އިދިކޮޅު ކޯލިޝަނުން ފ.މަގޫދޫ ބާއްވާ ޖަލްސާ

  • އަޅުގަނޑުމެން ނުފުއްދޭނެ ވައުދު ނުވާނަން: ފައިސަލް
  • ރާއްޖެ އޮތީ ނާޒުކުހާލަތެއްގައި: ފައިސަލް
  • ދަތުރުތަކުން ފެންނަނީ އުފާވެރި މަންޒަރުތަކެއް: ޝަރީފު
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަޅުގަނޑުމެން ނުފުއްދޭނެ ވައުދު ނުވާނަން: ފައިސަލް

ފައިސަލް ނަސީމް:- ރައީސް ޔާމިނަށް ދެ ވަނަ ދައުރެއް ލިބިއްޖެ ނަމަ ރައްޔިތުން ބިކަވެ، އަޅުވެތިވުމުގެ ފުރުސަތު އެބަ އޮތް. މީގެ ކުރިން ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ހިތާމަވެރި ދުވަސްތަކެއް ދަނީ ފެންނަނުން. އަހަރު ނިމޭއިރު ދަރަނި 50 ބިލިއަނަށް އަރާ .  

ފައިސަލް: މިއަދުގެ ފުރުސަތު ދޫކޮށްލައިފި ނަމަ އެ ދޫކޮށްލެވުނީ ޅަ ދަރިންގެ މުސްތަގުބަލު. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވާ ހޯދުމަށް ކުރާ މަސައްކަތެއް. އަޅުގަނޑުމެން ވައުދު ވަނީ ތައުލީމީ ނިޒާމްގެ ތެރެއަށް ސިޔާސީ ފިއްތުންތައް ނުވައްދާނަމޭ. މިހާރު އޮތް ސިޔާސީ ފިއްތުންތައް ނިމުމަކަށް ގެންނާނަން. އަޅުގަނޑުމެން ވަނީ ފުއްދޭނެ ވައުދުތައް. އަޅުގަނޑުމެން ވައުދު ނުވަން ރިސޯޓް ހިއްސާ ދޭނެ ކަމަށް. ބެޔަސް ނުބެޔަސް 10000 ދޭކަށް.

ފައިސަލް: މަގޫދޫން ރައީސް ނަޝީދަށް ދިން ތާއީދު އަޅުގަނޑުމެނަށް 95 ޕަސެންޓަށް ހަދާދޭން އެދެން.

12 އޯގަސްޓް 2018 | އާދީއްތަ 22:47
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރާއްޖެ އޮތީ ނާޒުކުހާލަތެއްގައި: ފައިސަލް

ފައިސަލް ނަސީމް:- ރައީސް ޔާމިނަށް ދެ ވަނަ ދައުރެއް ލިބިއްޖެ ނަމަ ރައްޔިތުން ބިކަވެ، އަޅުވެތިވުމުގެ ފުރުސަތު އެބަ އޮތް. މީގެ ކުރިން ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ހިތާމަވެރި ދުވަސްތަކެއް ދަނީ ފެންނަނުން. އަހަރު ނިމޭއިރު ދަރަނި 50 ބިލިއަނަށް އަރާ .  

12 އޯގަސްޓް 2018 | އާދީއްތަ 22:41
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ދަތުރުތަކުން ފެންނަނީ އުފާވެރި މަންޒަރުތަކެއް: ޝަރީފު

 މެމްބަރު ޝަރީފު: އަޅުގަނޑަށް ޔަގީން އިބޫ އާއި ފައިސަލް ވައުދު ފުއްދާނެކަން. ސަބަބަކީ އެމްޑީޕީ އަކީ ވައުދު ފުއްދާ ޕާޓީއަކަށްވުން. އަޅުގަނޑުމެން ކުރަމުންދާ ދަތުރުތަކުން ފެންނަނީ އުފާވެރި މަންޒަރެއް. އަޅުގަނޑުމެނަށް ފެންނަނީ ބަދަލަކަށް ބޭނުންވެފައިވާ މިންވަރު.   

12 އޯގަސްޓް 2018 | އާދީއްތަ 22:26
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އިބޫ އާއި ފައިސަލް އަށް އިގުތިސާދު ކުރިއަށް ގެންދެވޭނެ: ޝަރީފު

މެމްބަރު އިބްރާހިމް ޝަރީފު:- ރައީސް ޔާމިން ބޮޑުތަނުން ބަލިކުރާނަން. މި ގައުމަށް އިގުތިސާދުގެ ކުރިއެރުވުން އިބޫ އާއި ފައިސަލް އަށް. އިގުތިސާދު ކުރިއެރުވުން ގެނެސްދެވޭނީ ރައީސް ޔާމިނަށް އެކަންޏަކަށް ނޫން.

12 އޯގަސްޓް 2018 | އާދީއްތަ 22:22
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ޔާމިނަށް ދެވޭ ވޯޓަކީ އިމްރާން 12 އަހަރު ޖަލުގައި ބާއްވަން ދެވޭ ވޯޓެއް: އާދަމް މުހައްމަދު

އާދަމް މުހައްމަދު:- ޔާމިނަށް ދެވޭ ވޯޓަކީ ޝެއިހް އިމްރާން 12 އަހަރު ޖަލުގައި ބާއްވަން ދެވޭ ވޯޓެއް. ޔާމިނަށް ދެވޭ ވޯޓަކީ ނަޝީދު 13 އަހަރު ޖަލުގައި ބެހެއްޓުމަށް ދެވޭ ވޯޓެއް. ޔާމިނަށް ދެވޭ ވޯޓަކީ ގާސިމް އިބްރާހިމް ތިން އަހަރު ޖަލުގައި ބަހައްޓަން ދެވޭ ވޯޓެއް. އަޅުގަނޑުމެން ހޮވަން މި އުޅެނީ އިހްލާސްތެރި ދެ ބޭފުޅުން.

