ރައީސް ޔާމިންގެ ރަނގަޅު އެއްވެސް ސިފައެއް ނެތް: ނިޒާރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރު: ހެޔޮ ބަދަލަކަށް ރާއްޖެ ގެންދަން ބޭނުން ނަމަ އޮތީ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދިނުން. ރައީސް ޔާމިންގެ ރަނގަޅު އެއްވެސް ސިފައެއް ނެތް. މި އަތޮޅުގައި ހެދޭ ރިސޯޓުތަކުގެ ހިއްސާ މިއަތޮޅުގެ ރަށްތަކަށް ލިބެން ޖެހޭނެ. މި ސިޔާސަތު އޮތީ އަޅުގަނޑުމެންގެ އަތުގައި. އިބްރާހިމް މުހައްމަދު ސޯލިހަކީ ލާމަރުކަޒުގެ އުސޫލުތައް ގެނައުމުގެ ފިކުރު ގެންގުޅުއްވާ ބޭފުޅެއް. ރައީސް ޔާމިނާއެކު މުސްތަގުބަލެއް ނެތް. ނުހައްގުން ތިޔަ ބޭފުޅުންގެ މުދަލަށް އިބްރާހިމް މުހައްމަދު ސޯލިހް އަރައިނުގަންނާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން.