Raajje.mv

އިދިކޮޅު ކޯލިޝަނުން ކުރެންދޫގައި ބާއްވާ ޖަލްސާ

އިދިކޮޅު ކޯލިޝަނުން ކުރެންދޫގައި ބާއްވާ ޖަލްސާ

10 އޯގަސްޓު 2018
14990
ކުރެންދޫގައި މިހާރު ކުރިއަށްދާ ޖަލަސާގެ ތެރެއިން

ކުރެންދޫގައި މިހާރު ކުރިއަށްދާ ޖަލަސާގެ ތެރެއިން

10 އޯގަސްޓު 2018 | 17:36

އިބޫ އާއި ފައިސަލް އަކީ ވަފާތެރި ތެދުވެރިން: އަމީތު

މަޑުއްވަރީ ދާއިރާގެ މެމްމަބަރު އަމީތު: ޔާމިނު ވެވަޑައިގެންނެވި ވައުދު ނުފުއްދާ އެހެން ވައުދުތަކެއް ވެވިދާނެ ކަމަށް ގަބޫލެއް ނުކުރަން. ރާއްޖެ އޮތީ ދަރަނިވެފައި. ޔާމިން ވައުދުވީ މަސްވެރިންނަށް ބެޔަސް ނުބެޔަސް 10000 ދޭނެ ކަމަށް. އެ ވައުދެއް ނުފުއްދާ. ޕީޕީއެމްގެ މެނިފެސްޓޯގައި ލިޔުނު ވައުދު ނުފުއްދޭ.

މަޑުއްވަރީ ދާއިރާގެ މެމްބަރު: އިބޫ އާއި ފައިސަލް ވައްކަމެއް ކުރި އަޑެއް ނާހަން. އެ ދެބޭފުޅުންގެ ގެއަށް ކަޅު ފައިސާ ވަންކަމެއް އެނގޭކަށްނެތް. ފައިސަލް އާއި އިބޫ އަކީ ވަފާތެރި ދެ ތެދުވެރިން

10 އޯގަސްޓު 2018 | 17:22

ކުރެންދޫގެ ގޯތިގެދޮރުގެ މައްސަލައަށް ހައްލު ހޯދަދޭން މަސައްކަތްކުރާނަން: ފައިސަލް

ފައިސަލް: ކުރެންދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދޭން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރާނަން.

10 އޯގަސްޓު 2018 | 17:17

ޒުވާނުންނަށް ފުުރުސަތު ހޯދަނުދީ ގައުމު ތަރައްގީއެއް ނުވާނެ: ފައިސަލް

ފައިސަލް: ގާނޫނާ އެއްގޮތައް އަމަލު ކުރުމަށް އިލެކްޝަނަށް ގޮވާލަން. ގާނޫނާ ހިލާފުވެއްޖެ ނަމަ އެކަމެއް ތަހްހީގުކުރެވި ފިޔަވަޅުއެޅިގެންދާނެ.

ފައިސަލް: ބިރުދެއްކުމާއި ފިއްތުންތައް އޮތީ މީގެ ކުރިން ދުވަހަކުވެސް ނެތް މިންވަރަށް ފެތުރިފައި. ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހޭ. ގައުމަށް ތަރައްގީކުރެވޭނީ ޒުވާނުންނަށް ފުރުސަތު ދީގެން

10 އޯގަސްޓު 2018 | 17:14

އަޅުގަނޑުމެނަށް ތާއިދުކުރާ ޕީޕީއެމް މެމްބަރުން އެބަ ތިބި: ފައިސަލް

ފައިސަލް ނަސީމް: ޅ.އަތޮޅުގެ ރައްޔިތުން އިސްލާހީ މަސައްކަތައް ބޭނުންވާ ވަރު މުޅި ރާއްޖެއަށް ފެނިގެން ހިނގައްޖެ. ކޯލިޝަނަށް ތާއިދުކުރާ ގިނަ ޕީޕީއެމްގެ ރައްޔިތުން އެބަ ފެނޭ. ޕީޕީއެމްގެ ހަގީގީ ލީޑަރު ހުންނެވީ އަޅުގަނޑުމެންނާއެކު. ވޯޓު ރަސްޖިސްޓްރީ ކުރުމުގެ ހައްގު ހޯދަދިނުމަށް އިލެކްޝަނަށް ގޮވާލަން

10 އޯގަސްޓު 2018 | 17:07

ވޯޓުލުމަށްފަހު މަރުކަޒު ދޫކޮށް ދާންވާނީ ރައީސް ޔާމިން ބަލި ގަބޫލު ކުރުމުން: ނިޔާޒް

އަލީ ނިޔާޒް: ރައީސް ޔާމިން މި އިންތިހާބުގެ ނަތީޖާ ފަސޭހައިން ގަބޫލެއް ނުކުރާނެ. ވޯޓު ފޮށިތައް ބަލަހައްޓައިގެން ނޫނީ ރައީސް ޔާމިން ކިބައިން ސަލާމަތެއް ނުކުރަން. ރައީސް ޔާމިން ބަލިގަބޫލު ކުރެވުމާ ހަމައަށް ވޯޓުލާ މަރުކަޒު ކައިރިން ދޫކޮށްފައި އެއްވެސް ރައްޔިތަކު ނުދާތި.

10 އޯގަސްޓު 2018 | 17:04

އިބޫ ފައިސަލް 60 ވުރެ ގިނަ ރަށްތަކަށް ވަޑައިގެންފި: ނިޔާޒް

ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒް: ރައީސް ޔާމިންގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއްވެއްޖެ، އެހެން ނަމަވެސް އަޅުގަނޑުމެން އައިސްމިތިބީ މުހިންމު ހިސާބެއްގައި. ފާއިތުވި 15 ދުވަސްތެރޭގައި ކެމްޕެއިން ހަރަކާތްތައް ފުދޭވަރަށް ބާރުގައި ވަނީ ހިނގާފައި. މިއަދާ ހަމައަށް 60 ވުރެ ގިނަ ރަށަކަށް ވަނީ ވަޑައިގެންފައި. ފައިސަލް އާއި އިބޫ ގުޅިގެން ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ. އިންތިހާބަށްދާނީ ރައްޔިތުންގެ ވިންދާ އިހްސާސްތައް ދެނެގަތުމަށްފަހު.

10 އޯގަސްޓު 2018 | 16:55

އިބޫ އާއި ފައިސަލްގެ ހުރި ހިތްވަރެއް ޔާމިނާއި ޝަހީމްގެ ނުހުންނާނެ: ޝިދާތާ

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މެމްބަރު ޝިދާތާ ޝަރީފު: ވައްކަން ކުރާ މީހުނަށް ނޫނެކޭ ބުނަން ޖެހޭ. އަޅުގަނޑުމެނަށް ސުވާލު އުފެދެނީ ގާނޫނުގެ ތެރެއިން ކަންކަން ހިނގާނެ ކަމާމެދު

ޝިދާތާ: ކެމްޕެއިން ކުރުމަށް ހަމަ ހަމަ ފުރުސަތު ނެތް މާހައުލެއްގައި ރައްޔިތުންކުރާ މަސައްކަތައް ޝުކުރު އަދާކުރަން. އަޅުގަނޑުމެން އިރާރަ ކުރެއްވިއްޔާ އުފާފާޅުކުރާނަން. ރާއްޖެޓީވީ ކިތަންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރިއަސް އެ ޓީވީ ނުހުއްޓުވޭނެ.

ޝިދާތާ: އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ކުރައްވާ ހިތްވަރެއް ޔާމިނާއި ޝަހީމްގެ ނުހުންނާނެ. މިފަހަރު ވޯޓުލުމުގައި ވިސްނަން ޖެހޭނީ ވައްކަން ކުރާނެ މީހަކު ގެންނާނީތޯ ވައްކަން ނުކުރާ މީހަކު ނުގެންނާތީ ތޯ. އަމިއްލައަށް ފޯމް ހުށައަޅަން ހިތްވަރު ނެތް ކެންޑިޑޭޓެއް މިހާރު ރައިސަކީ. ކީއްކުރަންތޯ އަލުން އެ ރައީސަށް ފުރުސަތު ދޭންވީ.

10 އޯގަސްޓު 2018 | 16:44

ފައިސަލް އާއި އިބޫ އަކީ ވަރަށް ފުރިހަމައަށް ރިޕޯމްމޫމެންޓްގައި ވަރަށް ފުޅާކޮން މަސައްކަތް ކުރެއްވާ ދެ ބޭފުޅުން: މެމްބަރު ބާރީ

ކުރެންދޫ އާއި އޮޅުވެލިފުށީގެ ނަރުދަމާ އަކީ އެންމެ އިސްކަން ދީގެން މަސައްކަތްކުރާނެ ކަމަކަށް ހަދާނަން. ކުރެންދޫ އާއި އޮޅުވެލިފުށީގައި ނަރުދަމާގެ ނިޒާމް ގާއިމުކޮށްފައި ނޫނީ ހިންދެމިނުލާނަން

10 އޯގަސްޓު 2018 | 16:39

އިދިކޮޅު ކޯލިޝަނުން ކުރެންދޫގައި ބާއްވާ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ:- 23 ސެޕްޓެމްބަރުގައި ސަރުކާރަށް ނޫނެކޭ ބުނަންނަވީ ފަޅުތަކާއި ރަށްތައް ވިއްކާލާފައިވާތީ. ރައީސް ޔާމިނަށް ވެރިކަން ލިބިއްޖެ ކަމުގައި ވަންޏާއި ޖަޒީރާ ރަށްތަކުގައި ހަމަ ޖެހިލައިގެން ނޫޅެވޭނެ. ރައީސް ޔާމިން ކުރައްވަމުން ގެންދަނީ ނެގެޓިވް ކެމްޕެއިނެއް. އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށްވާނީ ލާމަރުކަޒީ ނިޒާމް ސަލާމަތްކުރުމަށް މި ސަރުކާރު ބަދަލު ކުރުން. ރައްޔިތުންނަށް ރައްޔިތުންގެ ބާރުތައް ދީގެން ނޫނީ މި ރާއްޖެ ތަރައްްގީއެއް ނުގެނެވޭނެ. ރައީސް ޔާމިނަށް ވެރިކަން ލިބިޖެއްޔާ ކައުންސިލްތަކަށް އޮތް ބިރުވެރިކަން ބޮޑުވާނެ