ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތުޅާދޫގައި ބާއްވާ ޖަލްސާ
ތުޅާދޫގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ޖަލްސާ

ތުޅާދޫގައި ޖަލްސާ ކުރިއަށް ދާ ޖަލްސާ
މިރޭ ޖަލްސާ މިހާރު ވަނި ނިމިފައި
ތުޅާދޫގައި ގިނަ އަދަދެއްގެ މީހުންނާއެކު ބޭއްވި ޖަލްސާ މިހާރު ވަނީ ނިމިފައި
މި ސަރުކާރަކީ ވަރަށް ޕްލޭން ވެގެން ވައްކަން ކުރާ ސަރުކާރެއް: އިބޫ
އިބްރާހިމް މުހައްމަދު ސޯލިހް: އިންސާފަށްކުރާ މަސައްކަތް އަލުން ވަނީ ކުރަން ޖެހިފައި. މި ސަރުކާރަކީ ވަރަށް ޕްލޭން ކުރެވިގެން ވައްކަން ކުރާ ސަރުކާރެއް.
މަސްވެރިނަށް ހަމަ އަގު ހޯދަ ދޭނަން: އިބޫ
އިބްރާހިމް މުހައްމަދު ސޯލިހް: މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ ގޮތް ހަމަ ޖައްސާނަން. ދިވެހި މަސް ކަނޑުތަކަކީ ދިވެހިންނަށް މިލްވެރިތަނެއްކަން ކަށަވަރު ކުރާން. އަޅުގަނޑުމެންގެ ވެރިކަމެއްގެ ކުރީ ކޮޅުގައި މި ސަރައްދަށް އިތުރު ކަނދުފަތިތައް ހަދާދޭނަން.
އިބޫ ތުޅާދޫގައި ކުރިއަށްދާ ޖަލްސާގައި ވާހަަކަަފުޅު ދައްކަވަނީ
ފުރަތަމަ ހަ މަސް ތެރޭގައި ރަށްރަށުން ގޯތި ދިނުމަށް ލޭންޑް ޔޫސް ޕްލޭންތައް ހަދާނަން: އިބޫ
އިބްރާހިމް މުހައްމަދު ސޯލިހް: ރާއްޖެ ތަރައްގީ ކުރާނީ ޖަޒީރާ ގައުމެއްގެ ގޮތުގައި. މާލެ ސިޓީ ފަދަ ދެ ސިޓީ ރާއްޖޭގައި ތަރައްގީކުރާނަން. އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރަށް ރަށުގެ ލޭންޑްޔޫސް ޕްލޭންތައް ހަދާއި އެ ރަށްރަށުގައި ގޯތި ދެވޭނެ ގޮތް ހަދާދޭނަން. ޓޫރިޒަމް ވިޔަފާރި ފުޅާކުރުމަށް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރާ ހޭދަ އިތުރު ކުރާނަން
ވޯޓު އަޅައިގެން މި ސަރުކާރު ބަލި ކުރެވޭނެ: ހިސާން
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެއިން: އަޅުގަނޑުމެން ބޭނުންވަނީ މިނިވަން ކަމާއެކު ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ދައުލަތެއް ހިނގާތަން ފެނުން
ހިސާން ހުސެއިން: ސިވިލް ސާވީސްގެ މުވައްޒަފުނަށް މިނިވަން ކަމާއެކު މަސައްކަތް ކުރާނެ ދައުލަތެއް ގާއިމު ކޮށްދޭން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން މި އުޅެނީ ވައްކަމަށް ނޫނެކޭ ބުނަން
ހިސާން ހުސެއިން: ރީ ރަޖިސްޓްރީ ފޯމް އޮޅުވާލައިގެން ވޯޓު އޮޅުވާލަން ފުރުސަތެއް ނުދޭނަން
މި ރާއްޖޭގައި ދީނީ އިލްމްވެރިން ތިބީ ހައްގު ބަސް ބުނަން ފަސް ޖެހިގައި: އަލީ ޒާހިރު
އަލީ ޒާހިރު: ރާއްޖޭގައި ތިބި ދީނީ އިލްވެރިން ތިބީ ވަކި ފަރާތަކާ ދެކޮޅަށް ވީމަ ހައްގު ބަސް ބުނަން ނުކެރިން. އަޅުގަނޑުމެން ސަރުކާރެއްގައި ދީނާ ހިލާފު ކަންކަން ކުރުމަށް ފުރުސަތެއް ނުލިބޭނެ. ދީނީ އިލްމްވެރިނަށް ގޮވާލަން ހައްގު ބަސް ބުނުމުގައި ވަކި މީހެއް ދެކެ ބިރު ނުގަތުމަށް
