ފަލަ ސުރުޚީ
ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް
ރައީސް ޔާމީނަށް އެންމެ ގިނަވިޔަސް ލިބޭނީ 28 ޕަސެންޓް ވޯޓު
ރައީސް ޔާމީނަށް ގަދަބާރުން ވޯޓު އޮޅުވާލައިގެން ހުރިހާ ސަކަރާތެއް ޖަހައިގެންވެސް ލިބޭނީ 28 ޕަސެންޓް ވޯޓް. އެއަށްވުރެ އިތުރަށް ލިބޭނޭކޭ ނުބުނާނަން.
މަޖިލިހަށް ނުވަންނަނީ އެތަކެއް ރައްޔިތުންގެ ހައްގުތައް ގެއްލޭތީ
އަޅުގަނޑުމެން މަޖިލިސް ބޮއިކޮޓް ކޮށްގެން މިއުޅެނީ 60،000 ރައްޔިތުން ތަމްސީލު ކުރާ 12 މެމްބަރުން ބައިވެރި ނުކޮށް ބޮޑެތި ނިންމުންތައް ނިންމާތީ. ޣައިރު ގާނޫނީ ގޮތުން މަޖިލީހުގެ ރައީސް އިންނެވީ. އަޅުގަނޑުމެން ނެތިން އެއަށް ޖާގަ ދޭކަމަށް. އެހެންވެ އަޅުގަނޑުމެން ބޮއިކޮޓް ކޮށްގެން މިއުޅެނީ.
ޖޭޕީގެ ރަނިންމޭޓެއް އޮންނަ އިރުގައި އަޅުގަނޑުމެންގެ ބަހެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރަން
ސަރުކާރުން އިބޫއަށް މަރުހަބާ ކީ އެބފުޅުންނަށް ހީވަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެއްދިދާނެކަމަށް. އިލެކްޝަނެއް ބާއްވައިގެން އެމްޑީޕީގެ ކެންޑިޑޭޓެއް އޮވެގެން އަޅުގަނޑުމެން ބޮޑުތަނުން ބަލިކުރާނަން.
ކޯލިޝަންތެރޭގައި އަޅުގަނޑުމެން ނިންމާފައި އޮތީ ރަނިންމޭޓެއް ނެރުމަށް އެޕާޓީއަށް ދިނުމަށް. އަޅުގަނޑުމެންގެ ކަންބޮޑުވުން އެބައޮތް އެޕާޓީން ރަނިންމޭޓެއް ނުދައްކާތީ. ލަސްވާ ލަސްވުމަށް އަޅުގަނޑުމެން ކަންބޮޑުވަން. ރަނިންމޭޓަކަށްވެސް އެޕާޓީގެ ރުހުން އޮންނަން ޖެހޭނެކަމަށް އެއްބަސްވީ. ޖޭޕީގެ ރަނިންމޭޓެއް އޮންނަ އިރުގައި އަޅުގަނޑުމެންގެ ބަހެއް އޮންނަން ޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާގޮތް
ލިޑަޝިޕުން ނިންމާނީ ރަނިންމޭޓަކަށް. ގަބޫލު ކުރާގޮތުގައި ކޯލިޝަން ހަދައިގެން އުޅެނީ މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް.
