Raajje.mv

ވަގުތުން: ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

04 އޮކްޓޯބަރު 2018
17274
ފަލަސުރުޚީ

ފަލަސުރުޚީ

04 އޮކްޓޯބަރު 2018 | 17:22

ވޯޓްއެޅި ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ

މި އިންތިޚާބު ކާމިޔާބުކުރުމުގައި އެހީވެދިން އެންމެ ބޭފުޅުންނަށާއި އަދި ވޯޓް އެޅުއްވި އެންމެ ބޭފުޅުްނަށް ޝުކުރިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެބޭފުޅުނަށް ވީ ވައުދުތައް ފުއްދައިދޭނަން އިރާދަކުރެއްވިއްޔާ، ތިބޭފުޅުންކެތްތެރިކަމާއެކު ތިއްބަވާ

04 އޮކްޓޯބަރު 2018 | 17:15

އަޅުގަނޑުމެން އެންމެ ބޭނުންވި ކެނޑިޑޭޓަށް ނުދިން ފުރުސަތެއް

އަޅުގަނޑުމެން އެނެމް ބޭނުންވި ކެނޑިޑޭޓަށް ނުދިން ފުރުސަތެއް. އަދި އެފުރުސަތު ނުދީ ލިބުނު ކެންޑިޑޭޓަށްވެސް ކެމެޕެއިން ކުރަންވެސް ފުރުސަތެއް ނުދިން. އޭރުވެސް އަޅުގަނޑުމެން ދެންނެވިން މިނިވަން އިސްސާފުވެރި އިންތިޚާބެއް ނޫނޭ. އެކަމަކު އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ވާހަކައެއް އަޅުގނަޑުމެްނ ނުދަންނަވަން

04 އޮކްޓޯބަރު 2018 | 17:12

އޯގާތެރި ސަރުކާރެއް

އެމްޑީޕީ އަބަދުވެސް އޮންނާނީ ޕާޓީއެއްގެ ގޮތުގައި، ޕާޓީންވެސް ސަރުކާރަށް އެހީވެގެން ކުރިއަށް ދާނީ، ކުރިންވެސް އުފެދުނު އަޅުގަނޑުމެންގެ ސަރުކާރު ވެގެންދިޔައީ އޯގާތެރި ސަރުކާރަކަށް. ދެންވެސް ފެނިގެންދާނީ އެފަދަ ވެރިކަމެއް، ރައީސް ނަޝީދު ދެނެވަޑައިގަންނަވަނެ ޕާޓީއެއް ހިންގަވާނެގޮތް ރީތިކޮށް.

04 އޮކްޓޯބަރު 2018 | 16:57

މުއައްސަސާތަކުން ލިޔުންތައް ނައްތަލަން މަސައްކަތް ކުރި

މުއައްސަސާތަކުން ލިޔުންތައް ނައްތަލަން މަސައްކަތް ކުރި. އެކަމަކު އެކަން ކުރިޔާ ނުދީ ހުއްޓުވަންވެސް ހުއްޓުވުނު ބައެއް މުއައްސަސާތަކުގެ، އެ ލިޔުންތައް ނައްތަލުމަކީ ގަނޫނީ ކުށެއް. އަދި ސަރުކަރު ހިންގަވަން ތިބީ ޔާމިންގެ ބޭފުޅުން އެކަން އެގޮތަށް ކުރައްވައިފިނަމަ އެކަމުގެ ޒިންމާ އެކަންކުރެއްވި ފަރަތަކުން ނަގަން ޖެހޭނެ

04 އޮކްޓޯބަރު 2018 | 16:54

ސަރުކާރު ބަދަލުވާއިރުވެސް އެއްވެސް ޚިދުމަތެއް ހުއްޓިގެން ނުވާނެ

ސަރުކާރު ބަދަލުވާއިރުވެސް އެއްވެސް ޚިދުމަތެއް ހުއްޓިގެން ނުވާނެ. އެކަން އެހެން ވިޔާ ނުދިނުމަސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ފެށީ. އިބޫ އެވަޑައިގަންނަވަނީ އެކަންކަން ކުރައްވަ،މުން، ވުޒާރާތަކުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދަނީ ދެއްވަމުން. އަޅުގަނޑުމެން އެދެނީ ސަރުކާރު ބަދަލުވާން މިދާ ދަނޑިވަޅުގައިވެސް އެއްވެސް ޚިދުމަތަކަށް ބުރޫނާރާ އަމާންކަމާއި އެކު ކުރިއަށް ދިއުން. މިހާރު ޑައިރެކްޓަރއޮފް ޓްރާންސިޝަންއަށް އެމަނިކުފާނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ވަނީއޮފީހެއް ލިބިވަޑައިގަންނަވާފަ. އެމަނިކުފާނު އެވަނީ އެމަސައްކަތްތައް ފައްޓަވަފައި.

04 އޮކްޓޯބަރު 2018 | 16:46

އާ ސަރުކާރުގައި މަސައްކަތް ކުރެއްވުމަށް ސިވިލްސާވަންޓުން ތިބީ ކެތްމަދުވެފައި

އާ ސަރުކާރުގައި މަސައްކަތް ކުރެއްވުމަށް ސިވިލްސާވަންޓުން ތިބީ ކެތްމަދުވެފައި. މުއައްޒަފުން މި ދަނަޑިވަޅުގައި އަލަށް ނެގުމެއް ނޯންނާނެ. އާ މަޝްރޫއުތަކެއްވެސް ނުފެށޭނެ. މިއޮތް ދޮޅުމަހެއްހާ ދުވަހު އެފަދަ ކަމެެއް ކުރައްވައިފި ނަމަ ކޮންޓްރެކްޓަރ އަށް ގެއްލުމެއްވެސް ލިބިދާނެ. މިހާރު މިކުރާ މަސައްކަތަކީ ޓްރާންސިޝަން އޮމާންކަމާއި އެކު ގެންދިއުން. އެކަމަށް ޖާގަ ދޭން ޖެހޭ.

04 އޮކްޓޯބަރު 2018 | 16:42

ވުޒާރާތަކަށް ދަނީ ހާލަތު ދެނެގަތުމަށް

ބިޔަބޮޑު ހެންވޭރުގެ ރައްޔިތުންނަށް ވަރަށްބޮޑަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން. އެބޭފުޅުން މިހާފުރިހަމައަށް އެކަން އިންތިޒަމްކޮށްދެއްވީތީ، އަދި މިއަދަކީ ޓީޗަރުންގެ ދުވަސްކަމާއިއެކު، ޓީޗަރުންނަށް އެބޭފުޅުން ކުރައްވާ ބުރައް މަަސައްކަތްޕުޅު ފާހަގަކޮށް މަރުހަބާ ދަންނަވަން.

ޓްރާންސިޝަން ކުރިއަށް ގެންދިއުމަށް ވުޒާރާތަކަށް ވަޑާއިގަތުމަކީ ސަރުކާރު ހިންގަން ފަށާއިގަތުމުގެ ގޮތުން އެ ތަންތަނުގެ ހާލަތު ދެނެގަތުން

04 އޮކްޓޯބަރު 2018 | 16:38

އައު ރައީސް ހުވާކުރެއްވުން

ރާއްޖެޓީވީގެ މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް