Raajje.mv

އިދިކޮޅު ކޯލިޝަނުން އއ ތޮއްޑޫގައި ބާއްވާ ޖަލްސާ

މި ޖަލްސާގައި ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ބައިވެރިވަޑައިގަންވާ

17 އޯގަސްޓު 2018
16270
ތޮއްޑޫ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާކަން ފާހަގަކޮށްލެވޭ

ތޮއްޑޫ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާކަން ފާހަގަކޮށްލެވޭ

17 އޯގަސްޓު 2018 | 17:44

ދީން ހަތިޔާރެއް ނަގާއިގެން ސަކަރާތްޖަހަން ނޫޅޭ: ފައިސަލް

ތޮއްޑޫގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތަށް އަބަދުވެސް މަސައްކަތް ކުރައްވާ ރައްޔިތުން ދިރިއުޅޭ ރަށެއް، އަޅުގަނޑުމެނަން ނެތް ފަސް އެނބުރި ބެލޭކަން، އަޅުގަނޑުމެން ދާންވީ ބާރަށް ކުރިއަށް، މި ފުރުޝަތު ގެއްލުވާލެވުމަކީ މުޅި މުސްތަގުބަލް ގެއްލުވާލުން، މި ފެންނަނީ ދިވެހި ރައްޔިތުންގެ ބޭނުންވާ ކަންކަމަށް ފުރަގަސްދޭ ސަރުކާރެއް، ސަރުކާރެއް އަންނަނީ ކޮންކަމަކުތޯ މިއަދު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހަނދާން ނެތިފަ، ސަރުކާރެއް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ބޭނުންވެއްޖިއްޔާ، މިއަދު ގިނަ ކަންތަށްތަކެއް އޮންނާނީ ކޮށްދެވިފަ، ތޮއްޑޫގެ ރައްޔިތުންގެ އެންމެ ބޭނުންވާ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭގެ، މިހާރު ވެސް ގަމުތަކުގައި ވަނީ ފެންބޮޑުވެފައި، ބަނދަރު ވަނީ ހަލާކުވެފައި، މިސްކިތަކުގެ މަރާމާތަށް ދުވެހި ސަރުކާރުން ކުރަނީ ކިހާވަރެއްގެ ހޭދައެއްތޯ، މިއަދު ދިވެހިންގެ ސިކުޑިތަކަށް ސަވާރުވުމުގެ ގޮތުން ދީން ހަތިޔާރެއްގެ ގޮތުގައި ނަގާއިގެން ސަކާރާތެއް ނުޖެހޭނެ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހުކުރު ޙުތުބާ ސިޔާސީއެއް ނުކުރާނަން، ހައްޖު ކޯޓާ ލިބި ހައްޖަށް ނުދެވުމަކީ ދެރަކަމެއް، ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގައި ހައްޖަށް ދިއުމަށް ފައިސާ ދީފަ ކޯޓާއި ލިބިފައިވާ އެންމެން ވެސް ހައްޖަށް ފޮނުވާނަން

17 އޯގަސްޓު 2018 | 17:24

ކަރާއެއް ފަޅާލާހެން ސެޕްޓެމްބަރ 23 ފަޅާލާނަން: އިބްރާހިމް ހަސަން

ސެޕްޓެމްބަރ 23 ގައި ކަރައެއް ފަޅާލާހެން ފަޅާލާނަން، ތޮއްޑޫއަށް އަރާވާޑައިގަންނަވަން ރައީސް ޔާމީނަން ނުކުރިވަޑައިގަންވާއިގެން ދުރު ރަށަކަށް ވަޑައިގެން އެއާޕޯޓެއް އަޅަން ވިސްނަން ކަމަށް ވިދާޅުވީ، ދެން ވިސްނާނެ ކަމެއް ނެތް، ރައީސް ޔާމީން ތޮއްޑޫއަށްވި ވައުދުތަށް ފުއްދާފައެއް ނުވޭ، ފެނާ ނަރުދަމާ، ފުޓްސެލް ދަނޑު، ބަނދަރު ، ވޯޓްގެ ކުރިން އެތަންތަން ހުޅުއްވާދެއްވުމަށް ރައީސް ޔާމީން ވަޑައިގަންނަވާ

17 އޯގަސްޓު 2018 | 17:20

މެޑަމް ފާތުންނަންއ ތަންކޮޅެއް ވެސް ތޮއްޑޫ އަންހެންކަބަލުން ދޫނުކުރާނެ: ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުސާ

މެޑަމް ފާތުންނަން އެންމެ ތަންކޮޅެއް ވެސް ދޫނުދޭނަންކަން މި ބުނަނީ ފިސާރި ޖޯޝާ އެކީ، ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުން މި ފެންނަނީ މެޑަމް ފާތުން އެކަނި ނުކުމެވަޑައިގެން އުޅުއްވާތަން، މެޑަމް ފާތުންނަން މަރުޙަބާ ދެންނުވުމަށް ނުކުންނާ ރައްޔިތުންނާއި ދޭތެރޭ ކަންކުރައްވަނީ ކިނބުރުވެރި ކަމާއި އެކީ، މެޑަމް ފާތުން ރަށްރަށައް ވަޑައިގަންވަނީ ހަތިޔާރު ހިފާއިގެން ތިބި ސިފާއިނާއި އެކު، ތޮއްޑޫގެ އަންހެން ކަނަބަލުން އެންމެ ތަންކޮޅެއް ވެސް ދޫނުކުރާނަން

17 އޯގަސްޓު 2018 | 17:12

މިއީ ވަކި ބޭފުޅަކަށް ކޮށްދެއްވާ ކަމެއް ނޫން: އަލީ ޝާމް

ޖަލްސާ ފުރިހަމައަށް ތައްޔާރުވުމުގައި ތޮއްޑޫ ކައުންސިލްގެ ތިން މެމްބަރުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން. މި ކަމަކީ ވަކި ބޭފުޅަކަށް ކޮށްދޭ ކަމެއް ނޫން، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އަށް ކުރީގެ ދެ ރައީސް ކަމަށްވާ ރައީސް ނަޝީދާއި، ރައީސް މައުމޫނަންޓަކައި ކޮށްދޭކަމެއް ނޫން، މިއީ އަޅުގަނޑުމެންގެ މުސްތަގްބަލަށްޓަކައި ކުރާ ކަމެއް

17 އޯގަސްޓު 2018 | 17:04

ފައިސަލްގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ޖަލްސާގައި ބައިވެރިވަޑައިގަންނަވާ

މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފާއި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ އަމީނާއި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއި، އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ހަސަން ބައިވެރިވަޑައިގަންނަވަ އެވެ.