ދަރަވަންދޫގައި ބާއްވާ ކެމްޕެއިން ޖަލްސާ

  • ތަރައްގީ ގެންނަންޖެހޭނީ ދެފުން ފެންނަ ގޮތަށް: ފައިސަލް
  • އިބޫ ވަޑައިގަންނަވަންވީ ރަށެއް ފުލުހުންނަކަށް ނޭގޭނެ: ހިސާން
  • ވައްކަމާއި އަނިޔާގެ ވާހަކަ ދައްކާނަން: އަލީ ރަޝީދު، އެމްއާރުއެމް
 
Writer Profile Picture
މުހަންމަދު ވިސާމް
ތަރައްގީ ގެންނަންޖެހޭނީ ދެފުން ފެންނަ ގޮތަށް: ފައިސަލް

ދައުލަތުގެ ވަސީލަށްތަށް ކެމްޕެއިންންގައި ބޭނުންކުރާނެ ވާހަކައަކީ ރީތި ވާހަކައެއް، ނޫން، ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން އެޑްވާންސްއަށް ވައްކަން ކުރަން ވާހަކަ ދެއްކުމަކީ ހިތާމަވެރިކަމެއް، އެކަން ކުއްވެރިކުރަން، ގައުމަށް ބޭނުންވަނީ ތަރައްގީ، ތަރައްގީ ގެންނަނަނީ އޭގެ ފަހަތުގައި އެތަށް ކަންތަށް ތަކެއް ފޮރުވިފައި އޮންނަ ގޮތަކަށް ނޫން ކަން، ތަރައްގީ ގެންނަނަން ޖެހޭނީ ދެފުން ފެންނަ ގޮތަށް، ތަރައްގީ ގެންނާނީ ދިވެހިންގެ ބޮލުގެ ދަރަނި އެޅޭ ގޮތަކަށް ނޫން، ދިވެހި ރައްޔިތުން ނަޖީބް ރައްޒާގުގެ މަތިން ހަދާން ކޮށްލަން ޖެހޭ، ރައީސް ޔާމީންގެ އެންމެ އެކުވެރި ބޭފުޅުންގެ މި ބޭފުޅުން ވަނީ ކީއްވެތޯ ދިވެހި ރައްޔިތުން ވިސްނާލަން ޖެހޭ، އެމްއެމްއާރުޕީސީގެ ހިޔާނާތުގެ މައްސަލައާއި ވިސްނާލާފައި ވެސް ރައީސް ޔާމީންގެ ސަރުކާރަށް ނޫނަކޭ ބުންނަން ޖެހޭ، އަޅުގަނޑުމެންގެ ނިންމުމަކީ މުޅި ގައުމުގެ މުސްތަގްލަށް ވިސްނާފައި ނިންމާ ނިންމުމަކަށް ވާންޖެހެ، ގިނަ ރަށްތަކުން ފެންނަނީ ސަރުކާރުން އަޅާނުލާ ހުންނަތަން، އަޅުގަނޑުމެން މިއަދު ވެސް ފެހެންދޫން ފެނިގެން ދަޔައީ މައިން ދަރިންނަން ދައުލީމް ދިނުމަށް ޑިންގީއެއްގައި ކަނޑު ހުރަސްކޮށްފައި ދާތަން ފަސް މިނެޓްގެ އުފަލަކަށް ޓަކާއި 40 މިލިއަން ރުފިޔާ އަންދާލުމުން، ސަރުކާރުން އެބަނަނީ ދިވެހި ރައްޔިތުން ތިބެންށޭ ޖެހޭނީ، ކުރަން ބޭނުން ކަންކަން ކުރާނެ ކަމަށް

30 އޯގަސްޓް 2018 | ބުރާސްފަތި 22:11
Writer Profile Picture
މުހަންމަދު ވިސާމް
އިބޫ ވަޑައިގަންނަވަންވީ ރަށެއް ފުލުހުންނަކަށް ނޭގޭނެ: ހިސާން

ރައީސް ޔާމީން ފާހަގަވަނީ ވައްކަން ކުރުމަށް ހިތްވަރުދޭ ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ޔާމީންނަން ވައްކަން އޯކޭ ވިއަސް، އަޅުގަނޑުމެންނަން އޯކޭއެއް ނޫން، އަޅުގަނޑުމެންނަން އިގޭ އިބޫގެ ސަރުކާރެއްގައި ކޮރަޕްޝަނެން ނޯންނެކަން، ކޮލަމާފުށިން ރައީސް ޔާމީން ނެތުމަކީ އިބޫ އެރަށައް ވަޑައިނުގަންނަވަންވީ ސަބަބެއް ތޯ، ފުލުހުންނަންކަށް ނުބުނެވޭނެ އެވަނި ރަށަކަށް ދާން ވެސް ނުދާން ވެސް، އެއީ ފުލުހުންނާއި ބެހޭ ކަމެއް، އިބޫ ބަޑައިގަންނަވާނެ ރަށެއް ކަނޑައަޅާނީ އެމަނިކުފާނާއި ، އެމަނިކުފާންގެ ކެމްޕެއިން ޓީމް ، އިބޫގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުން،

30 އޯގަސްޓް 2018 | ބުރާސްފަތި 21:56
Writer Profile Picture
މުހަންމަދު ވިސާމް
ވައްކަމާއި އަނިޔާގެ ވާހަކަ ދައްކާނަން: އަލީ ރަޝީދު، އެމްއާރުއެމް

ރައީސް ޔާމީންގެ ވެރިކަން ގާނޫނީ އިމުގެ ތެރެއިން ބަދަލުކޮށްފައި ނޫނީ ގެއަކަށް ނުވަންނާނަން، ވައްކަމާއި ފަސާދައާއި ކޮރަޕްޝަން ނޫން ކަމެއް ސަރުކާރުން ނުކުރޭ، އައިޖީއެމްއެޗްގެ 25 ބުރީގެ ހޮސްޕިޓަލަކީ ކޮރަޕްޝަން، ރައީސް މައުމޫން ރައީސް ޔާމީން ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދެވީ އިންތިހާއަށް ކޮރަޕްޝަނާއި ވައްކަމަށް ނޫނަކޭ ވިދާޅުވުމުގެ ގޮތުން ކަމަށް.

30 އޯގަސްޓް 2018 | ބުރާސްފަތި 21:31
Writer Profile Picture
މުހަންމަދު ވިސާމް
ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާކަން ފާހަގަކޮށްލެވޭ

މިރޭ 9:00 ގައި ފެށޭ ޖަލްސާގައި ފައިސަލްގެ އިތުރުން ގުޅިފައިވާ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ގާނޫނީ ވަކީލް ހިސާން ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގަންނަވާނެވެ.

ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަދަންކަން ހަމަޖެހިފައި ވަނީ އެމްއާރުއެމްގެ ފަރާތުން އަލީ ރަޝީދު، އެއަށްފަހު ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސަމީރު ވާހަކަ ދައްކަވާނެއެވެ. ތިން ވަނަ ބޭފުޅަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަދައްކަވާއިރު، ހަސަން ލަތީފަށް ފަހު ގާނޫނީ ވަކީލް ހިސާން ހުސެއިން ވާހަކަ ދައްކަވަން ވަނީ ހަމަޖެހިފައެވެ. ހިސާން އަށް ފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވާނެއެވެ.  ފައިސަލް އަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންނާއި މެމްބަރު އިމްތިޔާޒު ފަހުމީ ވާހަކަ ދައްކަވާނެއެވެ.

30 އޯގަސްޓް 2018 | ބުރާސްފަތި 21:17