ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ވަގުތުން

އަލިފުށީގައި ބާއްވާ ކެމްޕެއިން ޖަލްސާ

ޚުލާސާ
  • ވައްކަން ކުރީމަ ވަގައް ގޮވާނަން: މުސްތަފާ
  • ރައީސް ޔާމިން މަގާމުން އިސްތިއުފާ ދެއްވާ،ނޫނީ ފަހުން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވެދާނެ: މުހައްމާ
  • އިންތިހާބު އޮޅުވައެއް ނުލެވޭނެ: މެމްބަރު ލަތީފު

23 އޯގަސްޓު 2018 | ބުރާސްފަތި 21:56

23:34

މުރުޝިދް އަބްދުލް ހަކީީމް

ވައްކަން ކުރީމަ ވަގައް ގޮވާނަން: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ: ވަގައް ގޮވުން ހުއްޓައެއް ނުލާނަން. ބިރަކުން ފަހަތަކަށް ނުޖެހޭނަން. ވައްކަން ކުރީމަ ގޮވާނީ ވައްގައް. ރައީސް ޔާމިނަށް ވެރިއަކަށް ކުރަން ޖެހޭ އިހްތިރާމްވެސް ނުކުރާނަން. މަޖިލިސް އޮތީ ބޮޑު ތަޅުއަޅުވާފައި.

23 އޯގަސްޓު 2018 | ބުރާސްފަތި 23:34

23:28

މުރުޝިދް އަބްދުލް ހަކީީމް

ރައީސް ޔާމިން މަގާމުން އިސްތިއުފާ ދެއްވާ،ނޫނީ ފަހުން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވެދާނެ: މުހައްމާ

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ: އަލިފުށީ ރައްޔިތުން ތިބީ ރައީސް ޔާމިން އިންތިހާބުން ބަލި ކުރުމަށް ކުރެވުނު ކޮންމެ ކަމެއް ކުރަންކަން އެނގިއްޖެ. އަޅުގަނޑުމެން މި ތިބީ ހައިބަނޑާ. ކާއެތި ކޮޅެއް ހޯދަން 23 ސެޕްޓެމްބަރުގައި. މަނިކުފާނުގެ ހިމާޔާތުގައި އެއްވެސް މީހަކު ނެތް. އަވަހަށް މަގާމުން އިސްތިއުފާ ދެއްވަން ގޮވާލަން. އެހެން ނޫނީ އިންތިހާބުން ބަލިވެ ކުރިމަތިލެއްވުނު މޮޔަހިތައް އަރާވަޑައިގެންފައި

23 އޯގަސްޓު 2018 | ބުރާސްފަތި 23:28

23:16

މުރުޝިދް އަބްދުލް ހަކީީމް

އިންތިހާބު އޮޅުވައެއް ނުލެވޭނެ: މެމްބަރު ލަތީފު

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު: ރައީސް ޔާމިނަށް ބުނެލަން ބޭނުން ވަނީ މި އިންތިހާބާ ނުކުޅޭށޭ. 23 ސެޕްޓެމްބަރު ވެގެން ދާނީ ރައީސް ޔާމިން ވެރިކަމުގެ ތަހްތުން ބޭރުކުރާނެ ދުވަހެއް. ރައީސް ޔާމިންގެ މަކަރާހިލާތުގައި ރައްޔިތުންނެއް ނުޖެހޭނެ.ވޯޓު އޮޅުވައެއް ނުލެވޭނެ. ވޯޓުލުމަށްފަހު ގެއަށް ވަންނާނީ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުން މޮޅުވިކަން އިއުލާން ކުރުމުން.