އެމްޑީޕީން އަބަދުވެސް ކުޅެނީ ހަކުޅި ކުޅިއަށް
އެއްވެސް ޝައްކެއް އޮތްކަމެއް ނެތް ރާއްޖޭގެ ބޮޑުބައެއްގެ ތަރުހީބު ލިބޭ އެއް ފަރާތެއް ރައީސް ނަޝިދަކީ. އިނގިރޭސި ބަހުން ބުނާނަމަ ވަަން އިން އަ މިލިއަން. ރައީސް ނަޝީދުގެ ކެންޑިޑެންސީއަށް ބަލާއިރު މިވަގުތުގެ ހާލަތަށް ބަލާއިރު މިސާލަކަށް ރައީސް ނަޝީދަށް ކެންޑިޑެންސީ ނުލިބިއްޖެ ކަމުގައި ވާނަމަ މާދެރަވެދާނެތީ އިބޫއަށް ސަޕޯޓު ކުރީ،
އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަން ރައީސް ނަޝީދުގެ ނަން އޮންނާނެކަމަށް،
އެމްޑީޕީގެ ކާމިޔާބަކީ ޚިޔާލު ތަފާތުވުން
ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން އެމްޑީޕީގެ ޚިޔާލު އަބަދުވެސް ތަފާތު. އަބަދުވެސް ޚިޔާލު ތަފާތުވެ ވާހަކަ ދައްކާ. ބޭނުންވަރަކަށް ޒުވާބުވެސް ކޮށްގެން ވަރަށް ގިނައިން ވާހަކަ ދައްކައިގެން ރަނގަޅު ނިންމުމަކާއި ހަމައަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވިސްނޭ ވިސްނުން އެއީ އެމްޑީޕީގެ ކާމިޔާބަކީ. ބައެއް ބޭފުޅުން ވިދާޅުވޭ ރައީސް ނަޝީދުގެ ވސިްނުން ކަމަށް އެމްޑީޕީގެ އޮންނަނީ. ރައީސް ނަޝީދުގެ ގިނަ ވިސްނުންފުޅަކީ ރަނގަޅު ވިސްނުންކަމަށް ވާތީ އަޅުގަނޑުމެން އެގޮތަށް ކަންތައްތައް ކުރަނީ. ވަރަށް ޚިޔާލު ތަފާތު ޕާޓީއެއް އެމްޑީޕީއަކީ
އިގްތިސާދު ކުރިއަރާނީ ވިޔަފާރީގައި ފައިސާ ވެގެން
ކަރަޕްޝަން ބޮޑުކަމުން ގޮސް އިގްތިސާދު ނުހިންގޭނެ ވިޔަފާރި ކުރި ނާރައެއް. ކޮންމެ މަހަކު ދެތިން ކޮންސްޓްރަކްޝަން ކުންފުނި ބަންދު ކުރަން ޖެހޭ. މިއަދު މިގައުމުގެ އިގްތިސާދު މިއޮތް ހާލަތަކީ ކޮންމެ ސަރުކާރެއް އައިކަމުގައި ވިއަސް އުނދަގޫ ފައްތަރެއްގައި. ރައީސް ޔާމީން އަލުން ގަދަބާރުން ވެރިކަމަށް އައިކަމުގައި ވިއަސް މިއަދު މިއޮތް ސަރުކާރު ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ.
ގާނޫނު ނަގަހައްޓަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި، އެހެން ނަމަވެސް އެކަމެއް ނުފެނޭ
ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ރައީސްޔާމީން ވިދާޅުވާ ކަންތައްތަކާއި އެމްޑީޕީން ކުރާނެ ކަންތައްތައް.
ފެބްރުއަރީ 7 ގައި ރައީސް ޔާމީން ދެއްވި ސްޕީޗުގައި ވިދާޅުވި ގާނޫނު ނަގަހައްޓަންޖެހޭކަމާއި ވާހަކަތައް. އެކަމަކު މިސަރުކާރުން އެކަންތަކެއް ނުފެނޭ.
އިތުރު ޓެސްޓަކު ބައިވެރިވުމުގެ ހައްގެއް ޔާމީނަކަށް ނެތް
ޔާމީން ވިދާޅުވޭ ހަމަޖެހުން ގެނުވާފައިވާކަމަށް. އެމްޑީޕީ ސަރުކާރުގައި ކޮށްފައިވާ މިންވަރަށް ތަރައްގީއެއް މި ސަރުކާރުގައި ކުރެވިފައެއް ނެތް.
ޔާމީން ވެރިކަން ކުރި އިރުގައި މިއަދުގެ މަތިން ހަނދާން ނައްތާލައި މިހާރު އެހެރީ ރައްޔިތުންގެ ކައިރިއަށް އަންނަން ޖެހިފައި.
ފައްޔާޒު އިސްމާއިލް
މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް