21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16


ވަގުތުން

މި ބްލޮގް ޝެއަރ ކުރައްވާ

އިދިކޮޅު ކޯލިޝަނުން އއ މަތިވެރީގައި ބާއްވާ ޖަލްސާ

1661


ރިޕޯޓް ކުރަމުންދަނީ

މުހަންމަދު ވިސާމް

ޚުލާސާ

ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން، މާކެޓްކުރުމަށް ކުރާ ހޭދަ އިތުރުކުރާނަން: ފައިސަލް

މިއީ ފަހު ފުރުޝަތު، ފުރުޝަތު ނަގާނުލާ: ހުސެއިން މުހައްމަދު

ރައީސް ޔާމީނަން މަތިވެރިން ދޭނެ ވޯޓެއް ނޯންނާނެ: އާތިފް

މަތިވެރީގެ މެޖޯރިޓީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯދާނަން: އާތިފް

16 އޯގަސްޓު 2018 | ބުރާސްފަތި 21:26

މުހަންމަދު ވިސާމް

ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން، މާކެޓްކުރުމަށް ކުރާ ހޭދަ އިތުރުކުރާނަން: ފައިސަލް

ކ. މާލެ


ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދިވެހި ރާއްޖެ ޕްރޮމޯޓްކޮށް މާކެޓްކުރުމަށް ދައުލަތުން ކުރާ ހޭދަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އިތުރުކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ އަތޮޅު މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހިންނަން އެންމެ ބޮޑު ނަފާއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށާއި، އެކަން މި މަތިވެރިއަށް ނަޒަރު ހިންގާލުމުންވެސް އިނގިގެންދާ ކަމަށެވެ. ގެސްޓް ހައުސްގެ ވިޔާފާރިން މަތިވެރީގެ ރައްޔިތުން ނަފާ ހޯދާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ރާއްޖެ ޕްރޮމޯޓް ކުރުމަށް ދައުލަތުން ކުރާ ހޭދަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އިތުރުކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިއަދު ރާއްޖޭގެ ގިނަ ފަޅުތަށް ހިއްކާ ސުވާލުއުފެދޭ ގޮތަށް ކަންކަން ކުރިއަށްދާ ކަމަށެވެ. ކޮންމެ ފަޅެއް އެއީ ހިއްކަންޖެހޭ ފަޅެއް ނޫންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ދިވެހި ރާއްޖޭގެ ޖަޒީރާ ފަޅުތަށް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު ފައިދާ ވާނެ ކަން ފައިސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ ޖަޒީރާ މެނިފެސްޓޯގައިވާގޮތަށް، ނޫއިގްތިސޯދުގެ ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުން ފުދުންތެރިބަޔަކަށް ވާންޖެހޭ ކަމަށެވެ. މިއަދު ފެންނަނީ ރައްޔިތުން ބޭސްފަރުވާއަށް ސަލާމް ޖަހާ މަންޒަރުކަން ފައިސަލް ވިދާޅުވިއެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތަކަށް އޯގާތެރިކަމާއި އެކު ކަންކަން ނުކުރައްވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅުދުންތެރިކަން ހުންނަ މީހުންނަން ދެމުން އަންނަ އިނާޔަތްތަށް ދަނީ އިތުރުވަމުން ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ އއ އަތޮޅުގެ ރަށްތަކަށް މި ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ދިރިއުޅެމުންދަނީ އެންމެ އަސަސީ ހިދުމަތްތަކުން މަހުރޫމްވަމުންނެވެ. އެހެނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމުގައި ފެނާ ނަރުދާމާ ނިޒާމް ގާއިމްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.


މި ޕޯސްޓް ޝެއަރ ކުރައްވާ

22:14

މުހަންމަދު ވިސާމް

މިއީ ފަހު ފުރުޝަތު، ފުރުޝަތު ނަގާނުލާ: ހުސެއިން މުހައްމަދު

ކ. މާލެ


މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލި ގޮތް ކައުންސިލްގެ ރައީސް އާތިފް ވިދާޅުވެއްޖެ، ކޯލިޝަންގެ ސަރުކާރުގައި އޮންނާނީ ޖަޒީރާ ރަށްތަށް ތަރައްގީކުރަން ކައުންސިލްތަކަށް ބާރުދޭނަން، ރައީސް ޔާމީން ބޭނުން ވަނީ ހުރިހާ ބާރުތަކެއް އަތު ތެރެއަށްލާން، މިއަދު މި މަސައްކަތް ކުރަނީ އަނިޔާވެރިކާމާއި ދެކޮޅަށް، އެމްޑީޕީ އާއި ގުޅިގެން މި ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް، ސިޔާސީ ފިކުރު އެއްކިބާކޮށްފަ، މި އިންތިހާބަކީ އަނިޔާއި ވައްކަމާއި ، ގައުމަށް ކުރިމަތިވެފައިވާ ގެއްލުންތަކުން ސަލާމަތްވުމަށް ލިބޭ ފަހު ފުރުޝަތު، މި ފުރުޝަތު ނަގާލުނާ، މިފަހަރު މިކަން ނިންމަންޖެހޭ، އަނިޔާވެރިކަން އޮތީ އިންތިހާއަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގައި ރައްޔިތުންނަން ލިބޭ ކަންކަމަށް އަތެއް ނުބާނާނެ، އިންސާފު ގާއިމްކޮށްދޭނަނަން، އިބޫ އަކީ ބޮޑާކަމެއް ނެތް ކިނބުރުވެރިކަމެއް ނެތް ބޭޅެއް، މި ޓީމަކީ ތިބޭފުޅުން ގޮވައިގެން ހެޔޮވެރިކަމެއް ކޮށްދޭނެ ޓީމެއް، ފައިސަލް އާއި ޓީމް މަތިވެރިއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމުން ޝުކުރުދަންނަން


މި ޕޯސްޓް ޝެއަރ ކުރައްވާ

21:41

މުހަންމަދު ވިސާމް

ރައީސް ޔާމީނަން މަތިވެރިން ދޭނެ ވޯޓެއް ނޯންނާނެ: އާތިފް

ކ. މާލެ


ކައުންސިލުން ކުރާ ކަންކަމުގައި ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުދޭނަން، ރައީސް ޔާމީންނަން މަތިވެރީން ދޭނެ ވޯޓެއް ނޯނާނެ، ވަރަން ކެރިގެން މި ބުނަނީ، 75 ޕަސެންޓުން މެޖޯރިޓީ ނާގާނަން، ފައިސަލްއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މަތިވެރިން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ނުކުމެފައިވޭ، ޕީޕީއެމްގެ ގިނަ މެމްބަރުން ނުކުމެފައިވޭ، ރައީސް ޔާމީންގެ ސަރުކާރުން ނެރުނު ރަށްވެހި ތަރައްގީގެ ފޮތުގައި މަތިވެރިއަށް ކޮށްދީފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންތަކަކީ ވުޖޫދުގައި ނެތް ކަންތަންތަށް 


މި ޕޯސްޓް ޝެއަރ ކުރައްވާ

21:32

މުހަންމަދު ވިސާމް

މަތިވެރީގެ މެޖޯރިޓީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯދާނަން: އާތިފް

ކ. މާލެ


ރައީސް ޔާމީންގެ ސަރުކާރުން ވެފައިވާ ވައުދުތަށް މަތިވެރިއަށް ފުއްދާފައެއް ނުވޭ، މިރަށުން މެޖޯރިޓީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނަގާނަން


މި ޕޯސްޓް ޝެއަރ ކުރައްވާ

21:28

ކޮމެންޓް