23 އޯގަސްޓު 2018 | ބުރާސްފަތި 23:16

22:56

މުރުޝިދް އަބްދުލް ހަކީީމް

އިބްްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް ހިތްގައިމު: ހަސަން ލަތީފު

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު: ކެންޑިޑޭޓާއި ރަނިންމޭޓަށް 125 ރަށަށް ވަޑައިގެންނެވިއްޖެ. އަޅުގަނޑަށް އެންމެ ހިތްގައިމު ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުން. ރައްޔިތުންގެ އިތުބާރުކުރާ ކައުންސިލެއް އިންތިހާބުކޮށް އެކަން ފުރިހަމަ ކުރެވޭނެ. ކައުންސިލްތަކުން ކުރަން ޖެހޭ ކަންކަން ކުރުމުން މާލެއަށް ދާން ޖެހުން ހުއްޓި ފަސޭހަތައް ވެގެންދާނެ. އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމެއްގައި ފަތުރުވެރިކަން އިންތިހާއަށް ފުޅާވެގެންދާނެ ރަށު ކައުންސިލް ވެގެންދާނީ ރަށުގެ ފްރޮންޓް އޮފީހަށް. ކައުންސިލްގެ ރައީސް ވެގެންދާނީ ޖެނަރަލް މެނޭޖަރަށް. ދަނޑުވެރިކަމުގެ ސިޔާސަތުގައި ދަނޑުހައްދައިގެން ހޯދާ އެއްޗެއް ވަގުތުން ކިރާ ލެވޭނެ.

23 އޯގަސްޓު 2018 | ބުރާސްފަތި 22:56

22:43

މުރުޝިދް އަބްދުލް ހަކީީމް

ބިރު ފަހަނައަޅާދާން ޖެހޭ: އާޒިމް

އާދަމް އާޒިމް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އާދަމް އާޒިމް: އަބަދު އިވިގެން ދަނީ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަ. ރައްޔިތުން އެދުނު ކެންޑިޑޭޓް އެވަނީ ކޯލިޝަނުން ދައްކާފައި. އިބޫއާ އެކު މަސައްކަތް ކުރި ވަގުތުކޮޅު ޔަގީން ވެގެންދިޔަ ކަންކަމަށް ވަގުތު ދެއްވާތަން. އެސްޓިއޯގެ މުވައްޒަފުންނަށް ބިރު ދައްކަމުން ދަނީ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފި ނަމަ ވަޒީފާތަކުން ވަކި ކުރާނެ ކަމަށްބުނެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުގެ އެބަ އޮތް. ބިރު ފަހަނައަޅާދާން ޖެހޭ.

23 އޯގަސްޓު 2018 | ބުރާސްފަތި 22:43

22:34

މުރުޝިދް އަބްދުލް ހަކީީމް

މަގާމުގެ ޒިންމާ ނުއުފުލުމުގެ ސަބަބުން ދައުލަތައް ލިބުނު ގެއްލުންތައް ބަލާނަން: އިބޫ

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

އިބޫ: މަގާމުގެ ޒިންމާ ނުއުފުލުމުގެ ސަބަބުން ދައުލަތައް ލިބުނު ގެއްލުންތައް ބަލާނަން. އަޅުގަނޑުމެން ބޭނުންވާ ކަންކަން ކުރެވޭނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން. 23 ސެޕްޓެމްބަރުގައި ނަގާ ވޯޓު ރައްޔިތުން ބޭނުންވާ ގޮތައް ލާ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރާނަން.

23 އޯގަސްޓު 2018 | ބުރާސްފަތި 22:34

22:30

މުރުޝިދް އަބްދުލް ހަކީީމް

ސަރުކާރުން ހިންގާ އިންފްރާސްޓަކްޗަރ މަސައްކަތް ދެވޭނީ ދިވެހި ކުންފުނީގެ ހިއްސާ އޮންނަ ކުންފުނިތަކަށް: އިބޫ