12 އޯގަސްޓް 2018 | އާދީއްތަ 22:15
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަނިޔާވެރިކަން މި ތިބީ ފެނިފައި: ތަޒްމީލް

ތަޒްމީލް އަބްދުއް ސަމަދު:- ސެޕްޓެމްބަރު 23 ގައި ވެރިއަކު ބޮޑު ތަފާތަކުން ބަލިކުރާތަން ދައްކަވާ. ކޮންމެ ދިމާއަކަށް ބަލާލިއަސް ފެންނަނީ އަނިޔާ އާއި ކޮރަޕްޝަން. ރައްޔިތުންނަށް އަނިޔާވެރިވި ގޮތް އަޅުގަނޑުމެން މި ތިބީ ފެނިފައި. އަނިޔާވެރިކަމަށް ނަސްރުދޭ މީހަކަށް ވެގެން ނުވާނެ.

12 އޯގަސްޓް 2018 | އާދީއްތަ 22:07
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ކޮރަޕްޝަން އެއީ ތަރައްގީ ކަމަށް ގަބޫލެއް ނުކުރަން: ޒިފްލީން

އެމްޑީޕީގެ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ހަސަން:- ރައީސް ޔާމިން ދައްކަމުން ދަނީ ހަގީގަތް އޮޅުވާލައި އެހެން ކަންކަން. ކޮރަޕްޝަން އެއީ ތަރައްގީ ކަމަށް ގަބޫލެއް ނުކުރަން. އެހެންވީމަ އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮވާނަން.

ޒިފްލީން: ނޫސްވެރިކަން ނެތި ކޮށްލާފައި ތިމަންނަމެން މިދަނީ ޑިމޮކްރަސީގެ އެންމެ އުސްމިނަށްށޭ ބުނުމުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން.ދިވެހިން ތިބީ ވަރަށް ރަނގަޅަށް ހޭލާ. އަނިޔާއަކީ އިންސާފު ކަމަށް ގަބޫލެއް ނުކުރަން. ތަރައްގީ އަކީ ކޮރަޕްޝަން ކަމަށް ބަލައެއްނުގަންނަން

12 އޯގަސްޓް 2018 | އާދީއްތަ 21:57
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މި ސަރުކާރަކީ ރައްޔިތުން ދެކެ ބިރުގަންނަ ސަރުކާރެއް: މައުސޫމް

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ މައުސޫމް:- އަޅުގަނޑުމެނަށް ލިބުނީ ވަރަށް  ރަނގަޅު ކެންޑިޑޭޓަކާއި ރަނިންމޭޓެއް. ވޯޓުލުމަށް ބާކީ އޮތް 42 ދެދުވަސް އޮތްއިރު ވޯޓުލުމުގެ ޒިންމާ އަދާކުރާނެ ގޮތާމެދު ވިސްނަން ޖެހޭ. ގައުމު އޮތީ ދަރާފައި. ކޮންމެ މީހަކު އެއްލައްކަ ފަސްދޮޅަސްހާސް ރުފިޔާއިން ވަނީ ދަރާފައި. ފަތުރުވެރިކަމުގެ އިންޓަސްޓްރީއަށް މި ސަރުކާރުން އޮތީ ވަރަށް ބޮޑަށް އިހްމާލުވެފައި. ގެސްޓްހައުސް ވިޔަފާރި ކުރިއަރުވަން މަސައްކަތެއް ނުކުރި. އެހެންވީމަ މި ސަރުކާރު ބަދަލު ކުރަން ޖެހޭ. މި ސަރުކާރަކީ ރައްޔިތުންގެ ދެކެ ބިރުގަންނަ ސަރުކާރެއް.

12 އޯގަސްޓް 2018 | އާދީއްތަ 21:46
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ޖީއެސްޓީ ނަގާވަރު އިތުރުވެގެން ނުދިއުން އެދެން: ހަމްޒާ

ހަމްޒާ:- ފ.އަތޮޅަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި. އެކަން ކަން ކުރަން ބޭނުންވަނީ އަޅުގަނޑުމެނަށް އެކަން ކުރެވޭނެ ވަރުވުމުން. އަޅުގަނޑު އެދެނީ ޖީއެސްޓީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވެގެން ނުދިއުން.

12 އޯގަސްޓް 2018 | އާދީއްތަ 21:38
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ދިވެހިން ސިޔާސީ ގޮތުން ތަސައްވަރުފުދިއްޖެ: ހަމްޒާ

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހަމްޒާ:- މިއަދު އަޅުގަނޑުމެން މި ތިބީ ސިޔާސީ ގޮތުން ތަސައްވަރުފުދިފައި. ޕީޕީއެމްގައި ތިބީވެސް އަޅުގަނޑުމެންގެ ދެކޮޅުވެރިންނެއް ނޫން.

12 އޯގަސްޓް 2018 | އާދީއްތަ 21:35
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މަގޫދޫގެ ޖަލްސާގައި ގިނަ އަދަދެއްގެ ،މީހުން ބައިވެރިވޭ

މަގޫދޫގައި ބާއްވާ މި ޖަލްސާއަކީ ފ.އަތޮޅުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ހޯދުމަށް ބާއްވާ ފުރަތަމަ ކެމްޕެއިން ޖަލްސާ

 

12 އޯގަސްޓް 2018 | އާދީއްތަ 21:32