އަލީ ޒާހިރު: މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރަން މި ތިބީ ވަރަށް ތައްޔާރަށް. ރައީސް ޔާމިން ބޮޑު ތަނުން ބަލިވާނެ ކަމާމެދު ޝައްކެއް ނުކުރަން. ބޭ އިންސާފުން ކަންކަން ކުރަން ފެށީމަ އަޅުގަނޑުމެން ހަނު ނުތިބޭނަން
ވޯޓު އޮލުވާކިޔަކަ ނުދޭނަން: އަބްދުﷲ ޝަހިދު
އަބްދުﷲ ޝާހިދު: ތުޅާދޫގައި ޖަލްސާ ބޭއްވެނީ ތާރީހީ ވަގުތެއްގައި. އިދިކޮޅު ފަރާތްތަކަށް ތާއިދެއް މި ރާއްޖެއަކު ނެތް
އަބްދުﷲ ޝާހިދު: މި ރާއްޖެއަށް ބޭނުންވަނީ އެންމެން އެކަތި ގަނޑަކަށް ހަދާދޭނެ ލީޑަރެއް. އިބްރާހިމަކީ މި ގައުމު އެކުވެރިކޮށްދެއްވާނެ ބޭފުޅެއް. އެއީ ފިތުނައާއި ފަސާދަ ނައްތާ ލައްވާނެ ބޭފުޅެއް. މި ރާއްޖެއަށް ބޭނުންވަނީ ތަރައްގީއަށް ބޭނުންވަނީ ތަރައްގީގެ ނަމުގައި ވައްކަން ކުރާނެ ބޭފުޅެއް
އަބްދުﷲ ޝާހިދު: އަބްދުﷲ ޔާމިން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުން އެ ތިއްބެވީ ޖަލުގައި. ޔާމިން ހޮވަން މަސައްކަތް މިހާރު ކުރާ މީހުނަށް ފަހުން އަންނާނީ ޖަލު ގޮޅި. ރައީސް ޔާމިނަކީ ރައްޔިތުންނާ ބައްދަލު ކުރައްވާން ބޭނުންފުޅުވާ ބޭފުޅެއް
މި ރާއްޖޭގައި އޮޅުވާލައިގެން ވޯޓުލިޔަކަ ރައްޔިތުން ނުދޭނ
އިބޫ އަކީ އިދިކޮޅު ފަރާތްތަކާ ވެސް ވާހަކަ ދައްކަވައިގެން ކަންކަން ހައްލު ކޮށްދެވޭނެ ބޭފުޅެއް: އަބްދުﷲ ކަމާލުއްދީން
އަބްދުﷲ ކަމާލުއްދީން: މި ރާއްޖެއަށް ސިޔާސީ ހަމަޖެހުން އަންނަން ޖެހޭ. ސިޔާސީ ހަމަ ޖެހުން ރާއްޖެއަށް ގެނެވޭނީ ސަރުކާރުން މަސައްކަތްކޮށްގެން.
އަބްދުﷲ ކަމާލުއްދީން: އިބޫ އަކީ މިސާޖުފުޅު ހުރި ގޮތުން އިދިކޮޅު މީހާއާ ވެސް މަޑުމައިތިރި ކަމާއެކު ކުރިމަތިލައްވާނެ. އިދިކޮޅު ފަރާތްތަކާ މަޝްވަރާކޮށްގެން މަސްލަހަތައް އެންމެ ރަނގަޅު ގޮތައް ކަންކަން ކުރައްވާނެ ކަމަށް ޝައްކެތް ނުކުރަން.
ރައީސް މައުމޫނު އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމަށް
އިނގިރޭސި ވިލާތުގައި ހުންނެވި އަމީން އިބްރާހިމްގެ ހާއްސަ މެސެޖެއް ވަނީ އިއްވާފައި
އަމީން އިބްރާހިމް:- ރައްޔިތުންނަށް މުއްސަނދިކަން ހޯދަދޭން އެދޭނަމަ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވާ. އިބޫއަށް ތާއިދު ހޯދަދިނުމަށް ކޮންމެ މީހަކަށް ކުރެވުނު ކަމެއް ކޮށްދެއްވާ
ތުޅާދޫގައި އިދިކޮޅު ކޯލިޝަނުން ބާއްްވާ ޖަލްސާ
މިއީ އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ކެމްޕެއިން ޖަލްސާ
ކެންދޫ ދާއިރާގެ މެމްބަރުން އަލީ ހުސެއިން: މިނިވަން ދިފާއު ކުރެވޭނީ އިސްލާހަށް މަސައްކަތް ކުރާ މީހުނަށް.
.އަލީ ހުސެއިން: ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ފަހު ގެއަށް ވަންނަން ވާނީ ރައީސް ޔާމިން މި ރާއްޖެއިން ބޭރަށް ފޮނުވާލާފައި