އިބޫ: ޒުވާނުން ބޭނުންވާ ގޮތައް ފުޓުބޯޅަދަނޑެއް އަޅާދޭނަން. އެހެން ބަޔަކަށް ދީފައިނުވާ ނަމަ "އެއްތިނގިލި" ރަށު ކައުންސިލްއާ ހަވާލު ކުރާނަން. ނަރުދަމާގެ ނިޒާމް ނުނިމި އޮތް ނަމަ އެ މަސައްކަތް ނިންމަދޭނަން. ތާޒާ ބޯފެނުގެ ނިޒާމް ގާއިމު ކޮށްދޭނަން. ޒުވާނުންގެ މަރުކަޒެއް އަޅާދޭނަން. އަލިފުއްޓަކީ ހުނަރުވެރި ވަޑިން އެބަ ތިބި. އެކަން ދިރުވުމަށް ބޯޓް ބިލްޑިންއާ ގުޅޭ ސްކޮލަޝިޕްތައް ހުޅުވިގެންދާނެ. ސަރުކާރުން ހިންގާ އިންފްރާސްޓަކްޗަރ މަސައްކަތް ދެވޭނީ ދިވެހި ކުންފުނީގެ ހިއްސާ އޮންނަ ކުންފުނިތަކަށް

23 އޯގަސްޓު 2018 | ބުރާސްފަތި 22:30

22:22

މުރުޝިދް އަބްދުލް ހަކީީމް

ސިވިލް ސާވީސްގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ބިރެއް ނެތި އަޅުގަނޑުމެންނާއެކު ނިކުންނަވާ: އިބޫ

އިބްރާހިމް މުހައްމަދު ސޯލިހް: ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރެއް ނެތް. އެ މުވައްޒަފުން ނިކުތުމަށް ގޮވާލަން. އެންމެ ބޮޑު ވަރަކަށް ވެސް ވަޒީފާއިން ވަކި ކުރެވޭނީ. އެހެން ނަމަވެސް ވަޒީފާ އަނބުރާ ހޯދާދޭނަން. ގެއްލުމުގެ ބަދަލުވެސް ހޯދާދޭނަން.

Caption

23 އޯގަސްޓު 2018 | ބުރާސްފަތި 22:22

22:17

މުރުޝިދް އަބްދުލް ހަކީީމް

ވޯޓުގެ ނަތީޖާ އޮޅުވާލަން އިލެކްޝަނުން މަސައްކަތްކުރޭ: އަލީ ޒާހިރު

ވޯޓް ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ފަރާތަކަށް ޕީޕީއެމް އޮފީހުން ގުޅި ކަމަށް ބުނާ ކޯލް ރެކޯޑިންތަކެއްގެ އަޑު ޖަލްސާގައި ވަނީ އިއްވާފައި.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު: ރީ ރަޖިސްޓްރީ ފޯމްތަކުން ވެސް ވަނީ ވައްކަން ކުރަން ފަށާފައި. ރައީސް ޔާމިންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު ނަގާފައިވާ ކަމުގެ ސްޓޭޓްމެންޓްތައް އޭސީސީގައި އެބަހުރި. ވައްކަން ކުރުމުގައި ވަކި ދާއިރާއެއް ނެތް. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ދޭ އިނާޔަތް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް މަކުނުދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވުމުން އެކަން ނުކޮށްފައި، މިހާރު އުޅެނީ އެ ފިކުރު ނަގައިގެން.

އަލީ ޒާހިރު:ވޯޓު ގުނުމަށްފަހު ވަގުތީ ނަތީޖާ ވޯޓުލާ މަރުކަޒުގައި ގުނުމަށްފަހު ނަތީޖާ ލިޔެފައި އެ މަރުކަޒުގައި ތަތްކުރަން ޖެހޭނެ. ގާނޫނުގައި އޮތީ އެގޮތައް. އިންތިހާބު އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އިރާދަ ކުރެއްވިއްޔާ އިންތިހާބުން އަޅުގަނޑުމެން މޮޅުވާނަން

23 އޯގަސްޓު 2018 | ބުރާސްފަތި 22:17

22:01

މުރުޝިދް އަބްދުލް ހަކީީމް

އަޅުގަނޑު ދަންނަ އިބްރާހިމް މުހައްމަދު ސޯލިހް ގަތުލު އާންމެއްގައި ބައިވެރިނުވާނެ: އަލިފުށީ ދާއިރާގެ މެމްބަރު

