Raajje.mv

އިބޫގެ ކެންޑިޑެސީ ފޯމް ހުށަހެޅުން

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެންބަރުން އެމްޑީޕީގެ އޮފީސް ކުރިމަތީ

26 ޖުލައި 2018
18763
ެއިބޫގެ ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ތައްޔަރު ވަނީ

ެއިބޫގެ ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ތައްޔަރު ވަނީ

26 ޖުލައި 2018 | 06:56

އިބޫގެ ކެންޑިޑެސީ ފޯމް ހުށަހެޅުން

ސަރުކާރުގެ ފަރާތުން ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ޕާޓީ ތަކަށް ދޭންޖެހޭ: ފައިސަލް

26 ޖުލައި 2018 | 06:54

އިބޫގެ ކެންޑިޑެސީ ފޯމް ހުށަހެޅުން

ގޮންޖެހުން ތަކާއި އެކު ކުރިއަށް ގޮސް 23 ސެޕްޓެމްބަރުގައި އިރާދަކުރެއްވިއްޔާ އިންތިޚާބް ކާމިޔާބު ކުރާނަން: އިބޫ

އުއްމީދަކީ ރިޔާސީ އިންތިޚާބް އިންސާފުވެރި މިނިވަން އިންތިޚާބަކަށް ވުން: އިބޫ

26 ޖުލައި 2018 | 06:49

އިބޫގެ ކެންޑިޑެންސީ ފޯމް ހުށަހެޅުން

މިހާތަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް 7 ފޯމް ނަގާފައިވޭ: ޝަރީފް

26 ޖުލައި 2018 | 06:38

އިބޫގެ ކެންޑިޑެންސީ ފޯމް ހުށަހެޅުން

ހުރިހާ ޕާޓީ ތަކާއި ކެންޑިޑޭޓުންނަށް ކެމްޕޭން ކުރިއަށް ގެންދިއުމުގައި ފުރިހަމަ އެއްބާރުލުން ދޭނަން: އީސީގެ ރައީސް

26 ޖުލައި 2018 | 06:36

އިބޫގެ ކެންޑިޑެންސީ ފޯމް ހުށަހެޅުން

އުއްމީދަކީ ކެމްޕޭންކުރިއަށް ދާއިރު، ހިނގާލުން ތަކާއި ޖަލްސާތަކާއި އެހެނިހެން ކެމްޕޭން ހަރަކާތްތަކުގައި ސަރުކާރުން އެއްބާރުލުން ލިބިގެންދާނެ ކަމަށް: އިބޫ

26 ޖުލައި 2018 | 06:34

އިބޫގެ ކެންޑިޑެންސީ ފޯމް ހުށަހެޅުން

ރިޔާސީ އިންތިޚާބްގެ ކެމްޕޭން ރަސްމީކޮށް ފެށޭނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާން ކުރުމާއިއެކުގައި: އީސީގެ ރައީސް

26 ޖުލައި 2018 | 06:30

ކެންޑިޑެންސީ ފޯމް ހުޅަހަޅައިފި

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ކެންޑިޑެންސީ ފޯމްގައި ޝަރުތުތައް ހަމަވާނަމަ ހޮނިހިރު ދުވަހު އަންގާނަން: އީސީގެ ރައީސް

26 ޖުލައި 2018 | 06:25

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެންޑިޑެސީ ފޯމް އީސީ އާ ހަވާލުކުރުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

26 ޖުލައި 2018 | 06:17

ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އީސީއަށް ދިއުން

ގުޅުފައިވާ ސިޔާސީ ޕާޓީތަކުން ދަނީ އިލެކްޝަންސް ކޮމިޝަންގައި ހަރަކާތްތެރިވަމުން. އެބޭފުޅުން އީސީއަށް ވަނުމުގައި އެއްވެސް ހުރަހެއް ކުރިމަތިވެފައެއް ނުވޭ.

26 ޖުލައި 2018 | 06:08

ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އީސީ އަށް ވަދެއްޖެ

ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ރަނިންމޭޓް ފައިސަލް ނަސީމް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފި

26 ޖުލައި 2018 | 05:57

ކެންޑިޑެސީ ފޯމް ހުށަހެޅުމަށް އިބޫ އާއި ފައިސަލް ގިނަބަޔަކާއި އެކު އީސީއަށް ދިއުން

26 ޖުލައި 2018 | 05:52

ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އީސީ އަށް ދަނީ

26 ޖުލައި 2018 | 05:42

ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިނގަން ފެށުން

26 ޖުލައި 2018 | 05:36

ކެނޑިޑެސީ ފޯމް ހުށަހެޅުމަށް ގުޅިގފައިވާ ސިޔާސީ ޕާޓީތަކުގެ ސަފުތައް ހިނގަން ފަށައިފި

ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއި އެކު ކެނޑިޑެސީ ހަރަކާތްތައް ސޯސަންމަގުން ފެށިގެން ކުރިއަށް ގެންދަން ފަށައިފި

26 ޖުލައި 2018 | 05:32

އިލެކްޝަންސް ކޮމިޝަނަށް ދިއުމަށް ތައްޔާރު ވެއްޖެ

ގުޅިފައިވާ ސިޔާސި ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ދިއުމަށްޓަކައި ހަދާފައިވާ ސަފުތަކުގައި ބައިވެރިވެ ހިންގަވަން ފައްޓަވާފައި

26 ޖުލައި 2018 | 05:27

އިލެންޝަންސް ކޮމިޝަނަށް ދިއުމަށް ސަފުތައް އެތުރެން ފެށުން

އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ޕާޓީތަކުގެ ދިދަ ހިފައިގެން ސަފުތަކަށް އާރާފައި.

މައުމޫންގެ ސަޕޯޓަރުން ގެންގުޅުއްވާ ފިޔާތޮށި ކުލައިގެ ދިދައިގައި ޖަހާފައިވަނީ "އެމް އާރު އެމް".

26 ޖުލައި 2018 | 05:23

ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތަށް ތައްޔާރުވާން ފަށައިފި

އެމްޑީޕީ އޮފީސް ސަރަހައްދުގައި ތިބި ފުލުހުން މަގުގެ އެއްފަރާތަކަށް ޖެހިލުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެންޑިޑެސީ ފޯމް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދިއުމަށް ސަފުތައް އަތުރަން ފަށައިފި.

26 ޖުލައި 2018 | 05:19

ރައީސް މައުމޫނަށް ލިބޭ ކުރިއެރުން މި ފެނިގެންދަނީ

މިއަދަކީ އެންމެން ކުރި މަސައްކަތުގައި ވަރަށް އުއްމީދީ ދުވަހެއް. ހަތަރު ފިކުރެއްގެ މީހުން އެއްބައިވެ ކުރި މަސައްކަތުގެ ނަތީޖާއިން އެއް ކެންޑިޑޭޓަކު ވަނީ ނެރެވިފައި. ރައީސް މައުނޫނާއި އާއިލާ ޖަލުގައި ތިއްބެވި ނަމަވެސް ރައީސް މައުމޫނަށް ލިބޭ ކުރިއެރުން މިއަދު މި ފެނިގެންދަނީ. މި ސެޕްޓެމްބަރު މަހުގެ 23 ގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ލިބެންޖެހޭ: ނާދިރާ

26 ޖުލައި 2018 | 05:13

އެމްޑީޕީ އޮފީސް ކައިރި ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވުން

މިވަގުތު އެމްޑީޕީ އޮފީސް ކުރިމަތީ ގިނަ އަދެއްގެ މެންބަރުން ދަނީ ޕާޓީތަކުގެ ދިދަތައް ހިފައިގެން ހަރަކާތްތެރިވަމުން. އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުން.

26 ޖުލައި 2018 | 05:08

އިބޫގެ ކެނޑިޑެސީ ފޯމް ހުށަހެޅުމަށް ތައްޔާރު ވަނީ

ފުލުހުންގެ ފުރިހަމަ އެއްބާރު ލުމާއި އެކު އިވެންޓް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމމީދު ކުރަނީ. ކެމްޕޭން ހަރަކާތްތައް މި ރަސްމީކޮށް ފެށެނީ: ރޮޒައިނާ

ގުޅިފައިވާ ސިޔާސި ޕާޓީތަކުން މިކުރާ މަސައްކަތުން މުޅި ރާއްޖެ ސަލާމަތް ކުރެވޭނެ. 23 ސެޕްޓޭމްބަރުގައި ހުރިހާ ބޭފުޅުން ނުކުމެ ވޯޓު ދެއްވުން އެދެން :މާރިޔާ

26 ޖުލައި 2018 | 04:58

އިބޫގެ ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ތައްޔާރު ވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެންބަރުން އެމްޑީޕީ އޮފީސް ކުރިމަތީ މިވަގުތު ދަނީ ހަރަކާތްތެރިވަމުން