ދިވެހިންގެ ނިންމުން
ރައްޔިތުންގެ ނިންމުން

ރައްޔިތުން އެއްވެ އުފާ ފާޅު ކުރަނީ
މީހުން ދަނީ އެއްވަމުން
މުލިއާގެއަށާއި މުލިއާގޭ ގަރާޖު ކައިރިއަށް މީހުން ދަނީ އެއްވަމުން
މުލިއާގެއިން މިހާތަނަށް ކުނި ނުނެރޭ ވަރަށް ވަނީ ނެރެފައި، ދެ ޕިކަޕުގެ މުދާ ވަނީ ގެންގޮސްފައި
މުލިއާގެއިން މިހާތަނަށް ނުނެރޭ ވަރަށް ކުނި ވަނީ ނެރެފައި. އަދި 2 ލޮރީއެއްގައި މުދާ ގެންގޮސްފައިވާއިރު އެ ލޮރީތައް ގެންގޮސްފައި ވަނީ ސަތަރި އަޅާ ބަންދުކޮށްގެން. އޭއްޗެއހި ގެންގޮސްފައި ވަނީ ލިލީމަގުގައި ހުންނަ މުލިއާގޭ ވެހިކަލް ގަރާޖްއަށް.
ރައްޔިތުންގެ ނިންމުން
ރައްޔިތުން މަޖުލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަންވުމަށްފަހު ކޯޓު ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ރައްޔިތުންގެ ނިންމުން
ކުއްލި ހާލަތު އިއުލާން ކޮށް އަޅުގަނޑު ހައްޔަރުކުރީ ރައީސް ޔާމިން ބިރުފުޅު ގަންނަވާތީ. ހަމަސްފަހުން މިނިވަންވީއިރު، ޖަލުގެ ހުރިހާ ގޮޅިއެއްގެ ތަޖުރިބާ ކުރަން ޖެހުނު. ކެންޕޭންގެ ހަރަކާތުގައި މަސައްކަތް ނުކުރެވުނަސް ރައްޔިތުންނާއި، ކޯލިޝަނުން މިވެރިން ނިންމުމަށް ކޮށްދެއްވި މަސައްކަތަކަށް ޝުކުރުވެރިވަން:ރިޔާޒު
ރައްޔިތުންގެ ނިންމުން
ކުރީގެ ސީޕީ އަދި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަން ވެގެން ކްރިމިނަލް ކޯޓުން ނެރެފި
ރައްޔިތުންގެ ނިންމުން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންތިޚާބީ ރައީސް އިބޫ އަށް ފޯނުން ގުޚުއްވައި މަރުހަބާ ދަންނަވައިފި. ރާއްޖޭގެ ތަރައްގީގެ އިތުރުން ކޮންމެ ކަމެއްގައި ވެސް އިންޑިއާ އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވާއި، އެކިކަންކަމާ މެދު ވަނީ މަޝްވަރާ ކުރައްވާފައި. އިންޑިއާއަށް ވަޑައިގަތްނަވާ ބޮޑު ވަޒީރުއާ ބައްދަލުކުރެއްވުމަށް ދެއްވި ދައުވަތު އިބޫ ވަނީ ގަބޫލުފުޅު ކުރައްވާފައި. ރާއްޖެއާއި އިންޑިއާގެ ހީނަރުވެފައިވެފައިވާ މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި.
ރައްޔިތުންގެ ނިންމުން
މުދާ އަރުވައިގެން މުލިޔާއިން ނެރުނު ލޮރީ
ރައްޔިތުންގެ ނިންމުން
ދެނަމާދު ދޭތެރޭގައި މުލިޔާގެއިން ނުކުތީ ދެލޮރީ. އެއް ލޮރީގައި ގިނަ އަދަދެއްގެ ފަހާފޮށި ހުރި ކަމަށް މައުލޫމާތު ލިބޭ
ރައްޔިތުންގެ ނިންމުން
މުލިޔާގެއިން މުދާ ހިފާގެން ނުކުތް ލޮރީތައް މުލިޔާގެ ވެހިކަލް މެއިންޓަނަންސް ޖަރާޖަށް ވަނީ ވައްދާފައި. މިލޮރީތައް ޖަރާޖަށް ވެއްދީ މިލޮރީތަކަށް ނޫސްވެރިން ފުލޯކުރާތީ، ބޭނުންވާ މަންޒިލަށް ނުދެވިގެން ކަމަށް ބައެއް ނޫސްވެރިން މައުލޫމާތުދޭ
ރައްޔިތުންގެ ނިންމުން
ނަން ނޯޓުކޮށްގެން ޝަރީއަތަށް ވަންނަން ބޭނުންވި އެންމެނަކަށް އުފުރުސަތު ލިބިގެން ދިޔަ. އަދި ޝަރީއަތެއް ނުފަށާ. ސިޔާސީ ލީޑަރުން ޝަރީއަތުގެ މަޖުލީހަކަށް ނުވައްދާ: ވައްޑެ
ރައްޔިތުންގެ ނިންމުން
ތަރައްގީ ބޭނުން. ބްރިޖު ބޭނުން. ނަމަވެސް ތަރައްގީ އަކުން ނުފެދޭ. އަދުލް އިންސާފާއި، ހަމަހަމަކަން ބޭނުން. ކޯޓުތައް ހިސޯރުކޮށް އަނިޔާއާ ވައްކަން ރައްޔިތުން ގަބޫލެއް ނުކުރާނެ. އަނިޔާއާއި ވައްކަމާއި ކޮރަޕްޝަން ރައްޔިތުން ބަލައި ނުގަންނާނެ: މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު
ރައްޔިތުންގެ ނިންމުން
ގައުމަށް އަދުލްއިންސާފު ބޭނުންވާ މިންވަރު މިފެންނަނީ. ސިޔާސީ ހައްޔަރީން ދޫކޮށްލާނެ ވަގުތަކަށް ރައްޔިތުން ތިބީ އިންތިޒާރުގައި. މިއީ ރައްޔިތުން އެދޭ ގޮތް:ރައްޔަތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު
ރައްޔިތުންގެ ނިންމުން
މީގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި އަލީ ހަމީދު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވަނީ ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފައި
ރައްޔިތުންގެ ނިންމުން
ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަކް ކޯޓަށް ހާޒިރުކޮށްފައިވަނީ ގެ ކުރީގެ ރައީސް މައުމޫން އާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އާއި މައްޗަން ގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވާ
ރައްޔިތުންގެ ނިންމުން
މުލިޔާގެއިން ގިނަ އަދަދެއްގެ ސާމާނު ލޮރީތަކަށް އަރުވައިގެން އެބަގެންދޭ. ސަތަރި އަޅާ ނިވާކޮށްފައިވާތީ އެއީ ކޮންކަހަލަ މުދަލެއް ކަމެއް ނޭނގޭ
ރައްޔިތުންގެ ނިންމުން
ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ގިނަ ބޭފުޅުންތަކެއް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އާންމުންގެ ގިނަ ބަޔަކު ކްރިމިނަލް ކޯޓުގެ ދޮށަށް ވަނީ އެއްވެފައި. އަދި އެސަރަހައްދުން އާންމުން ދުރަށް ޖެއްސުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރޭ
ކްރިމިނަލް ކޯޓަށް ގިނަ ބަޔަކު ވަނީ އެއްވެފައި
ރައްޔިތުންނަށް މިއަދު ވަނީ މިނިވަން ކަމުގެ އިހުސާސު ކުރެވިފައި: އަމީން