ރައީސް ޔާމީނަށް ގިނަގިނައިން ޕޯޑިއަމް ތަކުން ފުރުސަތު ދެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިއާޒް ފަހުމީ (އިންތި)ވިދާޅުވެއްޖެއެވެ. އިންތި ވިދާޅުވީ ޔާމީނަށް ފުރުސަތުދޭން ޖެހޭ ކަމަށާއި އޭރުން ފެންނާނީ ގިނަގިނައިން އަމިއްލައަށް ބޭނޭ ތަނާއި ގަޅި ޖެހޭތަން ކަމަށެވެ. އެބޭފުޅާއަކީ ހަމަ ޖެހޭ އެއްވެސް ވާހަކައެއް ދައްކާ ބޭފުޅެއް ނޫން ކަމަށާއި އެއީ ހަމަ ބީތާއެއް ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. އިންތި ވިދާޅުވީ އޭނާއަށް އޭނާއަކީ ކާކުކަން ވެސް ނޭގޭ ކަމަށާއި އަމިއްލަ ނަފްސު އޮޅިފައިވާ މީހެއްކަމަށެވެ. މިއަގުތު ދައްކާ ވާހަކައެއް އެހެން ވަގުތަކު ދައްކާ ވާހަކައަކާ ދިމާ ނުވާނެ ކަމަށާއި މިއަދު ވެސް ރިލްވާން މަރާލާފައިވާ ކަމަށް ބުނެފައިވާއިރު މާ ގިނައިރެއް ނުވަނީސް އެހެން ދިމާލެއްގައި ވިދާޅުވީ ރިލްވާން ހުރީ ދިިރި ހުރިކަމަށް ބުނުމަކީ ހެއްކަކަށް ފުދޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެހެން ދުވަހަކަށް ބަލާލާއިރު އިސްރައްވެހީންނަށް އިހްތިރާމްކޮށް ހައްޖުދަތުރު ދޭނަމޭ ކިޔާފައި އަނެއް ދުވަހު އެމީހުން އެއްކުރުމަށްފަހު ފެނުނީ ބަވާލާތަންކަމަށް ވެސް އިންތި ވަނީ ވިޑާޅުވެފައެވެ.
މިއަދު ގާނޫނު ހަދަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށާއި ކޮން ގާނޫނަކުންތޯ ރައީސް ޔާމީންގެ އެ އެކައުންޓަށް ފައިސާ ވަދެފައި ހުރިކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އައްސަވައިފިއެވެ. ރޮޒެއިނާ ވިދާޅުވީ އެ އެކައުންޓުގައި ހުރި ފައިސާއަށް ބޭނުން ނުކުރާކަމުގައި ވަނީ ނަމަ އެ އެކައުންޓުގައި ފައިސާ ބެހެއްޓުމުގެ މުރާދަކީ ކޮބައިތޯ އައްސަވާފައެވެ. އެ ފައިސާ ބަހައްޓަނީ އޭގެން އެ އެކައުންޓަށް ލިބޭ ރިބާގެ ލާރި ކާންތޯ ވަނީ އައްސަވާފައެވެ. ރޮޒެއިނާ ވިދާޅުވީ އެންމެން ވެސް ދޭނީ ވައްކަމާއި ފަސާދައާއެި ދެކޮޅަށެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭއަށް ހެޔޮ ބަދަލެއް ރައްޔިތުންގެ އެއްބާރުލުމާއެކު ގެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށެވެ. ގުޅިފައިވާ ސަރުކާރު އުފެއްދުމަށް އެންމެ ބޮޑު ތާއީދު ލިބޭނެ ކަމާމެދު ޝައްކެތް ނެތް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ އެޖެންޑާގައި އެންމެ ކުރީގައި ވަނީ އިންސާފު
ސިފައިންނަށާއި ފުލުހުންނަށާއި ސިވިލް ސާވެންޓުންނަށާއި އެނޫން ބަޔަކަށް މަޖުބޫރު ކޮށްގެން ލޯއްބެއް ނުހޯދޭނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް މުހައްމަދު ވަހީދު (ލޯޔަރ ވައްޑެ) ވިދާޅުވެއްޖެއެވެެ. ވައްޑެ ވިދާޅުވީ މިހާރު މި ފެންނަނީ އެއްވެސް ލޯއްބެތް ނުލިބޭ މީހަކު ވެރިކަމުގައި ހުންނަތަން ކަމަށާއި ލޯބި ލިބިފައި ހުރިއްޔާ ހުރި މީހެއް ހުރީ ޖަލުގައި ކަމަށާއި ދެންތިބި ހުރިހާ މީހުން ތިބީ އިދިކޮޅުގައި ކަމަށެވެ. މިރަށަށް ކުރި ދަތުރުން ވެސް ހާމަ ވެގެން ދިޔައީ އިބޫއަށާއި ފައިސަލްއަށް 88 ޕަސަންޓް ތާއީދު ލިބޭނެ ކަމަށެވެ. އަދި ލީޑަރު ކަމަކީ ތިމާ އަމިއްލައަށް ބޭނުންވެގެން ވެވޭ ކަމެއް ނޫންކަމަށް ވެސް ވައްޑެ ވަނީ ވިދާޅުވެފައެވެ.
