިފި.
ހުވާ ކުރައްވާ ދުވަސް 11 ނޮވެމްބަރަށް ކަނޑައެޅުމަށް ނިންމާފައިވަނީ ހަތް މެމްބަރުންގެ ކޮމެޓީއަކަށް. އެ ކޮމެޓީގައި ހިމެނެނީ ރިޔާޒް ރަޝީދު، ހުސެއިން މުހައްމަދު، މުހައްމަދު ހުސެއިން، އަބްދުﷲ ޝާހިދު، ރޮޒައިނާ އާދަމް، އަހުމަދު އާމިރް އަދި އަލީ އާރިފް. މި މެމްބަރުން ކޮމްޓީގައި ބައިވެރިކުރުމަށް ފާސްކޮށްފައިވަނީވެސް 68 މެމްބަރުން ވޯޓު ދީގެން.
ހުވާ ކުރައްވާ ދުވަސް ނޮވެމްބަރު 11 ވަނަ ދުވަހަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލަ ކޮމެޓީއަށް ފޮނުވުމަށް ފާސްކޮށްފި. މި މައްސަލަ ކޮމެޓީއަށް ފޮނުވުމަށް ވޯޓުދީފައިވަނީ 68 މެމްބަރުން.
ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލް ފާހެއް ނުވި.
މެދުކަނޑާލުމަށްފަހު ޖަލްސާ އަލުން ފަށައިފި. ދެން އޮތީ ވޯޓަށް އަހަން ޖެހޭ ކަންކަމަށް ވޯޓަށް އެހުން.
މައްސަލައިގެ ބަހުސް މަރުހަލާ ނިންމާލައިފި. ދެން ޖަލްސާ ފަށާނީ 13:30 ގައި.
7 މެމްބަރުންގެ ކޮމެޓީއަށް މައްސަލަ ފުނުވުމަށް ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ހުށަހެޅުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ތާއިދުކުރައްވައިފި.
ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު
މި މައްސަލަ 7 މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވުމަށް ފެނޭ.
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ހުށަހަޅަން. ދައުރު ހަމަވާނީ ނޮވެމްބަރު 17 ގައި. ނޮވެމްބަރު 11 ގައި ހުވާނުކުރެއްވޭނެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑު ހުވާކުރެއްވީ ގާނޫނާ ހިލާފަށޭ ބުނުވަން. މިކަމަށް އޮތް އެންމެ ފަހުގެ ނިންމެން ނިންމައިދިނުމަށް އެދެން.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ގާނޫނު އަސާސީއާ އެއްގޮތަށް އިންތިހާބީ ރައީސް އަދި ނައިބްރައީސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރަން. 11 ނޮވެމްބަރުގައި ހުވާކުރައްވަން މަސައްކަތް ނުކުރައްވާ. ގާނޫނު އަސާސީގައި ބުނަނީ 17 ނޮވެމްބަރުގައި ހުވާކުރަން.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
11 ނޮވެމްބަރުގައި ހުވާކުރެއްވުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން. ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުން ފެނޭ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
އިދިކީލިކޮށް ބަޅުކޮށް ކުރިކަންތަކަށް އަނެއްކާވެސް ބަހުސްކުރަން މި ޖެހުނީ. އަޅުގަނޑަށް 100 ޕަސަންޓް ޔަގީން ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރައްވަން ދިވެހި ރައްޔަތުން އިއްތިފާގުވާނެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް އަދި ނައިބްރައީސް ހުވާކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް. މިކަން ކާމިޔާބުވާނެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސް އަހަރުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17 ގައި ކަމަށް.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް
ނޮވެމްބަރު 11 ގައި ކޮންމެހެންވެސް އިންތިހާބީ ރައީސް ހުވާކުރައްވަން ޖެހޭ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އަޅުގަނޑުމެން ބޭނުމެއް ނޫން ރައީސް ޔާމީން އެންމެ ދުވަހަކަށްވެސް ވެރިކަމުގައި ބަހައްޓަން.
ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން
ރައްޔަތުން ވޯޓުލާފައިވަނީ ދައުރު ފެށޭ ދުވަހާއި، ނިމޭދުވަސް ބެލުމަށް ފަހު. އިންތިހާބީ ރައީސް ހުވާކުރައްވަން ޖެހޭނީ 11 ނޮވެމްބަރުގައި ކަމަށް ދެކެން.
ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
11 ނޮވެމްބަރުގައި ހުވާކުރައްވާ ގޮތަށް ރައްޔަތުން ވޯޓު ލާފައިވަނީ. އެގޮތުން 11 ނޮވެމްބަރުގައި އިންތިހާބީ ރައީސް ހުވާކުރައްވަންޖެހޭ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވަން ޖެހޭނީ ނޮވެމްބަރު 11 ގައި. އެ ދުވަހު ހުވާކުރެއްވިޔަސް ގާނޫނަށް ފުށު ނާރާނެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް
އިންތިހާބީ ރައީސް އަދި ނައިބްރައީސް އަށް މަރުހަބާ. ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް އަދި ނައިބްރައީސް ކޮންމެހެންވެސް ހުވާކުރައްވަން ޖެހޭ.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
މިއީ ބަހުސެއް އޮތް ކަމެއް ނޫން. އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހޭނީ 11 ނޮވެމްބަރުގައި.
ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު
އިންތިހާބީ ރައީސް ހުވާކުރައްވަން ޖެހޭނީ 11 ނޮވެމްބަރުގައި ކަމަށް ދެކެން. މަޖިލީހުގައި އާ ސަރުކާރަށް ފުރިހަމަ އަށް އެއްބާރުލުން ދޭނަން.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހޭނީ 11 ނޮވެމްބަރުގައި ކަމަށް ދެކެން. އެގޮތަށް އެކަން ކަނޑައަޅަންޖެހޭ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާ ދުވަސް ކަނޑައެޅުމުގެ ބަހުސް ފަށައިފި
މިއީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ތަޅުއަޅުވައި ސިފައިން މަޖިލީހުގެ އިދާރާ ހިސޯރު ކުރި ފަހުން އިދިކޮޅު ކޯލިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލިސް އިދާރާ އަށް ވަޑައިގަންނަވައިފި