Raajje.mv

ވަގުތުން: ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު

04 ޖޫން 2018
14238
ފަލަސުރުޚީ

ފަލަސުރުޚީ

14 ޖުލައި 2018 | 17:17

ރައްޔިތުންނަށް ވޯޓްފޮއްޓައި ހަމައަށް ދެވިއްޖެނަމަ މި އިންތިޚާބު ކާމިޔާބު ކުރާނަން

ރައްޔިތުންނަށް ވޯޓްފޮއްޓައި ހަމައަށް ދެވިއްޖެނަމަ މި އިންތިޚާބު ކާމިޔާބު ކުރާނަން. ގަނޑުކޮޅު އަތަށް ލިބިއްޖެނަަ އެަން ކާމިޔާބު ކުރާނަން، ހުރިހާ ބޭ އިންސާފަކާއި އެކުވެސް އަޅުގަނޑުމެން އެކަން ކާމިޔާބު ކުރާނަން، އެދަނީ އެ ދަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން. ކުރިއަށް އޮތް 70 ދުވަސްތެރޭ އަޅުގަނޑުމެން ހުއްޓަ ނުލާކުރާނީ މި އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތް

14 ޖުލައި 2018 | 17:10

ގުޅިފައިވަ ކޯލިޝަނުން ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭނަން

ސްޕްރީމް ކޯޓުން 12 މެންބަރުންގެ ގޮނޑިއާއި ގުޅިގެން ނިންމަވާފައިވާ ސާފު ނިންމުމެއް އެބައޮތް، އެ އަމުރު ގެ މައްޗަށް އަމަލުކުރުމަށް ފަހުން ނެރުނު އަމުރުގައިވެސް ނެތް އެ މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް، މިއަދު ކަންކަން ހިނގަމުން ދަނީ އެންމެ ބޭފުޅެއްގެ ރައުޔާއި އެއްގޮތަށް. މިހާރު މި ރާއްޖޭގެ ކަންކަން ހިނގާގޮތް ރައްޔިތުންނަށް ސާފު. ދިވެހިންނަކީ ހަމަޖެހޭ ދިރިއުޅުމުގެ ވަށްޓަފަޅިއެއްގައި ދިރިއުޅުނު ބައެއް، ގުޅިފައިވާ ޕާޓީތަކުން އެފަދަ ސަރުކާރެއް ޣައިމްކޮށްދޭނަން

14 ޖުލައި 2018 | 17:04

ޖަރީމާ ތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާނެ

.ޝެއިޚް އިމްރާން ސްޓޭންޑެއް ނަންގަވައިފިއްޔާ އެ ގޮތެއްގައި ދެމި ހުންނަވާނެ. .މިހާތަނަށް އެމަނިކުފާނު ވާނީ އެކަން ދައްކަވަފައި.

ދައުލަތް މިއަދު ޚަރާބުކޮށްލީ ރައީސް ޔާމީން ރަށްތަކާއި ފަޅުތައް ވިއްކާލައިފި، އެ ޖަރީމާ ތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާނެ، އެވާހަކަ ދެއްކުން ހުއްޓާލެވޭކަށް ނެތް. އެވާހަކަތައް ޝެއިޚް އިމްރާން ދެއްކެވި، ރައީސް ޔާމީން ގެ މި އިންތިޚާބުގައިވެސް ޝަހީމް ބޭނުންކުރައްވައިގެން އެ ގެންދަވަނީ ކެމްޕެިން ކުރައްވައިގެން. ޝަހީމް އެ ވިދާޅުވަނީ ރައީސް ޔާމީން ވިދާޅުވިކަމެއް ކުރައްވާނެކަމަށް، އެމަނިކުފަނުގެ ނެތް ހިތްވަރެއް

14 ޖުލައި 2018 | 16:56

ރަނިންގމޭޓް އެންޑޯސްކުރުމާއި ގުޅޭ ބައްދަލުވުން ކުރިއަށް ދާނެ

މި އިންތިޚާބާއި ގުޅިގެން ކުރާ އެއްވެސް މަސައްކަތަކަށް އަދާލަތު ޕާޓީން އެއްވެސް ހުއްޓުމެއް ނާންނާނެ، އަދާލަތުން ހުރިހާ އެއްބާރުލުމެއް ދޭނެ، އަދި މާދަމާރޭ އަދާލަތުން ރަނިންގމޭޓް އެންޑޯސްކުރުމާއި ގުޅޭ ބައްދަލުވުން ކުރިއަށް ދާނެ

ތަފާތު 4 ސިޔާސީ ފިކުރުގެ ޕާޓީތައް ތިބީ އެބަޔަކު ބޭނުންވާ ފިކުރުގެ މަސްލަހަތުވެސް އޮޕވެމެ، އެ ހުރިހާކަމެއް އެއްފަރާތްކޯށް ހަތަރު ލީޑަރުން އެކަށްޗެއް ކިޔާނެ