ރިލްވާންގެ މައްސަލަ ބޮޑު ޖޯކަަކަށް ހަދައިގެން ރައީސް ޔާމީން ވާހަކަ އެ ދައްކަވަނީ ހިތަށް އުފާ ލިބޭތީތޯ، އިބޫ ވަނީ ސުވާލު ކުރައްވައިފައެވެ. މަންމަގެ ހިތުގެ ދެނޫރު ކަމަށް ދެކޭ ދަރިފުޅު ގެއްލުމުގެ ވާހަކަ ދައްކަވާއިރު ރައީސް ޔާމީނަށް އަސަރު ނުކުރޭތޯ ވަނީ ސުވާލު ކުރައްވާފައެވެ. ރާއްޖޭގެ އަދުލުގެ އިންސާފުގެ ނިޒާމް ފެއިލްވެފައިވާ ކަމަށާއި ރާއްޖޭގެ ޖުޑީޝަލް ދާއިރާ އެއްކޮށް އިސްލާހު ކުރާނެ ކަމަށާއި ޖޭއެސްސީގެ މެމްބަރުންގެ މުއްދަތަކީ ތިން އަހަރު ކަމަށް ވެސް ހައްދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މި ރަށުގައި ވެސް ބޭނުން ނުކުރާ ބިން އެބަ ހުރި ކަމަށާއި އެމްޑީޕީ ސަރުކާރެއްގައި އެ ގޮތަށް ހުރި ބިންތަކުން ގޯތި ދޫކުރާނެކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. އަދި އެ ރަށުގައި ލޯކްލް ޓޫރިޒަމް ކުރިއެރުވުމަށް ބިން ދޭނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި އަދި ބިން ދޫކުރުމަށް ފަހު ގެ އެޅުމަށް ވަރަށް ކުޑާ އިންޓާރަސްޓަކާއެކު ލޯން ދޭނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. ލ.ގަމަކީ އާބާން ސެންޓަރެއް ގާއިމް ކުރަން އެންމެ ފައްކާ އެއްތަން ކަމަށް ވެސް އިބޫ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ އަނިޔާވެރިކަން ވަރަށް ބޮޑު ކަމަށާއި ރަންނަމާރިއޭ ކިޔުނު މީރާ ވަނީ ވަތް ގަޑުތައް ފޭރިގެންފައި ކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކޮށްފިކަމުގައި ވާނަމަ މުޅި ގައުމު ނުދެކޭ ވަރުގެ އަނިޔާ ވެރިކަން ފެންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އިންތިޚާބު ވެއްޖެ ނަމަ އޭނާ ވާނީ ﷲ ފޮނުވާފައި ހުރި ބޮޑު ކޯފާއެއް ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ލ.ގަމުން ރައީސް ޔާމީނަށް ވޯޓް ލިބޭ މިންވަރަށް ވުރެމާ ގިނަ މާފަތިތަކެއް އަޅުގަނޑުމެންގެ ކެންޑިޑޭޑް މިރަށް އައުމުން ކަރުގައި އެޅިގެން ގޮސްފި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ހުރިހާ ބޭފުޅުންނަށް ވެސް ހައްގުވާ މިންވަރު ހޯދައިދޭނެކަމަށާއި އަނިޔާވެރިކަން ނައްތާލުމަށްފަހު ތަރައްގީ ގެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ވަނީ އަލީ ޒާހިރު ވިދާޅުވިއެވެ.
މި ޖަލްސާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާއެވެ. މިޖަލްސާގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލްގެ އިތުރުން ގުޅިފައިވާ ޕާޓީޓަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވައެވެ.