އީޔޫ ކައުންސިލް އިން ބުނެފައިވަނީ މިހާރު ވެސް ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރެވެމުން ނުދާ ކަމަށާއި ބާރުތައް ވަކިވެފައި އޮތް ވެރިމުގެ ނިޒާމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެކައުންސިލްއިން ވަނީ އިދިކޮޅު ލީޑަރުންނާއެކު މަޝްވަރާގެ މޭޒަށް ދިޔުމަށް ސަރުކާރަށް ގޮވާލައްވާފަ ހަމައެހެންމެ މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ އިތުބާރު އޮންނަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ވެސް ވިލާތުގެ އިއްތިހާދުން ވަނީ ގޮވާލައްވާފަ
މި ނިންމުމާއެކު ރާއްޖޭގެ ހާލަތު ރަނގަޅު ނުވެއްޖެނަމަ އެކުލަވާލެވޭ ފްރޭމްވޯކްގެ ތެރެއިން އެފަދަ ފަރާތްތައް ވިލާތުގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރެވި ވިލާތުގެ ގައުމުތަކުގައި ހުރި އެފަރާތްތަކުގެ މުދާ ހިފެހެއްޓިގެންދާނެއެވެ. އެހެންކަމުން ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އީޔޫއަށް މިހާރު އެއްވެސް ހުރަހެއް ނޯންނާނ
ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއާމެދު ފިޔަވަޅު އެޅުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ވިދާޅުވެފައި
އިންތި ވިދާޅުވީ އީޔޫ ފަދަ ބައިނަލްއަގްވާމީ ބޮޑެތި ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް
އިންތި ވިދާޅުވީ އީޔޫއިން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށާއި ރާއްޖޭގައި އިންސާނީ ހައްގުތައް ނެތުމާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި އަދުލްއިންސާފު ނެތުމަކީ ދިވެހި ރައްޔިތުންގެ އިތުރުން ދުނިޔޭގެ ގައުމުތަކުން ވަރަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް
މިގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ޖަމީލް އުސްމާން.
އޭނާ ވިދާޅުވީ އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެއީ އެ ބޭފުޅުން ބޭނުންވާ ކަންތަތަކެއް ހާސިލް ކުރަން އަޅާ ފިޔަވަޅަށް ވާނެ ކަމަށް
އީޔޫ އިން ބޭނުންވަނީ އެބޭފުޅުން ބޭނުންވާ މީހަކަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތް ހެދުމާއި އިސްލާމްދީން ނޫން އެހެން ދީނަކަށް މިގައުމުން ފުރުސަތު ހޯދައިދިނުން ކަމަށް ޖަމީލު އުސްމާން ވިދާޅުވެފައިވޭ. އެހެން ނަމަވެސް އީޔޫގެ ގަރާރުގައި ދީނީ މިނިވަންކަން ފާހަގަކޮށްފައެއް ނުވޭ.
ޔޫރަޕްގެ އިންވެސްޓަރުންވެސް ރާއްޖޭގައި އުޅޭ ކަމަށާއި އެފަރާތް ތަކަށް ވެސް ގެއްލުން ވާނެ ކަމަށް ޖަމީލް އުސްމާން ވިދާޅުވި
ޖަމީލު އުސްމާނު ވިދާޅުވީ ފިޔަވަޅު އެޅިއަސް މި ގައުމިގައި ގޮތް ނިންމާނީ ދިވެހި ރައްޔިތުން ކަމަށް
ރައީސް ވިދާޅުވީ ފިޔަވަޅު އެޅިޔަސް ގޮތް ދޫނުކުރައްވާނެ ކަމަށެވެ. އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައިވާނަމަ އެކަންކަމުގައި ﷲ އަށް ވަކީލު ކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯއްދަވާނީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިހުރިހާ ފަރާތްތަކުގައި ހުރި އެއް ސިފައަކީ ސިޔާސީ ފަރާތްތަކަށް ވުން ކަމަށާއި އެ ފަރާތްތަކީ ޝަރީއަތުގެ ކުރީމަތީގައި މުޖުރިމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޝަރީއަތުން ބޭރުން ދޫކޮށްލުމަށް ބަޔަކު ބުނި ކަމުގައިވީ ނަމަވެސް މިމީހުން ދޫކޮށް ނުލެވޭނެ ކަމަށާއި އެއީ ކުރެވޭނެ ކަންކަމެއް ވެސް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅުތަކަށް އެޅުމަށް އިންޒާރުދީފައިވާ އިރު އެ އިއްތިހާދަށް އިދިކޮޅުން ދައްކާ ވާހަކަތައް މާ މަގްބޫލުކަން ބޮޑު ކަމަށެވެ.
ރާއްޖެއާމެދު ފިޔަވަޅު އަޅަނީ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ފަރުދުންނާއި، ބައެއް ފަރާތްތަކާމެދު އެވެ.
މިިިއަހަރުގެ މާޗް މަހު، އީޔޫގެ ކައުންސިލަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކޮށް، ހިފެހެއްޓުމަށް ބާރުދީ އެކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މުދާ ވިލާތުގެ ޤައުމުތަކުގައި ހުރިނަމަ އެ މުދާ ހިފަހައްޓައި، އެފަރާތްތަކަށް ވިލާތަށް ދަތުރުކުރުން މަނާ ކުރުމަށެވެ.