މެމްބަރު މުހައްމަދު ރަޝީދު: އަޅުގަނޑު ދަންނަ އިބްރާހިމް މުހައްމަދު ސޯލިހް ވައްކަމެއް ނުކުރާނެ. ގަތުލު އާންމުގައި ބައިވެރިއެއްނުވާނެ. މިރަށުން 65 ޕަސެންޓުން މަތިން ވޯޓު ހޯދާ ދިނުމަށް މަސައްކަތް ކުރައްވާ

23 އޯގަސްޓު 2018 | ބުރާސްފަތި 22:02

21:57

މުރުޝިދް އަބްދުލް ހަކީީމް

އަލިފުށީގައި ކުރިއަށްދާ ޖަލްސާ

މިރޭ އަލިފުށީގައި ބާއްވާ މި ޖަލްސާއަކީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން އިބްރާހިމް މުހައްމަދު ސޯލިހާއެކު ބާއްވާ ޖަލްސާ އެކެވެ. މި ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުން ވާހަކަ ދައްކަވާނެ އެވެ.

އަލިފުށީގައި ކުރިއަށްދާ ޖަލްސާ

ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން: އަލިފުށިން 65 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯދަދޭނަން. އެކަން ކުރަން ތިބީ ތައްޔާރަށް. އަލިފުށީގެ ތަރައްގީއަށް ކުރަން  ބޭނުންވެ ނުކުރެވި އެބަހުރި ނުކުރެވި. އަލިފުށީގެ ޒުވާނުނަށް އެންމެ ބޮޑު ނުތަނަވަސް ކަމެއް ލިބިފައިވަނީ ފޫޓުބޯޅަ ދަނޑެއް އަޅަން ކުރަން ކުރި މަސައްކަތް ފެއިލްވެފައިވާތީ. އެކަން ކޮށްދިނުމަށް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދެން. ސުކޫލަށް މަލްޓިޕާޕޯސް ހޯލެއް ބޭނުންވޭ. ނަރުދަމާ އަދިވެސް ނުނިމި އޮތީ.

 

23 އޯގަސްޓު 2018 | ބުރާސްފަތި 21:57

މުރުޝިދް އަބްދުލް ހަކީީމް

Murshidhu

3992
23:34
ވައްކަން ކުރީމަ ވަގައް ގޮވާނަން: މުސްތަފާ
23:28
ރައީސް ޔާމިން މަގާމުން އިސްތިއުފާ ދެއްވާ،ނޫނީ ފަހުން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވެދާނެ: މުހައްމާ
23:16
އިންތިހާބު އޮޅުވައެއް ނުލެވޭނެ: މެމްބަރު ލަތީފު
22:56
އިބްްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް ހިތްގައިމު: ހަސަން ލަތީފު
22:43
ބިރު ފަހަނައަޅާދާން ޖެހޭ: އާޒިމް
22:34
މަގާމުގެ ޒިންމާ ނުއުފުލުމުގެ ސަބަބުން ދައުލަތައް ލިބުނު ގެއްލުންތައް ބަލާނަން: އިބޫ
22:30
ސަރުކާރުން ހިންގާ އިންފްރާސްޓަކްޗަރ މަސައްކަތް ދެވޭނީ ދިވެހި ކުންފުނީގެ ހިއްސާ އޮންނަ ކުންފުނިތަކަށް: އިބޫ
22:22
ސިވިލް ސާވީސްގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ބިރެއް ނެތި އަޅުގަނޑުމެންނާއެކު ނިކުންނަވާ: އިބޫ
22:17
ވޯޓުގެ ނަތީޖާ އޮޅުވާލަން އިލެކްޝަނުން މަސައްކަތްކުރޭ: އަލީ ޒާހިރު
22:01
އަޅުގަނޑު ދަންނަ އިބްރާހިމް މުހައްމަދު ސޯލިހް ގަތުލު އާންމެއްގައި ބައިވެރިނުވާނެ: އަލިފުށީ ދާއިރާގެ މެމްބަރު
21:57
އަލިފުށީގައި ކުރިއަށްދާ ޖަލްސާ